މިއީ މުރާސިލް.ކޮމް ބޭނުންކުރުމުގެ އުސޫލުތަކެވެ. އަޅުގަނޑުމެން މުރާސިލް.ކޮމް އިން އެއްވެސް ކަމެއް ނިންމުމުގެ ކުރިން މުރާސިލް.ކޮމް ބޭނުންކުރައްވާ ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ވަނީ ކަނޑައެޅިފައެވެ. މިގޮތުން "މުރާސިލް.ކޮމް ބޭނުންކުރުމުގެ އުސޫލުތައް" އާއްމު ކުރުމުގެ ކުރިން ކިޔުންތެރިންގެ ޚިޔާލު ބޭނުންވެއެވެ. ތިރީގައިވާ އުސޫލުތަކާމެދު ކޮމެންޓް ކުރެއްވުމަކީ މުރާސިލް.ކޮމް އިން މަރުޙަބާ ކިޔާކަމެކެވެ.
އެންމެ ފަހުން ބަދަލު ކުރެވުނު ތާރީޚް: 13 އޮގަސްޓް 2009
ވާޝަން: 1 ޑްރާފްޓް 3
މުރާސިލް.ކޮމް ބޭނުންކުރައްވާ ފަރާތްތަކުންނާއި މުރާސިލް.ކޮމްގެ ފަރާތުން ތިރީގައި ބާޔާންކޮށްފައިވާ ކަންތައްތަކަށް އެއްބަސްވެއެވެ.
1. މުރާސިލް.ކޮމް ޔޫޒާސްގެ ޕްރައިވެސީ މުރާސިލް.ކޮމްއަށް ވަރަށް މުހިންމު ވުމާއެކު، ޔޫޒާސްގެ ޕްރައިވެސީ ހިމާޔަތް ކުރުމަށް މުރާސިލް.ކޮމްގެ ފަރާތުން ވަރަށްބޮޑު އަހައްމިޔަތު ކަމެއް ދެވޭނެއެވެ.
2. ދިވެހި ރާއްޖޭގެ ޝަރުޢީ ކޯޓެއްގެ އަމުރަކާ ނުލާ މުރާސިލް.ކޮމް ބޭނުން ކުރައްވާ ފަރާތެއްގެ (މުރާސިލް.ކޮމްގެ ޔޫޒާ) އެއްވެސް މަޢުލޫމާތެއް އެއްވެސް 03 ވަނަ ފަރާތަކާ ޙިއްސާ ނުކުރެވޭނެއެވެ.
3.މުރާސިލް.ކޮމް ހުރިހާ ވިސްނުމެއް، ފިކުރެއްގެ ލިޔުންތެރިންގެ ލިޔުންތަކަށް މަރުޙަބާ ކިޔައެވެ. ނަމަވެސް އަޚްލާޤީ ފެންވަރު ދަށް، ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާއި އިސްލާމް ދީނާއި ޚިލާފު ލިޔުން، ޚިޔާލު، ސުވާލު، ޖަވާބު، ފޮޓޯ އަދި ވީޑިއޯ މުރާސިލް.ކޮމް އިން ނެގުމުގެ ބާރު މުރާސިލް.ކޮމް އަށް ލިބިގެންވެއެވެ.
4. މުރާސިލް.ކޮމް ގައި ޝާއިރުކޮށްފައިވާ ތަކެތީގެ (ލިޔުން، ޚިޔާލު، ސުވާލު، ޖަވާބު، ފޮޓޯ އަދި ވީޑިއޯ) މިލްކުވެރި ފަރާތަކީ އެއެއްޗެއް މުރާސިލް.ކޮމް އަށް ފޮނުއްވި ފަރާތްކަމުގައި ވެފައި މުރާސިލް.ކޮމް ގެ ދައުރަކީ މުރާސިލް.ކޮމް އަށް ފޮނުވޭ އެއްޗެހިތައް އިންޓަނެޓްގެ ޒަރީޢާއިން އެހެން ފަރާތްތަކަށް ފެންނާނެ ގޮތް ހެދުން ކަމުގައިވާތީ، މުރާސިލް.ކޮމްގައި ޝާއިއުކޮށްފައިވާ ތަކެއްޗަށް މުރާސިލް.ކޮމް އިން ޒިންމާއެއް ނުވާނެއެވެ.
5. މުރާސިލް.ކޮމް ގައިވާ އެއްވެސް އެއްޗެއް ނެގުމަށް ބޭނުންވެއްޖެ ޙާލަތެއްގައި މުރާސިލް.ކޮމް އަށް ކަޑައެޅިފައިވާ އުސޫލެއްގެ ދަށުން ސަބަބު ބަޔާންކޮށް ފޮނުވުމުގެ ފުރުސަތު ހުރިހާ ފަރާތަކަށް ލިބިގެންވެއެވެ. ނަމަވެސް އެ އެއްޗެއް ނޭގޭނީ ޖަދުވަލު-1 ގައި ބަޔާންކުރެވިފައިވާފަދަ އެއްޗެއްކަމުގައި އެއްޗެއްވާނަމައެވެ.
6. މުރާސިލް.ކޮމް ގައި ޝާއިރު ކޮށްފައިވާ އެއްވެސް އެއްޗެއް ދިވެހި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފް އަމަލެއް ހިންގުމުގެ ގޮތުން ބޭނުންކޮށްގެން ނުވާނެއެވެ.
7. މުރާސިލް.ކޮމް ބޭނުންކޮށްގެން ތަކުރާރުކޮށް ދިވެހި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފް ޢަމަލު ހިންގަމުން ގެންދާ މީހުންނާއި ދެކޮޅަށް ދަޢުވާ ކުރުމުގެ ހައްޤު މުރާސިލް.ކޮމް އަށް ލިބިގެންވެއެވެ.
8. މުރާސިލް.ކޮމް ގައި SPAM ކުރުން މުރާސިލް.ކޮމްގެ ފަރާތުން ހަރުކަށިކޮށް ކުށްވެރި ކުރަމެވެ. އަދި SPAM ކުރާ ފަރާތްތަކުގެ މަޢުލޫމާތު މުރާސިލް.ކޮމް ގެ "ވޯލް އޮފް ޝޭމް"ގައި ޝާއިރު ކުރެވޭނެއެވެ.
9. ލިޔުމެއްގައި ތަފާތު ސިޔާސީ ފިކުރެއް ހާމަ ކޮށްފައި ހުރުމުގެ ސަބަބުން އެލިޔުމެއް މުރާސިލް.ކޮމް އިން ނުނެގޭނެއެވެ.
10. މުރާސިލް.ކޮމް އިޝްތިހާރު ކުރުމަށާއި އަދި ފައިސާ ހޯދުމުގެ ބޭނުމުގައި، މުރާސިލް.ކޮމް ގައި ޝާއިރު ކޮށްފައިވާ ތަކެތީގެ ބޭނުން ކުރުމުގެ ހައްޤު މުރާސިލް.ކޮމް އަށް ލިބިގެން ވެއެވެ.
11. މުރާސިލް.ކޮމް އަކީ ކޮމްޕިއުޓަރ އެޕްލިކޭޝަނަކަށް ވުމާއެކު ދިމާވެދާނެ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މުރާސިލް.ކޮމް ގެ މެންބަރުންނަށް ދިމާވެދާނެ އުދަގޫތަކަށް ނިހާޔަތަށް މުރާސިލް.ކޮމް ގެ ފަރާތުން މައާފަށް އެދޭހާލު މި ފަދަ ކަމަކުން މުރާސިލް.ކޮމް ބޭނުން ކުރާ ފަރާތަކަށް ލިބިދާނެ ގެއްލުމެއްގެ ޒިންމާ މުރާސިލް.ކޮމްގެ ފަރާތުން ނުނަގާނެއެވެ.
12. "މުރާސިލް.ކޮމް ބޭނުންކުރުމުގެ އުސޫލްތައް" އަށް ބަދަލު ގެނައުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި މުރާސިލް.ކޮމް އަށެވެ.
13. "މުރާސިލް.ކޮމް ބޭނުންކުރުމުގެ އުސޫލްތައް" ބަދަލު ކުރުމަށްފަހު، މުރާސިލް.ކޮމް ބޭނުންކުރާ ފަރާތްތަކަށް އެގޭނެ ގޮތަށް މުރާސިލް.ކޮމް ގައި މި ދެންނެވުމު އުސޫލްތައް ޝާއިރު ކުރަން ވާނެއެވެ.