ދޮގު ހެދުމުގެ މާތްކަމޭ ބުނުމުން ތިބޭފުލުންގެ ހިތަށް ކުޑަމީސް އެއްޗެއް އަރާވަޑައިގަތުމަކީ މާދުރުގައި އޮންނަނެކަމެކަން ނޫންކަން އަޅުގަޑަށް އެނެގެއެވެ. ކިޔަން މިއުޅެނީ ދޮގު ހަދައިގެނަ ބަޔަކު ދުނިޔެ މާތްކުރަމުން ދާތީ އެވާހަކައެވެ. ވެރިކަމުގެ ބާރުތަކުގެ ވާހަކައެވެ. އަލުގަނޑު އުފްނެވެ ހޭވެރިކަން ޖެހުނީ 30 އަހަރުގެ ދިގު ދައުރުގައެވެ. އުމުރުން 25 އަހަރު މިހާރުވެފައިވާ އިރު ވެރިކަމުގެ ފަރާތުން ފެނިފައި ވަނި ދޮގު ހެދުމުގެ ނުބައި ސިފައިން ނުބައިކަން ލިބިގެން ރައްޔިތުން މޮޔަޔަހައްދަމުން ދާ މަންޒަރެވެ.
30 އަހަރުގެ ދިގު ދައުރަށް ބަލާލަމާތޯއެވެ. ކޮންމެ އިންތިޚާބަކާ ދިމާކޮށް އިދިކީލަ ރައްޔިތަކު އުޅޭރަށެވިއްޔާ، އެރަށަކަށް ގޮސް އެއީ އެމަނިކްފާން އެންމެ ލޯބިވާ ރައްޔިތު މީހާކަމަށް ބުނެއެވެ. ރައްޔިތުންގެ ހާލަތު ދަންނަކަމަށް ބުނެއެވެ. ވެރިކަމަށް ހޮވޭތާ މަހެއް ނުވަނީސް ރައްޔިތުން އެދޭކަންތަ ވީ އެންމެ އަވަހަށް ކޮށްދޭނަމޭ ބުނެ އެވެ.
މި 30 އަހަރުން ދިވެހިން ފިލާވަޅު ލިބިގެން30 އަހަރު ފަހުން ވެރިކަން މިވަނި ބަދަލު ކޮށްފައެވެ. އަޅުގަޑަކީވެސް 30 އަހަރުގެ ދޮގުތަށް ދެން އޯކޭ އޭ ބުނުމަށް ފަހު ބަދަލަކަށް ވޯޓްލީމީހަކީމެވެ.
ނަމަވެސް ވެރިކަމުގަ އިއްތާލެވުނުތާ މާގިނަދުވަހެއް ނުވަނީސް މިވަނި ކުރީގެ 30 އަހަރުގެ ދޮގު ތަކުން އިބުރަތް ނުލިބި އެ ތަކުރާރު ކުރަން މިސަރުކާރުން ފަށާފައެވެ. ޖައްބާރުކަމާ މަގުމައްޗަށް ނުކުނަން ފަށާފައެވެ.
އަޅުގަޑަ މިފެނުނު 2 ސަރުކާރުން ކަންތައްކުތައް އިހްސާސު ކުރެވުނު ގޮތުން ހިތަށް އަންނަނީ ދިވެހުން ހަމަ ހައްދާލަން ފަސޭހަ ބަޔަކީ ބާވައެވެ. ނޫނި އެވަރަށް ދިވެހިންގެ ކިބައިގައި ހޭލުންތެރިކަން ނެތީބާވައެވެ. މިކަމާމެދު ކިޔުންތެރިންގެ ޚިޔާލެއްބޭނުމެވެ. ޚިޔާލުތަކުގެ އުންމީދުގައި އަލުގަނޑު އެބަހރީމެވެ. ޝުކުރިއްޔާ
Posted on 2010-08-27 20:56:32 |
Report this Comment
Posted on 2010-08-27 21:26:28 |
Report this Comment
Posted on 2010-08-30 04:53:22 |
Report this Comment