"ނަމަވެސް އޭގެ އަނެއްކޮޅަށް ފިރިހެންމީހާއަށް ފައިސާގެ ގޮތުން ބަރޯސާވާ އަންހެނުން މިއާ އިދިކޮޅު، އަދި މިފަދަ އަންހެނުން އޭނާގެ ބައިވެރިޔާއަށް އޮޅުވާލުމުގެ ފުރުސަތު އެތައް ގުނައެއް ކުޑަ" މި ދިރާސާ އިސްވެކުރެއްވި ކްރިސްޓިއަން މަންޗް ވިދާޅުވިއެވެ.
18 އަހަރާއި 28 އަހަރާއި ދެމެދުގެ އިންދެގެން އަދި އެކުގައިއުޅޭ ޖޯޑު ތަކުގެ މެދުގައި ކުރި މި ދިރާސާއިން ހާމަވިގޮތުގައި ހަމަ ހަމައަށް ދިރިއުޅުމުގެ ޙަރަދުތައް ޙިއްސާކުރާ ފިރިހެންމީހާއަށްވުރެ އަންހެން މީހާގެ ފައިސާގެ އެހީގައި ދިރިއުޅުމުގެ ކަންތައް ކުރާ ފިރިހެނުން އޮޅުވާލާ ނުވަތަ ދޮގުހެދުމުގެ ފުރުސަތު ފަސް ގުނަ ބޮޑުކަމަށެވެ. ނަމަވެސް ދިރިއުޅުމުގެ ޙަރަދުތައް ހަމަޖެއްސާ ގުޅުމުގައި އޮންނަ ތެދުވެރިކަމާއި އަމާނާތްތެރިކަން އެހެންކަންތައް އެކުވުމުން އެއީ ދެމީހުންގެ އުމުރު، ތަޢުލީމީ ފެންވަރު، ދީނީ ކަންތައްތަކަށް އަޙްމިއްޔަތުކަންދޭ މިންވަރު އަދި ގުޅުމުގައި ދެމަފިރިންގެ ހިންހަމަޖެހުންމާ އަޅާކިއުމުން މި ބުނެވުނު ބަދަލު ނުފެންނަ ކަމަށެވެ.
"މި ބުނެވިދިޔަ ކަންތައްތަކުން އެއްކަމެއް ނުވަތަ ދެ ކަމެއް ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުމަށް އަސަރުކުރުވާ" މަންޗް ވިދާޅުވިއެވެ. "މިސާލަކަށް މަދުން ފައިސާލިބޭ ފިރިހެނުންގެ ބައިވެރިޔާ ހިތްހަމަނުޖެހި އަދި އޮޅުވާލުމުގެ ފުރުސަތު ބޮޑު އޭގެ ސަބަބަކީ އެ އަންހެން މީހާ ހިތްހަމަނުޖެހުމަށް ވެދާނެ، ކޮންމެހެން ފިރިހެން މީހާއަށް މަދުން ފައިސާލިބުން އެއީ ސަބަބަކަށް ވާކަށް ނުޖެހޭ".
އަދި ހަމައެޔާއިއެކު އަންހެން މީހާއަށްވުރެ ގިނައިން ދިރިއުޅުމަށް ޙަރަދުކުރަންޖެހޭ ފައިސާހޯދާ ފިރިހެނުންވެސް އަންހެންމީހާއަށް އޮޅުވާލުމުގެ ފުރުސަތު ބޮޑެވެ. "ދުނީގެ ނިމޭ ކޮންމެވެސް އެއްކޮޅެއްގައި، އަންހެންމީހާއަށްވުރެ މަދުން ފައިސާ ހޯދާ ފިރިހެންމީހާގެ ޝަޙްސިއްޔަތައް ލޮޅުމެއް އަރާ، ސަބަބަކީ ކުރީޒަމާނުއްސުރެ ފިރިހެނުންނަކީ އާއިލާގައި ލާރި ޖަމާކުރާ ފަރާތްކަމަށް ޤަބޫލުކުރެވިފައިވާތީ" މަންޗް ވިދާޅުވިއެވެ. "ދުނީގެ ނިމޭ އަނެއްކޮޅުގައި ބައިވެރިޔާއަށްވުރެ އެތައްގުނައެއް ގިނައިން ފައިސާހޯދާ ފިރިހެނުންނަށް އަދާކުރަންޖެހޭ ވަޒީފާގެ ގޮތުން މި ސާލަކަށް ގިނަ ގަޑިއިރުތަކަކަށް މަސައްކަތްކުރަންޖެހުން، ދަތުރުކުރުން، އަދި ގިނަ ފައިސާ އެއްފަހަރާލިބުން މިއީ ބައިވެރިޔާއަށް އޮޅުވާލަން ލިބޭ ފުރުސަތުތައް ބޮޑުވެގެންދާކަމެއް މިފަދަ މީހުންނަށް އޮޅުވާލި އޮޅުވާލުން ނުވަތަ ހެދި ދޮގު ފޮރުވާލުމަށް ފަސޭހަވެގެންދޭ"
މި ދިރާސާއިން ދެއްކިގޮތުގައި ފިރިހެންމީހާއަށް ލިބޭ އާމްދަނީގެ 75% އާ ގާތްކުރާ އަދަދެއް އާމްދަނީގެ ގޮތުގައި ލިބޭ އަންހެނުންނަށް ފިރިހެންމީހާ އަޅޮވާލުމުގެ ފުރުސަތު ވަރަށް ކުޑައެވެ.
މި ހުރިހާ އަދަދުތައް މިގޮތަށް ހުރިކަމުގައިވިޔަސް މަންޗް ވިދާޅުވާގޮތުގައި އެމީހާގެ ބައިވެރިޔާއަށް އޮޅުވާލަނީ ނުވަތަ އޮޅުވާލިކަމަށް ރިޕޯރޓްކޮށްފައިވަނީ ވަރަށް މަދުބައެކެވެ. އެގޮތުން އެވްރެޖްގޮތެއްގައި އަންހެނުންގެ ތެރެއިން 1.4% އަދި ފިރިހެނުންގެ ތެރެއިން 3.8% ވަނީ 6 އަހަރަށް ކުރިއަށް ގެންދިޔަ މިދިރާސާގައި ކޮންމެ އަހަރެއްގެ ތެރޭގައި އެމީހުންގެ ބައިވެރިޔާއަށް އޮޅުވާލާފައެވެ.
މި ދިރާސާއިން އިތުރަށް ހާމަވިގޮތުގައި ބައިވެރިޔާއާ އެއްވަރަށް އާމްދަނީ ލިބޭ އަންހެނުންނަށްވުރެ ބައިވެރިޔާއަށް ބަރޯސާވާންޖެހޭ އަންހެނުން އޮޅުވާލުން ދުރުކަމަށެވެ. މިއީ އުމުރު، ތަޢުލީމީ ފެންވަރު، ދީނީ ކަންތައްތަކަށް އިސްކަންދޭ މިންވަރު އަދި ގުޅުމުގައި ދެމީހުންގެ ހިންހަމަޖެހުން ހިމަނައިގެން ބެލިކަމުގައިވިޔަސް ބަދަލު ނުވާ ނަތީޖާއެއް ކަމަށް މަންޗް ވިދާޅުވިއެވެ. "ފިރިހެންމީހާއަށް ވުރެ މަދުން ފައިސާ ނުވަތަ އާމްދަނީ ލިބޭ އަންހެނުންނަށް މިއީ އޮތް ބިރެއް ނޫން ނަމަވެސް މިއީ ޝަހުސިއްޔަތުގެ ތަފާތެއް" މަންޗް ވިދާޅުވިއެވެ. "މުހިންމު ނުކުތާއަކީ އާމްދަނީގެ ގޮތުން މަދުން ލިބޭ އަންހެނުން ނަށް އޮޅުވާލުމުގެ ފުރުސަތު ލިބެނީ ވަރަށް މަދުންކަން، އަދި އޮޅުވާލުން އެއީ އެންމެ ރަނގަޅު ނިންމުން ނޫންކަމުގައި އެމީހުން ދެކޭ. އެގޮތުން އެމީހުން އޮޅުވާލައިފިނަމަ އެއީ ދިރިއުޅުމުގައި ނެގޭ ރިސްކެއްގެ ގޮތުގައި އެމީހުން ދެކޭ"
މި ލިއުމަކީ އެމެރިކަން ސޯސިއޮލޮޖިކަލް އެސޯސިއޭޝަންގެ ވެބްސައިޓްގައި ޝާއިއު ކޮށްފައިވާ ލިއުން އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިއުމެކެވެ.