
" އަޅުގަނޑު ވޯޓް ދިނީ ހަމަ އެކަނި ޝޭޚް އިލިޔާސް ވިދާޅުވި ވިދާޅުވުމަކަށް. ތަޤްރީރްގައި ވިދާޅުވީ ތިމަންނާމެން ޢިލްމުވެރިން މިތީބޭ..ދީނީ ކަންކަމުގައި ކަމެއް ގޯސްވެއްޖެ ނަމަ ސަރުކާރުން ނިކުންނާނަމޭ.. ނާ އިންސާފުން ކަމެއް ކޮށްފިއްޔާ ނުތިބޭނަމޭ..އެހެންވީމާ ވޯޓް ދޭކަށް ބިރުގަންނާނެ ކަމެއް ނެތޭ،، ބަދަލަކަށް ވޯޓް ދެއްވާށެވެ". މިއަޑު އެހުމަށް ފަހު އަޅުގަނޑުމެން ބަލާކަށް ނުތިބެ ވޯޓް ދިނީމެވެ. މިހާރުވެސް ޝޭޚަށް އަޅުގަނޑުމެން އިތުބާރު ކުރަމެވެ. އެހާމެ ޤަދަރު ކުރަމެވެ. ނަމަވެސް ހިތާމަ ކުރަން ޖެހޭ ކަންތައް ތަކެއް ފެންމަތިވެގެން އެކަމާއި ނުތިބެވިގެން ޝަކުވާގެ ލިޔުންތައް ލިޔަނީއެވެ..
ޝޭޚް އެވެ. މިއަދުގެ ސަރުކާރުން ރައްޔިތުންގެ ދީނަށް ޣަދަރުވެރި ވެއްޖެއެވެ. އެކަން ތިޔަ ބޭކަލުންނަށް އިނގޭނެއެވެ. ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވަކިވަކި ފަރުދުންނާއި ޖަމިއްޔާތަކުން ތަކުރާރުކޮށް އެދަނީ އެމައްސަލަތައް ޖައްސަމުންނެވެ. ބަނގުރާގެ މައްސަލަ ނިކަން ދެކޭށެވެ. އެއީ ހަމަ ސީދާ ރައީސް ކުރެއްވި ކަމެކެވެ. އަދި މި ނޫންވެސް ބައިވަރު ކަންތަކެވެ. އޭގެ ފަހުން އެންމެ ފަހުން މިހާރު ޤައުމަށް ޖެހިގެން މިއުޅޭ ކަންތައް ދެކިލައްވާށެވެ. އަބްދުލް މަޖީދު ބޭނުން ނުވަނިސް ގަދަކަމުން އިސްތިއުފާ ދެއްވާ އެ ޝޭޚްގެ ބޭނުން ނަހަމަ ގޮތުގައި ސަރުކާރުން ދަޅަދައްކައިގެން ބޭނުން ކުރަނީއެވެ. މިހެން ހެދުމުން އިސްލާމްދީނާއި އިލްމުވެރިންގެ ޤަދަރު މުޖްތަމަޢްގައި އުވިގެންދާނެއެވެ. މަޖިލީހުގެ މެންބަރުންނޭ ވިދާޅުވެ މިނިސްޓަރުން އިސްތިޢްފާ ދެއްވަމުން ގެންދަވާއިރު އިސްލާމިކް މިނިސްޓްރީއަށް ޖެހިގެން މިއުޅެނީ ރައީސް ނަޝީދުގެ ފިއްތުންތަކާއެވެ. ދީނީ އެއްބައިވަންތަ ކަމުގެ ޤަވާޢިދު އެއޮތީ އަދިވެސް ހިފަހައްޓާފައެވެ. ބޭނުމެއްގައެވެ. އިސްލާމްދީނާއި އިދިކޮޅަށް ލިޔެ ޚިޔާލް ފާޅުކުރަމުން ގެންދާ ރައީސް ނަޝީދުގެ އައުވާނުން ސަލާމަތް ކޮށް ޣައިރު ދީނުގެ ފިކުރު ފެންމަތިކޮށް އެކަން ކުރުމަށެވެ. މިކަން ތިޔަ ބޭކަލުންނަށް އެނގޭނެއެވެ. ދެއްކި ވާހަކަ އާއި ހުވަޔާއި ޚިލާފުވެ އިސްލާމް ދީނުގެ ނަމުގައި ހުރެމެ ދިވެހި ރައްޔިތުންގެ ކުރިމަތީގައި ފައްޅި އެޅުމުގެ ޙުކުމްއަކީ ކޮބައިތޯ އޭ ބުނި އިރު މިނިސްޓްރީއަކީ ރައީސް އޮފީހުގެ ދަށުން ހިންގާ ތަނެކެވެ. އެންމެ ފޯން ކޯލަކުން އެކަން ނިމިގެން ދާނެއެވެ. ނުވަތަ މިނިސްޓަރަށް ސިޓީއަކުން ދެންނެވި ނަމަވެސް އެކަން ނިމުނީއެވެ. ކޮންމެހެން ރައްޔިތުންގެ ކުރިމަތީގައި ސުވާލުކޮށް ބޭރު ދުނީގެ މީހުންގެ ކުރިމަތީގައި ތިމަންނާ އެ ސުވާލު ރައްޔިތުންނާއި ކޮށްފީމޭ ފައިސާ ދޭށޭ ނުބުންޏަކަސް ވާނެ ތާއެވެ..
ޝޭޚްއެވެ. އެންމެ ފަހުން މިހާރު މި ދިމާވީ ކުޑަ ކަމަކާ ހެއްޔެވެ؟ ޤާނޫނު އަސާސީއާއި ޚިލާފަށް ޤައުމުގެ ވެރިކަން ހިންގާ ކުރިއެކޭ އެއްގޮތަށް ކަންކަން ކުރަން ވިސްނަނީއެވެ. އަދި ކުރަމުން ދަނީއެވެ. މިއީ މިއަދު މީހަކަށް އޮޅިފައިވާ ކަމެއް ނޫނެވެ. އޭނާ އެކުރާ ކަންކަމަކީ ހަމަ ޙަޤީޤަތުގައިވެސް އިންސާފުން ކުރާ ކަންކަންތޯ ބަލައި ސަރުކާރު އެހަދަނީ ތެދު ނަމަ އެކަންވެސް ރައްޔިތުންނަށް ތަޤްރީރެއްގައި ޝޭޚް ބަޔާންކޮށްދޭން ޖެހޭނެއެވެ. ނުވަތަ ސަރުކާރުން ހަދަނީ ގޯސްނަމަ މިއަދު ޝޭޚްމެންގެ ޕާޓީ ސަރުކާރުން ވަގުތުން ނިކުންނަވަން ޖެހޭނެއެވެ. ދީން ހިމާޔަތް ވާނީ އޭރުން ކަމުގައި އަޅުގަނޑުގެ އުނި ސިކުނޑިއަށް ފެންނަ ވާހަކަ ދަންނަވަމެވެ. ޤައުމީ ބޮޑެތި ކަންކަމުގައި ޕާޓީ ތަކާއި މަޝްވަރާ ކުރާށެވެ. ގޮތް ނިންމާނީ ތިޔަ ބޭކަލުންނެވެ. އިސްލާމްދީން މިފަހަރު މަތިވެރި ވާން ޖެހޭނެއެވެ..ހައްޤުބަސް އިއްވަވާށެވެ...
Posted on 2010-07-22 14:31:32 |
Report this Comment
Posted on 2010-07-22 19:59:13 |
Report this Comment
Posted on 2010-07-22 21:20:14 |
Report this Comment
Posted on 2010-07-23 15:18:35 |
Report this Comment
Posted on 2010-07-25 02:11:25 |
Report this Comment
Posted on 2010-07-25 02:33:10 |
Report this Comment
Posted on 2010-08-08 17:19:14 |
Report this Comment
Posted on 2010-08-08 21:44:09 |
Report this Comment