އަޙްމަދު

  • ޝާއިޢުކުރި ތާރީޚް: 17 07 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 151
  • މޯބައިލް ލިންކު: m.muraasil.com/7989

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އަލިފާނަކީ އިންސާނާގެ ދުޝްމަނެއް

އަހަރެމެން އިންސާނުން ދިރިތިބުމަށްޓަކައި ފެނާއި ވަޔާއި ކާނާބޭނުންވާކަމީ އޮޅުމެއްނެތް ޙަޤީގަތެއްެ، ހަމައެހެންމެ އިންސާނުން ދުނިޔެމަތީގައި މިދިރިއުޅޭ އުޅުމުގައި އަލިފާނުގެ ބޭނުން ހިފަންޖެހޭކަމީ ކުޑަވެސް ޝައްކެއް އޮތްކަމެއްނޫން، އަލިކުރުމަށްޓަކައި ވޮށްދިލުއްމަށާއި، ކާބޯތަކެތި ރޯފިލުވުމަށްވެސް ބޭނުންވަނީ ހަމަ އަލިފާން އެހެންނޫންތޯ، ހަމައެހެންމެ ދުނިޔޭގެ ފިނިހޫނުމިނަށް އަންނަބަދަލާއިގުޅިގެން ހަށިގަނޑުގެ ޓެމްޕަރޭޗަރަށް އަންނަ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ބަލިމަޑުކަމަކުން ސަލާމަތްވުމަށްޓަކައި ހަށިގަނޑު ހޫނުކުރުމަށްޓަކައިވެސް އަލިފާނުގެ ބޭނުން ކުރަންޖެހޭ، އެހެންކަމުން އަލިފާނަކީ އިންސާނާގެ ދިރިއުޅުމުގެ އެކުވެރިޔަކަށްއޮންނަނީވެފަ، އެހެނަސް ހިތާމައަކީ އަލިފާނަކީ އިންސާނާގެ ކިހާވަރެއްގެ ޢަދާވާތްތެރިއެއްކަމެއް އިންސާނާއަށް ދެނެނުގަނެވޭކަން، ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިހާތަނަށް ހިގާފައިވާ އަލިފާނުގެ ނުރައްކާތެރި ޙާދިޘާ ތަކުން މިދެންނެވި ހަޤީގަތް އެނގިފާޅުވާން އޮތުމުން އިންސާނާއާއި އަލިފާނާއި ދެމެދުވާގުޅުން ބަދަލުވެގެންދާގޮތްއެނގިގެންދޭ، ސުވާލަކީ އިންސާނާގެ މުދަލާއި ފުރާނައިގެ އެންމެބޮޑު ޢަދާވާތްތެރިޔަކަށް އަލިފާންވާކަން އިންސާނާ ގަބޫލުކުރަނީ ކިހާމިންވަރަކަށްބާ؟ ނޫނީ އަލިފާން އިންސާނާގެ މުދަލާއި ދިރިއުޅުމުގެ ޢަދާވާތްތެރިއަކަށް ބަދަލުވަނީ ކޮންހިސާބަކުން ކޮންއިރަކު ކިހިނެއްވެގެންބާ؟ އަލިފާނަކީ އޭގެޒާތުގައި އިންސާނާފަދައިން އެއްތަނުން އަނެއްތަނަށް ހިނގާބިގާވެ އުޅޭ އެއްޗަކަށްނުވާހިނދު އެއަލިފާނަށް އެއްވެސް އިންސާނެއްގެ މުދަލަށް ނޫނީ ފުރާނައަށް ގެއްލުމެއްނުދެވޭނެކަމަށް ބުއްދި ފުރިހަމަވެފައިވާ ކޮންމެ އިންސާނަކުވެސް ޤަބޫލުކުރަންޖެހޭ، އެހެންކަމަށްވާއިރު އަހަރެމެން އިންސާނުންގެ އިހްމާލަކާއި ނުލައި އަލިފާނަކަށެއް އެއްވެސްމީހެއްގެ މުދަލަކަށް ނޫނީ ފުރާނައަކަށްވެސް ގެއްލުމެއްނުދެވޭނެކަމީ ކުޑަވެސް ޝައްކެއް އޮތްކަމެއްނޫން، އެހެންކަމުން އަލިފާނުގެ ޙާދިޘާއެއްހިގާ ކޮންމެފަހަރަކު އިލެކްޓްރިކަލް ޝޯޓަކުންނޭ ރޯވީ ބުނެލައިގެން ނިންމާލެވޭކަށެއްނެތް، އިލެކްޓްރިކް ޝޯޓެއްވާން ދިމާވާ ސަބަބުތަކެއްވެސް ވާނެެ، އެކަމުގައިވެސް އަހަރެމެން އިންސާނުންގެ ތެރެއިން ކޮންމެވެސް ފަރުދެއްގެ އިހުމާލެއްވާނެކަމީ ކުޑަވެސް ޝައްކެއް އޮތް ކަމެއްނޫން، ފަހަރުގައިވެދާނެ ކަމުގެ ނުރައްކާ ނޭގޭތީކޮށްލެވޭ ކަމަކުން އެފަދަގޮތަކަށް ދިމާވުންވެސް، އެހެންނޫނީ އެކަށީގެންވާވަރަށް މަޢުލޫމާތު ލިބިފައި ނުހުންނާތީކަންކުރަންވީ އެންމެރަނގަޅުގޮތްނޭގިގެން ކަންތައްކުރެވޭގޮތުން މިފަދަކަމަކަށް މަގުފަހިވަނީކަމަށްވުމީވެސްއެކަށީގެންވާކަމެއް، ކޮންމެއަކަސް ގަބޫލުކުރަންޖެހޭ ޙަގީގަތަކީ އަލިފާނުގެ މުހިއްމުކަން އިންސާނާއަށް ކިތަންމެބޮޑަސް އިންސާނާ އަލިފާނުގެ ބޭނުންހިފަންޖެހޭނި އަލިފާނަކީ ކިހާވަރެއްގެ ކޮންއެއްޗެއްކަން ދަނެގެންކަން. އެހެންކަމުން އަހަރެމެން އިންސާނުން މިކަންތަކަށް ހޭލުންތެރިވާން އެބަޖެހޭ، އަހަރެމެންގެ ތެރެއިން މިކަމުގެ ޢިލްމާއި ޙިލްމު ލިބިގެންވީބަޔަކު އެހެންމީހުންނަށް މިކަމުގެ މަޢްލޫމާތުދޭންވެސްޖެހޭނެ، ހަމައެއާއިއެކު މިފަދަކަންތައްތަކަށް ހޭލުންތެރިވުމަކީ ތިމާއާއި ތިމާގެ މުދަލާއި އަނބިދަރީން ނޫނީ މައިންބަފައިންނާއި އަވައްޓެރިން ނުރައްކަލުން ބޭރުވެގެންވާބައެއްގެގޮތުގައި ހެދުމަށްޓަކައިވެސް ކުރަންޖެހޭނެ ކަމެއް އެހެންކަމުން މިފަދަ ކަންކަމުގެ މަޢުލޫމާތުލިބި ހޭލުންތެރިވެފައިވާ ބަޔަކަށްވާން މިއަދުމިވަނީ ޖެހިފަ، މާތްﷲ އަހަރެމެން ދިވެހިންނަކީ މިފަދަ ކަންކަމަށް ހޭލުންތެރިބައެއްގެގޮތުގައި ލައްވާނެ ކަމީ ކުޑަވެސް ޝައްކެއް އޮތްކަމެއްނޫން، ހަމައެކަނި ތިމާއެކަމަށް ގަސްދު ކަނޑައަޅަންވީ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.