ހިޔަނި

  • ޝާއިޢުކުރި ތާރީޚް: 21 05 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 362

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އަނެއް ދިވެހިރާއްޖެ ދިރިއުޅުމުގެ އަގުތައް.........

ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަސީދު ރިޔާސީ އިންތިހާބްގެ ތެރެއިންވެސް އަދި ރިޔާސީ އިންތިހާބްގެ ފަހުންވެސް އެކި އެކި ޖަލްސާތަކުގައި އަޑު ހަރުކޮށް ބުނަމުން އައި އެއްވާހަކަ އަކީ އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ގެނެސްދޭނެ ވާހަކަ އެވެ.
ހާއްސަކޮށް ތޮށްޖެހިފައިވާ މާލޭގައި ބޯހިޔާވަހިކަން ނެތިފައި ތިބި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދަދޭނެ ވާހަކައެވެ. ކެމްޕޭން ތެރޭގައި ވެސް އޭގެ ކުރިން ވެސް އެމަނިކްފާން އާ އެމަނިކްފާން ގެ ބައިވެރިން އަމިއްލަފުޅަށް ބައްލަވާ ބޯހިޔާވަހިކަމުގެ ހާލަތު ވަރަށްރަނގަޅަށް ތަޖުރިބާކުރިއެވެ.
އެމްޑީޕީ ގެ މެނިފެސްޓޯގައިވެސް ދިރިއުޅުމުގެ އަގު ތިރިކޮށް އަތްފޯރާފަށަށް ބޯހިޔާވަހިކަން ގެނެސްދޭނެވާހަކަ ބަޔާންކޮށްފައިވެއެވެ.އެމްޑީޕީ މެނިފެސްޓޯގައި
" އަތްފޯރާފަށަށް ބޯހިޔާވަހިކަން "1.އިންސާނުން ދިރިއުޅެން އެކަށީގެންވާފެންވަރުގެ ބޯހިޔާވަހިކަން ދިވެހިކޮންމެ އާއިލާއަކަށް ވެސް ތަނަވަސް ކޮށްދިނުން"
މިވައުދު މިގޮތަށް އޮތްއިރު ހުޅުމާލޭގައި އިމާރާތް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވާ "ކޮރަލް ވިލް" ފްލެޓް ތަކުގެ އަގު މިވަނީ ދުވަހަކު މީހަކު ހިތައް ނާރާހާ މިންވަރަށް މައްޗަށް ގޮށްސައެވެ. މީގެ ކުރީ ގެ ފްލެޓް ތަކައްވުރެ ފްލޯއޭރިޔާބޮޑުވެފަ ފުރިހަމަ އަދި ތަނަވަސް ވާނެކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭސަން އިން ވަނީ ބުނެފައެވެ. މިފްލެޓް ތަކަށް އެދިލަށް ވާ ބޭފުޅުން ގެ ސަރުތުތަކަކީ 1.ދިވެހިރައްޔިތަކަށް ވުން. 2. 18 ފުރިފައިވުން.
ދެ ސަރުތެއް ހިމެނިފައިވާއިރު ފާހަގަ ކޮށްލަންޖެހެނީ މި ފްލެޓް ތަށް އަމާޒް ކޮށްފައި މިވަނީ ވަކިބަޔަކަށް ކަމެވެ. އެއީ ދިވެހިރާއްޖޭގައިތިބި މަހުޖަނުން އަދި ވިޔަފާރި ވެރިންގެ އާއިލާތަކަށެވެ. އަދި އޭގެ އިތުރުން ސަރުކާރުގެ އިސްވެރިން ނަށެވެ. މިކަމާދޭތެރޭ ސައްކެއްވެސް ނެތެވެ. އެއީ ސަރުތަކަށް ދިވެހިރައްޔިއްކއމުގައިވުން އަދި 18 އަހަރު ފުރިފައިވުން ޖަހާފައި އޮތުމުންނެވެ. މާލޭ ގައި އަދި އެހެން ރަށެއްގައި ވެސް ބިމެއް ނުވަތަ ގޯއްޗެއް އޮތްމީހަކަށް ނުބަލާކަމެވެ. އާދައިގެ ދިރިއުޅުމެއް އުޅޭ ދިވެހިރައްޔިތަކަށް އެއްފަހަޜާ އެއްލައްކަ ދިވެހި ރުފިޔާ ދެއްކުން އެއީ ވާނެކަމެއް ނޫނެވެ. އެ ރައްޔިތު މީހާ ހުންނަން ޖެހޭ ނީ ކުރިންވެސް ހުރި ގޮތަށެވެ. ދެ ސަރުތު މިގޮތައް އޮތް އިރު ، ހުޅުމާލެތަރައްގީކުރަނީ މާލޭގެ ރައްވެހީން ނަށް ގެދޮރުގެ ދަތިކަން ހައްލުކުރުމުގެ ނަމުގައެވެ.
ކަން ތައް މިހެން ހުރި އިރު ރައީސް ނަސީދު އަބަދުވެސް ވިދާޅު ވަމުން ގެންދަވަނީ އަތްފޯރާ އަގެއްގައި ބިމާއި އިމާރާތުގެ ކުލި ބަހައްޓަވަން މަސައްކަތް ކުރާނެވާހަކަ، މެނިފެސްޓޯގައިވެސް މިހެން ބަޔާން ކޮށްފައި ޥާއިރު ، 9ލައްކަ އަދި މިލިޔަނުން އަގުތައް މިވަނީ މިކަމާމެދު ވިސްނަވާކަމުގެ އަލިގަދަ ހެއްކެއް ކަންނޭގެއެވެ. އަޅުގަނޑު މިހެން ދެންނެވީމަ ހީފުޅުވެދާނެ ތަނުގެ ފެންވަރު ، ކޮރަލް ވިލްގެ ފްލެޓްތަކަކީ ފެން ވަރު ރަނގަޅު ފްލެޓް ތަކެއް ކަންވެސް އަޅުގަނޑު ގަބޫލުކުރަމެވެ. އެހެން ނަމަވެސް މެދުމިނެއްގައި އެބަހައްޓައިފިނަމަ އަގުތައް ވެސް ދައްވުން އެއީ ޔަގީން ކަމެކެވެ. އެމްޑީޕީ އިއްތހާދުގެ މެނިފެސްޓޯގައިވެސް ވާފަދައިން
"ދިރިއުޅުމުގެ އަގުތިރިކުރުން"
2.ބިމާއިއިމާރާތުގެ ކުލި އަތްފޯރާފަށެއްގައި ދެމެހެއްޓުމުގެ ގޮތުން އިމާރާތް ކުރުމަށް ބޭނުންވާ ފައިސާ އެކަށީގެންވާ އަގެއްގައި ލިބޭނޭގޮތްތައް ތަނަވަސް ކޮށްދިނުން.
އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ މާލޭގައިވާ ތޮއްޖެހިފައިވާ އާބާދީ އަށް ހުޅުމާލޭގައި އިމާރާތް ކުރުމުށް ހަމަޖެހިފައިވާ ކޮރަލް ވިލް ގެ ފްލެޓް ތަކުން އެއްވެސް އަސަރެއް ކުރާނެބާވައެވެ؟
............
ހަގީގަތުގައި ބުނާނަމަ ސަރުކާރަށް ނޭނގި ސަރުކާރުގެ ސިޔާސަތުތަކުގައި ކޮޅުފައިން ޖެހެނީ އެވެ. ރައީސް ނަސީދު މެނިފެސްޓޯ ނުވަތަ ސިޔާސަތު ހަނދުމަފުޅުނެތުނީ އެވެ. މިފެންނަނީ ސަރުކާރު ފެއިލްވާން ފެށިކަމުގެ އަލާމާތެކެވެ. އެހެންނަމަވެސް އަދިވެސް ވަގުތު އެބައޮތެވެ. މިކަހަލަ ކަންތައްތައް ހައްލުކޮށް ބޯހިޔާވަހިކަން ނުލިބި މާޔޫސްވެފައި ތިބި ނިކަމެތި އާދައިގެ ރައްޔިތުންނަށް ހިއްވަރެއް ދޭށެވެ. ނުވަތަ މަނިކްފާން މަގާމް ދޫކުރައްވާފައި ގެއައް ވަޑައިގަންނަވާށެވެ. ދިވެހި ރައްޔިތުން މަނިކްފާން ހޮއްވެވީ މަނިކްފާންގެ ސިޔާސަތު ތަކަށް ބައްލަވައިފައެވެ. އެހެން ނަމަވެސް މިއަދު މިފެންނަނީ އެކަންތައްތައް ފެއިލް ކޮށްލާތަނެވެ.

1- މާލޭގެ ރަށްވެހީންގެ ގެދޮރުގެ ދަތިކަމަށް ކޮރަލްވިލް ގެ ސަބަބުން އެއްވެސް އަސަރެއްކުރާނެ ހެއްޔެވެ؟
ތިބޭފުޅާގެ ޖަވާބު ކޮމެންޓެއްގެ ސިފައިގަ ކިޔުންތެރީން ނަށް ފޯރު ކޮށްދެއްވުން އެދެން....

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-05-21 14:46:47 | Report this Comment
ޕިޝާވަރު:

ބުނަން ހަމަ ތިހެން މައުމޫނުގެ ހިޔަންނަށް މުޑި ނަގައި ނަގައި ދެން ހަމަ ތިބެންޖެހޭނީ. ތަނެއް ދޮރެއް ދޮރުފަތެއް މުސްތަގުބަލެއް ނޭނގޭ އާލާތުން ތެޅޭގޮތް ތިއީ. ދެން ލަލަލާ

Posted on 2010-05-21 17:37:02 | Report this Comment
މިނިކާ ދައިތަ:

އެއްޗަށް ފައިން އެރިގެން އުޅޭހެން ތެޅެނީ ކާކުބާ؟ ކިޔޭ ނުކިޔޭ އެއްޗެއް ނޭންގިގެން އެއޮތީ ފްލެޓްތަކަށް އަތްފޯރާފަ..ކޮންބަޔަކަށް ދޭންތަ އެހާ އަގު ކުޑަކޮން..ރާއްޖެ އަންނަ ގެސްޓުންނަށް ދުވަހު ކުއްޔަށް ދޭންދޯ..ކަރަންޓް އަތްފޯރައިފި..ބޯހިޔާވަހިކަން އަތްފޯރައިފި..ތަކެތީގެ އަގު އަތްފޯރައިފި.. ދެން ކުރުކޮށްލާނަން ހުރިހާއެއްޗެއް އަތްފޯރައިފި...ދެން ލަލާ ލާ

Posted on 2010-05-21 21:33:20 | Report this Comment
ސަރުދާރު:

އަޅާނިންމާފަހުރި ފުލެޓުތަކެއް ދެއަހަރުވާއިރުވެސް "ފައިންއެރިފަތިބިވަރުން" ސަރަނގޭލައްވާ ރީނދޫ ކުލަލުންފިއަވާ ކުރެވުނީކޮންކަމެއްތޯ؟ ދެފުލެޓުއޮށް އިންދައިގެންފުލެޓެއްލިބޭވަރުވާނީ މުނިކާފަދަރިއަކު ދުނިޔޭގަހުރިނަމަ އެދަރީގެދަރިއަށްތޯއްޗެ

Posted on 2010-05-21 22:27:11 | Report this Comment
އެކްސް:

ތަސްމީނު ބޭންކަށް ދައްކަންއޮތް ލާރިކޮޅު ނުދައްކައިގެން މައްސަަލައަކީ. މިހާރު އޭނަގެ އަތުގައޮތް ތިނެތި ވިއްކަން ބޭންކުން އެބައުޅޭ. އެލިބުނީމަ ހަމަޖެހޭނެ. ބޭންކުން ލޯނާ އެއްޗިހި ލިބިގެނެއްނު ގެދޮރު އެޅޭނީ.
ޑަބްލިއު: އެކްސް ބުނީމެން ނު އެހެން މީހުން އުޅެގޮތަކަށް ނުބެހެމޭ ތިމަންނައެއް އެންގެވިގޮތަށޭ ތިމަންނަ އުޅެނީ ދޮގު ދޯ ތިހަދަނީ
އެކްސް: މިވަރުވާހަކައެއް ބުނެލިޔަސް އޯކޭވާނެ. އެއީ އަހަރެމެންގެ ލާރިޔޭ ދޯ ޑަބްލިއު

Posted on 2010-05-21 22:46:14 | Report this Comment
ކިއުއެސް:

މިޢީ އެއްވެސް އިޚްލާސް ތެރިކަމެއް ނެތް ސަރުކާރެކެވެ، މަކަރާތް ހީލަތް ހެދުމަށް ހައްދު ފަހަނަ އަޅާފައިވާ ބައެކެވެ. މިބައީހުނަށް އަތްފޯރާ ފަށަށް އެއްޗިހި ގެނައުމަށް ވުރެ ބޮށް ކުރެވޭނެ ކަމަކީ އެކަކު އަނެކަކު ގަޔަށް އަތް ފޯރުވުމެވެ.

Posted on 2010-05-21 23:38:44 | Report this Comment
ނޫނު:

ކަލޯ މީހަމަ އެމެރިކާނުން ކަން ކުރާ ގޮތް. އިރާގަށް އަރާފަވެސް ބުންޏެއްނު ވެރިކަން ބަދަލުކޮށްފަ އރާގު އާރާސްތުކޮށްދޭނެ ވަހަކަ. މިކަންވެސް ދާނީ ހމައެގޮތަށް. މިއުޅޭ ރީނދޫ ހުންޖެހިފަ ތިބި އެއްޗެހިތަކަށް އެކްމެއް ނޭންގޭނެ ދުވަހަކުވެސް. ކީއްކުރާނީ މިއޮތީ ދިވެހީން މޮޅުކޮށްލަން ބަދަލުކޮށްފަ ވިއްޔަ.... ކިހާދެރަ ކަމެއްމީ ދެން

Posted on 2010-05-22 08:52:24 | Report this Comment
އިން:

ހުރިހާ ކަމެއް ބުނާހާފަސޭހަ އަކަށް ނުވާނެ ދޯ........ ކަމުގެ ހަގީގަތް ނުބަލާ އަނގަތެޅި އަކަސް ނުވާނެ..... އެންމެންގެ ފަރާތުން އެއްބާރުލުން ލިބިގެން ގައުމު އާރާސްތު ކުރެވޭނީ........

Posted on 2011-01-25 10:59:56 | Report this Comment
މަރީ:

ނިކަމެތިންނަށް ކޮން ބޯހިޔާވަހި ކަމެއް ދޯ ލޮބުވެތި ރައީސް

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.