މިރާން

  • ޝާއިޢުކުރި ތާރީޚް: 05 03 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 1867
  • މޯބައިލް ލިންކު: m.muraasil.com/5896

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އަނބިމީހާއާއި ސެކެއްޓެރީގެ ތަފާތުތައް

އަނބިމީހާއާއި އޮފީހުގައި އުޅޭ އަންހެން ސެކެއްޓެރީގެ ތަފާތަކީ ކޮބާ؟
މިސުއާލަށް ދެވިފައިވާ ބައެއް ޖަވާބުތައް ތިރީގައި މިވަނީއެވެ.

1. އަނބިމީހާއާއި ސެކެއްޓެރީއާ ދެމެދުގައި ބައެއް ފަހަރު، 30 ކިލޯމީޓަރުގެ ތަފާތުވާނެ.
2. އަނބިމީހާ އޮފީހުގައި ހިނގާ ކަންތަކާ ބެހޭނެ. ސެކެއްޓެރީ ގޭގައި ހިނގާ ކަންތަކާ ނުބެހޭނެ.
3. ސެކެއްޓެރީ އޮފީހުގައި އުޅޭނީ ވަރަށް ރީތި ހެދުން ލައިގެން. އަނބިމީހާ ގޭގައި އުޅެފާނެ ކޮންމެ ކަހަލަ ހެދުމެއް ލައިގެން ވެސް.
4. ސެކެއްޓެރީ، ތިބާކުރާ އަމުރުތައް ތަންފީޒުކުރާނެ. އަނބިމީހާ ތިބާއަށް އަމުރުކުރާނެ.
5. ތިބާ ސަލާމަތްކުރަން ސެކެއްޓެރީ ދޮގުހަދާނެ. ތިބާއަށް އޮޅުވާލަން އަނބިމީހާ ދޮގުހަދާނެ.
6. ތިބާއާ ދިމާވާ ކޮންމެ މައްސަލައަކަށް ޙައްލު ހޯދާދޭން ސެކެއްޓެރީ އުޅޭނެ. ތިބާ ހޯދާ ކޮންމެ ޙައްލަކާމެދު މައްސަލަ ޖައްސަން އަނބިމީހާ އުޅޭނެ.
7. ތިބާއަށް ދެއްކިދާނެ އުޒުރާއި ބަހަނާތައް ހޯދާދޭން ސެކެއްޓެރީ މަސައްކަތް ކުރާނެ. ތިބާ ދައްކާ އުޒުރާއި ބަހަނާތަކާމެދު އަނބިމީހާ ޝައްކުކުރާނެ.
8. ސެކެއްޓެރީ، ތިބާއަށް ކަންތައްތައް ކޮށްދޭނެ. އަނބިމީހާ، ތިބާލައްވާ ކަންތައްތައް ކުރުވާނެ.
9. ސެކެއްޓެރީ ދެކޭނީ ތިބާއަކީ ވެރިޔެއް ކަމަށް. އަނބިމީހާ ދެކޭނީ ތިބާއަކީ ޚާދިމެއް ކަމަށް.
10. ސެކެއްޓެރީއަކީ ކުރިޔަށް އޮތް ލޯބީގެ މަޝްރޫޢެއް!!! އަނބިމީހާއަކީ ފާއިތުވެ ގޮސްފައިވާ ލޯބީގެ މަޝްރޫޢެއް!!!

ނޯޓް: މިތަފާތުތައް ހުރުމާއެކު ވެސް، ރަނގަޅު ފިރިންނަކީ، 10 ވަނަ ނަންބަރުގައި އެވާ މަޝްރޫޢު ނުފަށާ، އަނބިމީހާއަށް ލޯބި ދީގެން އުޅޭ ފިރިންނެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-03-05 13:09:24 | Report this Comment
ސުންނާފަތި:

ވަރައް ރަނގަޅު ވާހަކަތައް ލިޔެފަވާކަން ފާހަގަ ކުރަން....

Posted on 2010-03-05 14:41:31 | Report this Comment
ނަސްރުﷲ ޖަމީލު:

އެ އޮތީ ކޮން 30 ކިލޯމީޓަރެއްގެ ވާހަކަ ހެއްޔެވެ. މި ލިޔުން ތަރުޖަމާ ކުރެއްވި އިރު ދިވެހި މުޖްތަމަޢާ ގުޅުވާލައިގެން ތަރުޖަމާ ބަދަލުކޮށްލެއްވިނަމަ ރަނގަޅުވީހެވެ.
މމޮހޮދޭ: ނަސްރުﷲ ޖަމީލު އަށް ދަންނަވަން އޮތީ އެހެން ލިޔުން ތެރިން ނަށް ވެސް އިހުތިރާމް ކުރުމަށް. ނަސްރުﷲ ޖަމީލުތީ ލިޔުންތެރިއަކަށް ވެ ހުރީމަ. އަނެއްކަމަކީ އެހެންމީހުން ލިޔާއެއްޗެއް ތިބާއަށް ކަމުނުދަނީ ތިބާއަށް އެކަހަލަ ލިޔުމެއް ނުލެވި، ވަކިމީހަކު ދިފާއު ކުރާ ލިޔުންތަށް ދިފާއުކުރާ ލިޔުންތަށް ލިޔާތީވެ. ވީމާ ތިބާވެސް ވަކިމީހަކަސް ތާއީދުކޮށް ލިޔުނުނަމަވެސް ކުޑަކޮށް ނަމަވެޔިތުން ނަށްސް މިކަހަލަ ނޫނީ ގައުމަސާއި ރައްޔިތުން ނަށް ހޭލުންތެރި ކުރުވަނިވި ލިޔުމެއް ލިޔުނީމަ ކޮމެންޓް ތަށްވެސް އަންނާނީ މިގޮތަށް. މިސާލަކަސް ފައްކާ ލިޔުމެއް. ގައްޑާ ލމެއް. މޮޅު ލިޔުމެއް. މިކަހަލަ ގޮތަކަށް. މިހާރު އެދުވަސް ހިނގައްޖެ. މަދުބަޔަކަށް ފިޔަވައި. މިބުނީ ވަކިމީހަކަށް ތާއީދުކޮށް.
ނަސްރުﷲ ޖަމީލު: މޮހޮދޭއެވެ. ލިޔުމަކަށް ފާޑު ކިޔުމަކީ ނުވަތަ ލިޔުމަކާ މެދު ދެކޭގޮތެއް ހާމަކުރުމަކީ ލިޔުންތެރިޔާއަށް އިހްތިރާމް ނުކުރުންކަމަކަށް އަޅުގަނޑަކަށް ނުވިސްނެއެވެ. މާތް ބަހުން ލިޔުންތެރިޔާއަށް މުޚާތަބުކޮށްފައި އެވަނީވެސް ލިޔުންތެރިޔާއަށް އިހްތިރާމްކުރާތީއެވެ. އަޅުގަނޑު އެ ކޮމެންޓު ކޮށްފައި އެވަނީ މި ލިޔުމަކީ އިނގިރޭސިން ހުރި ޕޮއިންޓުތަކެއްގެ ސީދާ ތަރުޖަމާއަކަށް ވާތީއެވެ. އަޅުގަނޑު މީގެ ކުރިން މި ލިޔުން އިނގިރޭސިން ވަނީ ކިޔާފައެވެ. ލިޔުމުގައި އެވާ 30 ކިލޯމީޓަރު ވާހަކަ ފާހަގަކުރީވެސް އެހެންވެއެވެ.

Posted on 2010-03-05 20:26:09 | Report this Comment
އެމްބެ:

ފޮޓޯ ވަރަށް މޮޅު. އަދި ލިޔުންކޮޅުވެސް ރަނގަޅު.

Posted on 2010-03-05 20:37:01 | Report this Comment
އެއްލިކަޅިން:

ތީހަމަ ފިރިހެނުންގެ ވައްތަރު...........އަންހެނަކު ފެންނައިރަން ހުންނަނީ އަރާހިކިފަ ވިއްޔަ.އެވަރިހަމަ ސެކެޓްރީވިޔަސް ، މަސައްކަތުމީހާވިޔަސް.
ހިފިކަޅިން: ހަހަހަހަ.... އަން ކިޔާފިއްޔާ ހެޔޮ އަންގިއަކަސް ދޯ

Posted on 2010-03-05 22:19:17 | Report this Comment
ކުންބެ:

ތާކުންތާކު ޖެހޭ އެއްވެސް ވާހަކައެއްނެތް ދެން އެއްޗެއް ލިޔަން ވެގެން ލިޔަނީ ތިބުނާ ސެކެއްޓްރީން ގެންގުޅޭ އަންހެނު މިރާއްޖޭއްގައި ވަކިމަދެއްނުވާނެ ހަމަގައިމުވެސް

Posted on 2010-03-05 23:17:20 | Report this Comment
ކިއުއެސް:

ސަޅި މީގައި މިވަނީ އާއްމު ގޮތެއްގަ ކަންތައް ހިނގާ ގޮތެވެ..

Posted on 2010-03-05 23:18:38 | Report this Comment
ބޮސް:

ތީހަމަ ހަގީގަތަކީ ހެ ހެ

Posted on 2010-03-06 00:20:24 | Report this Comment
އެއްކަލައަހްމަޑޭ:

ކެކެކެކެކެކެ.............................. ފައްކާ ފޮޓޮއެއް އިނގޭ ހަމަ.....ކެކެކެ

Posted on 2010-03-06 00:45:11 | Report this Comment
އަނބިމީހާ:

އަންހެނުންނަށް އިތުބާރެއް ގަދަރެއް ކުރަން ނޭގޭ ބައެއް ދޯ ކަލޭމެން ފިރިހެނުންނަކީ... ތިފެންނަނީ ކަލޭމެންގެ ފެންވަރު... އަންހެނުންނާއި ސެކްރެޓަރީ އާއި ހުރި ފަރަޤު ބަލަން ދުވާނި ބޯ ބުރާންތިއެއްދޯ...ހެހެހެ... ބަލަ އަންހެނުން ނަށް ކަލޭމެން ނުކުރާ އިތުބާރެއް ކަލޭމެންނަށް އެމީހުން ކުރާނެ ކަމަށް ޤަބޫލު ކުރަނީދޯ... ހަޤީގަތަކީ މިފިރިހެނުންނަށް ހީވަނީ މބައިމީހުންގެ އަޅުންކަމަށް އަންހެނުންނަކީ....

Posted on 2010-03-06 11:27:28 | Report this Comment
ނާން :

އަނބިމީހާ ތިބުނީ ތެދެއް' މިމީހުން ފިރެހެނުންނަށް ހީވާކަހަލަ އަންހެނުންމީ މިމީހުން ކުޅެއް ގެންގުޅޭ އެއްޗެކޭ، ތިމާގެ އަނބިމީހާއަށް ޤަދަރު ނުކުރާފިރިން ތިކަހަލަ ވާހަކަދައްކާނެ، ކިތައް އަނބިންބާ މިމީހުންގެ އަނިޔާއަށް ކެތްކޮށްގެން އެކަންސިއްރުކޮށްގެން އިންނާނީ!

Posted on 2010-03-06 11:29:35 | Report this Comment
އަންހެނުން:

އިނދެގެން އުޅެންޏާ އަމުރުވެސް ކުރާނަން. ފިރިހެނުންނަށް ކުރެވިފަ އަންހެނުންނަށް ނުކުރެވެންވީ ކީއްވެ.ކަލޭކުރާ އަމުރުތައް ތަންފީޒުކުރަން މަމީ ކަލޭގެ ސެކެޓްރީތަ؟ މަލާނީ މަ ބޭނުން ހެދުމެއް. ކަލެއަށް ކޮންމެހެން ރީތިވާކަށް ނުޖެހޭ. ކަލޭހީކުރަނީ ކަލެއަށް އެކަނި ކަމަށްތަ ދޮގުހެދޭނީ؟ އޮޅުވާލެވޭނީ؟ މަށަކީ ކަލޭގެ އަޅެއްނޫން!! ސެކެޓްރީއެނޫން! އަބިމީހާ!!!
އޮބި: ކަލޭ ގަދަ އިނގިއްޖޭ މަންޖޭ.. އަކަމަކު ތިހެން ކިޔަކިޔަ ހުރެފަ ޖެހެނީ އެއްމެފަހުން ހަމަ ބަތްތަށީގެ އެއްފަޅީކާން... އެހެނޭ ކިޔާފަ ކަލޭ ކީއްކުރާނީ... ކެކެކެކެ

Posted on 2010-03-06 13:21:41 | Report this Comment
ވަތުކިބަ:

މިލިޔުން ލިޔެފައި މިވާ ފިރިހެނާ އަކީ އޭނާގެ އަބިމީހާ ކީއްކުރަން އަންހެނަކަށް ވެސް އިހްތިރާމެއް ކުރާނެ ފިރިހެނެތް ނޫން.މިކަހަލަ ލިޔުން ލިޔެގެން އަންހެނުންގެ ނަފުރަތު ނޫނީ ނުލިބޭނެ. ބޭވަފާތެރި ފިރިހެނާ.

Posted on 2010-03-06 14:35:07 | Report this Comment
ފިރިމީހާ:

އަބިމީހާއަށް ފިރިމީހާ ރަންގަޅަށް ހިންހަމަ ޖައްސާދެވޭނަމަ ތިހެންތިކަންތަނުވާނެ.

Posted on 2010-03-06 18:35:46 | Report this Comment
ރަންދީ:

އޭ މިރާން ހާދފަ ސަޅިއޭ ފޮޓޯ ފިރިހެނެއްވިއްޔާ އަންބަކު ހުއްޓަކަސް ތިކަލަ ހައެއްކަ ސެކެޓްރީން ގެންގުޅުމަކުން ގެއްލުމެއްނެތް ލިބުނަސް އިތުރު އުފަލެއްލިބޭނީ އަނބިމީހާ ބައްހަޓާނީ ގޭގަ ދަރިންބަލަން ސެކޓްރީއާއެކީ އޮފީހުގައޭ ކިޔާފަ ވީކެންޑްގަ ރިސޯޓަށް ގޮސްލާފަ އަޔަސް އަދި އެއީ އަނބިމީހާ ކެކި އަރަންވީ ވަރުކަމެއްނޫން ފިރިމީހާއަށް ލިބޭ ކޮންމެ ހިތްހަމަ ޖެހުމަކީވެސް ހަމަ އަނބިމީހަގެ އުފަލެއްނޫން އެއީ އަހަރެން ދެކޭގޮތް އަހަންނަށް ރަނގަޅީ އަހަރެންގެ ފިރިމީހާ އަށްވެސް ވީހާގިނަ ސެކެޓްރީންގެ އަޅާލުމާއި ލޯތްބާއި ހިތްހަމަޖެހުމާއި އުފާ ލިބުނިއްޔާ އެއީހަމަ އަންނަށްވެސް ލިބޭއުފަލެއްކަމަށްބަލަނީ އެއްގޮތަކަށްވެސް ފިރިމީހާ ބިޓުންގެންގުޅުނަސް ދެރަވާނެކަމެއްނެތް އެއީހަމަ އުފަލެއްކަމަށް ހުރިހާ އަނބިންވެސް ގަބޫލުކުރޭ

Posted on 2010-03-09 11:39:52 | Report this Comment
އަހަރެން:

މިބުނާ ސެކެއްޓަރީން ނަކީ މިޒަމާނަށް ފިޓްވާ ގޮތަށް ގެންގުޅޭ ޖާރިޔާއިން ދޯ؟ ކޮބާތަ އެއުޅޭ އެނިމަލްރައިޓް ސަލީމް؟

Posted on 2010-03-09 21:59:03 | Report this Comment
މާނު:

ފޮޓޯ ވަރައް ސަޅި

Posted on 2010-03-24 14:37:13 | Report this Comment
މިލަދޫ އޮބި:

މި ރަންދީއަކީ ބޮޑު ނެރުމަތި ބުރޮޅިއެއް ފައްކާ! އެހެންޏާފަހެ، ފިރިމީހާ ލިލޭކޮށްފަ. ތިކަހަލަ އަންހެނުން އުޅޭތިއްޔޭ ފިރެހެނުން ހިސާބަށްވުރެ ވަހުޝީވަނީ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.