އިޝްމާއިލް ރަޝީދު މުޙައްމަދު

  • ޝާއިޢުކުރި ތާރީޚް: 02 04 2011
  • މިލިޔުން ކިޔާފައިވާ އަދަދު: 1236
  • މޯބައިލް ލިންކު: m.muraasil.com/10110

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ފާގަތި ކަމާއެކު ދިރިއުޅުމަކަށް

އުންމީދު އާކުރާށެވެ. ކެރޭށެވެ. ބުއްދީގެ ކުޅަދާނަކަމަށް ބަލާ އިރު، ތިމާގެ އަސްލު ފެންވަރަކީ، ތިމާ މިހާރު ހުރި ހިސާބު ނޫންކަން ދަންނާށެވެ. ތިމާ ދުށް ހުވަފެން ތަކާ މެދު އަލުން ވިސްނާލާށެވެ. ހުވަފެން ތަކުން ހިރަފުސް ފޮޅާލާށެވެ. ގެއްލުނު އުފާތައް އަލުން ހޯދަން މަސައްކަތް ފަށާށެވެ.
ނަސީބަކީ، ފުރުސަތާއި ހުޝިޔާރުގެ ދަރިފުޅެކެވެ. ކަމަށް ކަމޭހިތައި، ސަމާލުކަން ދިނުމަކީ، ކާމިޔާބު ސިޓީގެ ފުރަތަމަ ހަރުފަތެވެ. ތިމާ ކަން ކުރާނީ ތިމާގެ ބޭނުންތަކަށް މަގު ފަހިވާ ގޮތަށެވެ. އަނެކާ ކުރާ ގޮތަކަށް ނޫނެވެ. ދީނާއި ގާނޫނު އެކަމަށް ހުއްދަ ކުރަންޔާ ނިމުނީ އެވެ. ކަމު ނުދާ އެންމެ ފިކުރަކީވެސް ޒަހަރެކެވެ.
ކޮންމެ ނާކާމިޔާބަކީ ފިލާވަޅެކެވެ. ޢިބުރަތެކެވެ. ފެއިލްވުމެއް ނޫނެވެ. ފެއިލް ހަމަ އެކަނި ވާނީ ހިތްވަރު އެލުނީމަ އެވެ. އުންމީދު ކަނޑާލީ މަ އެވެ.
ތިމާ އަކީ، މާޒީގެ ޖަލުގައި ހައްޔަރު ވެފައިވާ ކުށްވެރިއަކަށް ވުމުގެ ބަދަލުގައި، ހަރުދަނާ މުސްތަގުބަލެއް ބިނާ ކުރާ މާވަޑި އަކަށް ވުން މާ ބުއްދިވެރި އެވެ.
ވީމާ ހިތްހަމަ ޖެހިގެން އުޅެންބޭނުން ނަމަ މިބުނެވުނެ ކަންކަމާ ވިސްނާލާށެވެ. ފާގަތި ކަމާ އެކު ދިރިއުޅެން ބޭނުން ނަމަ ހެޔޮ ބަދަލް ދިރި އުޅުމަށް ގެންނާށެވެ.

ވޯޓް
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.