މުރާސިލް ޖިންނި

  • ޝާއިޢުކުރި ތާރީޚް: 09 03 2011
  • މިލިޔުން ކިޔާފައިވާ އަދަދު: 133
  • މޯބައިލް ލިންކު: m.muraasil.com/9921

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ރަށާމެދު ވިސްނުމުގެ ނަޒަރަކުން، އަދުގެ ހާލަތު ..........

އަހަރުދުވަހުގެ ރޭދުވާތައް ތަކުރާރުވަމުން ، ޒަމާނުގެ ފުރޮޅު އެނބުރެމުން ގޮސް ނަލަމޫސުމެއްގެ ހުޅެވިހަނދު އުދަރެހުން ދައްކާލުމާއި އެކު ތަހުޒީބާއި ތަރައްޤީއާއި ރައްވެހި ކަމުގެ އަޑުތައް އަޅުގަނޑުމެންގެ މާހައުލުގައި އިވެންފަށައިފިއެވެ. ދިރުން މަރުވެފައިވާ ގަހެއްގައި އާރޯކަމުގެ ފަތް ކޯނި ލައި ދިރުން ގެންނަހެން ހިޥެއެވެ. ތަރައްޤީއާއި ރައްވެހިކަން ފެންނަންފެށީ އަދި ކިރިޔާއޭހެންވެސް ހީވެއެވެ. ނަމަވެސް ރައްވެހިކަން އަޅުގަނޑުމެންގެ ދިރިއުޅުމާއި ގުޅިފައިވެއެވެ. ހަމަ ޔަޤީނުންވެސް އަޅުގަނޑުމެން މިވަނީ ތަރައްޤީގެމަގުގައި އެތައް ތަނެއް ފަހަތުގައެވެ.

އާދޭހެވެ. ދުނިޔޭގެ އެއްވެސް ޤައުމެއް، ރަށެއް ،އަވަށެއް އެކަށީގެންވާ ބާރު މިނުގައި ތަރައްޤީ ހާސިލް ކުރަން ބޭނުންނަމަ އެތަނަކައް އެކަށީގެންވާ އިންވެސްޓްމަންޓްތަކެއް ގެންދަންޖެހެއެވެ. ނުވަތަ ކުރަންޖެހެއެވެ. ދުނިޔޭގެ އުދަރެހުން ފެންނަމުންދާ ހަޤީޤަތަކީވެސް އެއީއެވެ. މިސާލެއް ދަންނަވާނަމަ. ތަނެއް އާބާދު ކުރަންބޭނުންނަމަ އެތަނުގައި ގެދޮރު އިމާރާތް ކުރުމަކުން އަދި ނުފުދެއެވެ. ފެނާއި، ނަރުދަމާއި، މަގުތަކާއި، ކަރަންޓާއި، މިނޫންވެސް އެތައް އެތައް ޙިދުމަތެއް އެތަނުގައި ފުރަތަމަ ޤާއިމް ކުރަން ޖެހެއެވެ. އޭރުން އެތަނައް އެތައްބަޔަކު ހިޖްރަކޮއް އެބަޔަކު އަމިއްލަޔައް ގެދޮރު ބިނާ ކުރާނެތެވެ. ނުވަތަ އެތަން އާބާދު ކުރާނެތެވެ. ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ސިޓީތަކާއި ، ރައްތައް އާބާދު ވެފައިވަނީ މިދެންނެވި ފަލްސަފާ ގައެވެ.

ޖީލަކައްފަހު ޖީލެއް ނެތިދިޔައިރު އަޅުގަނޑުމެންގެ ކުޑަކުޑަ ރައްވެސް ޒަމާންތަކެއް ވެއަތު ކޮއްފިއެވެ. ތަރައްޤީގައި ދުވެލި މަޑުކޮއް ދުވި އިރު ، ރައްދޫކޮށް ހިޖްރަ ކުރުން ހުރީ 3 ވަނަ ގިޔަރުގައެވެ. ކައިރި ރައްތައް ތަރައްޤީގައި މެކުހައް ޖެހިއިރު ރައް އޮތީ ފިތުނަވެރިކަމުގެ ފޭރާންލައިގެންނެވެ. ދަމަކުން ބަޑިއެއްޖަހާއުސޫލުން ރަށާދޭތެރޭ ވިސްނަނީ ވެސް މަދުބަޔެކެވެ. އެފަރާތްތައް އުންމީދުތަކެއްވެސް ކުރާތީވެސްތޯއްޗެކެވެ. ކޮންމެޔަކަސް އެންމެންވެސް ޤަބޫލް ކުރަންޖެހޭ ހަޤީޤަތެއް ވެއެވެ. ތިމާ ހިތްނޭދުނަސް، ތިމާ ކިތަންމެ ފޫހިވިޔަސް ކޮންމެވެސް އެއްދުވަހަކުން ރަށައް ދާންޖެހޭނެވެ. އެދުވަހަކުން ރަށާދޭތެރޭ ވިސްނާނެކަންވެސް ޔަޤީނެވެ. ނަމަވެސް ހިތާމަޔަކީ ޤައުމައް މިއައި ހަލަބޮލި ބަދަލާއިއެކު އެކަން ބަލައި ނުގަނެވޭ ބަޔަކުވެސް އުޅޭކަމެވެ. ރަގަޅެވެ. ޚިޔާލުތަފާތު ވާނެވެ. އެއީ އިންސާނީ ތަބީޢަތެވެ. އެހެނެއްކަމަކު ރައް އާބާދު ކުރުމުގެ ބޭނުމުގައި ބަޔަކު ކޮއްފައިވާ ޕްލޭންތަކެއް ރޫޅާލުމަކީ ބުއްދި ޤަބޫލްކުރެވޭނެ ކަމެއްނޫނެވެ.

ރަށްތަރައްޤީ ކުރަން ބޭނުންނަމަ ކަންތައްތަކެއް ފުރިހަމަ ވާންވެސް އެބަޖެހެއެވެ. އެކަންކަން ފުރިހަމަ ނުވެ، އިމާރާތެއް ކުރިޔަކަސް އެޔަކުން ރަށައް ލިބޭނެ ތަރައްޤިއެއް ފަހެ ބުނެބަލާށެވެ. ރައްދޫކޮއް ގިނަ ބަޔަކު މާލެ ދިޔަސަބަބު ނިކަން ވިސްނަބަލާށެވެ. ރަށުން ކަންތައްތަކެއް ފުރިހަމަ ނުވެ ހުރުމުން އެކަންކަން ފުރިހަމަ ވެފައިވާ ތަންތަނައް އެންމެންވެސް ހިޖުރަ ކުރީއެވެ. އެހެނޭ ކިޔާފައި ތިމާމެންނައް ބާރު ލިބިފައި އޮތީތީވެ ، ހިތު ހުރިހާ ގޮތަކައް ކަންކަން ކޮއްގެން ފުނޫބެދޭހާ ބޮޑެތި ގެއްލުމުގެ ފަހަތުން ދުވަން ނަހަދާށެވެ. ރަށުގައި ފެނާއި ނަރުދަމާއި، ކަރަންޓާއި، މިކަންކަން ފުރިހަމަ ވިޔަނުދޭން މަސައްކަތް ނުކުރާށެވެ. ތިމާމެންގެ ކުލައިގައި އެކަންކަން ބަލައި ނުގަނެވޭނަމަ އިސްތިއުފާދޭންވީއެވެ. ނުވަތަ ނިފާޤް އެއްގޮތް ކުރަންވީއެވެ. ރަށައް ފައިދާ ހުރި ކޮންމެ ކަމެއްގައި ކުލަޔަކައް ރަހަޔަކައް، މޫނަކައް ބެލުމެއްނެތި އިޖާބަދޭންވީއެވެ. ތިމާމެންގެ ކުލަޔައް ނުވީތީ ކިތަންމެ ރަށައް މުހިންމު ކަމަކައް ވީނަމަވެސް ޖަދަލް ކުރުމުގެ މާނަޔެއް ފަހެބުނެބަލާށެވެ. ޖަދަލް ކުރުމަކީ ބޯދާ ޚިޔާލެކެވެ. އެއާ ދޯޅުވާންވެއްޖެނަމަ މި ގެނެވުނު ހެޔޮބަދަލުގެ ބޭނުމެއް ނެތެވެ. ތަރައްޤީ މާނަކުރުމުގައި ތިގެންގުޅޭ އުސޫލު ޒަމާނީ ކުރަންވީއެވެ. އާވިސްނުމަކުން ޒަމާނާއި، ތަނާއި، ހާލަތައް ރިޢާޔަތްކޮއް ކަންތައްތަކައް ފިކުރު ހިންގަންވީއެވެ.

Murasil-jinni
Murasil-jinni@live.com

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.