ހައްސި

  • ޝާއިޢުކުރި ތާރީޚް: 19 07 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 204
  • މޯބައިލް ލިންކު: m.muraasil.com/975

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ނޫސްވެރިން ވަކި ފަރާތަކަށް ޖެހުނަސް މީދެން ތަންފުކެއް ބޮޑުވަރު

ނޫސްވެރިންނަކީ ވަކިފަރާތަކަށް ނުޖެހި ލިޔާބައެއް ކަމަށް އޮންނަނީ ޤަބޫލުކުރެވިފައެވެ. އެހެންނަނަމަވެސް ޙަޤީޤަތަކީ ނޫސްވެރިންނަކީ އަބަދުވެސް ވަކިފަރާތަކަށް ބުރަވެތިބެ ލިޔާބައެކެވެ. ފަހަރެއްގައި އަޅުގަނޑު މިހެން ބުނުމުން ތީގެ ތެރެއިން ބައެއް ބޭފުޅުން އެކަމާއި ހިތްޕުޅު ހަމަނުޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް ޙަޤީޤަތަކީ މިއީއެވެ.

މިސާލަކަށް ބަލަމާ ހިނގާށެވެ. މަސްތުވާތަކެތީގެ މައްސަލައާއި ގުޅިގެން ލިޔާ ލިއުމެއްގައި ވަކި ކޮޅަކަށް ނުޖެހި ލިޔާނެގޮތެއް އޮންނާނެ ހެއްޔެވެ. ކޮންމެ ގޮތެއްވިޔަސް އެލިޔާ މީހާއަށް އޭރަކު ފެންނަ ރަނގަޅުގޮތަށް އަބަދުވެސް އޮންނާނީ ބުރަވެފައެވެ. އެހެންނަމަވެސް ހަވީރު ނޫހުގެ ނޫސްވެރިންގައި ގައި އަށަގެންފައިވާ ވަރަށް ވަކިފަރާތަކަށް ޖެހުމުގެ ސިފަތައް އަށަގެންފައިވާ ބައެއް އަޅުގަނޑު ނުދެކެމެވެ.

މިހާރު މިޖެހިގެން އުޅޭ ކޯޓު އަމުރުގެ މައްސަލައިގައި ބޭންކަށް ފުލުހުން ކޯޓުއަމުރު ނުހޯދައި ވަން މައްސަލައާއި ގުޅިގެން ހަވީރު ނޫހުގައި ލިޔެފައިވާ ލިޔުމަށް ބައްލަވާލައްވާށެވެ. އެމައްސަލައިގައި ފުލުހުން ކުރީ ކުށެއްކަން ދައްކަން މަސައްކަތްކޮށްފައިވަނީ އިންތިހާއަށެވެ. ފުލުހުންނަށް ފާޑުކިޔާ ކުރީގެ ސަރުކާރަށް ނިސްބަތްވާ ދެބޭފުޅުން ދެއްވި އިންޓަރވިއު އެލިއުމުގައި ހިމަނާފައިވެއެވެ. އެހެންނަމަވެސް ފުލުހުންގެ ފަރާތުންވެސް، އަދި ސަރުކާރުގެ ފަރާތުންވެސް އަދި ތަފާތު ޚިޔާލެއްގެ ޤާނޫނީ ބޭފުޅެއްގެ ރައުޔުވެސް އެލިއުމުގައި ގެނެސްދީފައި ނުވެއެވެ.

މިއަށްވުރެ ހެއްވާ ކަމަކީ އެލިއުމަށް ކިއުންތެރިން ކޮށްފައިވާ ކޮމެންޓް ތަކުގެ ތެރެއިން އެލިއުމަށް ތައީދުކޮށްފައިވަނީ އެންމެ ދެކޮމެންޓް ކަމަށް ވާއިރުވެސް ހަވީރު ވެބްސައިޓްގައި ހައިލައިޓްކޮށްފައި އޮތީ އެލިއުމަށް ތާއީދުކޮށްފައިވާ ކޮމެންޓެކެވެ. ފުލުހުންގެ ދިފާޢުގައި އެތައް ބައިވަރު ކޮމެންޓް ކިއުންތެރިން ލިޔެފައިވާއިރުވެސް ހަވީރުގެ ނޫސްވެރިންނަށް އެއީ މާ މުހިއްމު އެއްޗަކަށް ނުވެއެވެ. ވަކިފަރާތަކަށް ޖެހުނަސް މިއީ ދެން ތަންފުކެއް ބޮޑުވަރެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-07-19 13:36:07 | Report this Comment
މަގޭ ގައުމު:

ހިރިހާމެން ހިނގަނީވެއް އެއްފަރާތައް ބަރުކޮށްތިބެގެން. އެހެންވީމާ އެހެންއެވަނީ. އެމީހުން ތިބެނީ ކިބިގަސްދޮށުގެއާ ދިމާލަށް ބަރުކޮށް.

Posted on 2009-07-19 14:39:30 | Report this Comment
ހައްސިއޮކޭ:

ހައްސިއަށް ސުކުރިއްޔާ ހާސްނުވޭ ދުވަސްކޮޅެއް ފަހުން ހަވިޜޫ ބަނޑަށް ޖެހޭނެ ސަރުކާރުން އިއުލާން ޖެހުން ހުއްޓާލުމުން އޭރުން ހަމްދޫން އާއި ހިރިގާ ވެލިގަލަށް ގޮސްދާނެ އެންނު ދުވަސް ކޮޅެއް ފަހުން ހިނގާނީ އޮންލައިން ނޫސްތައް، މުރާސިލްފަދަ އެއްޗެހި އެންމެން އެއްވެގެން ހަވީރު ވީހަމަ ހިނދަޖައްސާލަން

Posted on 2009-07-19 15:28:19 | Report this Comment
މުހުސިނާ:

ކަލޯ ޖަޒީރާ ފަތަފޮޅި އެއީ ކަލޯމެންކޮޅަށްޖެހި ހުސްވެފައި އޮތް އެއްޗެއް ނޫންތަ؟

Posted on 2009-07-19 15:34:14 | Report this Comment
އިސްމާލް:

ހަވީރު ނޫހަށް ކޮމެންޓެއް ކޮށްފިޔާމު އެކޮމެންޓް ޕަބްލިޝް ކުރުމުގެ ބަދަލުގައި އެތާ ތިބޭ މުއަޒަފުން އެކޮމެންޓާ ވިއްދާފަ އެހެން ކޮމެންޓެއް ޕަބްލިޝް ކުރަނީ މަދެއް ކޮށެއް ނޫނެވެ.

Posted on 2009-07-19 18:54:17 | Report this Comment
ހިރިގާ:

ވަރަށް ފުރިހިމަ ލިޔުމެއް. ހަވީރުނޫހަކީ ޑީއާރުޕީގެ ގޮނޑިކޮއްކޮ ނޫހެކެވެ،

Posted on 2009-07-19 20:46:17 | Report this Comment
މަރީ:

ހަވީރަކީ އެންމެ ފޫހިވާ ނޫސް މިހާރު. ކުރީދުވަހުވެސް އޮޑިޓަރ ޖެނެރަލް ދެއްކެވި ވާހަކަގައިގަވެސް ލިޔެފަ އޮތީ ކުރެޑިޓް ކާޑް ބޭނުންކުރި ވާހަކަ. ކުރީގެ ސަރުކާރުން ރަތްޔިތުންގެ ލާރި ތައް ކައި ތަޅާ ވިއްސި ވާހަކަ އެއްވެސް ބަރަކަށް ލިޔެފަ އެއް ނެތް. މި ދެންބޮޑު ވަރު ދޯ. ދެން މައުމޫނެއް ނާބްނާނެ މިރާއްޖޭގެ ވެރިކަމަކަށް އިރާދަކުރެއްވިއްޔާ. ވާނެ ވަރެއްވޭ ދެން

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.