މީމުތާ

  • ޝާއިޢުކުރި ތާރީޚް: 08 02 2011
  • މިލިޔުން ކިޔާފައިވާ އަދަދު: 145
  • މޯބައިލް ލިންކު: m.muraasil.com/9714

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ބޭރު ޤައުމުތަކަށްގޮސް ޤައުމު ފަޟީޙަތް ކުރުމަށްވުރެ ބޮޑު ޓެރަރިޒަމަކީ ކޮބާހެއްޔެވެ.

މިނިވަންކަންމަތީ ޤައުމެއް އޮތުމަކީ ﷲ ތަޢާލާ އެޤައުމެއްގެ ރައްޔިތުންނަށް ދެއްވާ ވަރަށްވެސްބޮޑު ނިޢުމަތެކެވެ. އަދި ވަކީންބޮޑަށް އަޅުގަނޑުމެންފަދަ ސައްތައިންސައްތަ މުސްލިމުން ދިރިއުޅޭ ޤައުމަކަށް މިނިވަންކަމަކީ އެކަލާނގެ ދެއްވާފައިވާ ވަރަށްވެސް ބޮޑު ނިޢުމަތެކެވެ. ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންނަށް ލިބިފައިމިވާ މިއަގުބޮޑު ނިޢުމަތުގެ އަގުވަޒަންކުރާ މީހުން އަޅުގަނޑުމެންގެ ތެރޭގައި މަދުކަމެވެ. ވަކީންޚާއްޞަކޮށް ދިވެހި ޤައުމުގެ ކަންތައްތައް ހިންގާ ބެލެހެއްޓުމާއި، ދިވެހިންގެ އަމަންއަމާންކަމާއި އިސްތިޤްލާލް ޙިމާޔަތްކޮށް ބެލެހެއްޓުމުގެ ވާޖިބު އުފުލުމަށް ރައްޔިތުން އައްޔަންކޮށްފައިވާ ވެރީން މިކަން ނުދަންނަކަމީ އެކަމާއިމެދު ވަރަށްބޮޑަށް ހިތާމަކުރަންޖެހިފައިވާ ކަމެކެވެ. ފަހެ މި ދެންނެވި މިނިވަންކަން ނިގުޅައިގަންނަން، ނުވަތަ އެހެންވެސް ބޭރުގެ ނުފޫޒެއް މި މިނިވަންކަމުގެ ތެރެއަށް ވައްދަން މަސައްކަތް ކުރުމަކީ ޓެރަރިޒަމްގެ ޢަމަލެއް ކަމުގައި މެނުވީ ނުވާނެކަންކަށަވަރެވެ.

އަޅުގަނޑުމެންގެ ތެރެއިން ބައެއްމީހުން ސިފަކުރާގޮތުގައި ޓެރަރިޒަމް އަކީ ވަރަށް ހަނި ދާއިރެއްގައި ވާއެއްޗެއްޗެކެވެ. އެފަދަ މީހުން ހީކުރާގޮތުގައި ޓެރަރިސްޓަކަށް ވުމަށްޓަކައި ފުރަތަމަ ވާންޖެހެނީ އިސްލާމަކަށެވެ! ނޫން! ވައްހާބިއްޔަކަށެވެ! ތުނބުޅިއެއް ހުރެފައި ފަޓުލޫނުގެ ފައިކުރި ކަށިމައްޗަށް ހުރުން އެއީ ޓެރަރިސްޓެއް ކަމުގެ ފުރަތަމަ ޢަލާމާތް ކަމުގައި އެފަދަ މިހުން ދެކެއެވެ. މިގޮތަށް ހުންނަ މީހެއް ބާރަށް ހަޅޭއްލަވައިގަތަސް އެއީ ޓެރަރިޒަމްގެ ޢަމަލަކަށް ވެދެއެވެ! ނަމަވެސް މިއަދު، އަޅުގަނޑުމެންފަދަ މުސްލިމް ޤައުމެއްގައި "ޓެރަރިޒަމް" މިއަށްވުރެ ފުޅާ ދާއިރާއެއްގައި، އޭގެ ޙަޤީޤީ މަޙައްލުގައި ސިފަކުރަން ޖެހިފައިވާކަމީ ދެމީހަކު ދެބަސްވާނެ ޙަޤީޤަތެއްނޫނެވެ.

ދިވެހި ރައްޔިތުންނޭވެ! ދާދި މިދާކަށްދުވަހު އަޅުގަނޑުމެންނަށް އިވިގެންދިޔައީ އަވަށްޓެރި އިންޑިޔާއަށް ދިއުމަށް ދިވެހިންނަށް ދަތިތަކާއި ކުރިމަތިވަމުންދާ ވާހަކައެވެ. މިކަމުގެ ސަބަބަކީ ކޮބައިކަން ދިވެހިރައްޔިތުންނަށް އޮޅިވަޑައިގެންފައި ނުވާނެކަން ކަށަވަރެވެ. އެކަމުގެ ފަހަތުގައިވަނީ ދިވެހި ސަރުކާރުގެ އިސްވެރިޔަކު އިންޑިއާގެ ނޫހަކަށް ދިން ހަރުކަށިކަމުން ފުރިގެންވާ އިންޓަރވިއެކެވެ. ތިމާއަށް ވާހަކަ މިދެއްކެނީ ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ މަންދޫބެއްގެ ހައިސިއްޔަތުންކަން ހަނދާންނެތި، ދިވެހި ޤައުމުގައި ތިމާމެން ބޭނުންވާކަންތައް ޙާޞިލްކުރުމަށް ރަނގަޅުމަގެއް ކޮށޭނެކަމަށްހިތައި ކުރާ ކަންތަކުގެ ހިތި ނަތީޖާ ލިބިގެން މިދިޔައީ ތިމާމެން ބަލަހައްޓަންޖެހިފައި ނިކަމެތި ދިވެހި ރައްޔިތުންނަށެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ.

ދަންނަވަންތޯއެވެ؟ ދިވެހިޤައުމުގެ ޚާރިޖީ ވަޒީރެއްގެ ގޮތުގައިހުރެ، ދިވެހި ޤައުމަކީ ޓެރަރިސްޓުންގެ ހާއްޔެއް ކަމުގައާއި، ދިވެހި ޤައުމަކީ ޓެރަރިޒަމަށް ހިއްވަރުދީ ޓެރަރިސްޓުން ތަމްރީނުކުރާ ބަޔަކު ތިބި ތަނެއްގެ ގޮތުގައި ސިފަކޮށް ޑރ. ޝަހީދު ވަނީ އިންޑިއާގެ މަޖައްލާއެއް ކަމުގައިވާ "ދަ ވީކްސް" އަށް އިންޓަރވިއު ދީފައެވެ! މި ނޫނަސް ދިވެހި ސަރުކާރުގެ ހުންގާނުގައި ތިބި ފަރާތްތަކުން ދިވެހިންނާއި ދިވެހިން ތަބާވެގެންތިބި މާތްވެގެންވާ އިސްލާމްދީން ބަދުނާމުކޮށް ބޭރުގެ ތަފާތު މީޑިއާތަކަށާއި، ނުފޫޒުގަދަ ފަރާތްތަކަށް އިންޓަރވިއުތައް ދޭކަމުންދަކަން އަޅުގަނޑު ފާހަގަކޮށްލަމެވެ. އަޅުގަނޑުމެންގެ މާތްވެގެންވީ އިސްލާމްދީނާއި، ދިވެހި ޤައުމުގެ މިނިވަންކަމުގެ ޙައްޤުގައި މިފަދަ ފަރާތްތަކުގެ މިފަދަ ދަށުދަރަޖައިގެ ޢަމަލުތައް އަޅުގަނޑުމެންނަށްވީ އެންމެ ހަރުކަށި ޢިބާރާތުން ކުއްވެރި ކުރުމަކީ އަޅުގަނޑުމެން ކޮންމެހެންވެސް ކުރަންޖެހޭނޭ ކަމެއް ކަމުގައި މެނުވީ އަޅުގަނޑު ނުދެކެމެވެ. ފަހެ މިއީ ޓެރަރިޒަމްގެ އެންމެ ބޮޑެތި ޢުދުވާން ތަކުގެ ތެރެއިން ހިމެނޭ ކަމެއް ކަމުގައި މެނުވީ އަޅުގަނޑުމެން ޤަބޫލުކޮށްގެން އަޅުގަނޑުމެންނަށް ފަރުޖެހޭކަށްނެތެވެ.

އަނެއްކޮޅުން އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ދިވެހި ސަރުކާރުގެ މިފަދަ ޢަމަލުތަކަކީ ދިވެހި ޤައުމުން ދީނުގެ ޢިލްމުވެރިން ބޭރުކޮށްލައި ދީނުގެ ދަޢުވަތަށް ހުރަސްއަޅައި ދިވެހި ރައްޔިތުން ތަބާވެގެންތިބި އިސްލާމްދީން މި ބިންމަތިން ފޮހެލުމަށް ހިންގާ ޓެރަރިޒަމްގެ ޢަމަލެކެވެ. ދިވެހި ރައްޔިތުންގެ ތެރޭ ލޭ އޮހޮރުވައި ދިވެހި ދަރިން ކަތިލައި، މަރައި ހަދާ ގޭންގްތަކާއި އެގޭންގްތަކަށް އެހީތެރިވާމީހުން ދިވެހި ސަރުކާރަށް އެނގޭ ޙާލުގައިވެސް އެފަދަ ޓެރަރިސްޓުންނާއި މެދު އެއްވެސް ފިޔަވަޅެއް އަޅައިފައި ނުވާތީ މިކަން ވަރަށް ފާޅުކަންބޮޑުގޮތެއްގައި ދޭހަވެއެވެ. އަދި އެފަދަ ފަރާތްތަށް ދިވެހި ސަރުކާރަށް މަތަ ނުކުރެވިފައިވާތީ އެމީހުންނާއި ބެހޭ އެއްވެސް ވާހަކައެއް ބޭރުގެ ފަރާތްތަކަށް ހާމަކޮށްފައި ނުވުމުން މިކަން ވަރަށް ރަނގަޅަށް ފަހުމްވެއެވެ. ފަހެ މިއީ ސިވެހި ސަރުކާރުން ޓެރަރިޒަމަށް ވާގިވެރި ނޫން ދެން ކޮންކަމެއް ހެއްޔެވެ؟

އަޅުގަނޑު މިފުރުސަތުގައި ދިވެހި ސަރުކާރުގެ ލާދީނީ ވެރިންނަށް ގޮވާލަން އޮތީ ތުނބުޅި ބަހައްޓައިގެން އުޅޭ ޓެރަރިސްޓުންގެ މައްސަލަތައް ހަލުވިކަމާއެކު ބަލައި ނިންމާ، ޙުކުމް ތަންފީޒުކުރާހެން މީހުންމަރަމުންދުވާ ގޭންގުތަކާއި އެކަމަށް ވާގިވެރިވާ ޓެރަރިސްޓުންގެ މައްސަލަތަވެސް ބަލައި ނިންމައި ޙުކުމް ތަންފީޒު ކުރުމަށެވެ! އަދި ދިވެހި ޤައުމާއި ދިވެހި ރައްޔިތުން ނުބެލެހެއްޓި، ދިވެހި ޤައުމުގެ ތެރެއަށް ބޭރުގެ ނުފޫޒުތައް ވެއްދުމަށް މަސައްކަތް ނުކުރައްވައި އަވަސްވީ ގޮތަކަށް އިސްތިއުފާ ދީފައި ވަޑައިގެންނެވުމަށް ގޮވާލަމެވެ!

ދިވެހި ޤައުމަށް ދިމާވާ ކޮންމެ ދެރައަކާއި ހިތާމައެއް ތަޙައްމަލު ކުރަން ތިބީ ދިވެހި ލޮބުވެތި ދަރިން ކަމުގައި ވީހިނދު ދިވެހި ދަރިންނަށް އަޅުގަނޑު ބުނަންއޮތީ ދިވެހިސަރުކާރުން ހިންގަމުން މިދާ ޓެރަރިޒަމްގެ ބޮޑު ޢަމަލާއި މެދު ބަލަހައްޓައި ނުތިއްބަވާށޭއެވެ! އެފަދަ މީހުން ހިފައި ހައްޔަރުކޮށްގެން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިހިނދުން މިހިނދަށް ކުރަންވެއްޖެ ކަމުގައި ހަނދާންކޮށްދެމެވެ! ދިވެހި ޤައުމުގެ މިނިވަންކަން ނިގުޅައިގަނެ މިބިންމަތިން އިސްލާމްދީން ފޮހެލުމަށް ސަރުކާރުން މިހިންގާ ޓެރަރިޒަމްގެ ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުއްވެރި ކުރަމުން ކުރުކޮށްލަމެވެ!
ރާއްޖެއިސްލާމް.ކޮމް

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2011-02-08 20:49:34 | Report this Comment
ޑރ ޝަހީދު100:

އަހަރެމެން ކަންކުރާނީ ކުރާނެ ގޮތަކަށެވެ. ކަލޭމެން ޖެހޭނީ ތެޅީތެޅި ތިބޭށެވެ. ބަލަ މިނޫންކޮށްމެސް އެހެންކަމަކާ އުޅެބަލާށެވެ. އެހެނެކޭ ކިޔާފާ ކުރެވޭނެ އެއްވެސްކަމެއް ނޯންނާނެ އެވެ.

Posted on 2011-02-09 08:56:16 | Report this Comment
ހަސަން :

އަހަރެން ކުރާ ބަދުނާމު ދެރަތަ އަހަރެން މި ޤައުމުގެ ވެރިން ބަދުނާމު ކުރަމް ބޭންކުތަކަށް ރަޢިއްޔަތުންނަށް ލޯން ނުދިނުމަށް ބާރު އަޅާމު ސަރުކާރަށް ލޯން ނުދިނުމަށް ބާރު އަޅަމު ،އެކި އެމްބަސީތަކަށް ރާއްޖޭގެ ހުރިހާ ނޭދެވޭ ކަންތައް( އަހަރެންގެ ނަޒަރުގައި) ލިޔުމުން އަނގަމު ، އަދި އަހަރެން ގެ ބާރު އޮތް ދުވަސްވަރު އިދިކޮޅޫ ޕާޓީގެ މީހުން ސާފުކުރަން އެންގީމު އެއިރު އަހރެން ހުރީ އެޓާނީ ޖަނެރަލް ކަމުގަ އަހަރެން ބޭނުން މައްސަލައެއް ބެލީ އަހަރެން ނާއިބު ޝަހީދު އަކީ ޝަހީދު އެހިންގަނީ އަހަރުމެން ޕާޓީން ކުރަން ނިންމާފަހުރި ކަންތައް ޝަހީދު މާ އަސް ވެގަތީ އެކަންތައް ކުރަން އަހަރުމެންނާ ނުލާ އަހަރެން ވެދާނެތަ ޓެރަރިސްޓަކަށް އެހެން ބުނެފިއްޔާ ވަގުތުން ކޯޓަށް !!!!

Posted on 2011-02-09 18:05:17 | Report this Comment
ރައްޔިތުމީހާ100:

ކީކޭ ބުނާނީ ތިޔަޝަހީދުވަރުގެ ޅަދުޙަޔާތްކުޑަމީހަކު ޙަމަ ޟަދުވާނެ. ޑރ.ޝަހީދޭ ބުނީމާ އަހަރެންނަށް ސސިފަވަނީ ރަތްލާޖެހި ޔަހޫދީއަކާ ބުނަން ކަލޯ ހިސާބަށްވުރެ ދޫދިގުނުކޮށް ހިމޭނުން ހުރެވޭތޯބަލާ ކަލޭނޫނަކަސް މިރާއްޖޭގައި މީހުން އެބަތިބިކަން ދަނެގެން އުޅެންދަސްކުރޭ އަޅެކަލޭ އިންޑިއާއަށް އަހަރެމެން ރައްޔިތުންގެ ފައިސާގައި ގޮސް ރައްޔިތުމީހާ ނޮޅާގެން ތިކެއީ ކޯންޗެއްހޯދުމުގެ ބޭނުމުގައިތަ؟ މިހާރުވެސް ކަލޭގެ ކަންތައް ފުޅިއްސާލައިފާނަން ނޫނީ ކަލޭގެ ތިޔަދޫ ބަންދުކޮށްގެން ހިމޭނުންހުރޭ... ވަރަށްބޮޑު އޮޅުމެއްގެ ތެރޭގަ ތިޔައުޅެވެނީ ރައްޔިތުމީހާޔާ ބެހެންޏާ ފިސާރި ކރެންވާނެ!

Posted on 2011-02-10 19:52:08 | Report this Comment
އައްޒާމް:

ކިހާދެރަކަމެއްމީ. މި އާލާތުންނާ ހެދި ތަނެއްގަ ހަމަޖެހިގެން ނޫޅެވޭ.. ކަލޭމެން އިސްތިއުފާ ދީފަ އަހަރެމެންގެ ގައުމުން ފެއްސިގެން ރައްކާ ވާންވެއްޖެ އެއްނު ދޯ. ކަލޭމެން ގައުމު ދެކެ ލޯބި ނުވިޔަސް އަހަރެމެން ދިވެހި ގައުމު ދެކެ ލޯބިވަން.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.