މައުމޫނަކީ އަހަރެންގެ ހަޔާތުގެ ފުރަތަމަ ރައީސެވެ. ދެން މިފެނުނީ ނަޝީދުގެ ވެރިކަމެވެ. ކުރިން ވެރިކަން ކުރިމީހެއްގެ ފުރާނަނެތް މަސްގަނޑު ފެނުމުގެ ނަސީބުލިބުނެވެ. މިގައުމުގެ ދެ ޖީލެއް އުފަންވީ މައުމޫނުގެ ވެރިކަމުގަ އެވެ. ދަސްވިއެއްޗެއް ދަސްވީ، މައިންބަފައިންގެ ހިތްވަރުން ހޯދާ މަދު އާމްދަނީ އަކުން ވަރަށް ހާލުންނެވެ. އެއްޗެއް އެނގުނަސް ނޭންގުނަސް، ދެއަހަރުގެ ރިޕީޓެއް ދީގެން ގްރޭޑް 10 ނިންމާލެވެއެވެ. ދެން އިތުރަށް އެއްޗެއް ދަސްވަނީ ޅައުމުރުގަ ރިސޯޓަކަށް ފުންމާލެވޭތީއެވެ. ފަރަންޖީންނާ ވާހަކަދައްކާތީ އެމީހުންގެ ބަސްމަގު ހުންނަގޮތަށް ވާހަކަދައްކަން އެނގެއެވެ.
މައުމޫނެވެ. އަހަރުމެން ދިވެހިންނަކީ، މާގިނަ ގޮތްގޮތަށް ބަދަލުވުމުގެ ހިޔާލާ ވަރަށް ދުރުބައެއްކަން އެންމެ ބޮޑަށް އިނގޭނީ ކަލެއަށެވެ. އެއްކަމެއްގެ މަތީ ސާބިތުވެތިބުން އެއީ ވާރުތަވަމުން އަންނަ އަޚުލާގެކެވެ. ކަނޑުމަހުގެ ބައިވައްތައް ކެވޭތީ ކަންނޭންގެއެވެ. މިހާރުވެސް ވުޟޫ ދުއާ ކިޔަން ފެށޭނީވެސް ޖަމީލްދީދީ ލިއުއްވާފައޮތްގޮތަށް "ވުޟޫ ދުއާ ކިޔާނީ....." މިތަންކޮޅުވެސް ލައިގެންނެވެ. ނަމާދަކަށް ހަށަންބަންނަމުން "ހިތުނިޔަތް ގަންނާނީ...."މިތަންކޮޅުވެސް ކިޔޭނެއެވެ. މީ އަހަރުމެންނަށް ޅައިރު ކިޔައިދެވިފަހުރި ތަކެއްޗާ، ފެނިފަހުރި އެއްޗިހިން ހިތުގަ ބިންވަޅުނެގިފަހުރި ކަންކަމެވެ. މިފަދަ ކަންކަން ބައިވަރެވެ. ރަށުގަ ދެކުއްޖަކު އެއްފަހަރާ ހުންއަޔަސް "ބޮޑުތަކުބީރު" ކިޔާނެއެވެ. އެހެންނޫނީ ބޮޑު މުސީބާތަކާ ކުރިމަތިލާންޖެހިދާނެތީއެވެ. ޒިނޭ، ޒިނޭއަކަށްވާގޮތްކަމަށް ކަލޭ މަކުނުއަށް އަރުވާލާފަހުރިއިރު ބުނެދިންގޮތް އަދިވެސް ގަބޫލުކުރަމެވެ. އެއްޗެއް އެއްޗެއްގެ ތެރެއަށް ވަދެގެންނެވެ. އެހެންނޫނީ "ނުބީހެންޏާ ކަނޑާ ހަމައެވެ."
އަހަރުމެންގެ ފަހައް އަންނަން އޮތްޖީލުގެ ނަސީބު ރަނގަޅުކަމުން ތޯއްޗެކެވެ. ނަޝީދު އަހަރުމެންގެ ވެރިއަކަށް އައިސް، އެމަނިކުފާނު އަމިއްލައަށް ހުރިހާ ކަމެއްގަ ބެއްދުމުގެ ބަދަލުގައި، އެކަމެއް ދަންނަ މީހުންގެ އަތްމައްޗަށް އެކަމެއްކުރުމަށް ދޫކޮށްލީއެވެ. ގޮސްކޮށްދާނަމަ، ހަމަމަގަށް އަޅުއްވައެވެ.
މިފަދަ ހިތްގައިމު، އިންސާފުވެރި ވެރިކަމެއް އިމަވެސް މައުމޫނުގެ ގޮތްތައް މިތަނުން ފިލައިގެން ނުދިޔަތާނގަ، ނުބައިނުލަފާ އަމަލުތަކާ އަދަބުތައް އަލަށް ކަންތައްތައް ކުރަން ދަސްވެސްކޮށްދެނީއެވެ. ދިވެހިންގެ ތެރެއިން، "ސިކުނޑި ޅަ" މީހުން އަދިވެސް މައުމޫނު ކޮޕީކުރެއެވެ. މައުމޫނުބޮލުގަ އިސްތަށިނެތީމަ، އެމީހުންވެސް ބޯބާލައިފިއެވެ. ނިތްކުރިމަތީ ރޫ ގިނަކަމުން، ރޫވެސް އަރުވައިފިއެވެ. ހިނގާއިރު ތުރުތުރު އަޅާތަން ފެންނާތީ، އެގޮތަށް "ލޯކުޑަކޮށްގެން ހޫރެމުން" ހިނގަންވެސްފަށައިފިއެވެ. ރައްޔިތުންގެ ލާރިކައި މީހުންމެރީމަ އެކަންވެސް ކޮށްފިއެވެ. ދެނަމިހާރު ތިދަސްކޮށްދެނީ ސަރުކާރުގެ ކޮމިޝަންތަކާ، މުއައްސަސާތަކަށް ކިޔަމަންނުވުމުގެ އާދައެވެ. ދަރަނި އަނބުރާ ނުދެއްކުމުގެ އާދައެވެ. ރައްޔިތުންގެ ނުހަނުބޮޑު އަގުލަބިއްޔަތަކުން ހޮވިފައޮއް ސަރުކަރުގެ އަމުރުތަކަށް ކިޔަމަންނުވެ ބޮޑާހާކާށެވެ. ދެން މީގެ ފަހުން މީހަކު ކޯޓަކަށް ދާންބުނަޏަސް ދާނެހެނެއް ހިއެއްނުވެއެވެ. ފުލުހުންގެ އަމުރުތަކަށް މައިތިރިއެއް ވާނެހެނެއް ހިއެއްނުވެއެވެ. މުޅިންވެސް އަންނާނީ ގައިރު ގާނޫނީ އަމުރުތަކެވެ. ވާނީވެސް އެހެންނެވެ. ގާނޫނު އަސާސީ ހެދިއިރު "ބާބުލް މައުމޫނު" ކިޔާފަ ބާބެއްނެތީތީވެ، ވިލިމާފަންނު ނިހާނު އެއުޅެނީ އެ ގާނޫނުވެސް ހަދާށެވެ. މައުމޫނު ހަނދާން ކުރައްޗެވެ. އަހަރުމެންނަށް ނުބައި އާދަތައް ދެން ދަސްކޮށްދޭނެކަމެއް ނެތެވެ. އަހަރުމެންގެ ދަރިން ކަލޭގެ ތިނުބައި ނުލަފާ "އައްޗި" އަމަލު ތަކުން ދުރުކުރަން ބޭނުމެވެ. އަދިވެސް ފުރުސަތު އެބައޮތެވެ. ރިޔާޝި ކޮމިސަނަށް ދިއުމެވެ. ނޫނީ އަހަރުމެން ނިކުމެ ކަލޭ ގާދޫކޮލުން ބޭރުކުރުމެވެ. ވިސްނާށެވެ.
Posted on 2009-07-19 13:34:56 |
Report this Comment
Posted on 2009-07-19 15:37:39 |
Report this Comment