މީމުތާ

  • ޝާއިޢުކުރި ތާރީޚް: 21 01 2011
  • މިލިޔުން ކިޔާފައިވާ އަދަދު: 139
  • މޯބައިލް ލިންކު: m.muraasil.com/9598

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ދައުލަތު ދީނަކީ އިސްލާމްދީނެވެ. ވެރިންގެ ދީނަކީ ޢަލްމާނިއްޔަތެވެ.

އާދެ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ވަރަށް ޞަރީޙަބަހުން ލިޔެފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ދައުލަތުގެ އެންމެ މަތީ ވެރިއަކަށް އިންތިޚާބުކުރާ މީހެއްގެ ކިބައިގައި ލާޒިމްކުރާ ޝަރުތުތަކުގެ ތެރެއިން މުސްލިމަކު ކަމުގައި ވުމާއި، ސުންނަތް ޖަމާޢަތުގެ މީހެއް ކަމުގައި ވުމަށް ލާޒިމުކުރެއެވެ.

ނަމަވެސް، މަންޒަރު ވަނީ ބަދަލުވެފައެވެ. ދައުލަތުގެ ދީނަކީ އިސްލާމްދީނެވެ. ނަމަވެސް ވެރިންގެ ދީނަކީ ޢަލްމާނިއްޔަތެވެ. މިއީ ވަރަށް ސާބިތުކަމާއި އެކު އަޅުގަނޑު ދަންނަވާ ވާހަކައެކެވެ. އެހެނީ، ވެރިން ވަނީ އެތެރެއާއި ބޭރުގެ ތަފާތު ޕޯޑިއަމްތަކުގައި އެކަން ހާމަކޮށްފައެވެ. އެތެރެއާއި ބޭރުގެ ތަފާތު ނޫސް މަޖައްލާތަކަށް އެކަމަށް ވަކާލާތުކޮށް އިންޓަރވިއު ދީފައެވެ. ނަމޫނާއެއްގެ ގޮތުން، އިންޑިޔާގެ މަޖައްލާއެއްކަމަށްވާ "ދަ ވީކް" 16 ޖެނުއަރީ 2011 ގެ އަދަދަށް ބަލާލީމައި މިކަން ސާބިތުވެދާނެއެވެ. އޭގައި ރާއްޖެއާއި ބެހޭގޮތުން ޙާއްޞަ ކަވަރ ސްޓޯރީއެއް ގެނެސްފައިވެއެވެ. ސަރުކާރުގެ ބައެއް އިސް ފަރާތްތަކުގެ އިންޓަރވިއު އޭގައި ހިމަނާފައި ވެއެވެ.

ޢަލްމާނިއްޔަތާއި ބެހޭގޮތުން އަޅުގަނޑުވާނީ މީގެ ދުވަސްކޮޅެއް ކުރިން މަޒުމޫނެއް ލިޔެ މިސައިޓްގައި ޝާއިޢުކޮށްފައެވެ. ނަމަވެސް، މިތާ އަނެއްކާވެސް ޢަލްމާނިއްޔަތުގެ ކުޑަ ކުޑަ ތަޢާރަފެއް ދޭނަމެވެ. އާދެ، ޢަލްމާނިއްޔަތަކީ، ދައުލަތުން ދީން ވަކިކުރުމެވެ. އަދި އިންސާނީ ޙަޔާތުން ދީން ވަކި ކުރުމެވެ. ޢަލްމާނިއްޔަތަށް ގޮވައިލުމަކީ ކުފުރަށް ގޮވައިލުމެވެ. ނަމަވެސް، ހިތާމައަކީ، އަޅުގަނޑުމެންގެ ވެރިންނަށް މިކަން ނޭނގޭ ކަމެވެ. ނުވަތަ އެނގި ތިބެ އެމީހުންގެ އެ ފަލްސާފާގެ ދަޢުވާ ފާޅުގައި ކުރިޔަށް ގެންދަނީއެވެ.


އާދެ، ދިވެހިންނަށް ޝެއިޚް އިލްޔާސް ޙުސެއިންއަކީ ކާކު ކަން އޮޅިފައެއް ނޯންނާއެވެ. އޭނަގެ ދަރުސްތައް ބިނާވެފައިވަނީ އިސްލާމްދީނުގެ ރީތިކަމާއި މާތް ﷲ އަށް ފުރިހަމައަށް ކިޔަމަންވުމަށް ގޮވާލުމަށެވެ. އޭނަގެ ދަރުސްތަކުގައި އަނިޔާވެރިކަމާއި ދެކޮޅަށް ވަނީ އަޑު އުފުލާފައެވެ. ނަމަވެސް، ދިވެހި ސަރުކާރުން، އިންޑިޔާގެ "ދި ވީކް" މަޖައްލާގައި އޭނާއަކީވެސް "ހޭޓް ޕްރީޗް" ކުރާ މީހެއްގެ ގޮތުގައިވަނީ ލޭބަލްކޮށްފައެވެ.

އަދި ހޯމް މިނިސްޓަރު ހަސަން އަފީފު އެ މަޖައްލާއަށް ދީފައިވާ އިންޓަރވިއުގައި މަދީނާ ޔުނިވާސިޓީއަށް ކިޔަވަންދާ މީހުންނަކީ ހައްދު ފަހަނަޅާފައިވާ ދީން އުނގެނިގެން އަންނަ ބައެއް ކަމަށް ވަރަށް ޞަރީޙަކޮށް ބުނެފައިވެއެވެ. އަދި ޑރ. ޝަހީދުގެ އިންޓަރވިއުގައި ބުނެފައިވަނީ ދިވެހި ޢިލްމުވެރިން މާބޮޑަށް މުޖުތަމަޢަށް ފާޅުވެ ވާހަކަ ދައްކާ އުޅެނީ، ލާރި ލިބޭތީކަމަށެވެ. ލާރީގެ ބޭނުމުގައި ކަމަށެވެ. ދީނީ އެފަދަ ކަންކަމަށް ބޭރުން ފަންޑުން ލިބޭކަމަށްވެސް ބުންޏެވެ. މިއީ ޑރ. ޝަހީދުގެ ހިތުގައި ޢިލްމުވެރިންނާއި މެދު އުފެދިފައިވާ ނަފްރަތުގެ ބަދަލުހިފުމެއް ކަމަށް ލަފާކުރެވެއެވެ. އެހެނީ، އިސްރާއީލާއެކު ގުޅުން ޤާއިމްކޮށް މުޢާހަދާތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކޮށް އުޅުނީ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ޑރ. ޝަހީދެވެ. އެހެންކަމުން، އެކަންކަމާ ދެކޮޅަށް ކުރެވުނު މުޒާހަރާތަކުގައި، ޑރ. ޝަހީދަށް ވަނީ ވަރަށް ބޮޑު ފާޑުކިޔުންތަކެއް ކުރިމަތިވެފައެވެ.

އާދެ، ދިވެހި ވެރިންނަށް އަސްލު އިސްލާމްދީނަކީ "ހޭޓް ޕްރީޗް" ކުރުމުވެ. ވާނީވެސް އެހެންތާއެވެ. ޤާނޫނު އަސާސީއާއި ޚިލާފުވެ އެބައިމީހުންގެ ދީނެއް ކަމަށް ބަލާފައިވަނީ ލިބަރަލް ޑިމޮކުރަސީއާއި ޢަލްމާނިއްޔަތެވެ. އެހެނީ، އިސްލާމްދީނާއި ޢަލްމާނިއްޔަތަކީ ދުވަހަކުވެސް އެއްގަލަކަށް އަރާނެ ދެއެއްޗެއް ނޫނެވެ. ނަމަވެސް، މޮޑަރޭޓް އިސްލާމްގެ ނަމުގައި، ވެރިން "ޕްރީޗް"ކުރަމުންދަނީ ޢަލްމާނިއްޔަތެވެ. ރައްޔިތުންގެ ލޮލުގައި އަދުން އެޅުމުގެ ގޮތުންނެވެ.

މިބައިމީހުންގެ ލާދީނީ ފަލްސަފާއަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވަނީީ އިސްލާމީ ޢިލްމުވެރިންގެ ފަރާތުންނެވެ. ޢިލްމުވެރިން ﷲ ގެ ހައްޤު ދީނަށް ގޮވާލުމަކީ އެއީ މިބައިމީހުންނަށް ކެތްކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އެހެންކަމުން، ޢިލްމުވެރިންނަކީ ހައްދު ފަހަނަޅާފައިވާ ބައެއްކަމަށް އިންޓަނޭޝަނަލް މީޑިއާގައި އަޑު ފަތުރަނީއެވެ. ބަލަ ޢިލްމުވެރިންނަށް ނޭނގުނު އިސްލާމް ކަމެއް މިބައިމީހުންނަށް އެނގެނީ ކިހިނަކުން ހެއްޔެވެ؟ ޢިލްމުވެރިންނަށް ނޭނގުނު މޮޑަރޭޓް ކަމަށް މިބައިމީހުންނަށް އެނގޭނީ ކިހިނަކުން ހެއްޔެވެ؟ ޝޭއިޚް އިލްޔާސް ހުސެއިން، ޝޭއިޚް އިބްރާހީމް ފަރީދު ފަދަ އިޚްލާޞްތެރި ޢިލްމުވެރިންގެ ޙަރަކާތްތައް މިބައިމީހުންގެ އިންޓެލިޖެންސްގެ ޖަސޫސީ ލޯތަކުގެ ޝިކާރައަކަށް ހަދާފައިވާ ކަމަށް ފާޅުގައި އެދަނީ ބުނަމުންނެވެ.

ފިސާރި ކެރި ހުރެ ބުނަމެވެ. މާތް ﷲ ގެ ރަޙްމަތުންނާއި، އެއަށްފަހު، ދެން، މިދެންނެވި ޢިލްމުވެރިންގެ ބުރަ މަސައްކަތުން ނޫންނަމަ، ހައްދުފަހަނަޅާފައިވާ ޚިޔާލުތަކުގެ މީހުން މިތާ އިތުރުވެ، ހިމަންދޫ ފަދަ އެތަކެއް ރަށެއް އުފެދުނީސްކަން ކަށަވަރެވެ. ނަމަވެސް، މާތް ﷲ ގެ އިރާދަފުޅާއިއެކު، އެބޭފުޅުންގެ ދަޢުވަތުގެ ސަބަބުން ހިމަންދޫވެސް އެއޮތީ ހަމައަކަށް އެޅިފައެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ކިބައިން މި ޝޭޚުންތައް ޕްރީޗްކުރަނީ ކޮންކަމަކަށްތޯ އަހާލައިފިނަމަ ވަރަށް ސާފު ޖަވާބެއް ލިބޭނެއެވެ. އެބޭފުޅުން ޕްރީޗްކުރައްވަނީ އެއްކައުވަންތަ ﷲ ގެ ދީނަށެވެ. ނަމަވެސް، މައްސަލައަކީ އެއްކައުވަންތަ ﷲ ގެ ދީނަކީ ވެރިން ރުހޭ ދީނެއް ނޫނެވެ. މޮޑަރޭޓް އިސްލާމްގެ ނަމުގައި ރައްޔިތުން ލޮލުގައި އަދުން އެޅުމަށްފަހު ލިބަރަލް ޑިމޮކުރަސީއަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ މިބައިމީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު ޗެލެންޖެވެ. ދީނީ ޢިލްމުވެރިންނާއި ދީނީ ޖަމްއިއްޔާތަކާއި ދީނަށް ލޯބިކުރާ މީހުންނާއި ހެޔޮ ވިސްނޭ ދިވެހި ކޮންމެ ދަރިއެއްގެ ފަރާތުންނެވެ.

ނިންމާލަމުން ބުނަމެވެ. ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނެވެ. އަދި ވެރިންވެސް ތަބަޢަވާން ޖެހޭނީ އެ ދީނަށެވެ. އަދި ވެރިކަމުގެ ނިޒާމު އޮންނަންވެސް ޖެހޭނީ އެ ދީނުގެ ތެރޭގައެވެ. އެއީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި އެކަން ބަޔާންވެގެންވާ ގޮތް ވެސް މެއެވެ. ޢަލްމާނިއްޔަތަށް އޮތް އެންމެ ރަނގަޅު ތަނަކީ ހުޅަނގެވެ.
ރާއްޖެއިސްލާމް.ކޮމް

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2011-01-21 15:02:41 | Report this Comment
ވާވުތާ:

މީމުތާ. ކަލޭ ކަލޭގެ ބޮލޭ ކިޔާބަލަ

Posted on 2011-01-21 17:06:16 | Report this Comment
ތާޅަފިލި:

ވަރަށް ފުރިހަމަ ލިޔުމެއް.......މި ސަރުކާރުގެ އިސްސަފުގައި ތިބި މީހުންނަށް ﷲ އަށް ބިރުވެތިވުމަށް ގޮވާލަމެވެ...އަދި ﷲ ގެ ކޯފާއަކީ ކައިރީގައި އޮތް ކަމެއް ކަން ހަނދާން ކޮށްދެމެވެ.
އަބޯ: މިސަރުކާރުގެ ވެރިންގެ އިތުރުން ކޮން އިންސާނެއްގެ މައްޗަށް މިކަން ހަނދުމަކޮށް އެރުވުން މުހިއްމު.

Posted on 2011-01-21 18:20:52 | Report this Comment
ބާބު:

ބަލަ ތި އަފީފް ، ސަރަގު، ޒުހޭރު ، ޑރ ސަހީދު މެންތީ ކޮންބައެއްތަ ؟ ތިވަނީ އެމެރިކާޔާ ޔޫރަޕަށް މީހުންނަށް ދީނީ އިލްމުވެރިންނަށް ވުރެއްބޮޑަށް ދީންނުގެ ހުކުމްތަށް އެގޭގޮތަށް މިސަރުކާރުގެވެސް އިސްމީހުންނަށް ދީނީ އިލްއެގެނީ އެވެ،، ބަލަ ތި އުޅެނީ ގުރުއާނުގެ ސޫރަތެއްގެ މާނަގަޑެއްވެސް ނޭގިގެއް ؟ ތިވަރު މީހުން ތިދަނީ އިލްޔާސް ، ޝަހީމުމެން ފަދަ ގުރުއާނާ ހަދީސް އޭގެ ތަފްސީލީ މާނަ ހިތުންދަސްކޮށްގެން އެގިގެން ތިބިމީހުށްނާ ދިމާލަށް ވަށްވަށް ޖަހަމުންނެވެ... ބަލަ މުސްލިމުއްނަކީ ދީންދެކެ ލޯބިވާބައެކެވެ ދީން ކުރިއެރުވުމަށް ކުރާކޮންމެކަމަކަށް އަދަދު ނުކުރެވޭވަރަށް ހަރަދުކުރާނެއެވެ، ހަދާން ނެތުނިތާ ؟ ނޫ ނުކިޔަވަންޔަކާ ނޭގޭނެދޯ ؟ އަބޫބަކުރުގެފާ ، އުމަރުގެފާނު ފަދަ ބޭފުޅުން އެމީހުންގެ މުޅި ބައިތުލްމާލު ދީނަށްޓަކާ ހަރަދުކުރިކަން!! ބަލަ އިލްޔާސްމެން ނުދާނެ ޔަހޫދީން އަތުން ބައިވަރުގަނޑު ހޯދާކަށް،،،،،

Posted on 2011-01-21 19:08:13 | Report this Comment
ސްޕީކަރ:

ކަލޭމެން ބިރުވެތި ވޭތަ؟

Posted on 2011-01-21 19:42:16 | Report this Comment
އިބްނި ޙޫސައިން:

ކުރުގޮތަކަށް ބުނާނަމަ ޢަލްމާނިއްޔަތަކީ ދީން އެކަހެރިކުރުމެވެ. ސާބަހެވެ. ރާއްޖެ އެދެނީ ތިކަހަލަ ދީނީ ދަރިންނަށެވެ.

Posted on 2011-01-22 15:19:36 | Report this Comment
ބަކުރު:

ލާ ދީނީ ފިކުރަށް ކުރިއެރުން ދެއްވާށި!

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.