ޗަކޮއެ

  • ޝާއިޢުކުރި ތާރީޚް: 17 07 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 90
  • މޯބައިލް ލިންކު: m.muraasil.com/932

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ރިޔާސީ ކޮމިޝަނަށް ހާޝިރުވާން ޖެހޭނެ ހެއްޔެވެ؟

ރައީސް ނަޝީދު ހުރީ އެތިފަހަރެއް ޖަހަން ވިސްނަ ވިސްނަވައެވެ. ފުރަތަމަ ބެއްލެވީ ކޮންމެ ގޮތެއް ހައްދަވައިގެން ނަމަވެސް މަޖްލިސް އަތްދަށު ކުރެވޭތޯ އެވެ. އެކިގޮތްގޮތަށް މަސައްކަތްކޮށްގެން ދިވެހިން ވާ ވައްދައިގެން ނަމަވެސް މަޖްލިސް ތިމާގެ އެކްޓިވިސްޓުންގެ ބާރުގެ ދަށުގައި ބޭއްވޭތޯއެވެ. އެއީ ސިޔާސީ ދެކޮޅުވެރިންގެ ބާރު މި ބިންމަތިން ކަނޑުވާލައި ތިމާ ބޭނުންފުޅު ކުޅިގަނޑެއް ކުޅުއްވޭތޯއެވެ. ނަމަވެސް ދިވެހިންނަކީ ޑިމްކޮރަސީއަށް ފައްކާ ވަމުން އަންނަ ބައެކެވެ. ދެފާ ވަށްކޮށްލައިގެން ބަޔަކު ހެދިގޮނޑުދޮށުގައި ތިބެ ތިންބާރު އޮތީ އެކުއެކީގައޭ ތިންބާރު ވަކިން އޮތީމައޭ ރަގަޅީ ކިޔާ މުޒާހަރާ ކުރި ހަނދާން އަދި ދިވެހިންނެއް ނުނެތެއެވެ. އަދި ހަމަ އެމީހުން އަނެއްކާވެސް ސަރުކާރުގެ އަތްދޮށުގައި މަޖްލިސް އޮތުމުން ނޫނީ ސަރުކާރުން ވި ވައުދުތައް ނުފުއްދޭނެޔޭ ބުނީމާ ދިވެހިން ގާތަށް އަންނަނީ ފާޑެއްގެ ހިންޏެކެވެ.
ނަމަވެސް މަޖްލިހުގެ އަގްލަބިއްޔަތު އިދިކޮޅު ފަރާތްތަކަށް ލިބުމާއެކު ތިމާގެ ހުރި ނުލަފާކަން އަދި ނޭގެނީ ކަމަށް ވިދާޅުވި ދިވެހިންގެ ރައީސްގެ ކެތްތެރިކަން ކޮޅުން ލީ އެވެ. ތިރިކޮށްފައި ހިތް،ކެތް ނުވެވިގެން ތެޅި ފޮޅެނީއެވެ. އޭގެ ފަހުން އުފަން ވީ މި ބުނާ ރިޔާސީ ކޮމިޝަނެވެ. ކޮމިޝަނަށް މީހުން ނެގީ އެފަދަ ދެވަނައެއް ނުވާ މީހުންނެވެ. މައުމޫނަށް ހަޑިހުތުރު ބަހުރުވައިން އެއްޗެހި ގޮވި "މައުމޫންދަންނަ ބޭކަލެއް" ކަމަށްވާ ހުސެއިން ރަޝީދު ނެގީ އިސްމީހަކަށެވެ. އެހިސާބުން މިކޮމިޝަނުގެ މުސްތަގިއްލު ކަމާމެދު ސުވާލު އުފެދެއެވެ. ގާނޫނު އަސާސީގެ ވާހަކަ ދައްކާކަށް ނެތީމެވެ. އެ އެގޭނީ އަދީލް ފަދަ ލިޔުން ތެރިންނަށެވެ. އެކަމަކު ވަކިކޮޅަކަށް ޖެހި ހުސްވެފައި ތިބި މީހުން ލައިގެން ވަކި ބައެއްގެ ކަންތައް ބަލަން ނެގި މިކޮމިޝަނަށް ހާޟިރުވާށޭ ބުނީމާ އެހެން މައުމޫނުމެން ޔާމީނުމެން ހަދާނެހެން ހީވޭ ހެއްޔެވެ.؟ ނިކަން ކޯޓަކަށް ފޮނުވައިގެން އަންނަން އަންގާލަބަލާށެވެ. އިދިކޮޅުފަރާތްތަކަށް ދިވެހިން އޮތީ ވަރަށް ގިނަ ބާރުތަކެއް ދީފއެވެ. އެ މީހުން ބަޔަކު ވަކި ގޮތަކަށް ތިބެގެން ބުނީމާ އެކަމެއް ކުރާނެ ހެއްޔެވެ؟ އަންނި އަށް ހުކުމް ކުރަން ހުރިހާ މައުލޫމާތެއް ދިނީ މާރިޔާއެވެ. އޭރު އެއީ ވައްކަމެއް ކޮށްގެން ކަމަށް ވާހަކަ ދެކެވުނެވެ. އަދީލް ބުނާގޮތަށް ތިނޯހެއް ނެގިއަސް ކަރުދާސްކޮޅެއް ނެގިއަސްވައްކަމެއް ކުރީމާ ވާނީ ވައްކަމަކަށެވެ. ރިޔާސީ ކޮމިޝަނުން ތަހްގީގު ކުރަން އުޅުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫނެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-07-17 20:35:52 | Report this Comment
މައުމޫނު ޢަބްދުލް ޤައްޔޫމް:

ޝުކުރިއްޔާ ޗަކޮއެ
: ދިވެހިރައްޔިޔެންކަން އަންގާދޭ ކާރޑް ނުވަތަ ދިވެހި ޕާސްޕޯރޓް ބޭނުންކުރާނަމަ ރިޔަސީ ކަމިޝަނަށް ހާޒިރުވާން ޖެހޭނެ.

Posted on 2009-07-18 13:02:48 | Report this Comment
ހުނ:

ﷲ ގެ އަމުރުފުޅުތަކާއި އިދިކޮޅަށް ފާޅުގައި ވާހަކަ ދައްކާ މީހަކު ޙާޒިރުވާންޖެހޭނެ އެއްވެސް ކޮމިޝަނެއް އޮންނާނެ ކަމަށް އޭނާ ގަބޫލު ކުރުމަކީ ވާނެކަމެއް ހެއްޔެވެ.

Posted on 2009-07-18 14:15:57 | Report this Comment
ވޭލިއެންޓް:

ޗަކޮއެ ހާދަ ބޮޑަށް ބަރުވެފައޭ އެއްކޮޅަށް... މައުމޫން ކޯއްޗެއް ބޯން ދީގެންތަ ތިއުޅެނީ

Posted on 2009-07-19 19:01:14 | Report this Comment
އުމަރުއައްޔާރު:

އަހުވާނުން އަދިވެސް މަސައްކައްކުރާނީ ޙުސާމަދުކުރަންދޯ ... ޗަކޮއިއަށް ސަލާން

Posted on 2009-07-20 13:06:26 | Report this Comment
ޗަސް ޗަކޮއެ:

ޗަކޮއެ މެން ކަހަލަ މީހުން ނަށް މައުމޫނުމެން ކޮށްފަ ހުރި އެއްވެސް ކަމެއް ގޯހެއް ނުވާނެ. އެހާބައިވަރު ލިބިފަދޯ އޮތޯ. އެހެންނަ ދެން. ކަލޭ ވެސް ވިސްނާލިއްޔާ އެގޭނެ ދޯ. ކަރުދާސްކޮޅަކާ ދިވެހި ދައުލަތުގެ ޚަޒާނާ އާއި އެއްވަރު ނުވާނެކަން.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.