ވަކިއަމާޒެއްނެތި
ހިތަށް އެރި ކޮންމެ އެއްޗެއް ލިޔެ ހާމަކުރަން ވާނެ އެވެ.
  • ޝާއިޢުކުރި ތާރީޚް: 24 12 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 92
  • މޯބައިލް ލިންކު: m.muraasil.com/9311

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ޒިންމާދާރު ވެރިން ލައްވާ އިންތިހާބަށް ނުފޫޒު ފޯރަވަން އިދިކޮޅު ޕާޓީން މަސައްކަތް ކުރަނީ

އިންތިހާބުގެ ދުވަސްވަރު ރަށު އޮފީސްތަކާއި އަތޮޅު އޮފީސްތަކުގައި އިސް ވެރިންގެ ގޮތުގައި ރައީސް އައްޔަން ކުރި ކައުންސިލަރުން ތިބޭތީ އެކަމާ އިދިކޮޅު ޕާޓީން ވަރަށް ބޮޑަށް ފާޑުކިޔައި، އެމީހުން ނުބޭތިއްބޭނެ ކަމަށް ބުނެ، އަދި އަންނަ އާދީއްތަ ދުވަހުން ފެށިގެން ވަޒީފާއަށް ނުކުންނަ ކައުންސިލަރުން ގަދަކަމުން އޮފީހުން ނެރޭނެ ކަމުގެ އިންޒާރު މިހާރު ވަނީ ދީފައެވެ.

އަދި އެމީހުން ބުނަނީ، އޮފީސް ހިންގުނމާ ހަވާލުވާން ވާނީ ސިވިލްސާވިސް އިން ކަނޑައަޅާ ޒިންމާދާރު ވެރިޔާ ކަމަށެވެ.

އެހެންނަމަވެސް ރަށު އޮފީސް ތަކާއި އަތޮޅު އޮފީސްތަކުގައި މިހާރު ތިބި ޒިންމާދާރު ވެރިންނަކީ މުޅިންހެންވެސް ޑީއާރުޕީގެ މެންބަރުން ނަށް ވެފައި އަދި އެމީހުންނަނަކީ ރަށްރަށުގެ ޑީއާރުޕީގެ އިސްވެރިން ކަމަށް ވީއިރު، އެމީހުން މި އިންތިހާބަށް ނުފޫޒު ފޯރުވާފާނެ ކަމަށް އެއްވެސް ޝައްކެއް ހަމަ ނެތީ ހެއްޔެވެ؟

މިއީ ފުންކޮށް ވިސްނާލުން މުހިއްމު ނުކުތާ އެކެވެ. ސަބަބަކީ ޑީއާރުޕީގެ މެޖޯޜިޓީ އޮންނަ މަޖިލީހަކުން ދުރާލާ ރާވައި އިންތިހާބުގެ ގާނޫނު ލިޔެ، މިފަދަ ގޮތަކަށް އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާނަމަ އެއީ ރައްޔިތުން ވަރަށް ފާރަވެރިވެ ތިބެން ޖެހޭނެ މައްސަލަ އެކެވެ. އެހައި އިންސާފު ވެރިކޮށް އިންތިހާބުގެ ކަންކަން ގެންދަން ޑީއާރުޕީން ރާވާފައި ވާނަމަ، އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މީހުން އޮފީސްތަކުގެ ވެރިންނަށް ލުމަށް ވަކާލާތު ކުރަން ވީ ނޫޏްހެއްޔެވެ؟

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-12-24 13:22:24 | Report this Comment
މުޙައްމަދު:

އެއްވެސް ބަޔަކު ނުތިބޭ ގޮތަށް އޮފީސްތައް އިންތިޚާބު ތެރެއަކު ނުބެހެއްޓޭނެތަ؟ އޭރުން ތަންކޮޅެއް ބޮލަށް ފަސޭހަވާނެ ކަންނޭނގެ.

Posted on 2010-12-24 20:54:46 | Report this Comment
ފުސްމޫނު:

ވަރަށް ރަނާހަކައެއް . މއީ ހަމަ ކޮންމެހެންވެސް ވިސްނާ ފިކުރު ކުރާންޖެހޭ ކަމެއް. ޒިންމާދާރު ވެރިންނަނީ ސިޔާސީ ފިކުރުތަކުން އެއްކިބާ ވެފައި ތިބޭބައެއް ނޫން.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.