ބަޑިއެދުރު.ކޮމް
ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން، ބާރު ލިބިގަނެގެން ލަވާނެ ހަޅޭކެއް މިލަވަނީއެވެ.
  • ޝާއިޢުކުރި ތާރީޚް: 17 07 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 163
  • މޯބައިލް ލިންކު: m.muraasil.com/917

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ދިރާގުން ސްކޫލުތަކަށް ދޫކޮށްފައިވާ އިންޓަރނެޓެކޭ ބޭރަށް ހިންގުންޖެހިފައިވާ ހާލުބޮޑު ބަލިމީހެކޭ އެއްވަރު

2008 ވަނަ އަހަރުގައި ޔުނިސެފުގެ ހިލޭ އެހީގެ ދަށުން ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ ސްކޫލަށް އިންޓަރނެޓްގެ ޙިދުމަތް ދިނުމުގެ ގޮތުން ދިވެހި ރާއްޖޭގެ މުވާސަލާތީ އެންމެ ދުވަސްވީ އަދި އެންމެ ވަރުގަދަ އެހާމެ މުއްސަނދި ކުންފުނި ކަމުގައިވާ ދިރާގާއި ހަވާލުކުރެވުނެވެ. ނަމަވެސް ވެވިފައިވާ އެއްބަސްވުމާއި ދިރާގުން ވަނީ އެތައްގޮތަކަށް ޚިލާފުވެފައެވެ.

ފުރަތަމަ އަށްވެސް ޚިދުމަތް ފޯރުކޮށްދޭންޖެހޭނެކަމަށް އެއްބަސް ވެވިފައިވާ ތާރީޚު ފަހަނައަޅައި އެތައް ދުވަހެއް ފާއިތު ވީއިރުވެސް ގިނަ ސްކޫލުތަކަށް މިޚިދުމަތް ނުދެވެއެވެ. ކުރެވިފައި ހުރި ކަމަކީ ނެޓްވޯކް ކޭބަލްތައް އިންސްޓޯލް ކުރުން އެކަންނެވެ. ދުވަސްގަނޑެއްފަހުން މިޚިދުމަތް ތައާރަފުކުރެވިފައިވާއިރު ހުރިހާ ސްކޫލެއްގައިވެސް ދިމާވަނީ ހަމަ އެއްމައްސަލަ ތަކެކެވެ. އިންޓަރނެޓް ކަނެކްޝަން އަބަދުވެސް ކޮންމެ 5 މިނެޓަކުން ކެނޑިފައި ލިބެނީ 10 ވަރަކަށް މިނެޓް ފަހުންނެވެ. އަނެއްބައި ފަހަރަކަށް ކަނެކްޝަން ކެނޑި ލިބޭނެ އިރެއްގެ އިންތިޒާރުގައި ގަޑި ދެގަޑީއިރު ހޭދަކޮށްލަންޖެހެއެވެ. މީގެ އިތުރުން ދިރާގުން މި ޕުރޮޖެކްޓްގެ ދަށުން ސްކޫލުތަކުގައި ބެހެއްޓިފައި ހުރި ކޮމްޕިއުޓަރ ސިސްޓަމް ތަކުގައި އިންސްޓޯލް ކުރެވިފައި މުޅީންވެސް ހުރީ ސޮފްޓްވެއަރ ތަކުގެ ޓްރައަލް ވާރސަންތަކެވެ. މިއީ ވަރަށް ހެއްވާކަމެކެވެ. ޔުނިސެފް ކަހަލަ ބޮޑު ޤަދަރުވެރި ފަރާތަކުން ދުނިޔޭގެ ފަގީރު ގައުމުތަކުގައި ހިންގޭ މިފަދަ ކަންކަން އެއްފަޅިން ކޮށްފާނެ ބާއެވެ. ހަމަ ޔަގީނުންވެސް ނުކުރާނެޔެވެ.

ދިރާގުން ތިމާމެންވަރު ބަޔަކުނެތިގެން މިކަހަލަ ކަންކަމަށް ބޯމަހައިލައި ދިވެހިރައްޔިތުންނަށް އަދިވެސް މިދަނީ ގެއްލުމާއި ހަލާކު ކުރިމަތިކުރުވަމުންނެވެ. މިވޭތުވެދިޔަ ދިގުމުއްދަތުގައިވެސް ކަންތައްތައް ކުރިފަދައިންނެވެ. މިވީ ހުރިހާ ދުވަހު ދިވެހިރައްޔިތުންގެ ބިންތަކުގައި ތިބެ ބުއީ ދިވެހިރައްޔިތުންގެ ލެޔެވެ. އަދިވެސް އަލާނުކެނޑޭ ކަހަލައެވެ. ޒަމާނުއްސުރެ ކަންތައް ކުރަމުން އައި އުސޫލުން މި ޕްރޮޖެކްޓްވެސް އެހެންބަޔަކަށް ދިޔަނުދީ ތިމާމެންގެ ނުފޫޒު ބޭނުންކޮށްގެން ވެރިވެގަނެ ޔުނިސެފުން އެތައް މިލިޔަން ޑޮލަރެއް ކަޅާކޮށްލައިގެން މިތިބެނީ ހެވިފައެވެ.

މިމައްސަލަތައް ހައްލުކޮށްދިނުމަށް ދިރާގާއި ސްކޫލުތަކުން ވާހަކަ ދެއްކުމުން ދޭ ޖަވާބަކީ އިންޓަރނެޓް ސްކޫލުތަކަށް ދިނުމަށް ތިމާމެން މިބޭނުން ކުރާ ވަސީލަތަކީ ތިމާމެންނަށް ވަރަށް އާ އެއްޗަކަށް ވުމުން ވާނުވާ އަދިވެސް ނޭގެނީ ކަމަށެވެ. އަދި ރަނގަޅުކުރުމަށްޓަކައި ދިރާސާތަކެއް ކުރަމުންދާކަމަށެވެ. އަޅެ ދިވެހީން މިތިބީ ހޭބަލިވެފައި ހެއްޔެވެ. ހަގީގަތް ރަނަގަޅަށް ނޭގޭ ވަސީލަތެއް ބޭނުންކޮށްގެން މިކަން ކުރެވޭނެކަމަށް ބަލައި މިކަމާއި ދިރާގުން ހަވާލުވާން ޖެހޭހެއްޔެވެ. އަދިވެސް ލިބޭވަރު މަދީހެއްޔެވެ. ދިރާގު ނޫނަސް މިކަން ކުރެވޭ ފެންވަރުގެ އެހެން ކުންފުނިތައްވެސް ރާއްޖޭގައި އެބަހުއްޓެވެ. އެމީހުން މިކަންކުރަން ދޫކޮށްނުލީ ކީއްވެހެވެ.

މިކަމުގައި އެޑިއުކޭޝަން މިނިސްޓްރީއާއި ޔުނިސެފްގެ ފަރާތުން ރާއްޖޭގައި ތިބިބަޔަކުވެސް ވަނީ އިހުމާލުވެފައި ކަމަށް ދެކެމެވެ. ސަބަބަކީ ޔުނިސެފާއި އެޑިއުކޭޝަންގެ މަގުސަދު ދިރާގުން ކަންކުރަމުންދާގޮތުން ހާސިލް ނުވާއިރުވެސް އަޅާ ކަހާވެސްނުލައެވެ. އަދި މިއިން އެއްވެސް ފަރާތަކުން މިކަމާއި ބެހޭގޮތުން ވެގެން އުޅޭގޮތެއް ސްކޫލުތަކަށް އޮޅުންފިލުވައިދިނުމުގެ ގޮތުން އެއްވެސް މައުލޫމާތެއް މިހާތަނަށް ދީފައެއް ނުވެއެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-07-17 13:20:06 | Report this Comment
ވަތަނިއްޔާ:

ދިރާގަކީ ދިވެިންގެ ލޭބޭ ކުންފުނި ވިއްޔާ ދިވެހިން ހިނދަޖައްސާލަން އުޅޭ ބަޔަކު ނުނީ ނޫޅޭނެ މިމީހުންނޫނިއްޔާ ހީވަނީ ދެން އެހެން ކަމެއް ވެގެން އުޅޭހެން

Posted on 2009-07-17 17:28:28 | Report this Comment
ަޖުޒާމް:

ދިރާގަކީ އިހައްދުވަހާ ޖެހެންދެން ދިވެހިންގެ ޖީބުގައި އޮބިއެޅި ކުންފުންނެވެ.ޔުނިސެފް ސޮކޫލްތަކުގެ އިންޓަރނެޓާމެދު ކިހާ ފޮނި އުއްމީދުތަކެއް ކުރާނެހެއްޔެވެ.ތިމަންނާމެންނަށް މިކަން ވާނޭ ހިތާ މޮޅެތި ޕްރޮޕޯސަލްތައް އެލަނީ ރައްޔިތުންނަށް އަވާމެންދުރު ދައްކަންހެއްޔެވެ.

Posted on 2009-07-18 00:11:43 | Report this Comment
ލޯންލީ:

ދިރާގު އޮތީ 3 ލައްކަ ކަސްޓަމަރުންނާއެކު މާ ފަހަތުގަ..........
ހޫރޭ: ގޮޅާ ސްޕީޑްގައި. ނޫނީ ފިނިހަކަ ދުވެލީގައި ބަރުހެލިވެފަ!

Posted on 2009-07-18 01:29:10 | Report this Comment
ޝާފިއު:

ދިރާގުން މިހާރުވެސް އެދަނީ ރައްޔިތުންގެ ލެއިންފެންބޮމުން. ދިރާގައްލިބޭ ފައިސާގެ ބައެއް އިނގިރޭސިވިލާތުގެ ކޭބަލް އެންޑް ވަޔަރލެސް ކުންފުންޏަށް އެބަދޭ. މިކަމާ ވިސްނާކަށްނުވޭބާ! ވަކިބައެއްގެ ޖީބައް އޮއްސާނެކަމެއްނެތް. ދިރާގުގެ އެންޓަނާތަކަށް ކުލިނުދައްކާ ކިތަށް ކިތަށް ރަށް އެބައޮތްބާ. ދިރާގުގެ މުވާސަލާތީ ޙިދްމަތާއިބެހޭ އެތެރޭގެ ގަވައިދުވަނީ ކޮރަޕްޓްވެފައި.

Posted on 2009-07-18 01:33:01 | Report this Comment
ސަބައްޑީސް:

ދިރާގުން އިންޓަނެޓް ދެމުން އެގެންދަނީ ޤާނޫނީ ބާރު ލިބިނުދޭ، ކައްޕަޅި ގަވައިދެއްގެ ދަށުން. ދިރާގުގެ ކަސްތޮޅުން އިންޓަރނެޓް ޚިދްމަތް ރައްޔިތުން ހިއްސާވާ ދައުލަތުގެ ބާރުގެ ދަށުގައިވާ ކުންފުންޏަކަށް ބަދަލުކުރޭ!

Posted on 2009-07-18 16:31:24 | Report this Comment
އާދިލް ވަހީދު:

އެބޭ އެހެރީ ބޫއްޓު ސައިޒު އޮޅިފަ. ދެބަންތިހާރަވެފަ، މީހަކުއަޅެ ރުޅިއެއްނާންނާނެތަ؟

Posted on 2009-07-19 18:46:29 | Report this Comment
އިބުނިބަތޫތާ:

ދިރާގުން އަދިވެސް އިންޓަނެޓް މާ އަގުބޮޑު. އަދި ހަމައެކަނި .ކޮމް.އެމްވީ ވިއްކެނީ ދިރާގައް އެކަނި ކީއްވެ. މިއީ ގާނޫނެއްވެސް ނެތްކަމެއް އަދި މިކަން ގާނޫނާ ހިލާފަށް އޮތީވެސް އެހެންވީމަ މިކަމަށް އަޅުގަނޑުމެން އަތުން ދިޔަ ލާރިތައް ލިބެންޖެހޭނެ

Posted on 2009-07-19 19:58:22 | Report this Comment
ސައްލެ:

ދިރާގުން މުޅިހެންދަނީ އޮޅުވާލުމާއި މަކަރުޖަހަމުން، ރައްޔިތުން ނޫނީ ދިރާގުގެ އަހުލުވެރިން ވާވައްދަމުން ލޭބޮމުން. ދިރާގު އޯޑިޓް ކުރާކަށްނުވޭބާ! ސަރުކާރުގެ ބާރުތަކުން މިކަންކުރާކަށް ނުވޭބާ! ކޮބާ ރިޕޯޓެއް ބިންދާލަމާތޯ!

Posted on 2009-07-19 21:47:16 | Report this Comment
ޖޯ:

ދިރާގު ހާދަ ސަޅިއޭ!

Posted on 2009-07-19 21:50:40 | Report this Comment
ޔޯ:

ދިރާގު ވަރަށް ސަޅިއޭ!

Posted on 2009-08-06 12:57:57 | Report this Comment
ހުރިހާ ކަމެއް އެނގޭ:

ކޮންމެ ސްކޫލެއްގައެއް ނޫނެވެ ޔުނިސެފްއިން ނެޓްގެ ހިދުމަތްދީފަހުރީ.ވާހަކަ ދައްކަން އަނގަފޭކުރާއިރުގަ ވާނުވާ ހޯދާށެވެ. ޔުނިސެފްއިން 20 އަތޮޅުގައި ގާއިމްކޮށްފަހުރީ 20 ޓީޗަރ ރިސޯރސް ސެންޓަރެވެ.އެތަނުން އިންޓަރނެޓްގެ ހިދުމަތް ދިނުމަށް ދިރާގަށް ހަވާލުކޮށްފައިވާއިރުގަ ވާކަމެއް ހަރާމެވެ.މެއިންޓެއިންކޮށް ބެލެހެއްޓެނީ އަކީވެސް ނޫނެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.