ޗަކޮއެ

  • ޝާއިޢުކުރި ތާރީޚް: 16 07 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 118
  • މޯބައިލް ލިންކު: m.muraasil.com/910

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

މިސަރުކާރުން ބަޔަކު ކުޑަގޮޅިއަކަށް ނުލާނެ ތޯ އެވެ؟

މައުމޫނުގެ ޒަޢާމަތުގައި މީހުން ކުޑަގޮޅިއަށް ލައި، އަނިޔާކޮށް ސިޔާސީ ކުށްވެރިންގެ ގޮތުގައި ޖަލަށް ލާ ހެދިވާހަކަޔާއި މިހާރު ސަރުކާރާ ދެކޮޅު ވާހަކައެއް މީހަކު ދެއްކިޔަސް މިހާރުގެ ސަރުކާރު ދެކެ "ލޯބިވާ" މީހަކު ރީތި ރާގަކަށް ބުނާ ވާހަކައަކީ " ކަލޯއޭ. މިހާރު ތިކަހަލަ ވާހަކައެއް ކަލެޔަށް ތިދެއްކެނީ މިހާރުގެ ސަރުކާރު އޮތީމައޭ، ނޫނީ މިސަރުކާރުގެ ސަބަބަން ނޭ" މިހެންނެވެ. މީ ވަރަށް ހެއްވާ ވާހަކައެކެވެ. ގަބޫލު ކުރަމެވެ. މިހާރު ކޮންމެ ކޮންމެ ވާހަކައެއް ދެއްކިޔަސް ބަޔަކު ޖަލަށް ލާ ތަޅާ މަރައި ނަހަދައެވެ. ސުވާލަކީ އެއީ މިސަރުކާރުގެ ހެޔޮލަފާ ކަމުން ތޯ އެވެ؟ ނޫނެކެވެ. މުޅިން ކުށްހީ އެކެވެ. އެއީ މިސަރުކާރު ބޭނުންވިޔަސް މިހާރު ކުރެވޭނެ ކަމެއް ނޫނެވެ. އެއީ މިހާރު ފާސްކޮށްފައިވާ ގާނޫނު އަސާސީގެ ދަށުން މިސަރުކާރަށް ބޭނުން ކޮންމެ ކުޅިއެއް މައުމޫނުގެ ޒައާމަތުގެ ވަކި ދުވަސްވަރެއްގައި ކުރި އަނިޔާ ކުރުމަށް މިހާރު ތަން ނުދޭނެތީ އެވެ. ބަޔަކުގެ ޕްރެޝަރާ ލައިގެން ނަމަވެސް މައުމޫން އެއޮތީ މިގާނޫނު އަސާސީ އިސްލާހުކޮށްފައެވެ. މެޖޯރިޓީ އޮތީ މައުމޫނުގެ މީހުންނަށެވެ. އެކަމަކު މިހާރުގެ ރައީސް ނަޝީދުގެ ކެބިނެޓްގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތަށް މުޒާހިރާކޮށް އަޑުގަދަކުރިޔަސް އެބޭފުޅުން އެކަމެއް ކުރާނީ އެބޭފުޅުންނަށް ފެނުނީމައެވެ. އުމަރު ނަސީރު ކިތައްމެ ވަރަކަށް މުޒާހަރާ ކުރިނަމަވެސް ކަންއޮތްގޮތަކީ އެއީކަމަށް ބުނި އަޑު މި ދެކަންފަތުން އެހީމެވެ. ދެން ތިރީސް އަހަރު ވެރިކަން ކޮށްފައިވާ މީހަކު ޕްރެޝަރާހެދި މިފަދަ ކަމެއް ކުރާނެބާ އޭ ހިތަށް އަރައެވެ. އެބޭފުޅާ ޕްރެޝަރުގެ ސަބަބުން ކަމަކުން ރެކެން ބޭނުންވިނަމަ މިފަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމައްޗެއް ނުލާނެއެވެ. ގާއިމުވެސް އެކަމުގެ ސަބަބުން ބަޔަކު ކެބިނެޓް ދޫކޮށް އެތައް މައްސަލަތަކެއް ދިމާވެ ހިތްބަލި އިންސާނަކު މަރުވެގެން ދާވަރަށް އެބޭފުޅާއަށްވެސް ޕްރެޝަރު އައެވެ.

މިސަރުކާރުގެ ހެޔޮފުޅުކަން މިދަނީ ފެންނަމުންނެވެ. ގާޒީންގެ މައްޗަށް ޝަރީއަތް ކުރުމަށް އެދަނީ ތައްޔާރު ވަމުންނެވެ. މިނިވަސް ނޫސްވެރިކަމަށް އެއްވެސް އަހައްމިއްޔަތު ކަމެއް ދޭތަނެއް ނުފެނެއެވެ. ސަރުކާރުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ އެވެ. ބާރު ފޯރާނެ ނަމަ ސިވިލް ސާވިސް މިހާރު އޮންނާނީ އެފުށް މިފުށަށް ޖަހައި ސަރުކާރަށް ސަނާ ކިޔާ މީހުންލައި އެތަން ފުރާފައެވެ.
ދަންނަވާލަން ކެރެނީ މައުމޫނު ދައުރުގައި އޮތްފަދަ ގާނޫނު އަސާސީ އެއް އޮތްނަމަ މިސަރުކާރު ،މައުމޫނަށް ވުރެ ޚުދުމުޚުތާރުކަމުން ފުރިގެންވާ އަދި މިއަށްވުރެ މާ އަނިޔާވެރި ސަރުކާރަކަށް ވާނޭކަމަށެވެ. ހިތް ތިރިކޮށްގެން އުޅޭއިރު ތިރި ވެފައި ވާތަން މިފެންނަނީ އެހެން އެއްޗެކެވެ. ހިތްތިރި ތޯ އެވެ؟ ހިތްތިރި ނުކޮށް ކުރަންވި ކަމަކީ މައުމޫން މެރުންތޯ އެވެ؟ އެކަމެއް ނުވާނެއެވެ. އެއީ ތިހެން ބޭނުންގޮތަކަށް ވާނެ ކަންތަކެއް ނޫނެވެ. ޝަރިއަތްކޮށް ސާބިތުވެގެން ނޫނީ ހަމަ ގެންގޮސް މަރައެއްވެސް ނުލެވޭނެއެވެ. މައްސައަކީ އެމްޑީޕީ އެއް ނޫނެވެ. އެމްޑީޕީގެ ސިޔާސަތެވެ.

ފޮޓޯ : ފްލިކަރ - ފިރާޒް

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-07-16 21:43:16 | Report this Comment
އަހްމަދު އަދީލް:

ޗަކޮޔެ ކޮބާ އެކޮޔެގެ ހާލު ކިހިނެތްތޯ؟ ތިޔަ ކުރާ ހިތްވަރަށް ހަމަ ސާބަސް ރައްދު ކުރަން ބަރާބަރޭ އަހަރުމެން ހިތަކަށް އެއްޗެއް ނާރާނެ ޗަކޮޔެ ކޮންމެ އެއްޗެކޭ ލިޔުނަސް އަހަރުމެން އަޒުމްގެ މަތީގައި ދެމިތިބޭނަން، އޭޗަކޮޔެ އުޅެމާ ބައްދަލު ކޮށްލަން ކޮފީ އަކަށް މަބިލް ކަނޑާލާނަން މަޖާވާނެ އެއްނު މިއީ ސަމާސާއެއް ނޫން
ޗަކޮއެ.: އޭ މަ ތަޅާލަން ދޯ ތިއުޅެނީ. ހެއްހެއް. އޭ މަޖާ. އިނގޭ. މިވަގުތު މާލެއަކު ނޫން މިއުޅެނީ. މާލެ ދެވިއްޖެއްޔާ އިރާދަކުރެއްވިއްޔާ ދާނީ ދޯ؟
ކޮކަޑިކޭމީދާ: އޭ ކޮފީ ވެއްޖިއްޔާ މަވެސް ދާނަން. ހަހަހަހހަހަ

Posted on 2009-07-16 21:51:08 | Report this Comment
އަތަށްމަރު:

ޗަކޮއެ ތީ ގަމާރު އައްޕަތަ! ކަލޭ މައުމޫނާއެކު އެކުޅި ކުޅުނު މީހެއް ދޯ ތީ
ޗަކޮއެ.: އެ ގޯސްވީ. ތިހެން ނަހަދަބަލަ. ތިބޭފުޅާ އަންނި އަށް ތާއިދު ކުރައްވަނީ އެ ސަބަބާ ހުރެކަން އަމިއްލަޔަށް ތިޔަ ވިދާޅުވެވުނީ ދެއްތޯ؟ އެކަމަކު ކޮންމެ މީހަކު އެހެން މީހަކަށް ތާއިދު ކުރާނީ ތިފަދަ ކަމެއް ކޮށްގެންނެއް ނޫން. އިނގޭ

Posted on 2009-07-16 22:03:50 | Report this Comment
ދަންޑަހެލު:

މަވާ ހީކުރީ މި ޗަކޮއެ ލިޔާނީ ވަރަށް ހަމަ ހަމަ ލިޔިން ކަމަށް ބޭފުޅާ ބުނަން ވާހަކައެއް މިހާރު ތިގޮވެނީ ގުދަށް އޮވެގެން ގުދޯ ގުދޯ އޭ.

Posted on 2009-07-16 22:04:23 | Report this Comment
?????? ????:

?????? ???????? ???????????? ???????????? ???????? ?????? ?????? ???????? ????????? ?????????? ???????????? ????????? ????????? ?????????????????? ???????????????? ??????????? ???????????? ??????? ????????? ???????? ???????? ?????? ?????????? ?????? ????????? ???????????? ?????? ????????? ?????????? ????????? ???????? ???? ?????? ?????????? ????????????...???????? ???? ?? ???????????? (?????? ????)....

Posted on 2009-07-16 22:09:27 | Report this Comment
ފަންޑިތަ:

ޗަކޮޔަށް ވެސް ލިބިގެންވޭ ހިޔާލުފާޅު ކުރުމުގެ މިނިވަން ކަން އެކަމަށް އިހުތިރާމް ކޮށްބަލަ

Posted on 2009-07-16 22:47:28 | Report this Comment
އަލިމަނިކު:

އޭ ކަލޯ، ކޮބަ މިއޮތީ ކަލޭ ހޯދާފަ، ހިންޓެއް ދެންތަ، ބޮއްމޮންދޫދު އާ މިރޭ މީޓުކުރާނަންދޯ.....ހަބޭސް ތީހަމަ އަލިވާގެ ބަދިގެން ކާމީހެއް، ދެން މައުމޫނު އެއީ ކަލެއް ކަމަށް ހަދައިގެން އުޅޭ، އިންޑިޔާއިންވެސް ތި ދީނަށް ވަންނާނެ މީހެއްނެތް
ޗަކޮއެ.: ހަބޭހެއް، ދުންބޭހެއް ކިޔާނެ ކަމެއް ނެތް. އަލިމަނިކު ތިއުޅެނީ އަންނިއަކީ ކަލެއް ކަމަށް ހަދައިގެންތަ؟ އެހެންވިޔަކަށް އަހަރެން ނޫޅެން މައުމޫނު ކަލެއް ކަމަށް ހަދައިގެނެއް.

Posted on 2009-07-16 23:24:05 | Report this Comment
އަލީ އަހްސަނު:

ޗަކޮއި އެދައްކަނީ މުޅިޔަކުން ދޮގުވާހަކައެއްނޫން. އެދައްކަނީ ކަމުގެ އަސްލާއި ޙަޤީގަތް، މައުމޫނަކީ އަނިޔާވެރިއެކޭ ބުނެވޭނެ ޖާގައެއް އޮތްކަމަކަށް ނުފެނޭ. ޗަކޮއި ގައުމާިގެން ކުރިއައް ދިޔުމަށް މުރާސިލްވަނީ ހުޅުވިފަ.

Posted on 2009-07-17 09:14:09 | Report this Comment
ގޮމާ:

ޗަކޮއެމެން އަދިވެސް ހޭ އަރާކަށް ނުވޭ ހެއްޔެވެ.... ނިކަން އިންސާފަށް ވާހަކަ ދައްކަން އާދަ ކޮށްބަލާށެވެ. އަދި ހަމަ ނުވިސްނެނީއެވެ...

Posted on 2009-07-17 16:58:28 | Report this Comment
ބަޑިއެދުރު.ކޮމް:

ކުޑަގޮޅިއެއް ބޮޑުގޮޅިއެއް ކިޔާނެކަމެއް ނެއް. މައުމޫނާއި އޭނާގެ ބައިވެރިން ހިފާހައްޔަރުކޮށް، ސަރީއަތްކުރާނެ. ޗަކޮއިވެސް ހުރޭދެން މިކުޅިގަނޑުބަލާން.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.