
މިދިޔަ އަހަރުގެ އިނގިރޭސި ލީގު ޗެމްޕިއަންކަން ކަށަވަރުވި، ފަހު މެޗު ބެލުމުގެ ހިތްވަރު ނުލިބުނަސް، އެ މެޗް ބޮޑު ތަފާތަކުން މޮޅުވެ ދުނިޔޭގެ އެންމެ މަޝްހޫރު ލީގު ހޯދުމުން އަހަރެންގެ ރައްޓެހިންނަށް މެސެޖްކޮށްލާ މަރުހަބާ ފޮނުވީމެވެ. ނަސީބަކުން އަހަރެން ހުރީ މެލޭޝިޔާގަ އުޅޭ އަހަރެންގެ ރައްޓެހިންނާ ދުރުގަ އެހެން ގައުމެއްގައެވެ. އެހެންނޫންނަމަ މެންޗެސްޓަރ ޔުނައިޓެޑް ގެ 'ޑައިހާޑް' ފޭނަކަށްވާތީ ދިމާކުރުންތަކާ ކުރިމަތިލާން ޖެހުނީހެވެ. ފޭސްބުކް ގެ ގްރޫޕްތަކަށާއި އެކި ލިންކުތަކުގައިވެސް މަރުހަބާއޭ ކިޔާ މެސެޖްކޮށްލީ މެންޗެސްޓަރ ޔުނައިޓެޑަށް ލީގު ނުލިބުނަސް ބައެއް ރައްޓެހިން ސަޕޯޓްކުރާ ކުލަބަށް ތަށި ލިބުމުން އެކަމާ 'އުފާވެރިކަން ދައްކާ ލުމުގެ ގޮތުން'ނެވެ.
މިގޮތުން އެންމެ ހައިރާންވީ އަހަރެންގެ މާލޭގަ އުޅޭ ރަހުމަތްތެރިއެއްގެ ފޭސްބުކްއަށް ފޮނުވި މެސެޖް، އޭނަ ރިޕްލައި ކުރި ގޮތުންނެވެ. ދޭތެރެ ދޭތެރެއިން އެކި މައްސަލަތަކުގައި 'ތާއްޓެއް ވެގެންއުޅޭ' ރަހުމަތްތެރިޔާ ބުނީ އޭނައަށް އެކަން ނުވެސް އެނގޭ ކަމަށާއި ދުވަހަކުވެސް ޗެލްސީގެ ފުޓްބޯޅަ ކުޅޭތަން ނުބަލާ ކަމަށެވެ. އަހަރެން ސުވާލުކުރީމެވެ. ފޭސްބުކް ފެންނަ ލިންކުތަކުގައި އަބަދުވެސް ޗެލްސީ ވެގެން އުޅޭތީ އަހަރެން ހީކުރީ ވަރަށް ބޮޑު ފޭނެއް ކަމަށެވެ. އޭނަ ދިނީ ހައިރާންވާ ކަހަލަ ހަބަރެކެވެ. އޭނަ ޗެލްސީއަށް ސަޕޯޓް ކުރަނީ އެމީހުން ނިސްބަތްވާ 'ގްރޫޕް ގެ' ތުއްތު އަބޭ (އަސްލު ނަމެއްނޫން) ސަޕޯޓްކުރާތީ ކަމަށާއި މި ގްރޫޕުން ރަސްމީކޮށް ބަލައިގަންނާނީ އަހަރުމެން ފަދަ ހިޔާލު މީހުން ހިންގާ ކްލަބްތަކަށް ކަމަށެވެ. އަހަރެން ވަރަށް އިންޓްރަސްޓްވިއެވެ. އަބަދުވެސް ކަންތައްތައް ހޯދާ ބެލުމަށް ހުންނަ ފޯރިއެއްގެ ސަބަބުން އިތުރަށް އެހީމެވެ. އޭނަ ބުނާގޮތުން ޗެލްސީގެ އޯނަރަކީ އެމީހުންގެ އިހުތިރާމް ލިބިގެންވާ މީހެކެވެ. ކޮލަމްބިއާގެ އެސްކޯބަރ އާއި ބޮބްމާލީ ފަދައިން ފޭނެއްކަމަށެވެ. އަހަރެން ވިސްނާދޭކަށް ނޫޅެމެވެ. އިތުރަށް މި މައުލޫމާތު ހޯދަން ބޭނުންވީއެވެ. އެބުނާ ފޭނުން ލިސްޓު ތަންކޮޅެއް 'އޮޑު' ގޮތެއް ހުރީމައެވެ.
ޗެލްސީއަށް ސަޕޯޓް ކުރާ ޒުވާން ފުރައިގެ އަންހެންކުއްޖަކާވެސް މި ސުވާލު ކުރީމެވެ. އޭނަގެ ފޭސްބުކް ވޯލްގައި އަލްބަމެއް ފުރެންދެން ޗެލްސީ ފޮޓޯ ހުރުމުން ފުޓްބޯޅައަށް ވަރަށް ޝައުގުވެރިވާނެއޭ ހިތައަށް އަރާފައެވެ. އޭނަވެސް ދިނީ ކުރިން ވާހަކަ ދެއްކި ރަހުމަތްތެރިޔާ ދިން ފަދަ ޖަވާބެކެވެ. ދުވަހަކުވެސް ފުޓްބޯޅަ ނުބަލާކަމަށާއި، ފުޓްބޯޅައާއި ހެދި އަހަރުމެން ދެމީހުން ދެބަސްވި ހަނދާން ނެތީތޯ ސުވާލުކުރިއެވެ. އެ އަންހެންކުއްޖާގެ ވާހަކައިންވެސް އެނގުނީ އޭނަގެ ބިޓު (މަޝްހޫރު ގްރޫޕެއްގެ ހަރަކާތްތެރި މެމްބަރެއް) ބުނެގެން ކުރިކަމެއް ކަމަށެވެ.
މިމައުލޫމާތު ހޯދުމުގައި 'ޕާޓޭންނޭ' އެބުނާ ގިނަ ބައެއްގެ ފޭސްބުކް ބަލާލުމުންވެސް އެންމެ އަޅައިގަތީ ސަޕޯޓްކުރާ ކުލަބަކަށް ޗެލްސީ އިނުމުންނެވެ. އަދި މިފަދަ ބަހުސެއްގައި ބައިވެރިވުމުގެ ފުރުސަތުލިބި، އެތަނުންވެސް ވަރަށް ގިނަ މައުލޫމާތު ލިބުނެވެ.
އަހަރެން ބުނަން ބޭނުމެވެ. ތިއީ ވަރަށް ބޮޑު ކުށްހީއެކެވެ. ޗެލްސީގެ އޯނަރަކީ އިހުތިރާމް ލިބިގެންވާ ވިޔަފާރިވެރިއެކެވެ. ބައެއް ދިވެހި ޕާޓޭން ހީކުރާގޮތުގައި ރާއްޖޭގެ ފަޅަކުން ފެނުނު މަސްތުވަކައްޗަކީ އަބްރަހަމްވިޗުގެ ޔޮޓަކުން ގެނައި އެއްޗެކެވެ. އެކަމާ ހިނިއައިސްގެން ވައިފުޅިއަޅައިގެން، ދެންވެސް ފަޅެއްގެ ތެރެއަށް މަސްތުވާތަކެތި ފެންނާނެކަމަށް ހީކޮށް ތިބި ޕާޓޭންނަށް ބުނަމެވެ. ތިއުޅެވޭނީ ހިޔާލީ ދުނިޔެއެއްގައެވެ. އަބްރަހަމްވިޗަކީ މަސްތުވާތަކެއްޗާއި ގްރޫޕް މަރާމާރީ ހިންގުމަށް ހިތްވަރުދީ އެކަމަށް ހަރަދުކުރާ މީހެއްނޫނެވެ. ފުޓްބޯޅައަށް ހުރި ލޯތްބެއްގެ ބޮޑުކަމުން އިނގިރޭސި ލީގުން ޓީމެއް ގަނެގެން، އަމިއްލަ ހޮބީއަކަށްޓަކައި އެކަން ކުރަމުން އަންނަ ކަމެކެވެ.
ޗެލްސީއަށް ސަޕޯޓްކުރަނީ ދުނިޔޭގެ 'ޕާޓޭން' ނެތްނޫނެވެ. ފުޓްބޯޅަށް ލޯބިކުރާ ކުޅިވަރުގެ މީހުންނެވެ. އަހަރެންގެ ރަހުމަތްރިންގެ ތެރެއިންވެސް އެންމެ ސާދާ-ސީދާ ހަރުދަނާ އަފްޝަން މެން ކަހަލަ މީހުންވެސް ސަޕޯޓްކުރަނީ ޗެލްސީއަށެވެ. އެއީ އިހުތިރާމް ލިބިގެންވާ ފުޓްބޯޅަ ކްލަބެކެވެ. ދިވެހިރާއްޖޭގެ ބައެއް ޒުވާނުންނަށް ފެޝަން މިފެންނަނީ ޕާޓޭންގެ ފަރާތުންނެވެ. އެމީހުންނަށް ފެޝަން މިފެންނަނީ ސައުތު އެމެރިކާއައި ސޯމާލިޔާގެ ޕާޓޭން މަޖުބޫރުވެގެން ކުރާ ކަންތައްތަކުންނެވެ.
މިފެޝަން މަޝްހޫރުވުމުގެ ކުރިން ކިއުންތެރިންނާ ހިއްސާކޮށްލީ، ރާއްޖޭގައި ވާނުނާ ނޭންގި 'ރެޑްބުލް' ފެޝަން ގޮތަށް ފެތުރިގެން ދިއުމުގެ ކުރިން މިކަހަލަ ހިޔާލުގެ މީހުންނަށް އެއްޗެއް ވިސްނައި ދިނުމަށެވެ.
Posted on 2010-11-23 20:28:41 |
Report this Comment
Posted on 2010-11-24 16:10:29 |
Report this Comment
Posted on 2010-11-25 06:22:11 |
Report this Comment
Posted on 2010-12-03 03:40:57 |
Report this Comment