
ޔާމީންއެވެ. މިއުޅެނީ 80 ގެ އަހަރުތަކުގައެއް ނޫނެވެ. މީ އޮޅުވާޅުމުގެ ވެރިކަމެއްނޫނެވެ. ވާނުވާ އެންމެނަށް މިދަނީ އެނގެމުންނެވެ. މިއަދުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކަކީ ވަރަށް ދެފުށް ފެންނަ ސިޔާސަތުތަކެކެވެ. ބޭންކް އޮފް މޯލްޑިވްސް އިން ވަގަށް ދިން ލޯނުތަކަކީ ހަމަ ރައްޔިތުން ބަހައްޓާފަހުރި ފައިސާއިން ދިން ލޯނުތަކެވެ. އެފައިސާ އަނބުރާ ދައްކަން ނުޖެހުނީހީ "އަޅުގަނޑާ އަހުމަދު ތަސްމީނު ޢަލީގެ" އާ އުސްމިންތަކުގަ ތިބެވުނުނަމައެވެ. ނަމަވެސް އަހަރުމެންގެ ނަސީބު ރަނގަޅުކަމުން އެދުވަސް މާޒީއާ މޮޑެލައިފީމެވެ. "އަނެއް ދިވެހިރާއްޖެއަށް" އާދެވިއްޖެއެވެ. މިއަދުގެ ރައީސް ނަޝީދުގެ ހެޔޮވެރިކަމުގަ ކަންނެލި ދޯނިތަކުގެ ފަޅުވެރިންނަށްވެސް ރައީސްގެ ވަތްގަނޑުގަ އޮންނައެއްޗިހީގެ މައުލޫމާތު އެނގެމުންދެއެވެ. ވީއިރު، ކަމަކަށް ބާރުފޯރުވައިގެން، ތަންތަނަށް އަތްބާނާނެ ޖާގައެއް ނެތެވެ. އަދި ނުވެސް ބާނާނެއެވެ. އެއައްވުރެ އިޚްލާސްތެރިއެވެ. އެހެންނޫންނަމަ ކަލޭ މިހާރު އިނީހީ "ބިޑީގަ" ކަލޭގެ މޮބުންނާއެކު ދޫނިދޫގައެވެ.
މައުމޫނެވެ. ތިމާ ކުރިމަތިން މީޑިއާގެ ކެމެރާއެއް ފެންނަހާފަހަރަކު، "ލޯލާރިއެއްގަވެސް" ޖެހިފަ ނޯންނާނޭ ބުނާ ކޮންމެ ފަހަރަކު ނަސީބަކުން އަނގަ އެއްއަރިޔަށް ދަމައެއްނުގަނެއެވެ. މާތްﷲ ގަންދީ ދޮގުހުވާ ކުރާ ކޮންމެ ފަހަރަކު މަތިން ކޯފާއެއްވެސް ނާދެއެވެ. ކަލޭ އެކަމަށް ޝުކުރުވެރިވެސް ނުވެއެވެ. އެކަމަކު ވިސްނާލާށެވެ. ރައީސް ނަޝީދުގެ ހިތްތިރިކަމުގަ ދެއްވާފައިވާ ސެކިއުރިޓީ އާއެކު ސަރުކާރުގެ ތަރިޖެހި ލޯންޗުގަ 1 ނަންބަރު ފާލަމަށް ފައިބާފަ ތިބުނަނީ، އެއްވެސް ކަމެއް ނުކޮށްދޭވާހަކައެވެ. މުސްކުޅިވި ދުވަހު ތާކުންތާކުޖެހޭ ވާހަކައެއް ދައްކަބަލާށެވެ.
ދެންބުނެބަލާށެވެ. ރައްޔިތުންގެ ލޯލާރީގަވެސް ނުޖެހެމުއެވެ. އިބްރާހީމް ނާސިރު ގައުމުން ބޭރެއްވެސް ނުކުރަމުއެވެ. އެމްއެންއެސްއެލް ނަސްރީނާގެ ދެފައިދޭތެރެއަކަށްވެސް ނުލަމުއެވެ. ދިވެހިރައްޔިތުން ބޭނިހާމަސްތައް ޅިޔަނުކާލިވާހަކައެއްވެސް ނުދައްކައެވެ. ޖަލުގަ ތިބި ކުށްވެރިން ގަޔަށް ބަޑިޖަހަން އަމުރެއްވެސް ނުކުރަމުއެވެ. އަންނި ހިފާހައްޔަރު ކުރާކަށްވެސް ނާންގައެވެ. ލަންޑަނުގަ ކުޑަގޮޅާ ގައްސާނު، މީހަކު މަރައިގެން އެކަމުން ސަލާމަތްކުރަން އެމްއެމްއޭގަ ހުރި ގައުމުގެ ޑޮލަރުތައް ކަހާލައިގެން ނުގެންދަމުއެވެ. ކައިރީގަ ގެންގުޅުނު އާދަމަ ޒާހިރުމެން ޝާހިދުމެން ނަކަށް ރައްޔިތުންގެ މުދަލެއްވެސް ނުދެމުއެވެ. ގައުމީ ބޭންކުގަ ހުރި ރައްޔިތުންގެ ލާރިގަނޑު ކައެއްވެސް ނުލަމުއެވެ. ޔާމީނު ހަކުރެއްވެސް އެތެރެއެއް ނުކުރެއެވެ. ތަސްމީނު ޢަލީ ވަގަށް ލޯންޗެއްވެސް އެތެރެއެއް ނުކުރެއެވެ. އާރަށަށް ގޮސް ފަތުހުﷲ އާ އެކީ ރަލެއްވެސް ނުބޮމެއްނޫންހެވެ. ދިޔާނާ ސައީދު ސެޓުކޮށްދޭކަށް ޖަގިޔާ ނާޒިމު ކައިރީގަ ބުނެގެން އެމަންޖެ ގަޔަކަށްވެސް ނާރައެވެ. ޒަކަރިޔާ ހަމީދުގެ "އޭތީ" ވެސް ނުދެކެމުއެވެ. އަބްދުﷲ ހަމީދު "އެ" ކުޅިއެއް ނުކުޅެއެވެ. ސިންގަޕޫރަށް ވޮށި ބަދަލުކުރާކަށްވެސް ނުދަމުދޯއެވެ. މިވީ ތިރީސް އަހަރު ދެން ކުރެވުނީ ކޮންކަމެއްހެއްޔެވެ؟ ބަންގާލުފިރިހެނުން ހަދާގޮތްބަލަން ދަރިދީގެން އޮތީދޯއެވެ. ތަފާތެއް ހުރިހެނެއް ހިއެއްނުވެއެވެ. އެއަށްވުރެ ދަރިންގެ "ދެފައި" މާ ކައިރިއެވެ.
ބުނެލަން އޮތް ވާހަކައަކީ، ރައްޔިތުންގެ ލާރީގަ ނުޖެހި، ޚިޔާނާތްވެވިފަ ނުވަންޏާ ކޮމިޝަންތަކަށް ހާޒިރުވާން ޖެހިލުންނުވާށެވެ. ދާންނުކުރިގެން ތިއުޅެނީ ހަމަ ރަނގަޅަށް ހިޔާނާތްވެވިފަ އޮތީމެއެވެ. ޕޮސިޓިވް ވެދާނެތީ ބިރުވެސްގަނޭދޯއެވެ.
ރީތިކޮށް ނުދަންޏާ ދެން ނިކުންނާނީ ރައްޔިތުންނެވެ. މިފަހަރު ކޭ ހުރިހާ އެއްޗެއް ހޮޑަށް ނުނެރި ހުއްޓައެއް ނުލާނަމެވެ. ގަދަދައްކާވަރަކަށް ޖަހާކުއްލިވެސް ބާރުވާނެއެވެ.
Posted on 2009-07-16 17:32:19 |
Report this Comment
Posted on 2009-07-16 17:45:18 |
Report this Comment
Posted on 2009-07-16 22:57:27 |
Report this Comment
Posted on 2009-07-17 02:37:30 |
Report this Comment
Posted on 2009-07-17 03:46:13 |
Report this Comment
Posted on 2009-07-17 16:50:45 |
Report this Comment