އަހްސަން

  • ޝާއިޢުކުރި ތާރީޚް: 16 07 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 213
  • މޯބައިލް ލިންކު: m.muraasil.com/898

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ލިޔުންތެރިކަން އެންމެނަށް!، އެކަމަކު...

މުރާސިލް.ކޮމް އިން ލިޔުންތެރިކަން އެންމެނަށް މަގުފަހި ކޮށްދިނުމާއި އެކު ލިޔުންތެރިކަން ހިތަކަށް ލިބިގެން އުޅޭތަން ފެނުމުން އުފާވެވެނީ 'ފައްކާ' ލިޔުންތެރިންގެ ގަލަމުގެ ދޯރި ނެގުމުންނެވެ. އަދި ހަމަ އެހެންމެ ދެރަވެ ހިތާމަ ކުރަން ޖެހެނީ 'ފީކަޅާ' ލިޔުންތެރިންގެ ތާކުންތާކުން ނުޖެހޭ ލިޔުންތައް ފެނި ކިޔާލުމުންނެވެ.

ހަސަނާއި ހުސޭން އަކީ ޅަފަތުގައިވެސް ވަރަށް މަސައްކަތް ކުރާހިތްވާ ދެ ސޮރުންނެވެ. ހަސަނާއި ހުސޭން އަށް އެސޮރުންގެ ބައްޕަ އީދު ހަދިޔާއަކަށް ދިނީ 'ވަޅި އެކެވެ' އެދެސޮރުން ތުއްޕުޅުކަމުން އެދެސޮރުންނަށް އެވަޅިން ކުރާނޭ ކަމެއް ނޭނގި ވިސްނަން ފެށިއެވެ. ދެސޮރުންވެސް ވިސްނިއެވެ. އެ 'ހަދިޔާ'ގެ ބޭނުން ހިފާނެ ގޮތަކާއި މެދުގައެވެ.

'ތިރީސް އަހަރުފަސް.'

ހުސޭން އަކީ ރަށުގެ އެންމެ މުއްސަނދި މީހާއެވެ. އެތައް ބަޔެއްގެ ރުހުމާއި ލޯބި ލިބި އުފާވެރި ދިރިއުޅުމެއް ވޭތުކުރަމުން އަންނަ ވިޔަފާރިވެރިއެކެވެ. ހުސޭން އަކީ ވަޅިއަކުން މުއްސަނދިވި މީހެކެވެ. ދެން ހުރީ ހަސަނެވެ. އޭނާ އަކީ މުޅި ރަށުގެ 'ދާދާ' އެވެ. ރަށުގެ އެންމެންހެން އޭނާ ފެނުމުން އެއްފަރާތްވެއެވެ. އޭނާ އަކީ ވެސް ވަޅިއަކުން އެންމެންގެ ސަމާލުކަން ހޯދި މީހެކެވެ.

ހަދިޔާ އަކަށް 'ވަޅިއެއް' ލިބުމުން އޭގެ ބޭނުން ދެމީހުން ހިފީ ދެގޮކަށެވެ. އެކަކު އޭގެ ބޭނުން ހިފީ އެންމެ އެދެވޭ ގޮތުގައެވެ. ދިރިއުޅުން އާރާސްތުކުރުމުގެ ވަސީލަތެއްގެ ގޮތުގައެވެ. އަނެކަކު އެވަޅީގެ ބޭނުން ހިފީ ދިރިއުޅުން ސުންނާފަތި ކުރާ ހަތިޔާރެއްގެ ގޮތުގައެވެ. އެކަކު ވަޅިން ދަރުކޮށާ ވިއްކައިގެން މަހުޖަނަކަށް ވީއިރު އަނެކާވީ ވަޅިން މީހުންމަރާ މުޖުރިމަކަށެވެ.

'ލިޔުންތެރިކަން އެންމެނަށް' މިޝިޔާރުގެ ދަށުން ލިޔުންތެރިކަމުގެ ފުރުސަތު ފުޅާ ދާއިރާއެއްގައި ހުޅުވާލުމުން މީގެ ބޭނުން ހިފާން ވާނީ އެންމެ އެދެވޭ ގޮތުގައެވެ. ތެދެއްމެއެވެ. ގަލަމެއް އޮތިއްޔާ ލިޔެވިދާނެއެވެ. މިއީ އަޅުގަނޑުމެންނަށް ފުޅާ ދާއިރާއެއްގައި ލިބިދީފައިވާ މިނިވަން ކަމެކެވެ. އެހެންކަމުން 'ލިޔުންތެރިކަން އެންމެނަށް' ލިބިގެން އޭގެ ސަބަބުން ތިމާގެ ޝުއޫރުތަކުން އަނެކާއަށް ފައިދާތަކެއް ކުރުވުމެވެ. އެއްވެސް ހާލެއްގައި އޭގެން 'ތުރާ' ލިބުމެއް ނޫނެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-07-16 14:37:47 | Report this Comment
އަލިމަނިކު:

ރަނގަޅު ވާހަކައެއް، ހިތާމަ އަކީ، މި ޕްލެޓްފޯމުގަ އެއްލިއުންތެރިއަކު، އަނެއް ލިއުންތެރިންނާ ޒާތީގޮތުން ބެހޭތީއެވެ.

Posted on 2009-07-16 15:15:27 | Report this Comment
ހޮއްކޮ:

މިއާޓިކަލް ގައި އެބުނަނީ ވަރަށް މުހިއްމު ވާހަކއެކެވެ.ފޭރާން ދެރަ ލިޔުންތައް މުރާސިލް އިން ގިނަ އަދަދަކަށް އެބަ ފާހަގަކުރެވެއެވެ.މިސައިޓުގެ އިސް އެޑިޓަރު އެކަމާ ސަމާލުވުން މުހިއްމެވެ.
އެންޑީ: މުރާސިލް އަކީ ލިޔުން ތެރިކަން އެންމެނަށް ހުޅުވާލުމުގެ މަގްސަދުގައި ފެއްޓުނު ÷ޕްރޮޖެކްޓެއް، މިއީ މެގަޒީންއެއް ނުވަތަ ނޫހެއްވެސް ނޫން، އެހެންވީމަ މުރާސިލްގެ ގަވާއިދާ ޚިލާފް ނުވާ ހަމަ ކޮންމެ ލިޔުމެއްވެސް މިވެބްސައިޓުގައި ހިމެނެންޖެހޭ... ކޮންމެ ކޮންމެ މީހަކީ ދިވެހި އަދަބިއްޔާތުގެ އުސްތާޒަކަށް ނުވެދާނެ، އެކަމަކު ކޮންމެ މީހަކަށް ވެސް ލިޔެވިދާނެ!

Posted on 2009-07-16 15:24:22 | Report this Comment
އަހްސަން:

މީހުން މީހުނަށް ވާނީ މީހުން މީހުނަށް ހެދީމައެވެ. އެފަދައިން ސައިޓު ސައިޓަކަށް ވާނީ ސައިޓު ސައިޓަކަށް ހެދީމައެވެ. ސައިޓުގައި ލިޔާ އެއްޗެހީގައި ސުލޫކީ މިންގަޑެއް އޮތިއްޔާއެވެ. އެހެން ނޫންނަމަ ވަލުޖަނަވާރުންގެ 'މަޖައްލާ'އަކަށް ވެދާނެއެވެ.
ޖާނޫ: ތެދެއް ތިޔަ.
ޖާނޭ: ދޮގެއް ތިޔަ

Posted on 2009-07-16 15:31:09 | Report this Comment
ފުޅި:

ބައެއް ޙައްގުތަކަކީ މުރާސިލްގެ މިލްކެއް 2009"މުރާސިލްގައި ޝާއިޢު ކުރެވިފައިވާ ލިޔުންތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ހިޔާލާއި ފިކުރެވެ. މިއީ މުރާސިލްގެ ހިޔާލާއި ފިކުރެއް ނޫނެވެ. " ތަފްސީލް ޕްރައިވެސީ ޕޮލިސީ ވިދާޅުވެލައްވާ މުރާސިލް ގެ ކުރިއެރުން ބިނާވެގެންވަނީ ކިޔުންތެރިންގެ ވިސްނުމުގެ މައްޗަށެވެ.
ކޢ: ދެން؟

Posted on 2009-07-16 15:40:49 | Report this Comment
ތުނޑުހަސަނު:

އަހުސަނު މާބުސްތާނުވެގެން އުޅޭހެންހީވަނީ. ތިމާގެ ބޮލުގައި ފޮށާއޮޅާގޮތައް ނުޖެހޭ ދެންތިބިމީހުން ކަންނުރާކަށް. ތިވިސްނެނީ އަމިއްލައެދުމާއިގެން، ތިމާނޫނަސް އެނެކުންނަކީ ވެސް ޚިޔާލީމިނިވަނުން. ހީނުކުރޭ ތިމާ އަތުގައި ދަރުކޮށާވަޅި އޮތޭ. މުރާސިލްގައި ލިޔާނެ ސުލޫކު އިންނާނެ މި ސައިޓުގައި ބަޔާންކޮއްފައި، މައިގަނޑު ބުނުމަކީ ޤާނޫނީ އިމުގެ ތެރެއިން ޚިޔާލު ފާޅުކުރުން. ތިއުޅެނީ ނޫސްވެރިކަން ކިޔަވައިދޭންތޯ! ތިގެންގުޅެނީ މާކުރީގެ މަރުކާއެއް. މީބޮޑުއަކުރުގެ ޒަމާނެއްނޫން. މިލިޔުމުގައި އެއްވެސް އޮށްޓަރެއްނެތް. ހަމަ ފޮޅިވާހަކަ!

Posted on 2009-07-16 15:42:39 | Report this Comment
ރުއްކުރި:

އަހުސަން ތިބުނެވެނީ އަހުސަން އަށް މިސައިޓު ހިބަކޮށްދޭށޭ. ދޮގެއްތަ؟

Posted on 2009-07-16 15:48:50 | Report this Comment
މަދީހު:

މީހުން މީހުންނަކަށް ނުހެދޭނެ. މިނިވަންކަން ނެތި ތިކިތެޅިތާނަ އިސޫލާއި ލިޔުންތެރިޔާ ތިބުނާ ވާހަކަ ބޮލަށްނުވަދެ ހަމަ މަޒުމޫނެއްލިޔެފަ! ހަމަ ބޭކާރު ވާހަކަ.

Posted on 2009-07-16 15:49:59 | Report this Comment
މަހުމޫދު:

ގަބޭލަތީފެކޭ އަހުސަނެކޭ ނެތް ތަފާތެއް. ހައްހައްހާ. މަރުހަބާ ތިލިޔުނު ލިޔުމަށް.

Posted on 2009-07-16 15:56:04 | Report this Comment
ހަމްދީ ވަޖީހު:

މުރާސިލްގެ ކުރިމަގަށް ހުރަސް އެޅޭފަދަ ލިޔުމެއް ފެނިގެންމިދަނީ. ތިޔަފަދަ ލިޔުމަށް މަރުހަބާ ކިއުމެއްނެތް

Posted on 2009-07-16 15:59:08 | Report this Comment
މާނިއު:

މީލިޔުމުން ފެނިގެންދަނީ ކަމީނާކަމާއި ބޭކާރު ފިކުރުތަކެއް، މިލިޔުމަކީ މުރާސިލްގެ ލިޔުންތެރިކަމަށް ހުރަސް އެޅިދާނެ ލިއުމެއްކަމަށްދެކެން.

Posted on 2009-07-16 16:02:40 | Report this Comment
މުގުރޭ:

ބޮޑުގޮހޮޑާވާހަކަ ލިޔުނުނަމަ، މިލިޔުންކިޔާފައި ހަނދާންވަނީ ސަމްސުއްދީނުމަތިން.

Posted on 2009-07-16 16:04:10 | Report this Comment
ބޯހޫރޭ:

ވަރަށް ކަމުދާ މޮޅު ލިޔުމެއްމީ. މިލިޔުމަށް ޑީއާރުޕީގެ ޒަޢީމު އަތުން އެވޯޑެއްދޭވަރުވޭ.

Posted on 2009-07-16 16:08:35 | Report this Comment
ކުޅުދުއްފުށީ މުދިމު:

އަހްސަންގެ ފިކުރަށް ނުފިރުކޭ ލިޔުމަކީ ބޭކާރު ލިޔުމެއްކަމު ނިންމޭނެ ޖާގަ އޮވެދާނެ، ތިބޭފުޅާގެ ފިކުރުގައި ފަހަރުގައިވެދާނެ ތިބޭފުޅާއީ. މާއެނގިނަނެގެން އުޅޭ ސޭކަކަށްވެސް.

Posted on 2009-07-16 16:13:44 | Report this Comment
ގަލަމުދޯރިބޭރުއަރިމަތީތުނިބައިގެ ކަން:

މުރާސިލް ކިތެންމެހާވެސް އުފެއްދުންތެރި، މިވަރަށް މިހާހިސާބަށް މުރާސިލް އައީ އަހްސަން ތިބުނާ ވިސްނުމަކުންނޫން. ދައްކަންތިއުޅެނީ ކޮންވާހަކައެއްތޯ. މުރާސިލްގެ ޙައްޤުތަކަކީ ތި ލިޔުންތެރިޔާގެ ބަނޑުދޮށުގައި ވާ ޚީޔާލާތެއްނޫން އިނގޭތޯ.

Posted on 2009-07-16 16:18:21 | Report this Comment
ޗަކޮއެގެބޭބެ:

މުރާސިލްގެ މި ނޫސްވެރިކަން ފުނޑުފުނޑުކުރުމަށް ޖާގަދޭ މިލިޔުމަކީ މުރާސިލްގެ ހަލާކުގެ ފެށުން. މިލިޔުމަކީ މުރާސިލްގައި ޖެހި ނުނިވޭނެ އަލިފާންގަނޑެއް. ހަދާންނުން ކައްސާނުލާތި!

Posted on 2009-07-16 16:20:24 | Report this Comment
:

ލިޔުންތެރިންގެ ލިޔުމުގެ ކުރިމަގު ބިނާވެގެން ދާނީ ލިޔުންތެރިޔާ ލިޔާ ލިޔުމުގެ ސަބަބުން...ލިޔާލިޔުން އިސްލާމްދީނު ގެ އިންފަހަނަ އަޅައި ނުދިއުން...ވަކިއަތަކަ ޖެހިގެންގޮސް ސަލާމަތް ނުވާހިސާބަށް ނުދިއުން.. އޮށްޓަރު ހުރުން... ބިނާކުރަނިވި ފާޑު ކިއުމަކަށްވުން...މިވެސް މުހިންމު ކަންތައްތަކެއް..

Posted on 2009-07-16 16:22:03 | Report this Comment
އާދިލް ވަހީދު:

މުރާސިލް އިންޓަރނެޓްގެ ވުޖޫދުން ނެތިކުރުމަށް ހިއްވަރުނުދިނުމަށް ހަރުއަޑުންގޮވާލަން. މިލިޔުމަކީ ދޭތެރެޖެހޭލިޔުމެއް. އެހެން ލިޔުންތެރިންގެ ވިސްނުމާއި ފިކުރަށް ހުރަސް އެޅިދާނެ ލިޔުމެއް. މުރާސިލްގެ ޕޮލިސީއާއި ޚިލާފު ލިޔުމެއް. މިލިޔުން ވަގުތުން ނެގުމަށްގޮވާލަން.

Posted on 2009-07-16 16:36:53 | Report this Comment
މާލިކް:

ކަލޭ ތިޔައުޅެނީ ހަވީރު ހިނދަ ޖެހިދާނެތީ ކަންނޭގެ މިހާރު ދެން ހިނގާނީ އޮން ލައިން ނޫސް ކޮން ހަވީޜު މިޔަދު އަދި އާފަތިސް އެހެން ނޫނިއްޔާ ހާމަ ޑެއިލީ ފޮޅިއެއްތަ މިހާރު މީހުންނަން މިވަނީ ނަސީދް ގެ މަސައްކަތުން މިނވަން ކަން ހޯދައިދީފާ ކަލޭތީ ކާކު ތަގޮތް ކިޔަން މާފާޑު ފާޑުކުރާނެ ކަމެއް ނެތް، ކޮންމެ މީހަކަށް ވެސް އެމީހެއްގެ ފެންވަރުގައި ލިޔެވިދާނެ ހުރިހާއެންމެން ކަލެއާއި މާޅޮހު ނަސީރު ނުވަތަ ކަސިމާ ސާކިރު ހާ މޮޅެއްނުވާނެ ފަސްއިނގިލި އެއްވަރުތަ ހިތްވަރެއް ހުރީވިއްޔާ މިކޮމެންޓް ނިކަން ޖަހާބަލަ
އަހްސަން:: ހާދަހާވާ ރުޅި ދުރުވެފައި.

Posted on 2009-07-16 17:30:37 | Report this Comment
އަހްސަން:

ހާދަހާ ފޯރިޔެއް އެބަހުއްޓެ ދޮތަ. ތިޔައީ މުރާސިލް ކުރިއަށް ދާނެކަމުގެ ޢަލާމާތެއް އަދި ހެޔޮ ފާލެއް. އިރާދަކުރެއްވިއްޔާ ތަފާތު އާޓިކަލްތައް މިސައިޓަށް ލިޔެވޭތޯ ބަލާނަން. އެންމެ ގިނަ ބަޔަކު ވަންނަ ސައިޓަކަށް މިސައިޓު ވުމަކީ އަހުރެންގެ ވެސް އުންމީދެވެ.
ރައްޓެއްސެއް: އަހުސަންގެ ތި ލިޔުން ކަމަކު ނުދޭ. ބުނަން އުޅޭ އެތި ސާފެއްނޫން. މުރާސިލް އަކުން އަޚުލާޤީ މިންގަނެއް ނުގެންގުޅެވޭނެ އެއީ ލިޔާ މީހާގެ ކަމެއް. ތި ފަދަ ވާހަކަ ލިޔާ މީހުންނަށް ތި ނަސޭޙަތް ދިންނަމަ މާ ރަނގަޅުވީސް
އެދުރު: އަހްސަން ކަލޭ މިހާރު ދެން މާ އުނދަގޫ ބޮޑުވެފާ ތިހުރީ ކިހނެތްތަ ވެގެން ތިޔައުޅެނީ

Posted on 2009-07-16 23:31:28 | Report this Comment
ސަންތޯސް:

މަޗާތިލިޔެލި ލިޔުމަކީ މުރާސިލްގެ ހިންގުންތެރިންނަށް ވައްބަހުން އަޅާވިހެލި އެތިފަހަރެއް. އިސްލާމްދީނުގެ ހައްދުންމައްޗަށްދާވާހަކަ ތިދައްކަވަނީ، ކާކުކީކޭވިދާޅުވެގެންތޯ. މުރާސިލްގެ ލިޔުންތެރިންނަށް ކޮންމެހެން ބަދުބަސްބުނެއުޅޭވަރެއް ތިބޭފުޅާގެނެތް.

Posted on 2009-07-17 00:38:16 | Report this Comment
ކޮކަޑިކޭމީދާ:

މިލިޔުމަކީ އަޅުގަނޑަށް މުރާސިލުން ފެނުނު އެންމެ ކަމުދާ އެއްލިޔުން. މި ލިޔުމުގެ މަގްސަދު ރަނގަޅެވެ. ނަމަވެސް ލިޔުމެއް ފަހުމު ވާނީ ކިޔާ މީހުންގެ ފެންވަރުންނެވެ. އެހެންވީމާ ލިޔުންތެރިޔަކު ލިޔުމެއް ލިޔާއިރު ކިޔުންތެރިންގެ ފެންވަރުން ލިޔުމުން ލިޔުން ބަލައިގަނެވޭލެއް ބޮޑުވާނެއެވެ. ފަހަރެއްގައި މި ލިޔުމަށް ނުކިއްސަރު ކޮމެންޓު ގިނަވީ އެހެންވެ ކަމަށް ވެދާނެއެވެ. ކުރިޔަށް ދާށެވެ. ފާގަތި ދުވަސްތަކަކަށް އެދެން އަހުސަނަށް. މި ބުނި އެއްޗެއް ނުބައި މާނައެއް ނުނެގުން އެދެން އެކަކުވެސް. ސުކުރިއްޔާ

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.