އަޅުގަނޑު އެންމެ ފުރަތަމަ ލިޔުނު އާޓިކަލް ކިޔާލާފައި ބައެއް މީހުންގެ ހިތަށް ވަރަށް ތަދުވެއްޖެ އެވެ. ބައެއް މީހުން ރުޅިއައިސްގެން އަޅުގަނޑު ބޭރު ކުރަން މުރާސިލްގެ ޓީމަސް އަންގައިފި އެވެ.
މިއީ ވާނެވެސް ގޮތެވެ. ތިމާމެންގެ ވާހަކަ އެހެން ބަޔަކު ދައްކައިފިނަމަ ވަރަށް ރުޅިއައިސް ހިތުގައި ޖެހެއެވެ. މުރާސިލްގެ ސައިޓުން ބޭރު ކުރަންޏާ ފުރަތަމަ ކުރާންޖެހޭނީ އެހެންމީހުންނާ ޒާތީގޮތުން ދިމާކޮށްގެން އުޅޭ މީހުންނެވެ. ކިތައް ބަޔަކާ ދިމާލަށް މުރާސިލްގައި ހަގީގަތާ ޚިލާފް ވާހަކަތައް ލިޔެވެމުން ދޭ ހެއްޔެވެ؟ ހަސަން މަނިކަކަށް ވިޔަސް ހުސޭން މަނިކަކަށް ވިޔަސް އަދި އަދީލްގެ ނަމުގައި ލިޔާ މީހާ ކަމަށް ވިޔަސް ތިޔަ ލިޔަނީ ހަމަ ނަން އޮޅުވާލައިގެންނެވެ. ދޮންއަންނާރު ރަޝީދު ހެން ލިޔަނީ ކާކު ހެއްޔެވެ؟ އެހެނީ އެހެރީ އޭނަގެ ފޮޓޯވެސް ޖަހާފައެވެ. އޭނަ ލިޔާލިޔުންތައް ވަކިކޮޅަކަށް ގޮސް ނިމިފައި ހުއްޓަސް އޭނަ ލިޔަނީ ހަގީގަތެވެ. މީހެއްގެ އަބުރަކާބެހި ދޮގުވާހަކަ ތަކެއް ލިޔެފައިވާތީ އެއް ނުދެކެމެވެ. އޭނަޔަކީ އެންމެ ވަރުގަދަޔަށް އަންނި އަށާއި މިސަރުކާރަށް ސަނާ ކިޔާ މީހާއެވެ. އެކަމަކު އޭނަގެ ވާހަކައެއް މީހަކު އެބަ ދައްކާ ހެއްޔެވެ؟ ހަޖަމުނުކުރެވިގެން އުޅެނީ އެއް ނޫނެވެ. އަދީލްގެ ބަހުރުވައިން ލިޔުނީމާ ހަޑި އެއްޗެހި ކީކަމަށް މިވީ އޭނަޔާ ދެކޮޅަށް ލިޔާ މީހާއެވެ. ނޫނެކެވެ. ވަރަށް އިންސާފެވެ. ފަނޑިޔާރުންނަސް މުޚާތަބުކޮށް އަދީލް ލިޔެފައިވާ ލިޔުން ކިޔާލި މީހަކު ހަމައިން ވާހަކަ ދައްކާ ނަމަ ބުނާނީ އޭނަ ކުޑަގޮޅިއަކަށް ފެތޭނެޔޭ އެވެ. ކުށް ސާބިތު ނުވާއިރު ހުރިހާ ފަނޑިޔާރުންނަށް ކަހަލަ ގޮތަކަށް މުޚާތަބުކޮށް ދައްކާފައި އެހެރީ އަކީ ދައްކައިގެން ވާނެ ވާހަކަ ތަކެއްކަން އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. މުރާސިލުން އަޅުގަނޑު ރިޖެކްޓްކޮށްލެވިދާނެ އެވެ. އަދި އަޅުގަނޑުގެ ކޮމްޕިއުޓަރު ހަލާކުކޮށް ލުމަކީވެސް މިޒަމާނުގައި ވެދާނެކަމެކެވެ. އެކަމަކު ކޮންމެ މީހެއްގެ ވެސް އިއްޒަތަކާ އަބުރެއް އޮންނާނެ ކަން ހަނދާންކޮށްގެން ލިޔަމުން ގެންދިއުމަކީ އެންމެ ރަގަޅުގޮތެވެ.
Posted on 2009-07-16 19:46:59 |
Report this Comment