ކަރުސަތުނާމަ
ރާއްޖޭގެ ޚަބަރުތައް، އޮންލައިން ނޫސްތަކުންނާއި ބުލޮގްތަކުން......
  • ޝާއިޢުކުރި ތާރީޚް: 08 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 44

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ސަރިދާލޭސް: މީހުން ބިނާކުރުން

ރާއްޖޭގައި މީހުން ބިނާކުރާންފެށިތާ ވީދުވަހެއް ނޭނގޭހާވެސް، އެމަސައްކަތް ދޮށްޓެވެ. މެދުކެނޑުމެއްނެތި އެމަސައްކަތް ކުރެވެމުންދެއެވެ.

ޤާޟީންކަން ދަސްކޮށްދިނުމާއި، މުދައްރިސްކަން ދަސްކޮށްދިނުމާއި، ނަރުސްކަން ދަސްކޮށްދިނުމާއި، ފޫޅުމައިކަން ދަސްކޮށްދިނުމާއި ހެލްތުވޯކަރކަން ދަސްކޮށްދިނުމަކީ އިބްރާހީމް ނާޞިރުގެ ދައުރުގައި ފަށައިގެން ހިންގަމުންއައި ކަންކަމެވެ. މައުމޫނުގެ ދައުރުގައިވެސް ހުއްޓުމެއްނެތި މިކޯސްތައް ހިންގައިފައިވެއެވެ. ޤާޟީކަން ދަސްކޮށްދޭ 14 ވަނަކޯސް ފެށުނީ، މައުމޫނު ދައުރުގެ ފުރަތަމަ އަހަރުއެވެ. (އަހަރެން ކިޔެވީ އެކޯހުންނެވެ.) މީގެމާނައަކީ، ނާޞިރު ދައުރުގައި 13 ކޯސް ހިންގައި، ޤާޟީން ތައްޔާރު ކުރެވިފައިވެއެވެ.

ވީޓީސީއަކީ، މިހާރުވެސް ހިންގަމުންދާ ކޯސްތަކަކަށްވާއިރު އެކަން ފެށިފައިވަނީ ނާޞިރު ދައުރުގައެވެ. މައުމޫނު ދައުރުގައި، ހޮޓެލް ސުކޫލްކަހަލަ، މެނޭޖްމެންޓްކަހަލަ ކޯސްތަކާއި، ޢާއިލާގެ އެހީތެރިކަމާ، ޕްރިންސިޕަލްކަން ދަސްކޮށްދިނުންކަހަލަ ކޯސްތައް ހިންގައި، ވީޓީސީ ފުޅާކޮށްފައިވެއެވެ. އަދި މިހުރިހާ ދާއިރާއަކުން ޑިގްރީ ކޯހާއި، ޑިޕްލޮމާ ކޯސް ހިންގާފައިވެއެވެ. ބޭރަށް ފޮނުވައިގެންވެސް އެކިއެކި ކޯސްތައް ހިންގުވާފައިވެއެވެ. އެހެންނަމަވެސް މިހުރިހާ ދުވަސްވީއިރުވެސް، ފުދޭވަރަކަށް މީހުން ބިނާކުރެވިފައެއް ނުވެއެވެ.

މައުމޫނު ދައުރުގައި ކޮލެޖް އުފެއްދުމާއި، ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާ ހިންގާން ފެށުމާގުޅިގެން، ތަފާތު ފެންވަރުގެ ތަފާތު ދާއިރާތަކުގައި ކޯސްތައް ހިންގިފައިވެއެވެ. އެހެންވިޔަސް، ފަނޑިޔާރުން ދާއިމީކުރުމަށް ބެލިއިރުވެސް ފުދޭވަރަކަށް ކަމުގެ ލަޔާޤަތުހުރި ފަނޑިޔާރުންނެއް ނެތެވެ. މުދައްރިސުންނަށް ބެލިޔަސް، ނަރުހުންނަށް ބެލިޔަސް، ޓީޗަރުންނަށްބެލިޔަސް ، ފާމަސިސްޓުންނަށް ބެލިޔަސް ހެލްތުވޯކަރުންނަށް ބެލިޔަސް، އަދި ޕްރިންސިޕަލުންނާއި ޑޮކްޓަރުންނަށް ބެލިޔަސް މިކަންްއޮތީ މިގޮތަށެވެ. މީހުން އިމްޕޯޓްނުކޮށް ފަރުޖެހޭވަރަކަށް މީހުންނެއް ނެތެވެ. މިއީ މިއަދު ވިސްނާންޖެހޭ ކަމެކެވެ.

މީހުން އިމްޕޯޓްކުރުމަކީ، މައްސަލަބޮޑު ކަމަކަށްވާއިރު، ހަމައެކަނި ބޭރުވާ ބޭރުފައިސާއަށް ބެލިޔަސް އެއީ މައްސަލައެކެވެ. ބިނާކުރާހާމީހުން ވަންނަނީ ކޮންތާކަށްތޯ ބަލާން އެބަޖެހެއެވެ. ބޮންޑެއް އޮންނަކަމަށްވަންޏާ، ކެތްކުރާނީ އެބޮންޑެއް ހަމަވަންދެންކަމަށް ބަލާއިރު، ވަޒީފާނެތްމީހުންގެ ނިސްބަތް އިތުރުވާ ވާހަކައަކީވެސް ބާރަށްދެކެވޭ ވާހަކައެކެވެ. ސަރުކާރުން ތަމްރީނު ކުރިހާމީހުން ގޮސްވަންނަނީ ކޮންތާކަށްބާވައެވެ. ސަރުކާރުން މުސާރަކުޑަވެ، އަމިއްލަ ތައްތަނަށް ބަދަލުވަނީ ބާވައެވެ. ކޮންމެއަކަސް، މީހުން ބިނާކުރުމަށްޓަކައި ކުރެވިފައިވާ މަސައްކަތުގެ އެއްވެސް ނަތީޖާއެއްނެތްކަން މިހާރު މިހިރަދަނީ ފެންނަމުންނެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.