ކަރުސަތުނާމަ
ރާއްޖޭގެ ޚަބަރުތައް، އޮންލައިން ނޫސްތަކުންނާއި ބުލޮގްތަކުން......
  • ޝާއިޢުކުރި ތާރީޚް: 08 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 167

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ސިޙުރުގެ ރާއްޖެ (ފުރަތަމަ ބައި)

ޙަމްދު ހުރީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. ހާރޫތާއި މާރޫތު މެދުވެރިކުރައްވައި ޖިންނީންނަށް ސިޙުރު އުނގަންނައިދެއްވައި، އެޝައިޠާނުންތައް މެދުވެރި ކުރައްވައި އިންސާނުންނާއި ހަމައަށް ސިޙުރު ފޮނުއްވީ ހުސްޠާހިރުވަންތަ ﷲ ކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ. އެހެނެއްކަމަކު ޝައިޠާނުންނާއި އިންސާނުން އެ ﷲ ގެ އަމުރުފުޅަށް ނުކިޔަމަންތެރިވެ ކާފިރު ވެގަންނަނީ އެކަލާންގެ ޙަރާމް ކުރެއްވި ސިޙުރު ހަދައިގެންނެވެ.

ﷲ ހާރޫތާއި މާރޫތާއި ދެމަލާއިކަތުން މެދުވެރިކުރައްވާ ސިޙުރު ދަސްކޮށްދެއްވި އިރު ﷲ އެމަލާއިކަތުންނަށް އަމުރު ކުރެއްވުމުން އެދެމަލާއިކަތުން ވިދާޅުވެފައިވާ ބަސްފުޅަށް ފުރަގަސްދީ ﷲ އަށް ކާފިރުވެގަންނަނީއެވެ. އަޅުގަނޑުމެންގެ މި ކުޑަ ކުޑަ ދިވެހި ރާއްޖޭގައި މިއަދު މިކަން މިވަނީ ހައްދުފަހަނަ އަޅާ ގޮސްފައޭ ބުނުމުން ޤަބޫލުކުރެވޭނީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުންނަށް ކަމެއްނޭންގެއެވެ. ނަމަވެސް މިއީ ހަގީގަތެވެ.

ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އެމީހުން އެހަނދާން ނައްތާލަނީ ނުވަތަ ގަސްތުގައި ފުރަގަސްދެނީ ގަދަކީރިތިވަންތަ، ބާރު ގަދަ، އެކަލާންގެއާއި އެއްފަދަވެގެންވާ ހަމަ އެކައްޗެއްވެސް ނުވާ ޢަޛާބު ދެއްވުމުގައި ގަދަފަދަވަންތަ މާތް ﷲ ގެ އަމުރުވެރި ބަސްފުޅެވެ. އެކަލާންގެ ދެއްވަފާނެ ޢަޛާބަކަށް، ފޮނުއްވަފާނެ މުޞީބާތަކަށް ކުޑަކޮށްވެސް ޖެހިލުމެއްނުވެއެވެ. ﷲ ވަޙީ ކުރައްވާފައިވަނީ ކީކޭތޯއެވެ. އަބަދުވެސް ހަނދުމަކުރައްވާށެވެ.! އެކަލާންގެ ވަޙީ ކުރައްވަނީ:

وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ۖ وَمَا كَفَرَ سُلَيْمَانُ وَلَـٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ ۚ وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ ۚ وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ ۚ لَوْ كَانُوا يَعْلَمُونَ ﴿١٠٢﴾(سورة البقرة 102)
މާނައީ: “އެއުރެން އެތަބާވީ ސުލައިމާނުގެފާނުގެ ވެރިކަމުގައި ޝައިޠާނުންތައް ހަދަހަދައިގެން ކިޔަވައި އުޅުނު ތަކެއްޗަށެވެ. ސުލައިމާނުގެފާނު ސިޙުރު ހައްދަވައި ކާފިރުވެވަޑައެއް ނުގަންނަވައެވެ. އެހެނެއްކަމަކު ޝައިޠާނުންތައް ސިޙުރު ހަދަން މީސްތަކުންނަށް ދަސްކޮށްދީގެން ކާފިރުވެގަތީއެވެ. އަދި ބާބިލް ސަޙަރުގައި ހާރޫތާއި މާރޫތާއި ދެމަލާއިކަތުންނަށް ބާވައިލެއްވުނު ސިޙުރަށްވެސް އެބައިމީހުން ތަބަޢަވީއެވެ.

އެދެމަލާއިކަތުން ވިދާޅުވަމުން ގެންދެވީ ތިމަންމެންނީ މީސްތަކުން އިމްތިޙާނުކޮށް ގޮތްބެލުމުގެ ގޮތުން ފޮނުއްވުނު ބަޔަކީމުއެވެ. މިސިޙުރު ދަސްކޮށްގެން ތިޔަބައިމީހުން ކާފިރުވެނުގަންނާށެވެ.

މިފަދައިން ވިދާޅުވުމަށްފަހު މެނުވީ ހަމަ އެކަކަށްވެސް އެދެބޭކަލުން ސިޙުރު ދަސްކޮށެއް ނުދެއްވަތެވެ. ދެން ފަހެ އެދެބޭކަލުންގެ އަރިހުން ދެމަފިރިން ދުރުކުރުމަށްޓަކައި ހަދާ ވަރިތޮޅި އެބައިމީހުން އުނގެނި ހެދިއެވެ. ﷲ ގެ އިޛުނަފުޅާއި ލައިގެން މެނުވީ އޭގެ ޛަރީޢާއިން އެއްވެސް މީހަކަށް ގެއްލުމެއް ދެވޭނެ ބައެއް ކަމުގައި އެއުރެން ނުވެއެވެ. އެމީހުން އެއުނގެނޭ ތަކެއްޗަކީ އެމީހުންނަށް އެއިން އެއްވެސް ފައިދާއެއް ކޮށްނުދޭ، ގެއްލުން ދެނިވި ތަކެއްޗެވެ. އެމީހުން އެލިބިގަތް ތަކެއްޗަކީ އާޚިރަތްދުވަހުގައި އެމީހުންނަށް އެއިން އެއްވެސް ފައިދާއެއް ހުރި އެއްޗެއް ނޫންކަން ކަށަވަރުންވެސް އެމީހުންނަށް އެނގެއެވެ.

އީމާންކަމުގެ ބަދަލުގައި އެމީހުން ސިޙުރު އިޚްތިޔާރުކުރި ކުރުމަކީ ހާދަހާވާ ނުބައިކަމެކެވެ. އެމީހުންނަށް އެކަން އެނގޭނެ ނަމައެވެ.”

ﷲ ގެ ބަސްފުޅަކީ މިއީކަމުގައި ވާއިރުވެސް ހިތާމައަކީ މިއަދު އަޅުގަނޑުމެންގެ މިދިވެހިރާއްޖޭގައި ސިޙުރުވެރިން ގިނަވެ މީހުން ސިޙުރުގެ އަވައިގައި ޖައްސަމުންދާކަމެވެ. ﷲ ސިޙުރު ލެއްވީ އިމްތިޙާނަކަށެވެ. ވަރުގަދައަށް އެކަން ނަޙީ ކުރައްވާފައެވެ. ނަމަވެސް ސިޙުރު ހަދައި އުޅޭމީހުންނަށް ހީވެފައި އޮންނަނީ އެމީހުނަށް އެކުރެވެނީ ވަރަށް މޮޅު ކަމެއްކަމަށެވެ. އެމީހުން ބޮޑާވެގަންނަނީ ސިޙުރު ހެދުމުން ދެން އެމީހުނަށްވުރެ މޮޅު ބާރުގަދަ ފަރާތެއް ދެން ބިމުގައި ނުވާނެކަމަށް ހީކޮށެވެ. މީހަކު ދެކެ ރުޅިއަރާއިރަށް އެމީހަކު ތިމާގެ ދަށުކޮށް ބޭނުންގޮތަކަށް ތަޅުވައި މުޞީބާތްތައް ޖައްސާނަމޭ ހީކޮށްގެނެވެ.

އެހެނެއްކަމަކު އެއްމެ ބާރުގަދަ ފަރާތް ހަނދުމަނުވަނީ ބާއޭވެސް ހިތަށްއަރައެވެ. ” ﷲ ގެ އިޛުނަފުޅާއި ލައިގެން މެނުވީ އޭގެ ޛަރީޢާއިން އެއްވެސް މީހަކަށް ގެއްލުމެއް ދެވޭނެ ބައެއް ކަމުގައި އެއުރެން ނުވެއެވެ. ” މިބަސްފުޅު އެމީހުން ހަނދާނެއް ނުހުރެއެވެ. އަދި އާޚިރަތާއިމެދު ކުޑަވެސް ބިރެއް ނުގަނެއެވެ. ޖިންނި ޝައިޠާނުންގެ އެހީލިބި ދުނިޔެމަތީގައި ކާމިޔާބުވުމެއް ނެތް ކަމަކުން މީހަކަށް ގޯނާއެއް ކޮށްލެވޭތީ ދެން މަރުވެސް ނުވާނެއޭ ހީވަނީބާއެވެ. ހަމަ ހިލާ އެހެނެއް ނުވާނެއެވެ. (ނުނިމޭ)

ލިޔުނީ: އަލްއަޚް، އަޖްނާދު އަލީ
ނޯޓް: މިއީ އަޅުގަނޑު ސަންދާން މަޖައްލާގައި ލިޔެ ޝާއިއުކޮށްފައިވާ ލިޔުމެކެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-09-09 20:47:21 | Report this Comment
ހ.އ.ހ:

ވަރަށް ފުރިހަމަ ލިޔުމެއް. ދެން އޮތްބަޔަށް ޝައުގުވެރިވަން.

Posted on 2010-09-12 21:32:40 | Report this Comment
އ.ހ.އ:

ސިހުރަކީ މާތްކަލާނގެ ބާވައިލެއްވި އެއްޗެއްތޯއެވެ؟ އެ ފޮތްތައް ކޮބައިތޯއެވެ. ކީރިތި ގުރުއާނުގައިވޭތޯއެވެ؟ އަދި އިތުރު މައުލޫމާތު ގެނަސްދެއްވަފާނަންތޯއެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.