ނަޒަރަތު

  • ޝާއިޢުކުރި ތާރީޚް: 07 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 225

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

މާޅޮހު ނަސީރުގެ ދިފާއުގައި - ދީނީ މީހުން ހަޖަމް ކުރަން ދަސްކުރާށެވެ.

ހާމަ ނޫހުގައި މާޅޮހު ނަސީރު ލިޔެފައިވާ ލިޔުމެއް ކިޔާފައި ހަޖަމް ނުވެގެން ދީނީ މީހުން މި އުޅޭ ގޮތަކުން ހަމަ އަޖާއިބުވެއެވެ. މާޅޮހު ނަސީރު އެ ލިޔުމުގައި ދީނަށް ކުޑައިމީސް ބަހެއްވެސް ބުނެފައެއް ނެތެވެ. އޭނާ ބުނެފައިވަނީ މިސްކިތުގައި ނިދުމުގެ ވާހަކައެވެ. މިސްކިތުގެ އަދަބު ތަކާއި ހިލާފަށް ބައެއް މީހުން މިސްކިތްތަކުގައި މިހާރަކަށް އައިސް ނިދާ ވާހަކައެވެ. މީގައި އިސްލާމް ދީނަށް ކުޑައިމީސް ވަނީ ކިހިނެއް ހެއްޔެވެ؟ ބައެއްގެ ހަޑި އަހުލާގެއްގެ ވާހަކަދެއްކުމަކީ ދީނަށް ފުރައްސާރަ ކުރުން ކަމުގައި ހީވާ ނަމަ ދެން ބުނޭނެއެއްޗެއްނެތެވެ.

މައްސަލައަކީ ހަމަ އެންމެ މައްސަލައެކެވެ. މި ވާގޮތް އެންމެނަށް ވެސް އިނގެއެވެ. ދީނީ މީހުންނަށް ހަޖަމް ނުވަނީއެވެ. ހަޖަމް ނުކުރެވެނީއެވެ. ރާއްޖެއިސްލާމް އާއި ދިއިސްލާމަ ހަދައިގެން އެހެން ދީންތަކާއި އެހެން ފިކުރުތަކުގެ ދިވެހިންނަށް ފުރައްސާރަކޮށް ފާދު ކިޔާއިރު އަހަރުމެންވެސް ތިބާމެސް ލިޔާ ލިޔުންތައް ކިޔާލާފައި ހަމަޖް ކޮށްލަނީއެވެ.

ބިރުދައްކާ ދެން ލިޔެފިނަމަ ކަނޑިން ބޮލާއި ކަނދުރާ ވަކިކުރާނަމޭ ކިޔައިގެން ރައްދުދީ ނަހަދަމެވެ. އަބޫ ރަމެއިސާ އަށް ދަންނަވާލަން އޮތީ ތިބާ ރުހުނަސް ނުރުހުނަސް ދެން މި ދިވެހި ރާއްޖޭގައި މިނިވަން ކަމާއިއެކު ހިޔާލު ފާޅުކުރުން ނުހުއްޓުވޭނެއެވެ. މީ 21ވަނަ ގަރުނެވެ. ތިބާމެނަށް ދެން ތިބީން ފާޑުވެސް ކިޔާނެއެވެ. ހަޖަމް ކުރަންދަސްކުރާށެވެ.

މިނިވަންކަމާއި އެކު މީހަކު ހިޔާލު ފާޅު ކުރާއިރަށް އެމީހަކަށް އައުގުރާނަ ގޮވާ ކަނޑިން ޖަހާ ބިރުދައްކާކަށް ނުޖެހެއެވެ. މުރާސިލްގައި މި ލިޔުން ނުޖަހާނެކަންވެސް އިނގެއެވެ. ޖަހައިފިއްޔާ ކިތަންމެ ހާވެސް ރަނގަޅެވެ. އަބޫ ުރަމެއިސާގެ އަވަގުރާނަ ލިޔުން ވެސް މުރާސިލްގައި ޖެހައިދީފިއެވެ. މި ލިޔުން ވެސް ޖަހާށެވެ.

ހަޖަމް ކުރާށެވެ. ސަލަފުންނޭ! ހަޖަމް ކުރާށެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-09-09 09:46:51 | Report this Comment
0ކުލްޡޫމް:

ތިވެސް ދެން ގޮތެކެވެ. އެކަހަލަ މީހުން ދިފާޢުކުރާނެ ތިޔަކަހަލަ މީހުން އުޅޭކަންވެސް އަހަރެމެން ދަންނަމެވެ. ބޭނުންހާ ގޮތަކަށް މި ދުނިޔޭގައި އުޅެވުނަސް އަދިވެސް އެހެން ދުނިޔެއެއް އެބައޮތެވެ. ދަރިންނޭވެ ސިކުނޑި ހެޔޮގޮތުގައި ބޭނުންކުރާށެވެ.

Posted on 2010-09-09 19:03:57 | Report this Comment
އަލީ:

ވަރަށް ރަގަޅު ވާހަކައެއް. މިވައްހާބީ އާލާތުން މޮޔަނީދޯ. އެއާލާތުން ބޭނުންވަނީ މިސްކިތަށް ހަޑިކުރަން.. އަދި އިސްލާމުންގެ ނަމަށްވެސް ހުތުރު އަރުވަނީ އެމީހުން.
ކަކުނި: މި މީހުން އޮޅުވާނުލާނީ ކޮންކަމެއްތޯއެވެ. މިއޮތްހާ މީހުން މުޅި އުމުރުގައި ލިބުނުހާ ލާރިކޮޅު ޚަރަދުކޮށްގެން އަހަރަކު އެއްފަހަރު ގޮސް އެ އެނބުރެނީ ބުދުފައްޅިއެއް ހުރިތަނުގައެވެ. އިބްރާހިމްގެފާނު އެޅުއްވި މާތްކަލާނގެ ގެކޮޅޭ ކިޔާފައެވެ. މި އިރު އިބްރާހިމްގެފާނު ދުވަހަކުވެސް މައްކާ އާ ހަމަޔަށް ވަޑައި ނުގަންނަވާކަން ތާރީޚީގޮތުން އެނގެއެވެ. އަދި ހާޖަރު ދެފަރުބަދަ ދެމެދުގައި ދުވެ ވަޑައިގެންނެވީ ވެސް މައްކާއަކު ނޫނެވެ. އެއީ މައްކާއާ ހަތަރު ފަސްސަތޭކަ މޭލު ދުރުގައި ހުރި ވަޅެކެވެ. މިވެސް ދުނިޔޭގެ ޖިއޯގްރަފީއާއި ތާރީޚުން ސާބިތުވެ މިހާރު ޔަގީން ކުރެވިފައިވާ ކަންކަމެވެ. އަދިވެސް މި ތާރީޚީ ހަގީގަތްވެސް އޮޅުވަނީ އެވެ. ބަޔަކު މަގުފުރައްދާލަނީއެވެ. މިއީ މަކަރުވެރި އޮޅުވާލެވިފައިވާ ނުރައްކާތެރި ދީނެކެވެ.
ޝަފީޢު : ކަކުނިއެވެ. ކަކުނިގެ ތިޔަ ދައުވާ ސާބިތުކޮށްދިނުން އެދެމެވެ. ނުވަތަ އެކަން ސާބިތުކުރެވޭ ފެންވަރުގެ ދިރާސާއެއްގެ ރެފަރެސް ދެއްވުން އެދެމެވެ. އެހެން ނޫންނަމަ، ތިޔަ ދައުވާގެ އެއްވެސް ބުރަދަނެއް ނުހުންނާނެ ވާހަކަ ވަރަށް އަދަބުވެރިކަމާއެކު ދަންނަވަމެވެ. ކޮމެންޓް ޝާއިޢުކޮށްދެވި ކަމަށްޓަކައި ޝުކުރިއްޔާ...
ކުޑަކަކުނި: ތާރީޚީ ހެކިތައް މިހިރީއެވެ. އެކަމަކު ގަބޫލު ކުރާނީ ކާކުތޯ؟ http://www.bible-archaeology.info/abraham.htm

Posted on 2010-09-09 19:18:23 | Report this Comment
ހޯނު:

ހައިރާންވާވަރެވެ. އެހާވަރު އަރުވާލާވަރުގެ އެއްޗެއް އޭނާގެ ލިއުމުގައި ކޮބައިހެއްޔެވެ؟ އަދިވެސް މީ ޖާހިލު ޒަމާން ހެއްޔެވެ. ޅެމެއް ހަދައިގެން ކީ ޅަދަރި މަޔަކު އަނެއް ދުވަހު ހެނދު އޮތީ ގަތުލުކޮށް ކޮށާލާފައެވެ. މި މީހުންނަށް ހަޖަމް ކުރެވިދާނެހެއްޔެވެ؟ އަނިޔާވެރިކަން ހައްދުން ނައްޓާލާފައި ތިބޭ ބަޔަކަށް ރުހުމުގެ ބަހެއް ބުނެވިދާނެހެއްޔެވެ؟ މި މީހުން މިތިބަ ދަނީ ބަޔަކަށް އޮޅުވަން ކަމަށް ފާޑުފާޑުގެ ފުލޯކު ލިޔަމުންނެވެ. ކޮންމެވެސް ބަޔަކު އޮޅޭނެއެވެ. އެއީ އެމީހުންނާ ހަމަޔަށް ކަންތައް ހުރިގޮތުގެ ހަގީގަތް ގެނަސްދެވޭނެ ގޮތެއް ނެތީމައެވެ. ހުރިހާ އެންމެނެއް އިންޓަރނެޓް ބޭނުމެއް ނުކުރެއެވެ. އަދި ބޭނުން ކުރިޔަސް މިމީހުންގެ ހަގީގަތް ހޯދައި ބަލަނީ މަދު ބަޔަކެވެ. ބަލާ މީހުންނަށް އެކަންތައް ސިއްރުވެފައެއް ނޯވެއެވެ. އެހެންނަމަވެސް އަނގަ ހުޅުވަން ނުކެރެނީއެވެ. ވަލު ސިންގާއެއްގެ ކުރިމައްޗަށް ނުކުންނާނީ ކާކު ހެއްޔެވެ. ހައިރާން ވަނީ މި މީހުން މީ މާ އޯގާވެރި ބަޔަކަށް ހެދެން އުޅޭތީއެވެ. ވަލު ސިންގާއެއްގެ އޯގާވެރި ކަމުގެ ވާހަކަ އަޑުއަހާ ބަޔަކުވެސް ތިބޭތީ ހައިރާންވެއެވެ. އަހަރުމެން ލިޔާ ކޮމެންޓް މުރާސިލުގައި ޖެހިޔަސް ޖަހަނި އެމީހުންނަށް ކިރިޔާ ކެއްވާވަރުގެ އެއްޗެކެވެ. މި އަދު އަހަރެމެންގެ އަޑު އުފުލާނެ ސައިޓެއް ނެތަސް އެއަކީ ނުވާނެ ކަމެއް ނޫނެވެ. އެހެނަސް އަހަރުމެންގެ ސައިޓަކަށް އެމީހުން ލިޔާ ލިއުމެއް ނުކަނޑަމެވެ. ސެންސަރެއް ނުކުރަމެވެ. އެހެނީ އަހަރުމެންނަށް ހަޖަމު ކުރެވޭނެއެވެ. ހައްގުގެ މަގުގައި ތިބޭ ބަޔަކު މީހަކު ލިޔާ އެއްޗެއް ދެކެ ސިހިގެންނެއް ނުދާނެއެވެ. މީހަކަށް އެނގިދާނެތީ ބިރުން އުޅޭނީ ވަގު ނޫޓް ގެންގުޅޭ މީހާއެވެ. އަސްލު ނޫޓް ގެންދާ މީހާ ބަޔަކަށް އެނގިދާނެތީ ޖެހިލުމެއް ނުވާނެއެވެ. ނަޒަރަތަށް ބަރަކާތް ހުއްޓެވެ.

Posted on 2010-09-09 22:26:11 | Report this Comment
ޕަރަޕަތު:

ކަލޭ އޮވޭ ގިޔާމަތް ދުވަހު މާޅޮހުނަސީރު ހިމާޔަތް ކުރަން.ނަސީރަށް ސިރާތުމަގު ހުރަސްކުރަންވީ ގޮތް ކިޔައިދޭން.ދެން ލަލަލާ ތިކަހަލަ މީހުންނަށް މިހާރަކު މިރާއްޖެއަކު ޖާގައެއް ނެތް.
ޖާރިޔާ: ހާދަ ހެއްވާ ވާހަކަތަކޭ މި ކަލޭގެ ދައްކަނީ . ގުރުއާން ލިޔެވުނު އިރު ހިތުދަސްކޮށްގެން ތިބީ ކިތައް މިލިއަންތަ؟ ބުނެ ބަލަ ކިތައް މިލިއަންތަ؟ މިލިއަނަކީ 100 ތަ؟ 50 ތަ؟ ތިވަރަށް ދޮގު ނުހެދިޔަސް ކަލެއަށް މިނިސްޓަރު ކަން ލިބިދާނެ. ކެއްކޮއްބަލަ. މިހާވަރަށް ދޮގު ހެދީމަ ދެން ކީކޭތަ ބުނާނީ؟؟
ޝަހީމު: ކަލޭމެން ތިޔަ މާތްވެގެންވާ ދީނުގެ އަހުލުވެރިން ބުނެބަލަ. ކަލޭމެންގެ ދީނުގެ މީހެއް ނޫން މީޙުންގެ ގަޔަށް ބޮލަށް އަރައިގަނެ އެމީހުންނަށް ޖެއްސުންކޮށް މަލާމާތްކޮށް ފުރައްސާރަކޮށް ގަލުންތަޅައި ކަނޑިން ޖަހައި ގަތުލުކޮށް މިހެން ހަދަން ކަލޭމެންނަށް ލިބިގެންވަނީ ކޮންހައްގެއްތަ؟ ކަލޭމެން މަޖްބޫރުކޮށްގެން އަނިޔާވެރި ނުރައްކާތެރި ބިރުވެރި ދީނެއްގައި އަހަރުމެން އުޅެން ތިޔަ ޖައްސަނީ ކީއްވެ؟ އިންސާނުންނަށް އެމީހަކު އުޅެން ބޭނުންވާ ދީނެއްގައި އުޅުނަ ނުދީ މީހުންގެ މައްޗަށް ކަލޭމެން ބާރު ހިންގަން ތިޔަ އުޅެނީ ކަލޭމެންނަށް ކާކު އެ ބާރު ދީގެންތަ؟ އެހެންނާ ކަލޭމެންގެ މައްޗަށް ބާރު ހިންގަނީ ށައިތާނާތަ؟ އެހެން ވީމަތަ ކަލޭމެން ތިޔަހާ ޖައްބާރުކަން ބޮޑީ؟ ކަލޭމެންނަކީ މިކަހަލަ ބަޔަކޭ ބުނާ މީހަކު ކުދިކުދިކޮށް ކޮށާނުލައި ކަލޭމެން ދޫކޮށްލާނެތަ؟ މިއީތަ އޯގާތެރި ދީނުގެ މީހުންގެ އަމަލު ހުންނަ ގޮތަކީ؟

Posted on 2010-09-10 09:40:02 | Report this Comment
ކުޑަހިނި:

ގިޔާމަތް ދުވަހުން ކަންތައްވާނީ އަނިޔާވެރިން ބުނާ ގޮތަށް ހެއްޔެވެ؟ ގިޔާމަތް ދުވަހުގެ ވެރިޔަކީ އޯގާވެރިޔެކެވެ. މުހަންމަދުގެފަނެއް ނޫނެވެ. އެހެނީ މުހަންމަދުގެފަނަށް ވާނެ ގޮތެއް ދާނެތަނެއް އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވެފައިވެއެވެ. އެހެންވެ ތިޔަ އެންމެން އެކަލޭގެފާނުގެ ނަން އިވޭއިރަށް އެކަލޭގެފާނުގެ ސަލާމަތަށް އެދި ދުއާކުރަން ޖެހިފައިވެއެވެ. ގިޔާމަތް ދުވަހުން ސަލާމަތް ކަމުގައިތިބޭނީ މަތިވެރި ކަލާނގެއަށް އީމާންވެ ސާލިހު އަމަލު ކުރުންމަތީ ދެމިތިބި މީހުންނެވެ. އެފަދަ މީހުންނަކީ އެމީހުންގެ އަތްތަކައި ދޫތަކުން އެހެންމީހުންނަށް ރައްކާތެރިކަން ދީ އަނެކާއަށް އޯގާވެރިވެ ހެޔޮކޮށް ހިތާ މީހުންނެވެ. އެއީ މާތްކަލާނގެ ބަސްފުޅަށް އީމާންވީ މީހުންނެވެ. މާތްކަލާނގެ ބަސްފުޅަކީ ތިޔައިން އެކަކަސްވެސް ދެބަސްވެވެންނެތް ބޭކަލެކެވެ. ކަލިމަތުﷲ އަކީ އީސާގެފާނެވެ. މުހަންމަދުގެ ނަން ކަލޭމެން ﷲގެ ނަމާ ހަމަޔަށް އުފުލައިގެން ﷲގެ އާޔަތަށް ވުރެން ހަދީސް މަތިކޮށްގެން ތިޔަ ކުރެވެނީ ޝިރުކު ނޫން ދެން ކޮން އެއްޗެއްހެއްޔެވެ؟

Posted on 2010-09-10 20:36:47 | Report this Comment
ޝަފީޢު:

ކުދިންނޭ... މި ރާއްޖެއަކީ މިހާރު ސައްތައިން ސައްތަ އިސްލާމީ ޤައުމެއް ނޫނެވެ. އެކަން ކޮމެންޓްތަކުން ވަރަށް ސާފުކޮށް އެނގެއެވެ. އެހެންކަމުން، މިތާ އުޅޭ އިސްލާމުންގެ ދީނަށް، ޣައިރު މުސްލިމަކު ލިޔެ ހަޖޫ ޖެހުމަކީ، އެއީ ވަރަށް ނާތަހުޒީބީ ގޮތެކެވެ. ދިވެހިންގެ ތެރެއިން އެހެން ދީންތަކާއި ރުހޭ މީހުން، އެދީނަކަށް އުޅުނީމަ ނިމުނީއެވެ. މުސްލިމުންނާއި ދިމާކޮށް، އެމީހުންގެ ކަންކަމަށް ޖޯކު ޖަހާ ހަޖޫ ޖެހުމަކީ، ތަނުގެ މަސްލަޙަތު ގެއްލޭނެ ކަމެކެވެ. ދެން، ހަޖަމް ނުވެޔޭ ބުންޏަސް ކުރާނެ ފައިދާއެއް ނޯންނާނެއެވެ. އެހެނީ، އެއްވެސް މީހެއް ހައްޤަކާއި ނުލައި، އަނެކެއްގެ އަޤީދާއާއި ބެހުމަކީ އެއީ ތަހުޒީބީ ކަމެއް ނޫނެވެ. މި ކޮމެންޓް މަސްލަޙަތަށް ބަލާފަ، ޖަހާ ދިނުމަކީ، ވަރަށް އެދޭ ކަމެކެވެ.
ބާރީ: ޝާފިއު އަކަށް ނުފެނޭތަ މުރާސިލްގައި އާއި އެހެނިހެން ސައިޓްތަކުގައި އެހެނިހެން ދީންތަކާ މެދު ލިޔެފައި ހުންނަ ދޮގުތަކާއި ކޮށްފައި ހުންނަ ޖެއްސުންތަކާއި އޮޅުވާލާފައި ހުންނަ ލިއުންތައް. ކިތައް ލިއުމުގައި ބައިބަލް އަކި ހޮޅި ބައިބަލްއޭ އޭގައި ހުންނަނީ ހޮޅިވާހަކައެއް ލިޔެފައިވަނީ. އެކަން ދެއްކިފައި އެބައޮތްތަ؟ އެއްވެސް އާޔަތކުން ހަދީސަކުން ސާބިތު ކޮށް ދެވިއްޖެތަ؟ އެއީ ކިހާ ބޮޑު އޮޅުވާލުމެއް. އެކަމާ ބެހޭގޮތުން އަހަރުމެން ލިޔާ ލިއުމެއް ނުޖަހަނީ އެއީ ކޮން ކަހަލަ ހަމައެއް އިންސާފެއް؟ ކަލޭމެން ޓީވީއަށާއި އެހެނިހެން ޕްރޮގްރާމުތަކުގައި ހަދާހައި ދޮގުތަކަށް ޖަވާބު ދޭނެ ފުރުސަތު އަހަރުމެންނަށް ނުދީ ހިތަށް އެރިހާ ވާހަކައެއް ދައްކާއިރު އެއީ ހަމަ އެކަންތައް ކުރަން ޖެހޭ ގޮތްތަ؟ މާތް ގޮތްތަ؟ ހަޖަމު ކުރެވޭ ވަރުތަ އެކަމުން ފެންނަނީ؟ އަހަރުމެން ބޭނުމެއް ނުވޭ ކަލޭމެންނަކާ ދިމާ ކުރާކަށްވެސް . އެހެނީ ކަލޭމެންގެ އަމަލުތަކުން ކަލޭމެންގެ ބަހާ އަމަލާ ދިމާނުވާކަން ވިސްނާ ބަޔަކަށް ފެނިގެން ދާނެ. އަހަރުމެން ނުބުންޏަސް އެކަން ނުދަންނަ މީހަކުވެސް ނެތް. ކަލޭމެންގެ ބިރުވެރިކަމާ އަނިޔާވެރި ކަމާހެދި އެއްޗެއް ނުބުނެ ތިބެނީ. ކަލޭމެން ބޭނުންވަރަކަށް އެހެން މީހުންގެ އަގީދާއާ ބެހުމަކީ ހަމަ ތަހުޒީބުކަންތަ؟ ކަލޭމެން ފޮނުވާ ހުރިހާ ކޮމެންޓެއްވެސް އަހަރުމެންގެ ބާރެއް ހިނގާ ސައިޓެއްގައި ނަމަ ޖަހާނެ. ކަލޭމެން ކަންތައް ކުރަނީ އެގޮތަށްތަ؟ ބުނެބަލަ. އެގޮތަށްތަ؟ ޖަވާބު ދީބަލަ.

Posted on 2010-09-10 22:14:42 | Report this Comment
ކިނބިހިނި:

އީސާގެފާނުގެ ނަންފުޅު އިވޭ އިރަށް ޝައިތާނުން ތެޅިގަންނާނެއެވެ. އެހެނީ އެއެއްޗެއްސަށް އީސާގެފާނަކީ ކިހާވަރެއްގެ ބޭފުޅެއްކަން އެނގެއެވެ. ޝައިތާނީ ބަލި ކުރައްވާނީ އީސާގެފާނެވެ. ދުނިޔެއަކަށް ޝައިތާނާ ބަލިކޮށްލެވޭނެ އެހެން ބޭކަލަކު ފޮނުއްވާފައެއް ނުވެއެވެ. އީސާގެފާނަށް ތަބާވާ މީހުން ދެކެ ޝައިތާނާއަށް ތަބާވާ މީހުން ބިރުގަންނާނެއެވެ. އެ މީހުންނަށް އަނިޔާދީ ދެވުނުހާ ގެއްލުމެއް ދޭން އުޅޭނެއެވެ. އަދި ކިރިޔާވެސް ވާން އޮތްނަމަ މަރަންވެސް ފަހަކަށް ނުދާނެއެވެ. ޝައިތާނާގެ ބަޔަށް މީހުން ވައްދަނީ ކަނޑީގެ ބާރުގައެވެ. ނުވަތަ ބިރު ދައްކައިގެންނެވެ. އެ ދީނަށް ވަދެވުމުގެ ފަހުން ދެން ފުރާނަޔާގެން ބޭރެއް ނުވެވޭނެއެވެ. އެދީނަށް ވަދެވުމުން ދައްކާނީ އެ ދީނަކީ މާ މާތް ދީނެއް ކަމުގައެވެ. އަދި ދާއިމަށް އެތަކެއް ބިކުރުވެރި އަނބިން ނާއި ބޭނުންވަރަކަށް ބޯނެ ރާ ލިބޭނެ ކަމެވެ. އީސާގެފާނަށް ތަބާވާ މީހުންގެ ފަރާތުން އެމީހުނަށް ގެއްލުމެއް ދުއްތުރާލެއް ނުލިބޭ އިރުވެސް މި މީހުން އެމީހުންނަށް ގެއްލުން ދޭން އުޅޭ އުޅުމުން މި ކަން ރަނގަޅަށް ސާބިތުވެއެވެ. ޝައިތާނީ މީހުން އީސާގެފާނު އަލުން ވަޑައިގަންނަވަންދެން ގިނަވެ ދުނިޔެއަކީ ނުރައްކާތެރި ތަނަކަށް ވެގެން ދާނެ ކަމަށް ކުރީގެ ފަތްފުށް ތަކުގައި ވެއެވެ.

Posted on 2010-09-10 22:35:35 | Report this Comment
ވިސްނާމީހާ:

އެކަކުވެސް ލަންބާ ޗޯޅާ ވާހަކައެއް ދައްކަން އުޅޭނެކަމެއް ނެތް. މާ އޯގާވެރި ދީނެކޭ ކިޔާނެ ކަމެއްނެތް. ތިއީ އަނިޔާވެރި ނުރައްކާތެރި ނުލަފާ ދީނެއް ކަން ނުދައްނަ ބަޔަކު ދުނިޔެއަކު ނެތް. އެހެން ބުނާ މީހެއްގެ ބޯވެސް ނުކަނޑައެއް ނުތިބޭނެ. މި ސައިޓްގައި ޓާނެ. މީގެ ކޮމެންޓެއްވެސް ފެންނާކަށް ނުހުންނާނެ. މި އާޓިކަލެއްވެސް ނުބަހަށްޓާނެ.

Posted on 2010-09-11 17:42:06 | Report this Comment
ޙަސަން ޒާހިރު (ޏ.މާހުގެ):

ބައެއްގެ އަޤީދާޔާ، އެއުރެންގެ ލީޑަރާއި ބެހޭގޮތުން ހަޖޫކިޔައި، ބުހުތާނު ހެދުމުން އެއުރެން އެކަމާ އިހުތިޖާޖު ކުރުމީ ހަޖަމު ނުކުރެވުން ކަމުގައި، އަދި ޓޮލަރޭޓް ނުކުރެވުން ކަމުގައި ބުނެވޭނޭ އެއްވެސް ޖާގައެއް ނެތެވެ. އިސްލާމްދީން ފެތުރުނީ، އަދި ފަތުރަނީ ކަނޑިންކަމުގައި ބުނާ ބުނުމަކީ ތާރީޚް ރަނގަޅަށް ފިލާފައި ނުވާތީ ދައްކާ ވާހަކަ ތަކެކެވެ. އިސްލާމްދީނުގެ ނަބިއްޔާ، ކަނޑީގެ ބާރު ދެއްކެވީ ކަނޑީގެ ކުރިމަތީގައި ޖަވާބު ދެއްވުމަށެވެ. ދީން ފެތުރުމަށް ކަނޑީގެ ބޭނުން ކުރެއްވުމަށް އިސްލާމްދީނުގެ ނަބިއްޔާއަށް ހުއްދަ ލިބިވަޑައިގެނެއް ނުވެއެވެ. އެކަން ސޫރަތުލް ބަޤަރާގެ 256 އާޔަތުން ކަށަވަރުވެއެވެ. އަދި އެމީހަކު ބޭނުން ދީނަކަށް އުޅުން އިސްލާމްދީން ހަޖަމް ކުރާކަން ސޫރަތުލް ކާފިރޫންގެ އެންމެ ފަހު އާޔަތުން ދަލީލުލިބެއެވެ. ދެން އޮތީ މުސްލިމަކަށް ވުމަށްފަހު، މުރުތައްދުވީމީހާގެ ޚުކުމަކަށް މަރު އައުމެވެ. އާދޭހެވެ! މުރުތައްދުވާ ކޮންމެ މީހަކު މަރައެއް ނުލެވެއެވެ. އެހެނަސް މެރުމަށް ހަމަކުރަންޖެހޭ ޝަރުތުތައް ފުރިހަމަވެއްޖެ މީހާގެ އަދަބަކީ ހަމަ މަރެވެ. އެހެނީ އޭނާ މުސްލިމަކަށް ވުމަށް ވަނީ އެގްރީމެންޓް އެއް ކޮށްފައެވެ. އެއީ ޝަހާދަތުގެ ދެކަލިމައިގެ ސަބަބުން ތިމާޔާ ދިމާލަށް ދަތުރުކުރާ އެންމެހައި ކަމެއްގައި ކިޔަމަންގަތުމެވެ. މިދަންނަވާ ކަންތަކުގެ ތެރޭގައި މުރުތައްދުވީމީހާގެ ޙުކުމަކީ މަރުކަމުގައި ވާއިރުވެސް އޭނާ މުސްލިމަކަށް ވީ ހިތުން ރުހުމުންނެވެ. އެހިސާބުން އޭނާޔާ، އިސްލާމްދީނާ ދެމެދު އެކުރެވުނީ އެގްރީމެންޓެކެވެ. އެގްރީމެންޓްއާއި ޚިލާފުވާ މީހަކަށް އަދަބުދިނުމީ ހަޖަމު ނުކުރެވުން ކަމުގައި ބުނެވޭނޭ ޖާގައެއްނެތެވެ. ވުމާއެކު އަޅުގަނޑު ދަންނަވާލަން ބޭނުމީ ތިޔަށްވުރެ، މަންތިގީ ހަމަތަކަށް ފެތޭ، ބުއްދީގެ ތަރާދުގައި ބުރަދަން ހުރި ވާހަކައެއް ދައްކަވާށެވެ. ހަޖަމު ކުރައްވައި މި ޚިޔާލުވެސް ޕަބްލިޝް ކޮށްދެއްވާނޭކަމުގައި އުއްމީދުކުރަމެވެ :)
ހިނި: ހަސަން ޒާހިރު. ކަލެއަކީ އެނގި ހުރެ އޮޅުވާލާ މީހެއްކަން އަހަރުމެން ދަންނަން. ކަލޭ ލިއުނު ލިއުމަށް އަހަރުމެން ފޮނުވި ކޮމެންޓްތައްވެސް ކަލެއެއް ނުޖެހި. އެހެންނަމަ އެނގޭނެ އަނެއް ބައެއްގެ އަގީދާއަށް ފާޑު ކިޔަމުން ދަނީ ކޮން ބައެއްކަން. ބުނެބަލަ ކަލޭ ތިޔަހެން ކިތަންމެ ބާރަށް ކަނޑީގެ ބާރުންނޫނޭ ބުންޏަކަސް އެކަން ގަބޫލު ކުރާނެ މީހެއް. ދިވެއްސަކު ތިމަން މީ އިސްލާމެއް ނޫނޭ ބުނީ އިހައްދުވަހު އެއްނު؟ ކިހިނެއްތަ ވީ؟ ކަޅުތުއްކަލާ ކޮށްޓަށް ގެންގޮސްގެން ދެމަލާއިކަތުންލައްވާ އޭނާގެ ހިތްނަގައިގެން ޒަމްޒަމު ފެނުން ދޮވުނީއެއް ނޫންތަ؟ ކަނޑިންނޭ ބުނަނީ ބޯ ބުރިކޮށްފައި އިސްލާމް ދީނަށް ވައްދާ ވާހަކައެއް ނޫނޭ. އެވަރުވެސް ނުވިސްނެނީތަ؟ އަހަރުމެން ދަންނަމޭ ޝައިތާނާއަށް ބައިއަތު ހިފައިފިއްޔަކާ އެމީހަކަށް ފުރާނަޔާގެން ސަލާމަތް ނުވެވޭނެކަން. އެކަމަކު ކަލޭ ބުނެބަލަ ކިތައް ދިވެހިންތަ ކަމުގެ ހަގީގަތް އެނގިތިބެ މުހަންމަދުގެފާނަކީ ﷲ އާ ހަމަ ހަމަ ނުވަތަ އެއަށް ވުރެން މަތިވެރި ފަރާތެއްކަމަށް އީމާންވެގެން ތިބީ؟ ކުއްޖާގެ އުމުރުން 10 އަހަރު ފުރޭއިރަށް މަޖްބޫރު ކުރުވައިގެން ތަޅާ އަނިޔާކޮށްގެން ވަކިއެއްޗެއް ކިއުއްވީމަކާ އެއީ ހިތުން ރުހުމުން އެމީހާ ޝައިތާނާއަށް ބައިއަތު ހިފީ ކަމަށް ބުނެވޭނެތަ؟ ކިތައް މީހުންތަ ތިޔަ އަނދިރި ކަޅުވަޅުގަނޑުން ނޭރިފައި ރާއްޖޭގައި ތިބީ. ކަލޭމެންގެ ބައެއް މީހުން ނިކަން ބަސް އޮމާންވާނެކަން އަހަރުމެން ދަންނަން. ކަންބަޅިއެއްގެ ކެހެރިގަނޑުގެ ތެރޭ އޮތަކަސް ސިންގާވާނީ ސިންގާއަކަށް އޯގާވެރިއެއް ނުވާނެ. އޭގެ އަސްލު އެތި މާގިނައިރެއް ނުވެ ނުކުންނާނެ. ނުކުމެ ހުތުރު ބަސްތަކުން އިންޒާރު ދީ ބިރު ދައްކަން ފަށާނެ. ކަނޑި މަޅައިގަންނާނެ. އިސާހިތަކު އަލިފާން މަޅިއެއްހެން ހުޅު ރޯވެގަންނާނެ. އެހެން ދީންތަކަށް ކަލޭމެން މަލާމާތް ނުކުރަނީ ކޮން އިރަކު. ޓީވީއަށް އަރާފައި އަނގަ ހުޅުވާ ކޮންމެ ފަހަރަކު މިވެނި ދީނެއް މިވެނިހެންނޭ އެ ކިޔަނީ ކީއްވެ؟ އަމިއްލަ ދީނުގެ މޮޅުކަން ނުދެއްކެނީ ކީއްވެ؟ އެހެން ދީނުގެ މީހުންނެއް އެމީހުންގެ އަޅުކަމުގެ ތެރޭގައި ނުވަތަ ވައުޟުގެ ތެރެއަކު ﷲއާ ޖެހިގެން ލިޔެފައި އޮންނަނީ މުހަންމަދެކޭ ނުކިޔާނެ. ގޯޑް ޓީވީ ބަލާބަލަ. އެހެން ޗެނަލެއްވެސް ބަލާބަލަ. އަނގައެއް އޮތީމާ އެއްޗެކޭ ކިޔަނީ . ކަލޭމެންގެ ބުރަކށީގައި ހުރީ ކިތައް ގުދުތޯ ބަލަން ފުރަތަމަ އުޅެ ބަލަ. އިންސާނަކީ ކަލޭ މެން އުފެއްދި ބައެއް ވީމަތަ ވަކި ދީނަކަށް އުޅުނީމާ މަރާލުމުގެ ހައްގު ކަލޭމެންނަށް ލިބިގެން ތިޔަ އުޅެނީ؟؟؟ ދުނިޔެއާއި އާލަމް ތަކާއި ދެންވެސް ހުރިއްޔާ ހުރިހާ އެއްޗެއް އުފެއްދެވީ މަތިވެރި ކަލާނގެ ކަމެއް ކަލޭމެންނަށް ނޭނގެނީތަ؟ އަހަރުމެން އަޅުކަން ކުރަނީ ޚާލިގުވަންތަ ﷲ އަށް ކަމަށް ވާއިރު ކަލޭމެން އަހަރުމެން މަރަން ތިޔަ އުޅެނީ ކޮން ސަބަބަކާ ހެދިތަ؟ ޖަވާބު ދީބަލަ.
ނަޒަރަތު: ހަސަން ޒާހިރު، ދީނަކީ ބަޔަކު ކުރާ ވިޔަފާރި އެގްރިމެންޓެއްތަ؟؟ ނޫނީ މާފިޔާ ޖަމާއަތަކަށް ވަންނަން ކުރާ އެގްރިމެންޓެއްތަ؟ އާއްމުކޮށް މާފިޔާ ޖަމާއަތަށް ވަނުމަށް ކުރެވޭ އެގްރިމެންޓާ ހިލާފްވާ ފަރާތްތައް މަރާލެވޭނެ. ދީނަކީ ލޯބިން ވަންނަ ހިތުން ވަންނަ އެއްޗެއް. ތިމާއަށް ދީން ގަބޫލް ނުކުރެވުނީމަ ދީނުން ނުކުންނާނީ. ދީނަށް ވަނުމުގައިވެސް އަދި ނުކުތުމުގައިވެސް އެއްވެސް މަޖުބޫރުކަމެއް އޮވެގެން ނުވާނެ. ހަސަން ޒާހިރު ކީރިތި ގުރުއާނުން އެންމެ އާޔަތެއް ކީއްކުރަން އަކުރެއް ފިއްޔެއްވެސް ދައްކަބަލަ ދީނުން ބޭރުވާ މީހާ މަރާލަން ބުނާ... ކީއްވެތަ ކަލޭމެން އޮޅުވާލަނީ... ގުރުއާނުގައި ވަނީ ދީނީ މިނިވަންކަން ދީފައި. ހަސަން ޒާހިރުމެން އަމިއްލަ އަތުން ލިޔެފައިވާ ފޮތްތަކުން ދީނުން ބޭރުވާ މީހުން މަރާލަން ޖެހޭކަމަށް އޮތީ..
އޮމެގާ: ހަސަންޒާހިރު ހަމަ މި މުރާސިލުގެ މި ކޮލަމް ތަކުގައި ބައެއްގެ އަގީދާއާއި ބައެއްގެފޮތާމެދު ހަގީގަތް ސާބިތު ނުކުރެވޭ ފަދައިން ފާޑު ކިޔާފައި އެބަހުރި. އެއީ ހަމަ އެންމެ ރަނގަޅު ކަމެއްތޯ؟
ނާޒިމް: ކާފިރޫން ސޫރަތުގައި ހަމަ ތިޔަ އާޔަތް އޮއްވައެއް ނު ނާޒިމް ކަޅުތުއްކަލާ ކޮށްޓަށް ގެންގޮސް ދެމަލާއިކަތުން ގެންނަވައި އޭނާގެ ހިތް ދޮވެ އެގަތް ގަނޑެއް ގެންނެވީ؟ ދޫދޭން ޖެހިއްޖެއްޔާ ތިޔަވަރަށް ވެސް ދޫ ދެވިދާނެ. ހިފާލަން ވެއްޖެއްޔާ ކުދިގަލުން ތަޅައި ރަޖަމު ކޮށް ކަނޑީގެ ހުރި ތޫނު ކަމެއްވެސް ދައްކާލަންވީ. އޯގާވެރިކަމުގެވެސް އިންތިހާ.

Posted on 2010-09-11 21:36:32 | Report this Comment
އަލްފާ:

އީސާގެފާނަށް ތަބާވާ މީހުންގެ ފަރާތުން ފެންނަންވާނީ ލޯތްބާއި އޯގާވެރިކަން. އެހެންކަމުން އެހެންމީހުންގެ ކޮމެންޓްތަކަށް ރައްދު ދިނުމުގެ ބޭކާރު މަސައްކަތް ނުކުރުމަކީ އެންމެ އެދެވޭ ގޮތް. އެމީހުން ކޮންމެ އެއްޗެއް ބުންނަސް އެމީހުންދެކެވެސް ލޯބިވާން ޖެހޭނެ. އެއީ އީސާގެފާނު ދަސްކޮސް ދެއްވި ފިލާވަޅަކީ. މާތްކަލާނގެ ދީނަކީ އެހެން ބައެއްގެ ދީނުގެ އުނި ސިފަ ދައްކައިގެން ފަތުރާއެއްޗެއް ނޫން. އެއީ އެބަޔަކަށް އަމިއްލަޔަށް ފެނިގެން ވިސްނިގެން ފެންނަ މަގެއް. ގަދަކަމުން ނުލަފާފކަމަކުން ގަދަކަމަކުން ރަނގަޅު ދީނެއް ނުފެތުރޭނެ. އީސާގެފާނު ދައްކުވައި ދެއްވީ ލޯބީގެ ފިލާވަޅު . އެއާ އެއްގޮތަށް ކަންތައް ކުރީމާ ދެވޭނީ ރަނގަޅު މަގުން.

Posted on 2010-09-11 22:53:29 | Report this Comment
ޙަސަން ޒާހިރު (ޏ.މާހުގެ):

ކިނބިހިނި ކުރަށްވާފައިވާ ކޮމެންޓް އަށް އެއްޗެއް ބުނެލުމަށް އިންތިހާދަރަޖައިގެ ޝައުޤުވެރިކަމެއް އަޅުގަނޑުގެ ހިތުގައި އުފެދިއްޖެއެވެ. ބައިބަލް ގެ ނިއުޓެސްޓަމެންޓް ގެ އެއްފޮތް ކަމުގަވާ ލޫކާސް (އިންޖީލް ލޫކާސް) ފޮތްކޮޅުގެ ދިވެހިތަރުޖަމާ ކިޔަމުންދިޔައިރު އެއްއާޔަތެއްގައި، އިބިލީސް އީސާގެފާނަށް ވަސްވާސްދޭން އުޅުނު ވާހަކަ ނަންގަނެވިފައިވާ ތަން އަޅުގަނޑު ދެކުނީމެވެ. ކިނބިހި ވިދާޅުވިފަދައިން މަސީޙު ޢީސާ ދެކެ ޝައިޠާނާ އެހާވަރަށް ބިރުގަންނަ ނަމަ އެކަލޭގެފާނު ގާތަށް ވަޑައިގެން ޝައިޠާނާ އަށް ވަސްވާސް ދެވޭނީ ފަހެ ކޮންފަދަޔަކުންތޯއެވެ؟؟ ޝައްކެއްނެތެވެ! މަސީޙު ޢީސާއަކީ މާތްވެގެންވާ ބޭކަލެކެވެ. އެކަލޭގެފާނުވަނީ އެއްކައުވަންތަ ކަމުގެ އަޤީދާޔަށް ގޮވާލައްވާފައެވެ. މިކަމުގެ ދަލީލަކަށް އިންޖީލް ލޫކާސް ގެ 4 ވަނަ ފޮތުގެ 8 ވަނަ އާޔަތް އެކަނިވެސް ފުދެއެވެ. ވުމާއެކު ބައިބަލް ދިރާސާކޮށްފިނަމަ، ޢީސާގެފާނަށް ތަބާވާ މީހަކު މިއަދު ދުނިޔޭގައި ނެތެވެ. އެކަލޭގެފާނަށް ތަބާވާކަމަށް ބުނާ ނަޞާރާއިން އިއުތިޤާދުގައި، މިހާރުވެސް އަޅުގަނޑުމެން ކިޔައިމިއުޅޭ އިންޖީލުގައިވަނީ ޢީސާގެފާނު އުނގަންނަވައި ދެއްވި ތަޢުލީމެވެ. މިތަޢުލީމުގައި އެއްކައުވަންތަ ކަލެއްގެ އިއުތިޤާދު ހިމެނިފައިވުމާއެކުވެސް ނަޞާރާއިން ވަނީ ތިންކައު ކުރުމުގެ އަޤީދާ (ޓްރިނިޓީ) ގެ މަތީގައެވެ. ޔަހޫދީން ޢީސާގެފާނު ޤަބޫލެއް ނުކުރެއެވެ. މުސްލިމުން ބުނާގޮތުން މަސީޙު ޢީސާ ގެ އަސްލު ތަޢުލީމަކީ އެއްކައުވަންތަކަމުގެ އަޤީދާއެވެ. އަދި އިންޖީލުވަނީ ބަދަލުކުރެވިފައެވެ. ބައިބަލް އަށްބަލާނަމަ މިއިން އެއްވެސްބަޔަކީ ޢީސާގެފާނަށް ތަބާވާބައެއް ނޫނެވެ. ބައިބަލް އެއްފަރާތް ކޮށްފިނަމަ ނަޞާރާއިން ގާތު އީސާގެފާނެއް ނެތެވެ. އެހާރުން ޢީސގެފާނު ޤަބޫލުކުރާ ބަޔަކަށް ތިބޭނީ ހަމައެކަނި މުސްލިމުންނެވެ. އަދި ޢީސާގެފާނަށް ތަބާވާ ބަޔަކަށްވެސް ވާނީ ހަމަ އެއުރެންނެވެ. ކިނބިހިނި ތިޔަ ވިދާޅުވި ޢީސާގެފާނަށް ތަބާވަނީ ކޮންބައެއްތޯ ހިތުގައި ސުވާލު އުފެދެއެވެ. :) ކުރީ ކޮމެންޓް ޝާއިޢު ކޮށްދެއްވިކަމަށް ލިޔުންތެރިޔާއަށ ޝުކުރުދަންނަވަމެވެ. މި ކޮމެންޓްވެސް ޝާއިޢު ކޮށްދެއްވާނޭކަމުގައި އުއްމީދުކުރަމެވެ. ތިޔައީ ހަޖަމު ކުރެއްވޭ ބޭފުޅެއް ކަންމަށްޗަށް އުފާކުރާ ހާލުގައެވެ. :)
ނަޒަރަތު: ހަސަން ޒާހިރުއަށް ޝުކުރިއްޔާ! ތިބާއީވެސް ހަޖަމް ކުރެވޭ ބޭފުޅެއް.
ކިބިހިނި: ޒާހިރުގެ ތިޔަ ސުވާލުގެ ޖަވާބު އަޅުގަނޑަށް އެނގޭ މިންވަރު ކުޑަކަމަށް އެއްބަސްވަން. މާތްކަލާނގެ ކުރައްވާ ހުރިހާ ކަމެއްގެ ހަގީގަތް ބުނެދޭން އެނގޭނެ އެކަކުވެސް ހުންނާނެހެނެއް ހިއެއްނުވޭ. ޝައިތާނާއޭ އަހަރުމެން މި ކިޔަނީ ލުސިފަރ އަށް ނުވަތަ އޭނައަށް ތަބާވާމީހުންނަށް. ލުސިފަރ އަކީ މާތްކަލާނގެ އެންމެ މަތިވެރި ބާރެއް ދެއްވާފައި އުފެއްދެވި މަލާއިކަތެއް. އެހެންނަމަވެސް ފަހުން އޭނާ ވަނީ ކިބުރުވެރިވެ މާތްކަލާނގެއާ ވާދަ ކުރުމަށް ނުކުމެ. އިންސާނާއަކީ ޝައިތާނާއަށް ވުރެން ބާރު ގަދަ މީހެއް ނޫން. އެހެންނަމަވެސް ޝައިތާނާއަށް އިންސާނާގެ މައްޗަށް ބާރުފޯރުވެނީ އެ އިޚްތިޔާރު އޭނާ ޝައިތާނާއަށް ދިނީމާ. އީސާގެފާނު ދުނިޔެއަށް ވަޑައިގެން އުޅުއްވި އިރު ހުންނެވީ އެކަލޭގެފާލުގެ ޖަލާލަތުގެ ބާރުފުޅާ އެއްކަކު ނޫން. އޭރަކު ހުރިހާ ބާރުފުޅެއް މާތްކަލާނގެ އެކަލޭގެފާނަކަށް ނުދެއްވާ. ޝައިތާނާ ވަސްވާސް ދޭން ނޫޅޭނެ އެއްވެސް އިންސާނެއް ދުނިޔެމައްޗަކަށް ނާންނާނެ. އެހެނީ އޭގެ މަގުސަދަކީ މާތްކަލާނގެ މަގުން އިންސާނާ ބޭރު ކޮށްލުން. ނަތީޖާއަކަށް ވާނީ މާތްކަލާނގެ ފުރިހަމަ ގޮތުގައި އުފެއްދެވި އިންސާނާ ޝައިތާނާގެ ބާރުދަށުވެ މާތްކަލާނގެއާ ދެކޮޅުވެރި ކުރުވުން. އެހެންވެ އޭނާ ލައްވާ ފާފަ ކުރުވާ ދޮގުހައްދާ ދެބޯޑުވާ ނެތިމޮށެ ފުރައްސާރަ ކުރުވާ އަނެއް އިންސާނާ އަށް ގެއްލުންވާފަދަ ކަންތައް ކުރުވަނީ. ޝައިތާނާގެ ބާރު ހިންގުމަށް އެމީހެއްގެ ހަށިގަނޑު ދީ ހުއްދަ ކޮށްފިނަމަ އެމީހެއްގެ ކިބައިން ފެނިގެންދާނީ މިފަދަ ނުބައި ވަޙުޝީ ސިފަތައް. ވަށައިގެން ހޯދައި ބަލައިފި ނަމަ އޭތީގެ ބާރުގެ ދަށުގައި ތިބި މީހުން ޒާހިރަށް ފެނިގެންދާނެ. އީސާގެފާނަށް ތަބާވާ މީހުންނަށް ޝައިތާނާގެ ފަރާތުން ވަރުގަދަ ހަމަލާތަކާ ކުރިމަތި ވަމުން ދޭ. އެހެނަސް އީސާގެފާނު ވަނީ މާތް ރޫހުފުޅުގެ އެހީތެރިކަން ލިބޭނެ ގޮތް މެދުވެރި ކޮށްދެއްވާފައި. މިކަން މިހެން އޮންނަ އިރުވެސް އިންސާނާއަކަށް ޝައިތާނާގެ ވަކިދަށުން ސަލާމަތް ވެގަތުމަކީ ފަސޭހަ ކަމަކަށް ނުވޭ. މިއީ ދިގު ވާހަކައެއް. އެހެންކަމުން މި ވަގުތަށް ކުރުކޮށްލީ. ޝުކުރިއްޔާ.
ހޯނު: ރަސްގެފާނު އެކަލޭގެފާނުގެ ދަރިކަލުންގެ ހުރި ކެތްގަދަ ކަމަކާއި ތެދުވެރިކަމެއް ބައްލަވަން ބޭނުންފުޅުވިއެވެ. އެއީ ދަރިކަލުންނާ ވަރަށް ބޮޑު ކަމަކާ މަތި ކުރެއްވުމަށް ގަސްތު ކުރައްވާފައިވާތީއެވެ. އެހެންވެ އެ ދަރިކަލުން ޓެސްޓް ކުރެއްވުމަށް ގިނަ އިމްތިހާނުތަކެއް ކުރިމަތި ކުރެއްވިއެވެ. ނުބައި މީހަކާ އެކު ދުވަސްކޮޅަކަށް އުޅުމަށް ފުރުސަދު ދެއްވިއެވެ. މި ނުބައި މީހާއަކީ އެ ޝަހަރުގައި އެކަމަށް އެންމެ އަރާހުރި މީހާއެވެ. އޭނާ ކޮށްފައި ނުކުރާނެ ކަމެއް ނެތެވެ. ހައްތާވެސް ކުއްޖަކު މަގު އޮޅުވާލެވިދާނެ ކަންކަމެވެ. ރަލުގެ ކޫޒްތަކެވެ. އަންހެނުންނެވެ. ބަރަހަނާ ސައިޓްތަކެވެ. މި ފަދަ އެތައް ކަމެއް ކުރިމަތި ކުރުމުންވެސް އެ ކުއްޖާ އެކަމަށް ނުހެއްލުނު ނަމަ އެ ވާނީ ޢަޒުމު ވަރުގަދަ ކުއްޖަކަށެވެ. އެކަމަކު މި ކަހަލަ އިމްތިހާނަކާ ކުރިމަތި ނުކުރުވާ އެފަދަ ކަމެއް ކޮށްފާނެތީ ރާ ތަށިތައް ފޮރުވައި އަންހެނުން ފޮރުވައި އިންޓަރނެޓްގެ ވަކި ސައިޓްތަކަށް ނުވަދެވޭގޮތަށް ހަދާފައި ހުރެއްޖެނަމަ އެ ކުއްޖާ އެ ކަން އެ ނުކުރަނީ އޭނާގެ އަމިއްލަ ވަރުގަދަ އަޒުމުގައި ކަމަކަށް ނުވާނެއެވެ. އެކުއްޖާގެ ހިތަށް ވަހުޝީކަން ވަދެފާނެތީ ރީތި ޖިންސުއްލަތީފުން 5 މީހުން ބަނދެފައި އޮންނަ އަލުއި ކޮތަޅެއް ހެން ހަދައިގެން އެ ކުއްޖާގެ ކުރިމައްޗަށް ގެންނާކަށް ނުޖެހޭނެއެވެ. އއެއަށް ވުރެން އެއީ ބަސްއަހާ ކުއްޖެއްކަން އެ އިމްތިހާނުން ފާސްވެއްޖެ ނަމަ ރަސްގެފާނަށް ޔަގީންވާނެއެވެ. މިއީ ނިކަމެތި އަޅުގަނޑަށް އެނގޭ ގޮތެވެ.
އަހްމަދު ޖިލްވާޒް: ކިބިހިނި ތި ދެއްކި ވާހަކައަކުން އަހަންނަކަށް އެއްވެސް އެއްޗެއް ދޭހައެއް ނުވެއެވެ. އީސާގެ ފާނަކީ ކަލާނގެ ކަމުގައި ވަނީ ނަމަ ޝައިތާނާ (ތި ބުނާ ގޮތަށް ލޫސިފަރ) އަށް ކަލާނގެ އަކަށް ވަސްވާސް ދެވިދާނެ ހެއްޔެވެ؟ އަނެއްކާ އީސާ އަލައިހިއްސަލާމް މަރުވި ދުވަސް ކޮޅު ދުނިޔޭގެ ކަންތައް ބެލެހެއްތީ ކާކު ހެއްޔެވެ؟ އަދި މިސުވާލަށް ޖަވާބު ދީފާނަން ހެއްޔެވެ؟ In that day the Lord will use a razor hired from beyond the River--the king of Assyria--to shave your head and the hair of your legs, and to take off your beards also. Isaiah 7:20 މީގެ މާނަ އަކީ ތިމީހުން އީމާން ވާ މީހާ އަކީ ބޯ ކޮށަން އުޅުނު ބާބަރެއް ހެއްޔެވެ؟

Posted on 2010-09-12 06:19:57 | Report this Comment
މުހައްމަދު ސާމީން އަލީ:

މަގޭ ހިތުގަ އިސްލާމްދީނޭ ކިޔާފަ އޮތީ ހަމަ އެންމެ ސުއާލެއް. އެސުވާލުގެ ޖަވާބު ނިލެބޭތީ މަ ނަމާދަށްވެސް ނުދަނީ އަސްލުގަ. މަށަށް އިސްލާމްދީން ގަބޫލް ނުކުރެވުނު ތަންކޮޅަކީ އެއީ. އެކަމް މިހާރު ދެން އެސުވާލުގެ ޖަވާބު ލިބިއްޖެ. އެއީ މުރުތައްދުވާ މީހާ މެރުމާ ބެހޭގޮތުން. ޒާހިރުގެ ޖަވާބު މަށަށް ވަރަށް ގަބޫލް ކުރެވޭ. ށުކުރިއްޔާ ހަސަން ޒަހިރު އަށް.
ކުޑަހިނި: އިސްލާމް ދީނަކީ އިބްރާހިމްގެފާނާ މާތްކަލާނގެއާ ދެމެދު ކުރެވުނު އަޚުދެއްގެ މައްޗަށް ބިނާވެގެން އައިސްފައިވާ ދީނެއް. މާތްކަލާނގެ އިބްރާހިމްގެފާނަށް އެންގެވީ އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅު އެކަލާނގެ އަށް ބޯލަނބައި ކިޔަމަންތެރިވެ އަޅުކަން ކުރުމަށް. އަދި ސާލިހު އަމަލު ކުރުންމަތީ ދެމި ތިބުމަށް. އެއީ އޭގެފަހުން ވަޑައިގެންނެވި ހުރިހާ ނަބީންނާއި ރަސޫލުންވެސް އެންގެވި ކަންތައް. މުހަންމަދުގެފާނަށް ވެސް އެންގެވީ އެކަން އެގޮތަށް މީސްތަކުންނަށް އަންގަވައިދެއްވުމަށް. ފަހުން މީހުން މުހަންމަދުގެފާނަކީ މާތްކަލާނގެއާ އެއްފަދަ ފަރާތަކަށް ހަދައި އެކަލޭގެފާނުގެ ހަދީސަކީ ގުރުއާނަށް ވުރެން މަތީ އެއްޗަކަށް ހަދައި ވަކި ދީނެއް އުފެއްދީ. މާތްކަލާނގެ އަށް ބޯލަނބައި ކިޔަމަންވެ އަނެކާއަށް ހެޔޮކޮށްހިތައި ފާހިޝް އަމަލުތަކާއި ދުރުވެ ސާލިހު ކަންމަތީ ހުންނަ މީހާއަކީ އިސްލާމެއް. ނަމާދު ކުރާކަށް މިވެނި ގޮތެއް ގުރުއާނަކު އަންގަވާފައެއް ނުވޭ. އަމިއްލަ ބަހުން ދުއާ ކުރިޔަސް މާތްކަލާނގެ އައްސަވައި ވޮޑިގަންނަވާނެ.
ޝަފީޢު: ކުޑަހިނި އަށް؛ މުހަންމުދުގެ ފާނަކީ މާތް ﷲ އާއި އެއްފަދަ ފަރާތެއްކަމަށް ބުނާ މުސްލިމެއް ނުހުންނާނެއެވެ. ތިކަމުގައި ކުޑަހިނިގެ އޮޅުންތަކެއް ހުރި ކަމަށް ވަރަށް ބޮޑަށް ލަފާކުރެވެއެވެ. އިސްލާމްދީނުގައި، ނުވަތަ ޤުރުއާނުގައި މާތްﷲ އަންގަވަނީ، މުޙަންމަދުގެ ފާނު ދެއްވި ހުރިހާ އެއްޗެއްގައި ހިފާށެވެ. އަދި ނަހީ ކުރެއްވި ހުރިހާ ކަމަކުން ދުރުވާށެވެ. ޔަޤިންނުވާ ނަމަ، ހަޝްރު ސޫރަތުގެ 8 ވަނަ އާޔަތް ބައްލަވާލައްވާ... އަދިވެސް، މާތް ﷲ ޤުރުއާނުގައި އަންގަވަނީ، ދީނުގެ ކަމެއް މުޙަންމަދުގެ ފާނު އަންގަވާނީ، އެއީ އެކަމަށް ވަހީ އައިމަ ކަމަށެވެ. އެގޮތުން ނަމާދުކުރާނެ ގޮތްވެސް ވަނީ އެކަލޭގެފާނު ބަޔާންކޮށްދެއްވާފައެވެ. ޔަޤީންނުވާނަމަ، ނަޖްމު ސޫރަތުގެ 3 އާޔަތް ބައްލަވާލައްވާ... އެހެންކަމުން، އެކަލޭގެފާނަށް ތަބަޢަވުމަކީ، ޤުރުއާނު އެންމެ މަތީ ދަރަޖައަށް އަމުރުކުރާ ކަމެކެވެ. އެހެންކަމުން، އެކަލޭގެފާނަށް ކިޔަމަންވުމަކީ ޤުރުއާނަށް ކިޔަމަންވުން ކަމުގައިވެސް ޤުރުއާން ބަޔާންކުރައްވައެވެ. ނިސާ ސޫރަތުގެ 80 ވަނަ އާޔަތަށް ބައްލަވާ... އެހެންކަމުން، މުސްލިމުން ރަސޫލާއަށް ކިޔަމަންވުން އެއީ ﷲ އާއި އެއްފަދަ ކުރުން ކަމުގައި ބުނެވެން އެބަ އޮތްތޯ... ކިޔަމަންވުމަކީ، ﷲ އާއި އެއްފަދަކުރުން ކަމުގައިވާނަމަ، ﷲ އެފަދައަކުން އަމުރެއް ނުކުރައްވާނެއެވެ... ދެން ޙަދީޘް އޭ މި ކިޔަނީ، އެކަލޭގެ ފާނުގެ ބަސްފުޅުތަކަށް، އަދި ޢަމަލުފުޅުތަކަށް... އެއަށް ކިޔަމަން ވުމަށް، އެ ނަމޫނާއަކަށް ބެލުމަށް ޤުރުއާން އަންގައެވެ. އެހެންކަމުން، ޙަދީޘް އެއީ ޤުރުއާނުގެ ކޮމެންޓްރީ އެކޭވެސް ބުނެވިދާނެއެވެ. ނުވަތަ ޤުރުއާނުގައި އޮތް އެއްޗެއް ތަފްޞީލުކޮށްދޭ އެއްޗެކޭވެސް ބުނެވިދާނެއެވެ. މިވެސް، ހަމަ ޤުރުއާނުގެ އަލީގައެވެ. އެހެންކަމުން، ކުޑަހިނި އަށް، ލިބިފައިވާ މަޢުލޫމާތު މުރާޖަޢާކޮށްލެއްވުން ވަރަށް އަދަބުވެރިކަމާއި އެކު ދަންނަވަމެވެ. އަދި ލިޔުންތެރިޔާގެ މަޝްވަރާ ކުރުމުގެ އަޚްލާޤަށް ޝުކުރުވެސް އަދާކުރަމުން، މި ކޮމެންޓް ޖައްސަވާ ދެއްވުމަށްވެސް ވަރަށް އިޚްތިރާމާއި އެކު ދެންނެވީމެވެ.
ވިސްނާމީހާ: މިސައިޓްގައި ރޯކޮށް ނުލަނީސް ނުވަތަ މި ސަފުހާ އަންދާނުލަނީސް އަހަރެންގެ ހިތުގައިވާ ދެލާރިފޮތީގެ އަގު ހުރި ބަސްކޮޅުވެސް ވައްޓާލާނަމޭ ހީކޮށެވެ. އަހަންނަކަށް ކީރިތި ގުރުއާނުގެ ހުރިހާ އާޔަތަކުން މާނަ ނަގާކަށް ނޭނގެއެވެ. އެހެނަސް އެނގޭ އެއްކަމެއް އެބައޮތެވެ. އެއީ މުހަންމަދުގެފާނު ފޮނުއްވުނީ ބަޔަކަށް ވަކި މެސެޖެއް ދެއްވުމަށް ކަމެވެ. އެހެން ގޮތަކަށް ބުނާނަމަ ސިޓީއަކާއިގެން ޕިޔޯނަކު އަންނަ ފަދައިންނެވެ. ސިޓީ ހިފައިގެން އަންނަ ޕިޔޯނު އެ ސިޓީ ފޮނުވި މިނިސްޓަރުގެ ދަރަޖައަށް އުފުލައިފިނަމަ ހަމަ ގައިމުވެސް އަހަރެން ހައިރާންވާނެއެވެ. އެ ސިޓީގައިވަނީ ކުރީގައިވެސް އަމަލުކުރަމުން ގެންދިޔަ ގޮތާއެއްގޮތަށް މިވެނި މިވެނި ކަންތައް ކުރަމުންދާށޭ ކަމަށްވާނަމަ އެ ގެނައި ސިޓީއަކުވެސް އާވާހަކައެއް ނެތެވެ. އެހެނަސް ސިޓީގެނައި މީހާ ދައްކާ ވާހަކަ ތަކީ ވެރިމީހާގެވެސް ވާހަކަ ކަމަށް ވެއްޖެ ހިނދަކު ބުނާނެ އެއްޗެއް އެއަކު ނެތެވެ. އެ ޕިޔޯނު މީހާ ހުރީމާ ވެރިމީހާގެ ބޭނުން ދިޔައީ ނޫންތޯއެވެ. ދެން ކަންކަމަށް އެދެންވީ ކަން އޮތްގޮތް އޮޅުން ފިލުވަން އަހާނީ ފެންނަން ހުރި މީހާ ގާތުން ނޫންތޯއެވެ. ފެންނަން ހުރި މީހާ އެބުނަނީ ހަދަންވީ އެހެންނޭ މިހެންނޭ. ދެން މީހުން ކަންކުރާނީ އޭނާ ދައްކާ ގޮތަކަށް ނޫންހެއްޔެވެ؟ ކުރީގައި ކަންކުރިގޮތް ބެލުމުގެ ބޭނުމެއް ކޮބައިހެއްޔެވެ؟ ކަން އޮތީ މިހެން ނޫންހެއްޔެވެ؟ އެކަމަކު މަގޭ ސުވާލަކީ މުހަންމަދުގެފާނު ވިދާޅުވި އެއްޗެއް ވިދާޅުވިގޮތަށް އޭރަކު ލިޔެވިފައެއް ނެތެވެ. ނަމާދަށް ހަށަން ބެންނެވީ ކިހިނެއްކަންވެސް މިއޮތީ ޔަގީން ނުވެފައެވެ. ހަދީސްތަކުގައި ހުރި ފުށުއެރުމުގެ ވާހަކަ ދައްކައި ކޮޅަކުން ނުލައެވެ. މުހަންމަދުގެފާނަށް ވާނެ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ. މުހަންމަދުގެފާނަށް ސަލާމަތާއި ސަލަވާތް ލެއްވުން އެދި ނަން އަޑު އިވޭއިރަށް އެތައް މިލިއަން ބަޔަކު މިދަނީ ދުއާ ކުރަމުންނެވެ. ކޮންމެ ނަމާދެއްގެ އައްތަހިއްޔާތުގައި އެކަލޭގެފާނަށް އިބްރާހިމްގެފާނަށް ލެއްވި ވަރަށް ސަލަވާތާއި ސަލާމް ލައްވާތޯ މި ދަނީ ދުއާ ކުރެވެމުންނެވެ. މާތްކަލާނގެ އަންގަވަނި ގިޔާމަތް ދުވަހުން އަނެކާއަށް ޝަފާއަތްތެރި ވެވޭނެ އެހެން ފަރާތެއް ނުވާކަމަށެވެ. އެހެން ވީ އިރު މައްކާއަށް ވުރެން ރަންކުލަ ގަދަ ގަބުރުސްތާނެއް ހަދައިގެން އެތަނަށް ހައްޖަށްދާއިރު މީހުން ގޮސް ކަންކަމު މި ކިޔަނީ ކީއްވެ ބާވައެވެ. އެކަން ޝިރުކަށް ނުވަނީ ކީއްވެ ބާވައެވެ. މި ކަހަލަ ވަރަށް ގިނަ ސުވާލު އެބަހުއްޓެވެ. އަހަރެންގެ މި ސުވާލަށް ދަންނަމީހަކު ޖަވާބެއް ދޭތަނެއް ނާދެއެވެ. މިކަންތައް މި ވަނީ ބޮޑު އޮޅުންގަނޑަކަށް ވެފައެވެ. މި ސަފުހާ ނައްތާލެވުމުގެ ކުރީން ކޮންމެވެސް ބޭފުޅަކު ޖަވާބު ދެއްވާނެ ކަމަށް ހީކުރަމެވެ.

Posted on 2010-09-12 08:25:48 | Report this Comment
ނަޒަރަތު:

ހަސަން ޒާހިރުއަށް، މި ތިން ސުވާލްގެ ޖަވާބު ދީ ބަލަ!! ރަސޫލާ ވަހީ ނައިސްގެން ފަރުބަދަ މަތިން ފުންމާލާ އަމިއްލައަށް މަރުވާން އުޅުނު - ބުހާރީ ( އެއީ ކީއްވެ؟ ރަސޫލުން އަމިއްލައަށް މަރުވާން އުޅޭތަ؟ ) ގެފުޅު ބިނާ ކުރީ އިބްރާހީމްގެފާނުތަ؟؟ ތާރީހީ ގޮތުން ހެކި ދައްކާ؟؟ ތައުރާތާ އިންޖީލްގައި މާތް ކަލާނގެ ނަމަކީ ކޮބާ؟ ﷲ ތަ؟
އަލްފާ: ތައުރާތުގައި މަތިވެރި ކަލާނގެއާ މުޚާތަބު ކުރައްވައި ހުރި ނަންތަކީ ހިބްރޫ ބަހުން އެލޯހިމް ނުވަތަ އެ ނަންފުޅު ކިޔާނެ ގޮތެއް ޔަގީން ނުވެ ހުރި ނަންފުޅުތަކެއް. އެހެންކަމުން އިނގިރޭސިބަހުން ލިޔެފައިވަނީ ލޯޑް، ނުވަތަ ގޯޑް. އަރަބި ބަހުން ކިޔަނީ ﷲ. ދިވެހި ބަހުންނަމަ އެއީ މާތްކަލާނގެ، ނުވަތަ މަތިވެރި ކަލާނގެ. މި ނޫން ގޮތަކަށް ވެސް މިކަން އޮވެދާނެ. އެހެންކަމުން ރަނގަޅަށް އެނގިވަޑައިގެން ހުންނެވި ބޭފުޅަކު ދެއްވާ ޖަވާބަކަށް އިންތިޒާރު ކުރަން.

Posted on 2010-09-12 08:46:56 | Report this Comment
ނަޒަރަތު:

މުހައްމަދުގެފާނު ވަހީ ނައިސްގެން އަމިއްލައަށް ފަރުބަދަމަތިން ފުންމާލައިގެން މަރުވާން އުޅުނު Waraqa said, "This is the same Namus (i.e., Gabriel, the Angel who keeps the secrets) whom Allah had sent to Moses. I wish I were young and could live up to the time when your people would turn you out." Allah's Apostle asked, "Will they turn me out?" Waraqa replied in the affirmative and said: "Never did a man come with something similar to what you have brought but was treated with hostility. If I should remain alive till the day when you will be turned out then I would support you strongly." But after a few days Waraqa died and the Divine Inspiration was also paused for a while and the Prophet became so sad as we have heard that he intended several times to throw himself from the tops of high mountains and every time he went up the top of a mountain in order to throw himself down, Gabriel would appear before him and say, "O Muhammad! You are indeed Allah's Apostle in truth" whereupon his heart would become quiet and he would calm down and would return home. And whenever the period of the coming of the inspiration used to become long, he would do as before, but when he used to reach the top of a mountain, Gabriel would appear before him and say to him what he had said before. (Ibn 'Abbas said regarding the meaning of: 'He it is that Cleaves the daybreak (from the darkness)' (6.96) that Al-Asbah. means the light of the sun during the day and the light of the moon at night). Quoted from the Sahih (authentic) Hadith (traditions) of Bukhari, [2], Volume 9, number 111. I will go to the top of the mountain and throw myself down that I may kill myself and gain rest. So I went forth to do so and then) when I was midway on the mountain, I heard a voice from heaven saying "O Muhammad! thou are the apostle of God and I am Gabriel." - Ibn Ishaq's "Sirat Rasulallah "The inspiration ceased to come to the messenger of God for a while, and he was deeply grieved. He began to go to the tops of mountain crags, in order to fling himself from them; but every time he reached the summit of a mountain, Gabriel appeared to him and said to him, "You are the Prophet of God." Thereupon his anxiety would subside and he would come back to himself." - Tabari, [5], volume 6 page 76, records: ހަސަން ޒާހިރުގެ ޖަވާބެއްގެ އިންތިޒާރުގައި ހުރީމެވެ.
ހޯނު: މުހަންމަދުގެފާނަކަށް ޖިބްރީލުގެފާނެއް ޝައިތާނާއެއް ވަކި ކުރައްވާކަށް އެނގިވަޑައެއް ނުގަންނަވާ. އޭގެ ހެއްކަކީ ޝައިތާނާ ގެނަސްދިން އާޔަތްތަކެއް ޖިބްރީލުގެފާނު ގެނަސް ދެއްވި އާޔަތް ތައް ކަމަށް ހީކުރައްވައިގެން ވިދާޅުވި. އެ އާޔަތްތައް އޭރު ގުރުއާނުގައިވެސް ހިމެނުނު. ފަހުން ގުރުއާން އެއްފޮތަކަށް ހެދިއިރު އޭގެ ވަރަށް ގިނަ އާޔަތް ހިމަނާފައެއް ނުވޭ. އެކަމަކު އަދިވެސް ޝައިތާނާ ގެނަސްދިން އާޔަތް ތަކުގެ ތެރޭން އާޔަތްތަކެއް ގުރުއާނުގައި ހިމެނިފައިވާކަމަށްވޭ. ދަންނަ މީހަކު މިކަން ދޮގުކޮށް ބަލަ.
ޝަފީޢު: ކުލެއިމްއެއް ތިކުރައްވަނީ ތި ފަރާތުން... އެ ކުލެއިމްގެ ތެދުކަމަށް ފުރަތަމަ ހެކި ދައްކަވާ... އޭރުން އެކަން އެ ނިމުނީ... އެއީ ހޯނުގެ ސުވާލަށް ދެވެން އޮތް ޖަވާބަކީ... އަޅުގަނޑު ހޯނަކީ، މިނިކާ މީހެކޭ ބުނެ ދައުވާއެއް އުފުލައިފިނަމަ، އެކަމަށް ފުރަތަމަ ހެކި ދައްކަން ޖެހެނީ އަޅުގަނޑެވެ... ހޯނު އަދި މަތިން ބައިން ޖެހިވަޑައިގެން، ތިމަންނަ މީ މިނިކާ މީހެއް ނޫނޭ ވިދާޅުވެ، ހެކިތައް ޖަމަޢަކުރާކަށެއް ނުޖެހޭނެއެވެ... މިކޮމެންޓް ޖައްސަވައި ދެއްވިކަމަށް ލިޔުންތެރިޔާއަށް ޝުކުރިއްޔާ..
ހޯނު: އަހަރުމެން ކުރަނީ ކްލައިމެއް ނޫނެވެ. ކްލެއިމެއް ކުރާނީ ހަގީގަތާއި ޚިލާފު ނުވަތަ އެހެން ބަޔަކަށް އެނގިނެއް އޮތް ކަމެއްގެ ވާހަކަ ދައްކާނަމައެވެ. މިއީ ހަމަ ތިޔަ ބޭފުޅުން ފަދަ އިސްލާމީ ލިއުންތެރިން އިއްތިފާގު ވެފައި ހުންނަ ވާހަކަތަކެވެ. މިއަކީ ކްރިސްޓިއަނުން އުފެއްދި ވާހަކަތަކެއް ނޫނެވެ. އެހެން ކަމުން އަހަރުމެން މި ސުވާލު ކުރަނީ ތިޔަ ބޭފުޅުންނާއެވެ. މި ކަން އޮތްގޮތް އޮޅުން ފިލުވައިދެއްވުމަށެވެ. ޒުވާބެއް އަރައިރުމެއް ވާކަށެއް ނޫނެވެ. ތިޔައިގެ ތެރޭން ދަންނަ މީހަކު މިވާހަކަ ދޮގޮކޮށް ދިނުމަކީ ވަރަށް ގިނަ އިސްލާމުންގެ އަޤީދާ ވަރުގަދަވެގެންދާނެ ކަމަކަށްވާތީ މިހެން މި ބުނަނީ. ދޮގު ނުކުރެވޭނަމަ އޭގެ މާނައަކީ އެއީ ހަގީގަތެއް. މިއަކީ ޝަރީއަތެއް ނޫން. ވަކާލާތު ކުރަންވީ ކަމެއްވެސް ނޫން.
ހޯނު: ގެފުޅު ބިނާ ކުރެއްވީ އިބްރާހިމްގެފާނު ކަމަށް ބުނަމުން ގެންދަނީ ތިޔަ މީހުން. ކުލެއިމް ކުރަނީ ތިޔަފަރާތުން. އެހްނވީއިރު ހެކިދައްކާ. އަހަރެންނަކީ މިނިކާ މީހެއްކަމަށް ބުންޏަސް އެންމެ ރަނގަޅު. އަހަރެން ނުކާނަމަ އެކަމުގެ ހެކިދައްކަން ޖެހޭނީ ހަދަހަދައިގެން. އޮޅުވާލާ މަކަރުވެރި ބަޔަކަށް އެކަންވެސް ކޮށްލެވިދާނެ. ޓުވިން ޓަވަރު ތަޅާލީ ޔަހޫދީންކަމަށްވެސް ހެކި ދައްކާލެވިދާނެ. ބަޔަކަށް ހަގީގަތް އޮޅުވާވެސް ލެވިދާނެ. އެތައް މިލިއަން ބަޔަކު ބުދުފައްޅިއަކާ ދިމާއަށްވެސް އަނބުރާލެވިދާނެ.

Posted on 2010-09-12 14:24:44 | Report this Comment
ޙަސަން ޒާހިރު (ޏ.މާހުގެ):

ނަޒަރަތުގެ ސުވާލަކީ ކުރައްވާފައިވާ ޢިލްމީ ސުވާލެކެވެ. ފުރަތަމަ ސުވާލަކީ ވަޙީ ލިބިވަޑައިގަތުން ލަސްވުމުން ފަރުބަދަ މައްޗަށް އަރައިވަޑައިގެން ފުއްމަވާލައްވަން އިސްލާމްދީނުގެ ނަބިއްޔާ ވަޑައިގެންނެވި ގެންނެވުމާއި ބެހޭ ސުވާލެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން މުޙައްމަދުގެފާނީ އިންސާނެކެވެ. އެކަލޭގެފާނަށް ޝައިޠާނާ ވަސްވާސް ދެއްވުމަކީ ދުރުގައިވާކަމެއް ނޫނެވެ. ފަރުބަދަމަތީގެ ޙާދިޘާއަކީ އެފަދަ ކަމެކެވެ. އެހެނަސް ފަރުބަދަމައްޗަށް އަރައިވަޑައިގެންނެވުނު ހިނދު އެކަލޭގެފާނަށް އެއީކުށެއްކަމުގެ އިލްހާމު ލިބިވަޑައިގެން އެ ނުބައި ޢަމަލުން ސަލާމަތްވެ ވަޑައިގަތީއެވެ. އިތުރު އެކަލޭގެފާނަށް ކުރެވުނީ ކުށެކެވެ. އިންސާނެއްގެ ޙައިސިއްޔަތުން އެކަލޭގެފާނަކީވެސް ކުއް ކުރެވިފައިވާ ބޭކަލެކެވެ. ތަޙްރީމް ސޫރަތުގައިވެސް އެކަލޭގެފާނަށް ކުރެއްވުނު ކުށެއް ބަޔާންވެގެންވެއެވެ. އެކަލޭގެފާނާ އަޅުގަނޑުމެންނާ ހުރި ތަފާތަކީ ކުށް ކުރެއްވުމާއި ނުކުރެއްވުމުގެ ތަފާތެއް ނޫނެވެ. އެހެނެއްކަމަކު، ކުށް ކުރެއްވުމާއެކު ތައުބާވެ ވާޑައިގެން ފާފަފުއްސަވައިދެއްވުން އެދި ރެއާދުވާލު، 70 ފަރަހުން 100 ފަހަރުން ތައުބާވެވަޑައިގެންނެވުމާއި ހުރި ފަރަގެވެ. ދެވަނަ ސުވާލުގެ ޖަވާބަކީ ގެފުޅު ބިނާކުރެއްވުމާއި، އިބްރާހިމްގެފާނާ ބެހޭގޮތުން ގުޅިފައިވާ ސުވާލެވެ. ތާރީޚިގޮތުން ހެކިދެއްކެވުމަށް ނަޒަރަތު ބާރުއަޅުއްވާފައިވަނީ، ވިކިޕީޑިއާގައި ހުރި މަޢުލޫމާތުގެ މައްޗަށް ބުރަވެ ހުންނަވައިގެން ކަމުގައި ލަފާކުރެވެއެވެ. އެއީ އިބްރާހީމްގެފާނުގެ ޒަމާނުގައި، މައްކާގައި މީހުން އަދި އާބާދުވެފައިވާކަމުގެ އެއްކެއް ނެތްކަމަށް ޣައިރު އިސްލާމީ އާކިޔޮލަޖިސްޓުން ބުނެފައިވާ ބުނުމުގެ މައްޗަށް ރިޢާޔަތްކޮށް ކަމުގައިވެސް ފެނެއެވެ. އެހެނެއްކަމަކު ދަންނަވަންތޯއެވެ؟ ވިކިޕީޑިއާގައި އިސްލާމްދީނާއި ހަވާލާދެއްވައި ގާތްގަނޑަކަށް 2000 ބީސީއީ ގައި އިބްރާހީމްގެފާނާއި، އިސްމާޢީލްގެފާނު ކައުބާ ބިނާކުރެއްވިކަމަށް ބަޔާންކޮށްފައިވެއެވެ. ވުމާއެކު އަޅުގަނޑުމެންނަށް ކައުބާ، އަދި މައްކާގެ ތާރީޚް ދނެގަތުމާއި ޤަބޫލުކުރުމުގައި މިވަނީ ދެގޮތެއް އިޚްތިޔާރުކުރަން ޖެހިފައެވެ. އެއްގޮތަކީ މިޒަމާނުގެ ޣައިރު އިސްލާމީ ތާރީޚް ޢިލްމުވެރިންގެ ރަޢްޔެވެ. މިރަޢްޔު ޤަބޫލުކުރެވޭކަށްނެތެވެ. އެހެނީ، ތާރީޚް ޢިލްމުވެރިން ތާރީޚް ދިރާސާކުރެއްވުމުގައި ބޭނުންކުރާ ވަސީލަތަކީ ޤަދީމީ ޒަމާނުގެ ލިޔުއްންތަކާއި، ފަންނީ މަސައްކަތްތެރިކަމާއި، މިފަދަ މިފަދަ އެވިޑެންސް ތަކެކެވެ. އެނގިވަޑައިގަންނަވާނޭފަދައި، މައްކާޔަކީ މީގެ ސާދަސަތޭކައެއްހާ އަހަރު ކުރިންފެށިގެން މިއަދާހަމަޔަށް، އެއްވެސް ޣައިރުމުސްލިމަކަށް އެރަށަށް ވަނުމުގެ ވިސާ ލިބިފައިނުވާ ރަށެކެވެ. އެރަށުގެ ތާރީޚް ދިރާސާކުރުމަށް އެރަށުން ބޭނުންވާ މަޢްލޫމާތު ޢައިރު މުސްލިމް ޢިލްމުވެރީން ހޯއްދަވާނީ ފަހެ ކިހިނެއްތޮއެވެ؟ އަނެއްކޮޅުންބަލާއިރު އެބޭފުޅުން ވިދާޅުވަނީ އެއްވެސް އެވިޑެންސްއެއް އެބޭފުޅުންނަށް ނުފެންނަ ވާހަކައެވެ. އެހެންކަމުން ނުފެންނަ ކަމެއްގެ މައްޗަށް ފެނުނު ކަމަށްބުނާ އެހެންބަޔަކު ތިބި ހާލުގައި ކަމެއް ދޮގުކުރުމީ ބުއްދިވެރި ގޮތެއް ނޫނެވެ. ދެންއޮތީ މުސްލިމުންގެ ރަޢްޔެވެ. މީލާދީން 7 ވަނަ ސައްތައިން ފެށިގެން އަދާހަމަޔަށްވެސް މައްކާގެ ވެރީންނަކީ މުސްލިމުނެނެވެ. އަތަނުގެ މަޢްލޫމާތު އެންމެ ރަނގަޅަށް ލިބުމުގެ މަގު ފަހިވެފައިއޮތީ މުސްލިމުންނަށެވެ. ދެގޮތުން އިޅްތިޔާރުކުރާނެ ގޮތެއް ތިބާ އިޚްތިޔާރު ކުރައްވާށެވެ. :) އެންމެ ފަހު ސުވާލަށް އަލްފާ ވަނީ ޖަވާބުދެއްވާފައެވެ. އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާގޮތުން އަލްފާ އަކީ ދިވެހި ނަޞާރާއެކެވެ. އެބޭފުޅާ އެދީން ޚިޔާރުކުރައްވާނީ އެދީން ރަނގަޅަށް ފިލައިވަޑައިގެން ކަމުގައި ޤަބޫލުކުރެވެއެވެ. އެހެންކަމުން އެބޭފުޅާގެ ޖަވާބުން ނަޒަރަތު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާނޭ ކަމުގައި އުއްމީދު ކުރަމެވެ. :) މިހިސާބުން ހިނި އަޅުގަނޑަށް ކުރައްވާފައިވާ ތުހުމަތުން އަޅުގަނޑު ބަރީޢަވުމުގެ ދެތިން ބަހެއް ބުނެލާނަމެވެ. އެއީ އަޅުގަނޑުގެ ލިޔުމަކަށް ހިނި ކުރެއްވި ކޮމެންޓް ޕަބްލިޝް ނުކުރުމުގެ ތުހުމަތެވެ. އަޅުގަނޑަށް އެނގިފައިވާގޮތުން މުރާސިލުގައި ކޮމެންޓް ޝާއީޢު ކޮށްދެއްވާނީ ލިޔުން މުރާސިލުގައި ޖައްސަވާ ބޭފުޅެކެވެ. އަޅުގަނޑަކީ މުރާސިލުގައި ލިޔުން ލިޔާމީހެއް ނޫނީމެވެ. އެހެންކަމުން އެއްވެސް ލިޔުމަކަށް ކުރާ ކޮމެންޓް އެއް ޝާއިޢު ކުރުމީ އަޅުގަނޑަށް ކުރެވޭނޭ ކަމެއް ނޫނެވެ. އަޅުގަނޑުވެސް އެއްބަހެވެ! އަޅުގަނޑު ރާއްޖެ އިސްލާމް އަށް ލިޔެފައިވާ ދެ ލިޔުމެއް ކޮންމެވެސް ދެބޭފުޅަކު، މުރާސިލުގައި ޖަހާފައިވެއެވެ. އެއީ ކޮންބައެއްކަން އަޅުގަނޑު ނުދަންނަމެވެ. އެލިޔުމަށް ކުރާ ކޮމެންޓް ޝާއިޢު ކޮށްދެއްވާނީ އެބޭފޫޅުންނެވެ. އެއީ އަޅުގަނޑާ ގުޅުން ހުރި މައްސަލައެއް ނޫނެވެ :)
ނަޒަރަތު: އިލްމީ ސުވާލަށް އިލްމީ ޖަވާބެއް ލިބުނުކަމަށް ގަބޫލެއްނުކުރަމެވެ. ނަމަވެސް ޖަވާބު ދެއްވީތީ ޝުކުރުދަންނަވަމެވެ. ދިވެހި މުސްލިމް އަޙުންގެ ތެރޭގައިވެސް ހަސަން ޒާހިރުފަދަ ހަޖަމް ކުރެވޭ އިލްމީ ގޮތުން ރައްދު ދެވޭތޯ މަސައްކަތް ކުރައްވާ ބޭފުޅުން އުޅޭތީ އުފާކުރަމެވެ.
ހިނި: ހަސަން ޒާހިރުގެ ކޮމެންޓްތައް ތާހިރުވެފައި ފިނި ކަމަށް ގަބޫލުކުރަމެވެ. އެހެންނަމަވެސް އިޚްލާސްތެރިވެފައި ތެދުވެރި ކަމަށް ގަބޫލު ކުރެވޭކަށް ނެތެވެ. އެއް ސަބަބަކީ އޭނާގެ ލިއުމަށް އަހަރުމެން ލިއުނު ކޮމެންޓްތަކުގެ ތެރޭން އެންމެ ކޮމެންޓެއް ވެސް ޖަހާފައެއް ނުވެއެވެ. އެއީ ރަތްލާ ޖެހި ތުނބުޅިތައްވެސް ކަންތައް ކުރާގޮތެވެ. އަހަރެން ދެކޭގޮތުގައި އޭގެ މީހަކަށް ވުރެންވެސް މީނާގެ ޖައްބާރުކަން މިފަހަރު ބޮޑެވެ. އެހެނީ މީމުތާ ފަދަ އަބޫރުމައިސާފަދަ ބަކުރުބެފަދަ ބޭފުޅުންވެސް އަހަރުމެންގެ ކޮމެންޓް ޖަހާފައި އެބަހުށްޓެވެ. ފަހުން ފުހެލި ނަމަވެސް އެ ބޭފުޅުން ޖައްސަވައިފިތާއެވެ. މީނާއަކަށް އެވަރުވެސް ކޮށެއް ނުލެވުނު ނޫންހެއްޔެވެ؟ އިޚްލާސްތެރިކަމެއް ހުންނަނަމަ އޮޅުވާލަން މަސައްކަތެއް ނުކުރީހެވެ. އަހަރުމެންވެސް ބަޔަކަށް އޮޅުވާލައި އީސާއީ ދީން ނުވަތަ އެހެން ދީނެއް ވެސް ފަތުރާކަށް ނޫޅެމެވެ. އަދި މަޖްބޫރެއް ވެސް ނުކުރަމެވެ. އަދި މީން މީހަކު ފޮނުވާ ލިއުމެއް އަހަރުމެންގެ ބާރެއް ހިނގާނަމަ ނުޖަހައެއްވެސް ނުތިބޭނަމެވެ.
ހޯނު: އަޅުގަނޑުމެންގެ ކޮމެންޓްތައް ޝާއިއު ނުކުރެވިފައިވާ ސަބަބު އޮޅުން ފިލައިފިއެވެ. އެހެންކަމުން އެކަމާ ނުރުހިގެން އަޅުގަނޑު ލިއުނު އެއްޗަކަށް މައާފަށް އެދެމެވެ. އެހެނަސް އޮޅުވާލުމަށް ކުރެވޭ މަސައްކަތެއް ފާހަގަ ކުރެވޭނަމަ އަހަރުމެން އެހެން ބުނާނަމެވެ. ތެދުވެރިކަމާއި އިންސާފަކީ މަތިވެރި ކަލާނގެ މަގުގައި ތިބޭ ބަޔެއްގެ ކިބައިން ފެންނަން ޖެހޭނެ ސިފައެކެވެ. މުހަންމަދުގެފާނަކީ އިންސާނެއް ވީމާ ކުށްކުރެވިފައިވާކަމަށް މީހަކު ބުނި އަޑު ހަމަ ގައިމުވެސް އަހަރެން މި އެހީ މި ފަހަރު އެވެ. އަހަރެން އަޑު އަހާ ގޮތުގައި މުހަންމަދުގެފާނު ތުއްޕުޅުއިރު މަލާއިކަތުން ވަޑައިގެން އެކަލޭގެފާނުގެ ހިތްޕުޅު ނަންގަވައި ކޮންމެވެސް ބާ ވަތެއްގެ ފެނަކުން (ބައެއް މީހުން ބުނާ ގޮތުގައި ޒަމްޒަމްފެން، އަނެއް ބަޔަކު ބުނާގޮތުން ސުވަރުގޭން ގެންނެވިފެނަކުން) ދޮންނަވައި ސާފު ކުރައްވައި ޝައިތާނާ ކާރިނުވާނެހެން ހެއްދެވިއެވެ. އޭގެފަހުން މާތްކަލާނގެ ހަޒްރަތަށް ގެންދެވުމުގެ ކުރީގައި ހަމަ މިފަދައިން ދެ މަލާއިކަތުން ވަޑައިގެން އެ ކަލޭގެފާނުގެ މޭފުޅު އިރުއްވައި ހިތްޕުޅު ދޮންނަވައި ރަނުގެ ކޫޒަކުން އީމާންކަމާއި ވިސްނުންފުޅު މޭތެރެއަށް އަޅުވއްވައި އެ ފަޅާލެއްވިތަން ބަންދުކުރައްވައިގެން އެ ދަތުރު ގޮވައިގެން ވަޑައިގެންނެވީ އެވެ. އަދި ދުނިޔެއާ އިރާއި ހަނދާއި ތަރިތަކާއި ގެލެކްސީތަކާއި ކޮމެޓްތަކާއި މީޓިއޮރައިޓްސްތަކާއި ބްލެކްހޯލްތަކާއި މިހެންގޮސް އުޑުމަތިން ގާގަޑެއް ފެންނަން އޮތަސް އެތަކެތި އުފެއްދެވީ މުހަންމަދުގެފާނަށްޓަކައި ކަމަށް ބުނެވެއެވެ. ސުވަރުގެ ވެސް މިހެންގޮސް ލިސްޓް ކިޔާނެ ކަމެއް ނެތެވެ. މިއީ ހަމަ ގައިމުވެސް އަހަރުމެން ކުޑައިރު އަޑު އެހިވާހަކަތަކެވެ. ގިޔާމަތް ދުވަހުން ހިސާބު ނުބައްލަވައިގެން ލަސްވެގެން ހުރިހާ ރަސޫލު ބޭކަލުންގެ ގާތަށް މީހުން އާދޭހާއިގެން ގޮސް އޭން އެކަކަށް ވެސް އެކަން ކުރަން ނުކެރުނީމާ ކުށެއް ނުކުރައްވާ ހަމަ އެކަނި ބޭކަލަކީ މުހަންމަދުގެފާނު ކަމުގައިވެ އެކަލޭގެފާނު ދުއާ ކުރެއްވި ކަމަށްވެސް ހަމަ ޗާޕްކޮށްފައި ދިވެހިބަހުން އޮތް ފޮތަކުން އަޅުގަނޑު ކީމެވެ. މިހެން ކަން އޮތް އިރު ޒާހިރު ތިޔަހެން ބުނުމުން އަހަރުމެންނަށް ވަރަށް ބޮޑު ޝޮކެއް ލިބިއްޖެއެވެ. އިތުރަށް އޮޅުން ފިލުވާހިތްވެސް ވެއެވެ. އެހެންނަމަވެސް އެކަން އޮތީ އެހެން ކަމުގައި ވިޔަސް އަހަރުމެންނަކަށް މަސްއަލައެއް ނެތެވެ. އަހަރެން ބުނަން މިއުޅެނީ ކޮމެންޓް ޖަހަން ނުކެރޭނަމަ ނުކެރެނީ ތިޔަ މީހުންނަށޭ އެވެ. އަނެއް ކޮޅުން ދައްކާ ވާހަކައެއް ދެކެ ބިރުން އުޅޭނީ ކޮންމެވެސް ކަމެއް ފޮރުވަން އުޅޭ ބައެކޭއެވެ. ހަސަން ޒާހިރުގެ ލިއުން ތަކުގައި އަހަރުމެންގެ ކޮމެންޓް ޖަހާނަމަ ތިއީ ތަފާތު ފެންވަރެއްގައި ދީނުގެ ކަންތަކުގައި ހިފަހަށްޓާ މީހެއް ކަމަށް ގަބޫލު ކޮށްފާނަމެވެ. އެހެނަސް އަހަރެންގެ ތަޖްރިބާއަކީ ދަންނަ މީހުންނޭ މި ކިޔާ މީހުންގެ ތެރޭގައި ހިފަހަށްޓާނެ ވަކި މިނެއް ކަނޑައެޅިފައި ނުވާކަމެވެ. އެއްފަހަރު މެދު މިނުގައި ހުރިއްޔާ އަނެއް ފަހަރު ވައްހާބީއަކާހަމަޔަށް ނުވަތަ ޖާނުން ފިދާވާ ހިސާބަށްވެސް ހިގައިދާނެއެވެ. ތިޔަވަރުގައި ހުރެއްޖެ ނަމަ ތިއީވެސް ތާރީފު ކުރާވަރުގެ ކަމެކެވެ.

Posted on 2010-09-12 15:34:45 | Report this Comment
ނަޒަރަތު:

ތިރީގައި މި ބަޔާން ކުރަނީ ރަސޫލާ އުމާންގެ ރައްޔިތުންނަށް އިސްލާމް ދީނަށް ގޮވާލާ ދެއްވި ދައުވަތު ސިޓީއެވެ. މިއީ ގަދަކަމުން ދީނަށް ވެއްދުން ކަމުގައި ނުވެދާނެތޯއެވެ؟ މިއީ މަޖުބޫރުން ދީނަށް ވެއްދުން ކަމުގައި ނުވެދާނެތޯއެވެ؟ ހަސަން ޒާހިރު ޖަވާބު ދެއްވުންއެދެމެވެ. "Peace be upon the one who follows the right path! I call you to Islam. Accept my call, and you shall be unharmed. I am God's Messenger to mankind, and the word shall be carried out upon the miscreants. If, therefore, you recognize Islam, I shall bestow power upon you. But if you refuse to accept Islam, your power shall vanish, my horses shall camp on the expanse of your territory and my prophecy shall prevail in your kingdom." ރިފަރެންސް ބޭނުންވުމުން ދެއްވާނަމެވެ.
ހިނި: އިންޑިއާގެ މުގުލް އެމްޕަޔަރގެ ދުވަސްވަރު އިސްލާމުން އަންނަ ޚަބަރު ލިބިގެން އަންހެންވެރިން ގައިގައި ރޯކޮށްގެން އަމިއްލަ ފުރާ ދުއްވާލައި އަމިއްލަ އަތުން އަންހެންވެރި ބިކުރު ކަނޑާލީ އިސްލާމުންގެ އަތުން އެމީހުންގެ ބިކުރު ކެނޑުނަ ނުދޭންވެގެންނެވެ. އެއަންހެންވެރި އެ އުފުލި ވޭނުގެ ހަނދާންތައް އިންޑިއާގެ ތާރީޚަކުން ފިލައިގެނެއް ނުދާނެއެވެ. އެމީހުންގެ ފިރިން މަރުވެގެން ދިޔައީ އަނިޔާވެރި ބައެއްގެ އަތްދަށުންކަން ދުވަހަކުވެސް ދުނިޔެ ހަނދާން ނެތިގެން ނުދާނެއެވެ. ދީން ފަތުރަން އިސްލާމުންނާ އެއްވަރަށް އެހެން އެއްވެސް ދީނެއްގެ ބަޔަކު ދުނިޔޭގައި ލޭ އޮހޮރާފައެއް ނުވެއެވެ. މި ހަގީގަތް ދެން ދިވެހިރާއްޖޭގައި ފޮރުވާލެވޭނީ ރާއްޖެ ކަހަލަ ބޮއް ފެންގަނޑެއްގައި ތިބޭ ބަޔަކަށެވެ. އެކަމަކު ދިވެހިންގެ ލޯމަތީ ބަނދެފައި ހުރި ކަޅު ފޮތިގަނޑުތެރޭން މިހާރު ހީވަނީ ހާ އަޅަން ފަށައިފި ހެންނެވެ. އަޅެ މިކަން ފޮރުވައިގެން ތިބެވެނީ ކިހާ ދުވަހެއް ވަންދެންތޯ ބަލަން ތިބެމާހިނގާށެވެ. ހަސަން ޒާހިރު ހިއްވަރު ދޫނުކޮށް ކުރިޔަށް ދުރުވެ ބައްލަވާށެވެ.

Posted on 2010-09-12 15:54:49 | Report this Comment
ޙަސަން ޒާހިރު (ޏ.މާހުގެ):

ރިފަރެންސް ދެއްވައިފިއްޔާ ވަރަށް ރަނގަޅު :)
އަލީ ރަމީޒު: ކަލޯގެ ޕީސީގަ ގޫގްލް ނުހުންނަނީތަ؟

Posted on 2010-09-12 16:33:45 | Report this Comment
ނަޒަރަތު:

ރިފަރެންސް http://www.muslimaccess.com/sunnah/seerah/32.htm#10 http://www.rasoulallah.net/v2/document.aspx?lang=en

Posted on 2010-09-12 20:00:27 | Report this Comment
ކިނބިހިނި:

އިބްރާހިމްގެފާނާ ބެހޭ އާކިއޮލޮޖިކަލް ރެފެރެންސްވެސް އެބަހުށްޓެވެ. އެނޫން ރެފަރެންސްވެސް އެބަހުއްޓެވެ. އެކަމަކު ނެޓްގައި ހުރެއްޖެއްޔާ މިވަނީ އައިރު މުސްލިމުންގެ ލިއުމަށެވެ. އެކަމަކު ސައެންސްވެރިންނާއި އާރކިއޮލޮޖިސްޓުންގެ ތެރޭގައި އިސްލާމުން އުޅޭކަން ނޭނގޭ ބަޔަކަށް ރެފަރެންސް ދިނުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ. މިވެސް ރެފަރެންސްތަކެކެވެ. http://www.bible-archaeology.info/abraham.htm

Posted on 2010-09-13 17:44:55 | Report this Comment
ޙަސަން ޒާހިރު (ޏ.މާހުގެ):

ދުނިޔެއާ އިރާއި ހަނދާއި ތަރިތަކާއި ގެލެކްސީތަކާއި ކޮމެޓްތަކާއި މީޓިއޮރައިޓްސްތަކާއި ބްލެކްހޯލްތަކާއި މިހެންގޮސް އުޑުމަތިން ގާގަޑެއް ފެންނަން އޮތަސް އެތަކެތި އުފެއްދެވީ މުހަންމަދުގެފާނަށްޓަކައި ކަމަށް ބުނެވެއެވެ. ސުވަރުގެ ވެސް މިހެންގޮސް ލިސްޓް ކިޔާނެ ކަމެއް ނެތެވެ." މިއީ ހޯނު ވިދާޅުވިފަދައިން ސީދާ މިމޭރުމުން ނޫންކަމުގައިވިޔަސް އަޅުގަނޑުވެސް އަޑުއަހާފައިވާ ވާހަކަތަކެވެ. ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ބަޔަކު ދައްކާހައި ވާހަކަތަކަކީ ދީނެއް ނޫންކަމެވެ. އިންޑިއާ، ޕާކިސްތާން ފަދަ ބައެއް ޤައުމުތަކުން ތަޢުލީމު ޙާސިލުކުރައްވައިގެން އިހު ދިވެހީންގެ ތެރެއިން ބައެއް ބޭފުޅުންގެ ވާހަކަ ތަކުގައި ސޫފީ އަޤީދާ، އަދި ޙުރާފީ ވާހަކަތައްވެސް ހުރެއެވެ. އެގޮތުން ދާދި ފަހަކާ ޖެހެންދެންވެސް ހޯނު ބުނިފަދަ ވާހަކަތައް އިސްލާމްދީނުގެ ނަބިއްޔާއާއި ބެހޭގޮތުން ދިވެހީން ދައްކައި އުޅެތެވެ. މިސާލަކަށް ދިވެހިރާއްޖޭގެ އަޑުން ދާދި ފަހަކާ ޖެހެންދެންވެސް ފޮނުވި، މިހާރު ފޮނުވުން މަނާ މަދަހައެއްކަމުގައިވާ "މުޙައްމަދު ނުވީނަމަ އުޑާބިން ނުވީހޭ" މި މަދަހަ، އަދި މިއުރާޖް މަޢްލޫދު ފަދަ އެއްޗެހި ފާހަގަކޮށްލަމެވެ. ޙަޤީޤަތަކީ އުޑާއި ބިން އުފެއްދެވީކީ މުޙައްމަދުގެފާނަށް ޓަކައެއް ނޫނެވެ. މުޙައްމަދުގެފާނު އުފެއްދެވުނީ ޢާލަމްތަކައްޓަކައެވެ.
ހާ: ހަސަން ޒާހިރޫ، އަހަރުމެން ކަހަލަ ބޯ ކުދި މީހުންނަށް އެނގޭނެތަ ދަންނަ މީހުން އެ ބުނަނީ ރޯ ނުބައި އެއްޗެހިތަކެއް ކަމެއް. އަހަރެން ވާ ނުދެނެހަރިން އަޑުން އެ އޮތް ރީތި މަދަހަ ފޮނުވުން މަނާ ކުރެވިފައި އޮތް ކަމެއް. އަހަންނަން ނިކަން ރީތި މަދަހައެއް . ކިތަންމެ ރެއަކު އެ މަދަހަ ޖަހަން އޮވެ ނިދަން . ހިތަށް އަރަނީ އެ މަދަހަ ޖަހައިގެން ނިދާފައި އޮއްވާ މަރުވެއްޖެއްޔާ ޔަގީނޭ ދާނީ ސުވަރުގެއަށޭ. އެހާވެސް މާތް މަދަހައެއް ކަމަށް އަހަރެން ހީކުރީ. މިއުރާޖް މައުލޫދު ކިޔުން މަނާވީމަވެސް މިހުންނަނީ ހަދާނެ ގޮތް ހުސްފައި . އެފަދަ މާތް ސަނާތައް މަނާވަމުން ދާތީ މިހުންނަނީ ކަންބޮޑުވެފައި. މިހާރު އައްޔަ އެ ނެރޭ މަދަހަ ތަކުގެ ތެރޭގައި އަނެއްކާ އެކަހަލަ މަދަހައެއް ނެތްތަ؟ އަހަރުމެންނަށް ލިބެން އޮންނަ ހެޔޮކަންފުޅު ގެއްލި ނުދަނީސް ކޮންމެވެސް މީހަކު މިކަން އޮޅުން ފިލުވައިދީބަލަ. އަހަރުމެން ދިންނަވާނެ މަގު ދައްކައިދީބަލަ.
ބުޅާ: އެއީ ކީއްކުރަން . އޭލިއަނުންގެ ވެސް އަތްފައި ބުރިކުރަން ޖެހޭތީތަ؟
މީދާ: ޒާހިރޫ. ކަލޭ ފިލީތަ؟ ކޮންމެފަހަރަކު މިތަނަށް ފޭބިގަނެފައި އޭއްޗެކޭ މީއްޗެކޭ ކިޔާފައި ކަލޯ ގޮސް ތިއޮންނަނީ ފިލާތަ؟ އަޅެ ބުނެދީބަލަ އެއީ ކޮން އާލަމްތަކެއްތޯ.

Posted on 2010-09-13 19:33:48 | Report this Comment
ކަކުނި:

ޒާހިރު ސަމާސާ ނުކޮށް މި ކޮމެންޓްތަކަށް ޖަވާބު ދީބަލަ. ގައިމު ކަލޭމެންގެ އަތްދަށުގައި ތިޔަ ހަރަ ފޮތަކުން ކުރެ ފޮތެއް ހިމާލިޔާ ފަރުބަދަ މައްޗަށް ވައްޓާލިޔަސް ނިއުކްލިއަރެ އެއްހާ ބޮން ވައްޓާލުމަށް ވުރެން ބޮޑަށް ގޮވައި ކުނޑިކުނޑި ވެގެން ދާނެއެއް ނު؟ ކީއްވެ ޖަވާބު ނުދީ ލަސްކުރަނީ. އިސާހިތަކު މިސައިޓްގަނޑު ޖައްވަށް ހަވަޔަށް ބުރުއްސާލަފާނެ.

Posted on 2010-09-13 22:38:52 | Report this Comment
އޯގާތެރިދީނުގެ މީހާ(ވެޓިކަން ސަހަރުން):

މިހުރިހާ ދުވަސް ވީއިރުވެސް ނޭގޭ.މީގެ ކުރިން ކިޔާ އަޑު އިވެނީ އެގޮތަށް.މުހައްމަދު ނުވީނަމަ ޢާލަމްތައްވެސް ނުވީހޭ.އެކަމަކު އަދި ކިރިޔާ މިއެގުނީ މުހައްމަދަށް ޓަކާ ޢާލަމްތައް އުފެއްދެވީކީ ނޫންކަން.ޢާލަމްތަކަށްޓަކާ މުހައްމަދު އުފެއްދެވީކަން.ތިޔަ މަދަހައެއް މަނާކުރިކަން ނުވެސް އެގޭ.ތީގައި ތިކިޔާ އެތި ގަބޫލުކުރާ ކިތަންމެ ބަޔަކު ރާއްޖޭގައި އުޅޭނެ.އެއީ ރަގަޅު ވާހަކައެއް ނޫންކަމަށްވަންޔާ ދަންނަމީހުން އެކަން ހާމަކުރަން ޖެހޭނެކަމަށްފެނޭ.ސިއްރުން މަނާކުރިޔަސް އަދި ނިމުނީކަމަށް ބަލައިގެންނުވާނެ.ތި ވާހަކަ ގަބޫލުކޮށް މަގުއޮޅިފައި ތިބި ކިތައްމީހުން ރާއްޖޭގައި ތިބޭނެ.ދަންނަމީހުނޭ އަވަސްކުރޭ.
މަދިރި: އެ ބުނަނީނު މުހަންމަދު އުފެއްދެވީ އާލަމްތަކަށްޓަކައޭ. ކިތައް އާލަމްގައިތަ އިންސާނުން އުޅެނީ. ހަމަ ގައިމު އިރަކު ނޫޅޭ. ހަނދަށް ދެތިން މީހަކު ނުދާ ކަމެއް ނޭނގޭ. މިއިން ހިސާބަކުވެސް އިންސާނަކަށް އުޅެވޭނެ އާލަމެއް. ކޮންމެވެސް ގެލެކްސީއެއްގައި ބާވަތެއްގެ އޭލިއަނުންތަކެއް ނޫޅޭނެ ކަމެއް ނޭނގޭ. މުހަންމަދު ކިޔަވައި ދެއްވި ކަންތައް އެތަންތަނަށް ތައާރަފު ކުރަން ވެއްޖެ ނަމަ ހާދަ ގިނަ އޭލިއަނުންތަކެއްގެ އަތްފައި ބުރިކޮށް ލޯ ކަނު ކޮށްލަން ޖެހޭނެތާ. 5 ފަހަރު އެގޮތް މިގޮތަށް ގުދުކޮށް ކޮށްޅައް ޖަހައި ހަދަން ޖެހޭނެތާ . އަދި މަހަކު އެއްފަހަރު ދުވާލު ރޯދަ ހިއްޕައި ހަދަން ޖެހޭނެތާ. ބައެއް ޕްލެނެޓްތަކުގައި ދިހަ ބާރަ އިރު ހުންނަން އެބަހުރި. ވިހަ ތިރީސް ހަނދު އެބަހުރޭ. ދެން މުހަންމަދު އެންގެވި ގޮތަށް ހަނދުފެނިގެން ރޯދަ ހިފަން ޖެހޭއިރު ކިތައް ގަޑި އިރު ނުކައި ނުބޮއި ތިބެން ޖެހިދާނެތަ؟ މަޖީދު ބާރީ ޖެހޭނެތާ ހަނދު ފެނުނު ކަން އިއުލާން ކުރަން ދާންވެސް. މަށަކަށް ވާ ނޭނގޭ މި ދަމާ ހާސަރުތަކެއްވެސް. ނިކަން ރަނގަޅަށް ތިޔަ ވާހަކަ އޮޅުން ފިލުވާ ދީބަލަ.
މެހި: އަޅެ އެއޮތް ރީތި މަދަހަ މަނާވީތަ ހަމަ. އަހަރުމެންގޭގައިވެސް އަދިވެސް ޖަހާ. ކީއްވެ މަނާވީ؟މަނާވީކަން އެނގޭ މީހަކާ އަދިއެއް ދިމައެއް ނުވޭ. މުހައްމަދު އުފެއްދެވީ އާލަމް ތަކަށް ޓަކައި ނަމަވެސް އާލަމްތައް އުފެއްދެވީ މުހައްމަދަށްޓަކައި ނަމަވެސް އެނގޭ ކަމަކީ އެންމެ ކާރީގައި ހުރި އާލަމްވެސް މުހަންމަދު ދެފަޅި ކޮށްލެއްވި ކަމެވެ. ހަނދު ދެފަޅިކޮށް ދެފަރާތަށް ފޮނުއްވާލެއްވި ކަމަށް އެބަ ބުނެއެވެ. މިހާތަނަށް މުހަންމަދު ހުންނެވި ނަމަ އިރުވެސް ޕިއްޒާ އެއްހެން ފަޅި ނުކުރައްވާނެ ކަން އެނގެނީ ކާކަށް ހެއްޔެވެ؟ މިހިރަ މިހިރަ ކަންކަމީ ހަމަ ގައިމު އާދައިގެ އަރައްބަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެނގޭ ކަމަކީ އާލަމްތަކުގެ މައްޗަށް މުހަންމަދުގެ ބާރުފުޅު ހިނގާކަމެވެ.

Posted on 2010-09-14 01:53:22 | Report this Comment
ހަމްދޫން:

ދެން މަ ހީ ހީ ހީ..........މަދިރި އަކަށް ނޭގެދޯ އާލަމްގެ މާނަވެސް؟ ކަލޯ ދެން ބުނަން؟ އިންސާނުންނަކަށް އަދި އިންސާނުން ދިރިއުޅޭ ތަނަކަށްވެސް ނޫނޭ ކޮންމެހެން އާލަމް ކިޔަނީ. ކަލޯ ވާހަކަ ދައްކަން ބޭނުމިއްޔާ މައުލޫމާތު އެންމެ ފުރަތަމަ ދަސްކުރޭ...ދެން ލަލަލާ

Posted on 2010-09-14 14:44:05 | Report this Comment
ޙަސަން ޒާހިރު (ޏ.މާހުގެ):

މެހީ :) ތިބާޔަށް ތިޔަ ވިސްނުނުފަދައިން، މުޙައްމަދުގެފާނީ އާދައިގެ އަރައްބެއް ނޫނެވެ. އެއީ ކަލާންގެ ޚިޔާރުކުރައްވާ ހޮއްވަވާފައިވާ ރަސޫލެކެވެ. އެކަލޭގެފާނަށް ޢާލްމްތަކުގެމައްޗަށް ބާރު ހިންގެވުމުގެ ޤާބިލިއްޔަތު ދެއްވާފައިވާކަމަށް ތިބާބުނި ބުނުމަކީ ޒިންމާދާރުބުނުމެކެވެ. ހަނދު ދެފަޅުކޮށްލެއްވުން އެއީ ބާރު ހިންގެވުމެއް ނޫނެވެ. އެއީ ރަސޫލުކަން ތެދުކަން ބަޔާންކޮށްދެއްވުމަށް ދެއްކެވި މުޢުޖިޒާތެކެވެ. http://www.youtube.com/watch?v=q5FZb-GoaAc މި ވީޑިއޯ ބައްލަވައިލައްވާފިއްޔާ ވަރަށް ރަނގަޅެވެ :)
މެހި: ޒާހިރޫ. ކަލޯ. ތިޔަކަހަލަ ލައްކަ ފުލޯކު އިންޓަރނެޓަށް ކަލޭމެން ވައްދައިގެން އެބަ އުޅޭ. އެކަމަކު މި ބިންމައްޗަކު ނެތް ކަލޭމެން ނޫން ބަޔަކު ހަނދު އެއްއިރެއްގައިވެސް އިރައިގެން ދެފަޅިވެގެން ދިޔަ ކަމަށް ގަބޫލު ކުރާނެ ނުވަތަ ހެކި ދައްކާނެ. ހަނދަށް ދިޔައީވެސް ތިޔަ ފޮޓޯ ތަކެއް ނެގީވެސް ކަލޭމެން ކަހަލަ މުއްލާ ތަކެއް ނޫން. ދުނިޔޭގައި ކުޑަ ޕްލެނެޓަކުން ޖެހި ދުނިޔޭގެ ބޮޑު ބައެއް ވިއްސައިގެން ގޮސް ދުނިޔޭގެ ގްރެވިޓީގައި ހަރުލިފަހުން އަދި އޭގެފަހުން ދުނިޔޭގެ ދައުރުވުން ހަމަޔަކަށް އެޅުނުފަހުން އެއްވެސް ދުވަސްވަރެއްގައި ދުނިޔޭގެ ދަމާ ބާރު ހަނދަށް ފޯރާފައިވާ މިންވަރު ދަށްވެގެން ގޮސްފައެއް ނުވޭ. ހަނދު ދުނިޔެއާ އެންމެ ދުވަހަކު ވަކިވެގެން ދިޔަޔަސް ދުނިޔޭގެ ކަނޑަށާއި ދައުރު ކުރުމަށް ބޮޑުވެގެންވާ ލޮޅުންތަކެއް އައިސް ހިތަށްގެއްނަންވެސް ނޭނގޭހާ ބޮޑެތި ކަންތަކާ ކުރިމަތިވެގެން ދާނެ. އެއަކީ އައިޝާ ރުއްސަންވެސް މީހަކަށް ކުރެވޭ ވަރުގެ ކަމެއް ނޫން.
ކުރަފި: ކަލޯ ޒާހިރޫ. މިއޮތްހާ މުހިންމު ސުވާލުތައް ހުރިއިރުވެސް ކަލެއަށް ޖަވާބު ދޭން ފެނުނީ މެހި ކޮށްފައި އޮތް ސްޕޭސް އާ ބެހޭ ސުވާލެއް. އަހަރުމެންނަށް އެ މައުލޫމާތު ނެގިދާނެޔޭ ހަމަ ތިޔަހެން ޔޫޓިއުބުން. އެކަމަކު އަހަރުމެން ޔޫޓިއުބުން ނަގާ މައުލޫމާތެއް ކަލޭމެން ގަބޫލެއް ނުކުރާނެޔޭ. އެހެންވީމައޭ އަހަރުމެން މި ބުނަނީ ކަލޭމެން އަހަރުމެން ޔޫޓިއުބުން ނަނގާފައި މިވާ އެއްޗެއްސަށް ރަނގަޅު އިލްމީ ދީނީ ތާރީޚީ އާރކިއޮލޮޖީ ޖިއޮގްރަފީ އިންޓެލިޖެންޓް ޖަވާބުތައް ދީބަލާށޭ. ކަލޭމެން ޖެހޭތަ މީގެ ސުވާލަކަށް އިންޓަރނެޓް ސައިޓުން ޖަވާބު ނަގައި ލިންކްތައް ކަޓްއެންޑްޕޭސްޓް ކުރަން. ކަލޭމެންގެ ފޮތުން މާނަ ނަގައިގެން ޖަވާބު ދީބަލަ. މާ އިތުބާރު ވާނެއެއްނު؟ މިއަކީ އަރަބިންނާ ވާ ބެހޭ ބަޔަކު ހަދާފައި ހުރި އެއްޗެއްވެސް ނޫނެއްނު؟ އެމީހުންނަށް ވާން އޮތިއްޔާ އުޅޭނީ މީތިވެސް ފޭސްބުކްވެސް ޔޫޓިއުބްވެސް މުރާސިލްވެސް ބްލޮކް ކުރަން. ދެން ވެސް މީ އަހަރުމެން ކުރާ ޖެއްސުމެކޭ ކިޔާފަ ކުލަ މަޑު ކުރާނީއެއްނޫން.
ކުޅަނދުރު: އޭ ކަލޮއެއް ނޫންތަ ކޮންމެވެސް ސައިޓަކަށް ބޮޑު އިންޒާރެއް ލިއުނީ. ހޭއަރާ ތިބޭށޭ މިހެން ބޭކާރު ކަންތަކަށް ގެއްލި ތިއްބާ އެހެން ދީނުގެ މީހުން އަރާ ކައިފާނެޔޭ ކިޔާ ފާޑުފާޑުގެ ވާހަކަތައް ލިއުނީ. ކީއްވެ ސީދާ ކަލެއާ އަހަރުމެން ސުވާލު ކުރާއިރު ޖަވާބު ނުދީ ފިލާ ތިޔަ އޮތީ. ކްރިސްޓިއަނުންނަކީ އަރާ ކާބައެއްތަ؟ އެމީހުންގެފަރާތުން ކަލެއަށް ފޯރީ ކޮން ދުއްތުރާލެއްތަ؟ ދިނީ ކޮން ގެއްލުމެއްތަ؟ ޖަވާބުދީބަލަ.

Posted on 2010-09-15 02:34:56 | Report this Comment
ޙަސަން ޒާހިރު (ޏ.މާހުގެ):

މަޢާފުކުރައްވާށެވެ! ސުވާލުތަކަށް ޖަވާބު ދިނުމުގައި ލަސްތަކެއް ވެގެންދިޔައީ ސުވާލު ކުރައްވާ ބައެއް ބޭފުޅުން އޮޅުވާލުމުގެ ދަންތޫރަ ގެންގުޅުއްވާތީއެވެ. ތިޔަ ލޮބުވެތި އަޚުންގެ ސުވާލުތަކަށް ޖަވާބުދޭން މިތާ މަސައްކަތްކުރާ ދިވެހި މުސްލިމަކީ އަޅުގަނޑު އެކަންޏޭ ބުނުންވެސް ކުށްބަހަކަށް ވެދާނޭހެން ހިޔެއް ނުވެއެވެ. އަޅުގަނޑަކީ ދީނީ ޢިލްމުވެރިޔަކީމެއް ނޫނެވެ. އަދި ދީނީ ދަރުސްތަކަށް ދާމީހެކޭވެސް ދަންނަވާހިތެއް ނެތެވެ. އެހެނީ ރަމަޟާންމަހު އިޙްޔާކުރުމަށް އިސްލާމިމަރުކަޒުގައި ހަފްތާޔަކު ދެރޭ ބާއްވާ ޖަލްސާޔަށް ނޫން ދަރުސަތަކަށް އަޅުގަނޑު އަމުދުން ހާޒިރުނުވެޔޭ ދެންނެވިޔަސް ދޮގަކަށް ނުވާނެއެވެ. ޢުމުރުގެ ގޮތުންބަލާއިރު އިސްލާމްދީނުގެ ވާހަކަ ދައްކަވާ ދީނީ ބޭފުޅުންނާ އަޅާބަލާއިރު އަޅުގަނޑަކީ ތަންކޮޅެއް ހަނގު މީހަކީމެވެ. މިހުރިހާކަމެއް މިހެން ހުރިއިރުވެސް ހިތްވަރުލާފައި އަޅުގަނޑު އެކަނި މާއެކަނި މަސައްކަތްކުރަމުން މިދަނީ ތިއަޚުންގެ ސުވާލުތަކަށް ޖެވާބު އެރުވޭތޯއެވެ. ނަޒަރަތު ހުށައެޅުއްވި އެއް ސުވާލަކީ "Peace be upon the one who follows the right path! I call you to Islam. Accept my call, and you shall be unharmed. I am God's Messenger to mankind, and the word shall be carried out upon the miscreants. If, therefore, you recognize Islam, I shall bestow power upon you. But if you refuse to accept Islam, your power shall vanish, my horses shall camp on the expanse of your territory and my prophecy shall prevail in your kingdom." މި ޢިބާރާތުގައި ވާ ވާހަކަތަކަށް ރިޢާޔަތްކޮށް މިއީ ގަދަކަމުން ދީނަށް ވެއްދުން ނޫންކަމުގައި ނުވެދާނެތޯއެވެ؟ ނަޒަރަތު މި ޢިބާރާތްކޮޅަށް ދެއްވާފައިވާ އެއް ރިފަރެންސަކީ http://www.muslimaccess.com/sunnah/seerah/32.htm#10 މިއެވެ. މި ލިންކުން އަޅުގަނޑަށް މި އިބާރާތްކޮޅެއް ނުފެނުނެވެ. ވުމާއެކު މިއީ ދެއްވާފައިވާ ދޮގު ރިފަރެންސްއެއްކަމަށް ޤަބޫލުކުރަމެވެ. ދެވަނަ ރިފަރެންސަކީ http://www.rasoulallah.net/v2/document.aspx?lang=en މިއެވެ. މިއީ މި ޢިބާރާތާ ސިދާ ގުޅުންހުރި ލިޔުންވާ ލިންކެއް ނޫނެވެ. އެހެންކަމުން ލިޔުމަކަށް ދޭ ހަވާލާއެއްގައި ހުންނަންޖެހޭ ޝަރުތުވެސް ކުޑަމިނުން ހަމަ ނުވެއެވެ. މިސާލަކަށް އަޅުގަނޑު ކޮންމެވެސް ވާހަކައެއް ދައްކާފައި އިންޓަރނެޓްގައި މިވާހަކަ އޮންނާނެޔޭ ބުނުން އެއީ ރިފަރެންސްއަކަށް ނުވާނެއެވެ. މިބީދައިން ރިފަރެންސްއެކޭ ވިދާޅުވެ ނަޒަރަތު ދެއްވި ދެވަނަ ލިންކުވެސް ރިފަރެންސްއަކަށް ނުވެއެވެ. ނަޒަރަތު ނަކަލުކުރައްވާފައިވާ ޢިބާރާތުގެ ރިފަރެންސްއަކަށް ، އަދި އަޅުގަނޑު އިތުބާރު ނުކުރިއެއްކަމަކުhttp://www.maldivesroyalfamily.com /freedom_of_belief.shtml މިލިންކް ދެއްވިނަމަވެސް ފުދޭނެއެވެ. އަޅުގަނޑު އުއްމީދުކުރަނީ ނަޒަރަތުގެ ކުރީގެ ކޮމެންޓްތައްވެސް އަނބުރާ ނުގެންދަވާ އަޅުގަނޑުގެ މި ކޮމެންޓްވެސް ޖައްސަވާދެއްވަނޭކަމުގައެވެ. ނަޒަރަތު އަކީ ހަޖަމުކުރެއްވޭ ބޭފުޅެއްކަން ކުރިންވެސް ދެއްކެވިފަދައިން މި ފުރުސަތުގައިވެސް ދައްކަވާނެކަމުގައެވެ. އޮޅުވާލުމުގެ މިންވަރު ބޮޑުކަންމަށްޗަށް ހިތާމަކޮށް އަޅުގަނޑު ކޮމެންޓް ކުރުމުގެ ޝައުޤުވެސް ނެތިއްޖެވާހަކަ ދަންނަވަމެވެ.
ނަޒަރަތު: މުސްލިމް އެކްސެސްގައިވާ އިބާރާތް މި ވަނީއެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއެވެ. 8. A Letter to the King of ‘Oman, Jaifer, and his Brother ‘Abd Al-Jalandi: “In the Name of Allâh, the Most Beneficent, the Most Merciful. From Muhammad bin ‘Abdullah to Jaifer and ‘Abd Al-Jalandi. Peace be upon him who follows true guidance; thereafter I invite both of you to the Call of Islam. Embrace Islam. Allâh has sent me as a Prophet to all His creatures in order that I may instil fear of Allâh in the hearts of His disobedient creatures so that there may be left no excuse for those who deny Allâh. If you two accept Islam, you will remain in command of your country; but if you refuse my Call, you’ve got to remember that all your possessions are perishable. My horsemen will appropriate your land, and my Prophethood will assume preponderance over your kingship.” ‘Amr bin Al-’As, who was chosen to carry the letter, narrated the following story that happened before he was admitted into the audience of Jaifer. ކޮމެންޓްކުރުމުގެ ޝައުގުވެރިކަން ނެތީ ދީން ދިފާއުނުކުރެވޭނެކަން ޔަގީންވާތީއެވެ.
ކުޅަދުރު: ހަސަން ޒާހިރު ، ކަލޭތީ ހާދަ ހެއްވާ ވާހަކަ ދައްކާ މީހެކޭދޯ؟ މީހަކަށް އޮޅުވާލައިގެން ސުވާލެއް ކުރެވިދާނެތަ؟ ސުވާލު ކުރަނީ އޮޅުން ފިލުވުމަކަށް ނޫންތަ؟ އޮޅުވާލާފައި ހުރިއްޔާ ކަލޭމެން އޮޅުން ފިލުވާ ދޭން ވީނު؟ ކަލޭ އެކަނި ތިޔަ ކަމާ ނުކުންނަން ޖެހެނީ ދެން އެތިބަ މީހުންނަށް އަހަރުމެން މި ބުނަނީ ތެދެއް ކަން އެނގޭތީ އެމީހުން ނުނުކުމެ ތިބީމައޭ. ކަލޭ ފުރަތަމަ އަރާ ހަޅޭއްލަވއިގަތީ އަހަރުމެން މީ ތަނެއް ދޮރެއް ނޭނގިތި ބައެއްވީމަ ކަލޭ ބޭނުން އެއްޗެއް ކިޔައިގެން ކުރި ލިބިދާނެ ކަމަށްތަ؟ ކަލެއަށް އެނގޭތަ މިއިން އެއްވެސް ވާހަކައަކީ ޔހޫދީންނާއި ނަސާރާއިން ހަދަހަދައިގެން ދައްކާފައި ހުރި ވާހަކަތަކެއް ނޫނޭ. ކަލޭމެންގެ އަމިއްލަ ފޮތް ހުޅުވާއިރަށް ކުލަގަދަކޮށް މި ލިއުންތައް ހުންނާނެ. އަހަރުމެން ބުނާ އެއްޗެއްގެ ހެން ކުލަ މަޑުވެގެންނެއް އެއެއްޗެއްގެއެއް ނުދާނެ. ލިޔާ މީހާ ލިޔެފައި މަރުވެގެން ދިޔައަސް ޒަމާނެއްގައިވެސް އޭނާގެ ލިއުން ނެތިގެނެއް ނުދާނެ.
ސާޗު ކުރަން ނޭނގޭ މީހާ: މިހިރަ ބީތާޔާ ކަލޭޔަށް ގޫގަލް ނޭނގެނީތަ؟ ސާޗުކޮށްބަލަ. މަށަށް ތި ސިޓީގެ އެތައް ލިންކެއް ފެނިއްޖެ. ނަޒަރަތުގެ އެއް ލިންކުގައި މައްސަލައުޅޭ . ކަލޭވެސް ސާޗުކޮށްގެން ހޯދަބަލަ. ގޯގަލް ނޭގެންޔާ އާސްކު .ކޮމް ވެސް ޔާހޫގައިވެސް ސާޗުކުރެވޭނެ. ޖަވާބު ނުދެވެންޔާ މިކަހަލަ ބޮޑެތި ދަންނަބޭކަލުންގެ ފޯރަމްތަކަށް އަނގަ ނުބާނަ މަޑުން ހުރޭ.

Posted on 2010-09-15 12:21:45 | Report this Comment
ނަޒަރަތު:

ހަސަން ޒާހިރު، ތިޔައީ ޖަވާބު ނުދެއްވޭނެތީ ދައްކާ ބަހަނާއެވެ. http://www.muslimaccess.com/sunnah/seerah/32.htm#10 މި ލިންކުގައި އެ އިބާރާތްކޮޅު ވާނެއެވެ. ތަރުޖަމާ ތަފާތުވެދާނެއެވެ. ނަމަވެސް ބުނެފައިވަނީ އެކައްޗެކެވެ. ދެވަނަ ލިންކުގައި މައްސަލަ އުޅޭކަމަށް ގަބޫލްކުރަމެވެ. މި ލިންކު ބަލާށެވެ. http://www.answering-islam.org/Muhammad/oman.htm ތިޔަހާ ފަސޭހައިން މި ކަމުން ބޯ ދަމައި ގަންނަން ތިޔަ އުޅެނީ ހަމަ ދޭނެ ޖަވާބެއް ނެތީމައެވެ. ވަކި ބުނާނީ ވެސް ކީކޭތޯއެވެ. އެއޮތީ ގަދަ ބާރުން ދީން ފަތުރާފައެވެ. އަހަރެންގެ މި ސުވާލް ނޫނަސް އެތައް ސުވާލެއް މިތާ ކުރެވިގެން ހިނގައްޖެއެވެ. އެއިން އެއްވެސް ސުވާލަކަށް ވެސް ހަސަން ޒާހިރުއަށް އޮށްޓަރު ހުރި ޖަވާބެއް ނުދެވެއެވެ. ފުރަތަމަ ވެސް މަދަހައެއް ހަރާން ކުރީއެވެ. ދެން ކިޔޭ ނުކިޔޭ ނޭގި ޖަވާބު ނުދީ ހުންނަނީއެވެ. ދީނުގެ ދިފާއުގައި ވަކާލާތުކުރުމަށް ހަސަން ޒާހިރު ކުފޫ ހަމަވެގެން ނުވެއެވެ. ނުވަތަ ދީނުގެ ދިފާއިގައި ދެން ވަކި ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ؟ ހުރިހާ ކަމެއް މިއޮތީ ތިބާމެން ލިޔުނު ފޮތްތަކުގައެވެ.

Posted on 2010-09-15 12:42:17 | Report this Comment
ނަޒަރަތު:

ރިފަރެންސް ނެތިގެން ޖަވާބު ދެވެންޔާ މި ސުވާލަށް ޖަވާބުދީބަލާށެވެ. ހަސަން ޒާހިރުވެސް ސަހީހް ބުހާރީ އޮންނާނެކަމަށް އުއްމީދުކުރަމެވެ. ބޮޑުވެގެންވާ ބަޔާންވެގެންވާ ރިފަރެންސްއާއި އެކު ސުވާލު ފައްޓަމެވެ. ރަސޫލާ ހަދީސްކުރެއްވި ކަމަށް ޝަހީހް ބުހާރީގައިވެއެވެ. " Allah’s Apostle said, 'I have been made victorious with terror. The treasures of the world were brought to me and put in my hand.'" Bukhari: volume 4 book 52 number220 ރަސޫލާއެވިދާޅު ވަނީ ތިމަން ކަލޭގެފާން ގެ ކާމިޔާބީގެ ސިއްރަކީ ޓެރަރިޒަމް ކަމުގައެވެ. ދީންފެތުރީ ބިރުދައްކައިގެންކަމުގައެވެ. މީ ރަސޫލާބުނާގޮތެވެ. ޖަވާބުދޭށެވެ. ދެން ނުބުނާށެވެ. ރަސޫލާ މި އިބާރާތުގައި ޓެރަރ މާނަ ކޮށްފައި އެ ވަނީ އޯގާތެރިކަމުގެ މާނައިގައެވެ. ޔައުނީ ކާމިޔާބީ ލިބުނީ އޯގާތެރިވީމައެވެ. ކަލޭމެންގެ ޖަވާބު މިފަދަ ގޮތަކަށް ވެސް އަތުވެދާނެއެވެ. ޓެރަ ވާނީ ޓެރަ އަށެވެ. ބިރުވެރިކަމާއި ނޭއްގާނީކަމަށެވެ. ޓެރަ ފަތުރާނީ ޓެރަރިސްޓުންނެވެ. ޖަވާބު ދޭށެވެ.
މޮނޮތީސްޓް: Volume 4, Book 52, Number 220: Narrated Abu Huraira: Allah's Apostle said, "I have been sent with the shortest expressions bearing the widest meanings, and I have been made victorious with terror (cast in the hearts of the enemy), and while I was sleeping, the keys of the treasures of the world were brought to me and put in my hand." Abu Huraira added: Allah's Apostle has left the world and now you, people, are bringing out those treasures (i.e. the Prophet did not benefit by them). ސޯސް: http://www.muslimaccess.com/sunnah/hadeeth/bukhari/052.html މި ހަދީސުން އަޅުގަޑަށް ދޭހަވީ މުހައްމަދުގެ ފާނު ދުޝްމިނުންގެ މައްޗަށް ކާމިޔާބު ހޯއްދެވީ ދުޝްމަނުންގެ ހިތް ތަކުގައި ބިރުވެރިކަން ވާހާލުގައި ކަމެވެ. މިސާލަކަށް އެކަލޭގެފާނު ދުޝްމަނުންނާ ހަނގުރާމަ ކުރައްވައި އެމީހުން ބަލިކުރައްވާ ހިނދު އެމީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިގެން ނުދާނެ ތޯއެވެ. ދާނެއެވެ. އެއީ އިންސާނީ ތަބިއްޔަތެވެ. އެއްގޮތަކަށްވެސް އެކަލޭގެފާނު މައުސޫމް ބަޔަކަށް ބިރުދައްކަވައިގެން ކާމިޔާބު ހޯއްދެވި ވާހަކައެއް ނޫނެވެ. ވީމާ އެކަލޭގެ ފާނު އެހެން ހަދީސް ކުރެއްވުމުގެ މައްސަލައަކީ ކޮބައިތޯއެވެ. އަދި ދަންނަވަމެވެ. އެކަލޭގެފާނު ކުރެއްވި ހުރިހާ ހަނގުރާމައެއްވެސް ކުރައްވާފައިވަނީ މަޖުބޫރީ ހާލަތްތަކުގައެވެ. ޕީ.އެސް. ތިބާ ދެންފަހަރަކުން ހަދީސްއެއްގެ ތަރުޖަމާ ވިދާޅުވާއިރު އެންމެ ތަނަކުން ނުބައްލަވައި، ދެތިން ތަރުޖަމާ ވިދާޅުވުން މޮޅެވެ.

Posted on 2010-09-15 12:48:32 | Report this Comment
ކުޑަހިނި:

ހަސަން ޒާހިރޫ ! ތިޔަވަރުގެ މީހުންތަ ބޮޑެތި އިސްލާމީ މައުޟޫއުތަކާ ކުރިމަތިމާ މީހުންގެ ހިތަށް ބިރުވެރިކަން ވައްދާ އިންޒާރު ދެމުން ގެންދަނީ. ފުރަތަމަ ހަޅޭއްލައި ހޭރިގަތް އަޑު ގަދަ ކަމުން އަހަރުމެން ހީކުރިން ނިކަން ވަރުގަދަ ސިންގާއެކޭ. އެކޭ. އޭރު އަހަރުމެން ތިބީ ބިރުން ފިއްކަނޑައިގެން ގޮސްފައި. މިހާރު ވެސް އެ ލިއުންތަކާއ އެ ބިރު ވެރި އިންޒާރުތައް މިތަނުގައި ފެންނަން އެބަހުރި. ތިމަން އެފަދަ އެއްޗެއް ނުލިޔަމޭ ކިޔާނީ ކޮން ދުލަކުން؟ ތިޔަ ހަސަން ޒާހިރުގެ އޮޅުވާލުންތަކާހެދި ކިތައް މީހުން މަގުއޮޅި ހަމަ ބުއްދި ފިލައި ގޮސްފައިވޭތަ؟ އޮޅުވާލަނީ އަހަރުމެންނެއް ނޫން. އިންޓަރނެޓް ލިންކެއް ނުހުޅުވި ވެސް ހުރެދާނެ. އަދި އެލިންކް ކަސިޔާރުވެސް ވެދާނެ. އެކަމަކު އެއީ އޮޅުވާލުމެއް ނޫން. ގޫގަލް ހުންނަނީ ކަމަކު ނޫންތަ؟ މުހަންމަދު އޮމާން، ސިޓީ ، މިހެން ޖަހާލިޔަސް އެފަދަ ކިތައް ސައިޓްގެ ލިންކު ފެނިގެން ދާނެ. ނެޓާ ބީރައްޓެހި، ބަސްނޭނގޭ ކިތައް މީހުންނަށް ތިޔަ ކަހަލަ އިސްލާމީ ދަންނަ މީހެއްގެ ބަސްތަކުން އޮޅުން އަރާނެ. އަހަރުމެން ލިޔާ އެއްޗެއް އޭގެ މީހަކު ގަބޫލެއް ނުކުރާނެ މާމުޔާ ލާފައި ބުންޏަސް . ތީން މީހަކު ބުނާ އެއްޗަކަށް ޖަޒާކައްﷲ ޚައިރު ކިޔާނެ ކިތައް މީހުން ވާނެތަ؟ ﷲ އަކްބަރު ގޮވާ އަތް އުކަމުން ނުކުންނާނީ ކިތައް މީހުން. ތިއިން މީހަކު ދުވާލަކީ ރޭނގަނޑެކޭ ބުންނަސް އެތިބެނީ ގަބޫލު ކޮށްގެން. އާޔަތް ތަކަށް ވުރެން ހަދީސް މަތިކޮށްގެން. އަހަރުމެން މީހަކު މުހަންމަދު ފިރިހެނެއްގެ ދުލުގައި ދަތް އެޅިޔޭ ލިއުނަސް އެ ލިއުމެއް ނުޖަހާނެ. ޖެއްސަސް ހުންނާނީ ފަނޑު ކޮށްފައި. ދުވަސްކޮޅަކުން ފުހެލާނެ. އެކަމަކު މިއީ ދުނިޔޭގެ މީހުންނަށް ނޭނގޭ ކަމެއްތަ؟ ކަލޭމެން އެނގޭމީހުން ފޮރުވާފައި ހުންނަ ކަންކަމެއް ނޫންތަ؟ މިހުންނަނީ ބުޚާރީގައި ހުންނަ ހަދީސްތަކެއް ނޫންތަ؟ އައިޝާ އަށް ވުރެން ބޮޑަށް މުހަންމަދުގެ ގޮތާއި ބާވަތާއި އެތެރެއާއި ބޭރާއި އެނގޭނީ ކާކަށް . އެކުއްޖާ ދެއްކި ކިތައް ވާހަކަ އެކުއްޖާގެ ބައްޕަ ފޮރުވާލީ. ކިތައްވާހަކަ ހަދީސްފޮތުގައި ނުލިޔެ ދޫކޮށްލީ. އެއީ ވެސް ކަމެއް ވެގެން ނޫންތަ؟ އެކުއްޖާ ނުބުނޭތަ މުހަންމަދުގެފާނު ނުކުރައްވާ ކަންތައްވެސް ކުރެއްވުނު ކަމަށް ހީވެގެން ވާހަކަ ދައްކާފައި އެބަހުށްޓޭ. އެހެން ވީ އިރު ތިޔަ ހަދީސްތަކުގައި ހުންނާނީ ކޮން އިތުބާރެއްތަ؟ ކަލޭމެން ތެދެއް ހަދާފާނެތަ؟ ދޮގުހަދަންވެސް އެއޮތީ ހުއްދަ ދީފައި އާޔަތް އައިސްފައި.
ކަނޑާ: Hadith Number 16245, Volume Title: "The Sayings of the Syrians," Chapter Title: "Hadith of Mu’awiya Ibn Abu Sufyan": "I saw the prophet – pbuh – sucking on the tongue or the lips of Al-Hassan son of Ali, may the prayers of Allah be upon him. For no tongue or lips that the prophet sucked on will be tormented (by hell fire) ފިރިހެނެއްގެ އަނގައިގައި ތުން ޖަހައި ދުލުގައި ފްރެންޗް ކިސް ކުރެވުނު މީހާ ހުރީ އުފަލުންނެވެ. އެހެނީ އެވަރުގެ ބޭކަލަކު އަނގަޖަހާފައިވާ އަނގައެއްގައ ނަރަކައިގެ އަލިފާން ނުހިފާނެތީއެވެ.
ކުޅި: Bukhari :: Book 4 :: Volume 52 :: Hadith 143 Narrated Anas bin Malik: I heard him saying repeatedly, "O Allah! I seek refuge with You from distress and sorrow, from helplessness and laziness, from miserliness and cowardice, from being heavily in debt and from being overcome by men." އެކަލޭގެފާނު އަރާމު ކުރަން އޮންނަވައި މި ދުއާ ގިނަ ގިނައިން ކުރެއްވި ކަމުގައިވެއެވެ. "އޭ އަޅުގެ ކަލާނގެ ﷲ އެވެ. މިއަޅާ ހިތާމަތަކާއި ހިތްދަތި ކަމުން ސަލާމަތް ކުރައްވާފާނދޭވެ. ނާއުންމީދު ކަމާއި ކަންނެއްކަމާއި މޮޅިވެރިކަމާއި ފިނޑިކަމުން މިއަޅާއަށް ރައްކާތެރިކަން ދެއްވާނދޭވެ. މިއަޅާ ބޮޑެތި ދަރަނިވެރިކަމުންނާއި ފިރިހެނުންގެ ދަށުވުމުން (ފިރިހެނުންނާ ބެހޭ ޚިޔާލުތަކުން) ސަލާމަތް ކޮށްދެއްވާފާނދޭވެ. މި ބުނާ އެއްޗެއް ކޮންމެވެސް ދަންނަ މީހަކު އޮޅުން ފިލުވައި ދީފާނަންތަ؟
ފްރެންޗް...: Hadith Number 16245, Volume Title: "The Sayings of the Syrians," Chapter Title: "Hadith of Mu’awiya Ibn Abu Sufyan": She also said, "On a later day we requested a wet nurse for him (Ali) but he refused her breast so we called for Muhammad – pbuh – WHO PLACED HIS TONGUE IN ALI’S MOUTH and he fell asleep. This is the way it was as Allah willed it ." "އޭގެފަހު ދުވަހެއްގައި އަހަރުމެން ކިރުމައިކަމަނައަކު ގެންނަން އުޅުނީމެވެ. މުހަންމަދު ސ.އ.ވ އެ ކުއްޖާގެ އަނގަޔަށް ދޫފުޅު ބޭނުއްވިއެވެ. ދެން އެކުއްޖާ ނިދައިފިއެވެ. ﷲ އެކަން އިރާދަކުރެއްވީ މިގޮތަށެވެ. ކުދިން ނިންދަވަން ސުންނަތާ އެއްގޮތަށް ކުދިންގެ އަނޔަށް ދޫ ބޭނުމަކީ ގަދަވެގެންވާ ސުންނަތެކެވެ.
ހިކަނދި: މަ ދުއްވައިގަންނަނީ. މަށަށް ހީވަނީ މާގިނަ އިރެއް ނުވެ ނަރަކަ އައިސް މި ސައިޓްގެ މައްޗަށް ފަރުބަދައެއް ވަރުގެ އަލިފާން ގުޅައެއް ވައްޓާލާނެހެން. މުޅި ސައިޓްގައި ހުޅުރޯވެގެން އަނދާތަން ބަލާކަށް ހުންނާކަށް ލާހިކެއް ނޫން. ފީސީއަކާ ޕީސީއެއް. މަ ދުއްވައިގަތީ!!!!!
ހޯނު: ކަލޯ ހިކަންޖާ. ތިޔައީ ތެދެއް ނަރަކައާ ކުރިމަތިލާން ކެރޭނެ މީހަކު ނެތް. އެކަމަކު ރަސޫލާގެ ހަދީސެއް ލިޔެގެންނޭ ކިޔާފައި ނަރަކަ ފުރުޅު ކަހާފައި އަތުވެދާނެތަ؟ މާތްކަލާނގެ އަންގަވަނީ އެކަލާނގެއަށް ބޯލަނބައި ކިޔަމަންތެރިވެ ސާލިހު އަމަލު ކުރުން މަތީ ދެމި ހުންނަ މީހާއަށް ގިޔާމަތް ދުވަހަކުން ނުރައްކަލެއް ނެތް ކަމުގައެވެ. ކޮންމެވެސް މީހަކު ނިކަން މިއީ ދޮގެކޭ ބުނެބަލަ.

Posted on 2010-09-15 13:04:23 | Report this Comment
ހޯނު:

ތިޔަ މީހުންގެ ލިއުންތަކުގައިއާއި ރޭޑިއޯ ޓީވީތަކުގައި ދެބަހުން އެއްބަހަށް އެހެރަ އަރައި ކަނީއޭ. ހޭލާ ތިބޭށޭ. ވިސްނާ ތިބޭށޭ. ފުރޭތަ އަރަނީއޭ . ކެންސަރު ޖެހެނީއޭ. ލޭކެކިގެން ނުކުންނާނެ ލަޝްކަރު ތައްޔާރު ވެތިބީމޭ މި ކިޔާ ހުރިހާވާހަކައަކީވެސް މި މީހުން ފޮރުވައިގެން އުޅޭ ކަންތައް އާންމު ދިވެހިންނަށް އެނގިދާނެތީއެވެ. ގާނޫނަކުން ދިވެހި ރައްޔިތުކަން ނިގުޅައިގަންނަނީވެސް އެކަމާހެދި ބިރުން އެނގޭ މީހަކު އެއްޗެކޭ ބުނެފާނެތީއެވެ. މި މީހުން އޮރިޔާން ވެދާނެތީ ބިރުގަންނަނީއެވެ. މި މީހުންނަށް މިއީ ހަމަ ޝައިތާނީ ދީނެއް ކަން ރަނގަޅަށް އެނގެއެވެ. އެކަން ފޮރުވަނީއެވެ. އެހެން ދީނަކުން މި މީހުންނަކަށް މިވަރުގެ ބިރުވެރިކަމެއް ދެއްކޭކަށް ނެތެވެ. އެންމެ ބޮޑުވަރަކަށް ވެސް ބުނާނީ ކުރޫސޭޑުންގެ ވާހަކައެވެ. އެފަދަ ބަޔަކު ދީނުގެ ނަމުގައި ނުކުތީވެސް މި ބަގަ ހުޅަނގު ގައުމުތަކަށް ބިރުދައްކަން ހަދައިގެން ނުކުޅަދާނަވެގެންނެވެ. މިހާރުވެސް އެތިބީ އިސްލާމުންނެވެ. ކްރިސްޓިއަނުން ދީން ފަތުރާކަށް ހަމަލަ ދޭކަށް ނުދެއެވެ. ރާއްޖެމައްޗަށް ބޮމެއްވައްޓާލާކަށް ނާދެއެވެ. މަސްދުވަހު ތެރޭ އެންމެން ކްރިސްޓިއަން ނުވެއްޖެނަމަ ފޯޅަވަހިން މިސައިލެއް ފޮނުވާލާނަމެކޭ ނުބުނެއެވެ. މިހާރުވެސް މި މީހުން މިތިބަގެން ހުޅަނގަށް މި ބިރުވެރި ދީން ފަތުރަން ފޫގަޅަނީއެވެ. ގުއިވަޅެއްގައި އޮންނަ މަކުނަކަށް ގުއިވަހެއް ނުދުވާނެއެވެ.

Posted on 2010-09-15 19:48:41 | Report this Comment
ކަނޑި މަޅާ މީހާ:

ޝޭޚް ޝަހީމް ކަނޑި ނުމަޅާ އޯގާތެރިކަމާއިއެކު މިސުވާލަށް ޖަވާބްދެއްވުންއެދެމެވެ. ޢަލީގެފާނާޢި ޢާއިޝަތުގެފާނާއި ހަގުރާމައެއް ކުރެއްވިތޯ.އަދި އެ ހަގުރާމައިގެ ނަމަކީ ކޮބާތޯ.އަދި ސުވަރްގެވަންތަ ދިހަ ބޭކަލުންގެ ތެރެއިން ތަލްހަތުގެފާނު ޝަހީދުކުރެވީ ޢަލީގެފާނުތޯ.އަދި ސުވަރްގެވަންތަ ދިހަ ބޭކަލުންގެ ތެރެއިން ޒުބައިރުގެފާނު ޝަހީދުކުރެއްވީ ޢަލީގެފާނުތޯ.އަދި ގުރުއާން އެއްކުރެވި އުސްމާނުގެފާނު ޝަހީދުކުރެއްވީ ޢައިޝާގެ ކޮއްކޮ އަދި އަބޫބަކުރުގެފާނުގެ ދަރިކަލުން މުހައްމަދުތޯ.އަދި މުހައްމަދުގެފާނުންގެ ކާފަ ދަރިކަލުން ޙުސައިނާއި އަހްލު ބައިތުން ކަރްބަލާގައި ޝަހީދުކުރެއްވީ އިސްލާމީ އުއްމަތުގެ ޚަލީފާއާއި އިސްލާމި ލަޝްކަރުންތޯ.ނުވަތަ ރޯމަން އެމްޕަޔަރާއި އޭނާގެ ލަޝްކަރުންތޯ.ނުވަތަ ކިސްރާއާއި އޭނާގެ ލަޝްކަރުންތޯ.އަދި ޢަބްދުﷲ އިބްނު ޒުބައިރު ޝަހީދުކުރީ އިސްލާމީ އުއްމަތުގެ ޚަލީފާއާއި އިސްލާމީ ލަޝްކަރުންތޯ. އަދި މިފަދަ ބަޔަކު ނަމޫނާއަކަށް ބަލާނީ ކިހިނަކުންތޯ.އަދި މިފަދަ ބައެއްގެ ފަރާތުން އައި ދީނެއް ގަބޫލުކުރުމަކީ ކޮންކަހަލަ ކަމެއްތޯ.އަދި މިފަދަ ބައެއްގެ ކިބައިން ރިވާވެގެން އައިސްފައިވާ ހަދީސްތަކަށް އީމާންވުމަކީ ކޮންކަހަލަ ކަމެއްތޯ.އަދި މިފަދަ ބަޔަކަށް އިތުބާރުކުރުމަކީ ކޮން ކަހަލަ ކަމެއްތޯ.
ޝަހީމުގެ ފަރާތުން: އައިޝަތު ރއ އާއި އަލީގެފާނާ ދެމެދު އެއްވެސް ފަހަރެއްގައި ހަނގުރާމައެއް ހިނގާފައެއް ނުވެއެވެ. އެއީ އިސްލާމް ދީނުގެ އަދުއްވުން ދައްކަމުން ދިޔަ ވާހަކަތަކެވެ. އެވާހަކައިގެ އަސްލަކީ އައިޝަތު ރއ އަލީގެފާނަށް ވެދުމަކަށް 1000 ޖަމަލު ހަދިޔާ ކުރެއްވި ހާދިސާއެވެ. އަލީ ރއ. ގެފާނުވެސް އެކަމަނާއަށް އެހާ ގިނަ ޖަމަލު ހަދިޔާ ކުރެއްވިއެވެ. އެ ރަސްމިއްޔާތަށް ސުވަރުގެ ވަންތަ ވެރިންގެ އިތުރުން ވަރަށް ގިނަ ރަހުމަތް ލެއްވިގެންވާ އަސްހާބު ބޭކަލުން ހާޒިރުވެ ތިއްބެވިއެވެ. މަލާއިކަތުންވެސް ފައިބައި ވަޑަނުގަންނަވާ ކަމެއް ނޭނގެވެ. ތިއީ ހައްތާވެސް އަނެއް ފިކުރުގެ މީހުން ހަދަ ހަދައިގެން ދައްކާ ވާހަކަތަކެވެ.

Posted on 2010-09-15 21:21:49 | Report this Comment
ވިސްނާމީހާ:

ކުރީގައި މިކަހަލަ ލިއުންތަކަށް ކޮމެންޓް ކުރި މީހެއްގެ ގޮތުން އަހަރެން ބުނާނީ ތިއިން ދަންނަ މީހަކު މިއަކަށް ޖަވާބެއް ނުދޭނެޔޭ. މާގިނަ ދުވަހެއްނުވެ ކުލަ މަޑުވެފައި އެހެރަ ކޮމެންޓްތައް ގެއްލިދާނެ. ދެން ހުރި އިދިކޮޅު ކޮމެންޓްތައްވެސް ހުދު ކާފޫރަށް ވެދާނެ. ބާކީ ހުންނާނީ . މާޝައައްލޯ ޖަޒާކަﷲ ޙައިރު، ކަލޯ ވާހަކަ ދައްކަން ބޭނުމިއްޔާ މައުލޫމާތު އެންމެ ފުރަތަމަ ދަސްކުރޭ...ދެން ލަލަލާ. ދެން މަ ހީނހީނ. ނިކަން ކުރިމައްޗަށް އަރާބަލަ މިވެނިހެން ހަދާލާނަން މަގެއްގެ މަތީން ފެނިބަލަ.... ދެން މަ ހީހީ. ތިޔަ ލިއުނު މީހާ އަވަހަށް އިސްލާހުވެ ތައުބާވުމަށް އަމުރުކުރަން. މިނޫންވެސް ބިރުވެރިކަމުން ފުރިގެންވާ އިންޒާރުތައް. ދުވަސްކޮޅަކުން މުރާސިލު މަރާމާތަކަށް ޑޮކަށްލާފައި ނެރޭއިރު މި ލިއުން އާތްވަށް ޖައްވަށް ފަޒާއަށް އަރައި ދުމަށް ބުރައިގެން ހިނގައިދާނެ. ވިސްނާ މީހާ މިފަހަރު މިހިރީ ކުޅިބަލަން.

Posted on 2010-09-16 17:34:11 | Report this Comment
ހިއްލަތު:

"އޭ އަޅުގެ ކަލާނގެ ﷲ އެވެ. މިއަޅާ ހިތާމަތަކާއި ހިތްދަތި ކަމުން ސަލާމަތް ކުރައްވާފާނދޭވެ. ނާއުންމީދު ކަމާއި ކަންނެއްކަމާއި މޮޅިވެރިކަމާއި ފިނޑިކަމުން މިއަޅާއަށް ރައްކާތެރިކަން ދެއްވާނދޭވެ. މިއަޅާ ބޮޑެތި ދަރަނިވެރިކަމުންނާއި ފިރހެނުންނަށް ހިތް ކިއުމުން ސަލާމަތް ކޮށްދެއްވާފާނދޭވެ." "އަހަރުމެން ކަހަލަ މީހުން މި ދުއާ ގިނަ ގިނައިން ކިޔަމުން ދިއުން މޮޅު އިތުރެވެ.

Posted on 2010-09-16 22:49:08 | Report this Comment
ހާބީ:

ހިއްވަރުގަދަ ވައްހާބީ ތާލިބާނު ކޮމާންޑަރ ފިލަން ވަދެ އޮތީ އުނދުނެއްގެ ތެރެއަށެވެ. http://edition.cnn.com/2010/WORLD/asiapcf/09/16/afghanistan.taliban.oven.hide/?hpt=T2
އަހްމަދު ޖިލްވާޒް: އެމަރިކާ ސިފައިން އާންމު އަފްގާނިސްތާނުގެ ނިކަމެތި ރައްޔިތުން މަރާ އެމީހުންގެ ހަށިގަނޑުގެ ބައިތައް ހަނދާނަކަށޗ ބަހައްޓާފައި ހުއްޓާ ފަޅާއަރައިފި. http://english.aljazeera.net/news/americas/2010/09/20109274360444411.html

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.