ސަރުކާރުގެ އެކި އެކި އޮފީސްތަކުގައި ގިނައަދަދެއްގެ ކޮންޕިއުޓަރ ތަކެއް ހުންނައިރު މިތަކެއްޗާއި ނުލާ ދަޢުލަތު ހިންގުމަކީ ނާދިރު ކަމެވެ. އެއީ ސަރުކާރުގެ ގިނައަދަދެއްގެ ލިޔެކިޔުންތަކާއި އެހެނިހެން މަޢުލޫމާތު ރައްކާތެރި ކުރެވިފައިވަނީ ކޮންޕިއުޓަރު ތަކުގައެވެ. އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖެއަށް ކޮޕީރައިޓްލޯ އެއް އައުން ކައިރިވެފައިވާ އިރު މިކަމާއި ގުޅޭގޮތުން ސަރުކާރުގެ އައިޓީ ދާއިރާގައި މަސައްކަތް ކުރާމީހުންގެ މިކަމާއި މެދު ދެކެނީ ކީއްތޯއެވެ؟ އަޅުގަނޑުގެ ނަޒަރުގައި މިކަމާއި މެދު ފުންކޮށްވިސްނަމުން، އަދި ކޮޕީރައިޓްލޯ އެއް އަޅުގަނޑުމެންގެ ތެރެއަށް އައިސްފިނަމަ ވާނެ ގޮަތަކާއި މެދު ވިސްނާ ފިކުރުކުރަމުންގެންދަނީ މިދާއިރާގައި މަސައްކަތް ކުރާ ވަރަށް މަދުބަޔެކެވެ. އަދި ދަންނަވަންތޯއެވެ. ސަރުކާރުގެ ވުޒާރާތައް އޯޕަން ސޯސް ސޮޕްޓްވެއަރ ތަކަށް ބަދަލު ކުރުމުގައި އެންމެ ބޮޑު ހުރަހަކަށް ވެސް ވެފައިވަނީ އޮފީސްތަކުގައި މަސައްކަތް ކުރަމުންގެންދާ އައިޓީ ޓެކްނީޝަނުންނެވެ. އަޅުގަނޑަކީ އައިޓީ ދާއިރާގައި ރަސްމީ ސިފައެއްގައި އެއްވެސް ކަހަލަ މަސައްކަތެއް ކޮށްފައިނުވާ މީހަކަށް ވިޔަސް، އަޅުގަނޑުވެސް ދަންނަ ބަޔަކު ސަރުކާރުގެ މިދާއިރާގައި މަސައްކަތް ގެންދެއެވެ. އެންމެ ފުރަތަމަ މައްސަލައަކީ އައިޓީގެ ދާއިރާގައި މަސައްކަތް ކުރާމީހުންގެ ތެރެއިން ގިނަ މީހުންނަކީ ހަމަ އެކަނި ލިބޭ މުސާރައަށް ޓަކައި މަސައްކަތް ކުރާ ބައެއް ކަމެވެ. އެހެންނޫންނަމަ، ކޮޕީރައިޓްލޯ އެއްގެ ކަންތައް ފެންމަތި ވެފައިވާ ދަނޑިވަޅެއްގައި ސަރުކާރުން އެވާހަކަ ދައްކާނެވެ. މިކަމާއި ބެހޭ މަޢުލޫމާތު އަދި ކޮޕީރައިޓްލޯ ތަޢާރަފް ކުރުމުން ވާނެ ގޮތާއި ބެހޭ މަޢުލޫމާތު ގެނެސްދޭނެއެވެ. މިސާލަކަށް ދަންނަވަނީ ނަމަ އޮފީހެއްގެ އެންމެ އިސް ވެރިޔާއާއި މިކަމާއި ބެހޭގޮތުން މަޝްވަރާ ކޮށް ވާހަކަ ދެއްކުން އަދި މިކަމާއި ބެހޭ މަޢުލޫމާތު އޭނާ އާއި ހިސާބަށް ގެންގޮސް ދިނުމަކީ އޮފީސްތަކުގައި މަސައްކަތް ކުރަމުންގެންދާ އައިޓީ ދާއިރާގެ މީހުންގެ ޒިންމާއެވެ.
ގިނަ އަދަދެއްގެ އައިޓީ ބޭފުޅުން ބުނާގޮތުގައި އޯޕަން ސޯސްއަށް ބަދަލު ކުރުމަކީ އެމީހުންނަށް ލިބިގެންވާ ބާރެއް ނޫނެވެ. އެބާރު ލިބިގެންވަނީ އޮފީސްތަކުގައި މަސައްކަތް ކުރާ ވެރިންނަށެވެ. ނަމަވެސް ކުރިންވެސް ބުނިފަދައިން އަޅުގަނޑުމެން ވިސްނާލަންވީ ހަޤީޤަތަކީ އޮފީސްތަކުގެ ވެރިންނަކީ މިކަމާއި ބެހޭ މާބޮޑު މައުލޫމާތެއް ލިބިފައިވާ ބަޔަކަށް ނުވުމެވެ. މިހެން ކަމަށް ވުމުން އަޅުގަނޑު ގޮވާލާނީ ފާޑުފާޑުގެ ބޭކާރު ވާހަކަ ނުދައްކަވާ މިކަމާއި ބޭހޭ މަޢުލޫމާތު ވެރިންނާއި ހިސާބަށް ގެންގޮސް ދިނުމެވެ. ދެން އެކަމާއި ބެހޭގޮތުން ވެރިން ގޮތެއް ނިންމެވުމަށް ދޫކޮށްލުމެވެ. އެއިރުން ތިޔަބޭފުޅުންގެ ޒިންމާ ދިޔަބޭފުޅުންނަށް އަދާކުރެވުނީއެވެ.
ކޮޕީރައިޓްލޯއެއް ރާއްޖޭގައި ޤާއިމު ކުރެވިއްޖެ ނަމަ ގަންނަށް ޖެހޭ ސޮފްޓްވެޔަރ އަށް ކުރަންޖޭހޭ ހަރަދު ގުނަންޖެހޭނީ މިލިޔަނުންނެވެ. މިސާލަކަށް ދަންނަވަނީ ނަމަ 250 ކޮންޕިއުޓަރ އަށް ބަލާއިރާއިރު 3 އަހަރު ދުވަހަށް ބޭނުންވާ ސޮފްވެއަރ ގަންނަށް އެކަނި 5 މިލިޔަން ރުފިޔާ ހަރަދުވެއެވެ. 250 ކޮންޕިއުޓަރ ސަރުކާރުގެ ކޮންމެ މިނިސްޓްރީއެއްގައި ހުންނާނެ ކަމާއި މެދު އަޅުގަނޑު އެއްވެސް ސައްކެއް ނުކުރަމެވެ. މިހެން ކަމަށް ވުމުން މިތަކެތި ގަންނަށް ހަރަދު ކުރަން ޖެހެނީ ރައްޔިތުންގެ ފައިސާއިންނެވެ. ގެއްލުންވެސް ވާނީ ރައްޔިތުންނަށެވެ. މިކަމާއި މެދު ފުންނަޒަރަކުން ވިސްނާލުމަށްފަހު އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އަޅުގަނޑުމެންނާއި ތިޔަބޭފުޅުންވެސް ގުޅުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެވެ.
Posted on 2010-09-02 06:24:47 |
Posted on 2010-09-02 21:55:41 |
Report this Comment
Posted on 2010-09-04 08:07:13 |
Report this Comment