ލިޔެސްއޮންލައިން www.lyesonline.com
ލަންދޫ ޔޫތު އެންކަރޭޖިންގ ސޮސައިޓީ
  • ޝާއިޢުކުރި ތާރީޚް: 01 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 99

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ކަށްފުށަ ނުހުންނާށި އެއް ، ރަށްރަށުގެ ލުތެ ހުންނަ ރޭވަ ، ޔަށް ވަހުތާން އެނބުރޭ ވަ

ވަހުތާނުގެ ވާހަކަ އެއްސެވިންތޯ އެވެ؟ އެއީ ފޮތީގައި ލިޔެ ގިއުގަނޑެއްގައި ފަހައި، ވަޔާ އެނބުރޭ ގޮތަށް، ދަނޑިއަކަށް ޖަހައި، އުސް ތަންތަނަށް ނަގާފައި ހުންނަ ދިދައެއް ކަހަލަ އެއްޗެކެވެ. އެއީ ބާވަތެއްގެ ތަވީދެކެވެ. މިއާ ބެހޭ ގޮތުން އެދުވަސްވަރު ރައިވަރު ވެސް ހަދާފައި ހުރެ އެވެ. އޭގެ ތެރެއިން ރައިވަރެއް ލިޔެލާނަމެވެ.

ކަށްފުށަ ނުހުންނާށި އެއް

ރަށްރަށުގެ ލުތެ ހުންނަ ރޭވަ

ޔަށް ވަހުތާން އެނބުރޭ ވަ

މާނަ އަކީ ރަށްރަށުގެ ވަލުތެރޭ ހުންނަ ވަޔަށް އެނބުރޭ ވަހުތާން އެއް ފުށަކަށް ނުހުންނާނެ އެވެ. މިއީ ވަރަށް ބޮޑު ތެދެކެވެ. ވިސްނުން ހުރި، ވިސްނުމުގެ ބޭނުން ހިފާ، ވިސްނުންތެރި ބަޔަކަށް މިއީ ޢިބްރަތެކެވެ. ފިލާވަޅެކެވެ.

އިންސާނާގެ ދުލަކީ ބަލާބެލުމަށް ހާދަ ދެރަވަރު ގުނަވަނެކެވެ. ކަށިކޮޅެއް ހައި ހިސާބު ވެސް އެއަކު ނެތެވެ. ނަމަވެސް އިންސާނާ އެއީ ކާކުކަން، ކޮން ކަހަލަ މީހެއްކަން މީހުންނަށް އެނގިގެން ދަނީ ދުލުގެ ޒަރީއާ އިންނެވެ. އިންސާނާގެ ނުބައި އަމަލާއި ރަނގަޅު އަމަލު ވެސް ހުއްޓިފައި ވަނީ ދުލުގެ މައްޗަށެވެ.

ބުނެވޭ އެންމެ ކަތިބަހެއްގެ ސަބަބުން ނުރައްކާތެރި ބިރުވެރި ނަތީޖާތައް ނުކުމެގެން ދާ ގޮތް ވެދެ އެވެ. އަނެއްކޮޅުން ދުލުން ބުނެލެވޭ އުފާވެރި އެންމެ ބަހެއްގެ ސަބަބުން މުޅިން ވަކިވެފައިވާ ހިތްތައް އަލުން ގުޅިގެން އަންނަ ގޮތް މެދުވެރިވެ ދެ އެވެ.

އިންސާނުންގެ ތެރޭގައި ތަފާތު ގޮތްގޮތަށް ދުލުގެ ބޭނުން ހިފާ މީހުން ތިބެ އެވެ. އެއީ އެންމެ އާއްމު ކަމަކަށް ވާ އޭނާ އެދޭ ކަންތައްތަކުގެ ވާހަކަ ބުނެލާ ފާޅުކުރުން ނުހިމަނަ އެވެ. ދުލުން ފިތުނަ ފަސާދަ އުފައްދާ ފަދައިން ބަޔަކު ސުލްހަ ކުރުމަށް ވެސް ދުލުގެ ބޭނުން ހިފެ އެވެ. އަދި އޭގެ އިތުރަށް ބަޔަކަށް ނުހަނު އެކަށީގެންވާ ރަނގަޅު މަޢުލޫމާތެއް ދިނުމަށް ވެސް ދުލުގެ ބޭނުން ހިފަ އެވެ.

ޝައްކެއްނެތެވެ. ތައުލީމު ފަތުރަނީ ވެސް ދުލުގެ ޒަރީޢާއިންނެވެ. ބިރުވެރި ޚަބަރާއި އުފާވެރި ޚަބަރު ދެނީ ވެސް ދުލުގެ ވަސީލަތުންނެވެ. މިހިރީ އެންމެން ވެސް ދަންނަ ކަންތަކެވެ.

ޒަމާން ބަދަލުވަމުން ދާ ވަރަކަށް ހުރިހައި ކަމެއް ވެސް ބަދަލުވަމުން ދާނެކަން ކަށަވަރެވެ. އެގޮތުގެ މަތީން ފަހަކަށް އައިސް ދޫ މި ހިމެނުނީ ވަރަށް ބޭނުންތެރި ހަތިޔާރަކަށެވެ. ފެންނަމުންދާ މަންޒަރުތަކުންނާއި އިވެމުންދާ އަޑުތަކުން މިކަން ޔަގީން ކުރެވިއްޖެ އެވެ.

ގަބޫލު ކުރާން ޖެހެ އެވެ. އިންސާނާގެ ގުނަވަންތަކަކީ އެއިން އިންސާނާ އަށް ފައިދާ ކުރާ ގޮތަކަށް ބޭނުން ކުރަން ޖެހޭ އެއްޗެކެވެ. މިއީ ބައެއް މީހުންގެ ޚިޔާލެވެ. އަދި މީގައި ހެވެއް ނުބައެއް ބެލުމެއް ނެތެވެ. ހަމަ ގައިމު ވެސް މިއީ ހަމައިން ބޭރު ޚިޔާލެކެވެ. ކުރީ ޒަމާނުގައި، މިހާ ވަރަށް ތަންދޮރު ނުފިލާ ޒަމާނުގައި ތިމާގެ ދުލުން ދެ ފަހަރު ދެ ގޮތަށް ބަސް ބުނެވޭން ފަށައިފި ނަމަ މީހުންގެ ތެރޭގައި އެމީހެއްގެ އިތުބާރު އެހިސާބުން އެ ކެނޑުނީ އެވެ. އޭނާގެ އަގުވެއްޓުނީ އެވެ. އޭނާ ދައްކާ ވާހަކައެއް ދެން މީހުންނެއް ގަބޫލެއް ނުކުރާނެ އެވެ. އަދި އޭނާއަކީ ދޮގުހަދާ މީހެއްގެ ގޮތުގައި ފާހަގަ ކުރެވެ އެވެ.

އެއާ ހިލާފަށް މިއަދު މިކަން މުޅިން ބަދަލުވެފައި ވާތީ ފެނެ އެވެ. މިއީ އާ ސަގާފަތެއް ކަމަށް ގަބޫލު ކުރެވޭން ފަށައިފި އެވެ. ޓީވީންނާއި ރޭޑިއޯ އިން ބައެއް މީސްމީހުން ބުނެފައި ހުރި ބަސްތައް މިއަދު އަޑުއިވިފައި ވުމާ އެކު އަނެއް ބަޔަކު އެމީހުންގެ ބޭނުން ހިފަމުން ދާ ގޮތް ފެނުނީމާ ހައިރާންވެ އެވެ. ހަމަގައިމު ވެސް އެއީ އަޅުގަނޑުގެ ފަރާތުން ކުރެވިފައިވާ ކަމެއްކަމުގައި ވީ ނަމަ އަޅުގަނޑަކަށް ބޭރަށް ނުކުމެ އުޅޭކަށް ވެސް ނުކެރުނީހެވެ.

އެހެންނަމަވެސް އެމީސްމީހުން ދެ ފަހަރު ދެ ގޮތަށް ތިން ފަހަރު ތިން ގޮތަށް ބުނި ބަސްތަކާ އެކު މީހުންގެ ތެރޭގައި ހީ މަޖާކޮށް އެހެރަ އުޅެމުން ގެންދަނީ އެވެ. އިއްޒަތްތެރި ގަދަރުވެރިންގެ ގޮތުގަ އެވެ. މިއީ ޒަމާނުގެ ތަފާތެވެ. ނުވަތަ ރާއްޖޭގެ ތަފާތެވެ.

މިކަހަލަ މީހުންނާ ދޭތެރޭ އޭރު އެޒަމާނުގައި މިސާލު ދީއުޅެނީ އެނބުރޭ ވަހުތާނުގެ ނަމުންނެވެ. އެއީ ވައިޖެހޭ އަތަކަށް އެނބުރިއެނބުރި ހުންނަ އެއްޗެކެވެ. އެއްދިމާއަކަށް ހުއްޓި ހުންނަ އެއްޗެއް ނޫނެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-09-01 23:41:48 | Report this Comment
ކަށި:

ދުނިޔޭގެ އެންމެގަދަ 500 މީހުންގެ ތެރޭގަ ހިމެނޭނީ އެކަހަލަ މީހުން.

Posted on 2010-09-03 21:18:32 | Report this Comment
ގޮބޮޅި:

މިއީ އަބްދުއްލާ އަބްދުއްރަހީންބެގެ ވާހަކައެއްނު، އެމީހުންއާދޭސްކުރާވަރުން މަ ބަދަލުވީ، އެމީހުން އާދޭސްކުރާވަރުން އަންހެނުންވެސް ވަރިކޮއްފާނެ ތޯއްޗެއް

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.