ނައިންޓެ

  • ޝާއިޢުކުރި ތާރީޚް: 26 08 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 219
  • މޯބައިލް ލިންކު: m.muraasil.com/8326

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ސިޔާސީ ބޭފުޅުންގެ ތެރޭގައި ރައީސް ނަޝީދަށްވުރެ ވެރިކަމަށް ކުފޫ ހަމަވާ ބޭފުޅަކު ނެތެވެ.

ދިގު 30 އަހަރު ރައީސްކަން ކުރެއްވި ފަރާތާއި އެއްކަހަލަ އަދި އެގޮތަށް ކުފޫހަމަވާ މީހެއް ދެނެއް މިގައުމަކަށް އަޅުގަނޑުމެން ބޭނުމެއްނޫނެވެ. ވެރިކަމަށް އަޔަކަވެސް ނުދޭނަމެވެ.
ރައީސް ނަޝީދު ސަރުކާރާއި ޙަވާލު ވެވަޑައިގެންނެވިއިރު ރާއްޖެއޮތީ އުޑަލި ކަހާލާފައިވާ ނާށިފަޅިޔެއްގެ މިސާލުގައެވެ. ވުމާއިއެކު ރައީސް ނަޝީދަށްމިހާވަރު ކުރެއްވޭކަންވެސް ރަގަޅެވެ. ނަޝީދު ރައީސްކަމާ ޙަވާލު ވެވަޑައިގެންއިރު މި ޤައުމު އޮތީ ކޮންޙާލެއްގަކަން އެނގޭމީހުން ވަރަށްމަދެވެ. ދިވެހިންގެ ގިނަމީހުންގެ ވިސްނުން ހުންނަނީ ހަމަވަގުތުން އަތަށް ލިބޭއެއްޗަކަށެވެ. މައުމޫނުގެ ވެރިކަމުގައި ތެދެކެވެ. މާލެއާއި މުޅިރާއްޖެތެރޭގައި ވަރަށްގިނަ ޢިމާރާތްތަކާ ރަށްރަށުގެ ބަދަރުތައް ވަނީ ހެދިފައެވެ. ހެދިފައިވަނީ ކުރުމުއްދަތެއްގެ ތެރޭގައި ހަލާކުވާފަދަ ގޮތަކަށެވެ. ރައީސްކަމުން ދުރުކުރެވުނު އިރު މި ތަންތަން ބަލަހައްޓާނޭ ބަޔަކު އުފެއްދިފައެއްނެތެވެ. ތިން ޖީލުގެ ދަރިންވަނީ ކޮރަޕްޓްވެ، މަސްތުވާތަކެއްޗަށް އަޅުދާސްތުވެފައެވެ.

އިޤްތިސާދީގޮތުން ބަލާއިރު 1978 ގެ ދުވަސްވަރަކީ މިރާއްޖޭގައި ކުރީގެ ރައީސް ނާސިރުގެ މަސައްކަތުން ޓޫރިޒަމް ފެށިގެން އައި ދުވަސްވަރެވެ. އެދުވަސްވަރު ދުނިޔޭގެ އިޤްތިސާދުވެސް އޮތީ ވަރަށް ރަގަޅަށެވެ. ވުމާއެކު ގިނައަދަދަކަށް ރާއްޖެއަށް ޓޫރިސްޓުން އާދެއެވެ. ހީވެސްނުކުރާހާ ގިނައަދަދަކަށް ބޭރުފައިސާ ވަދެއެވެ. އަނެއްކޮޅުން އަވަށްޓެރި ލަންކާގައި އަހުލީ ހަގުރަމައެއްވެސް ފެށުނެވެ. ނަތީޖާއަކީ ލަންކާގެ ޓޫރިޒަމް ދަށަށް ގޮސް މިރާއްޖޭގެ ޓޫރިޒަމް މަތިވުމެވެ. ރާއްޖެއަށް ބޭނުންވާ ކާޑުގެ ބޮޑުބައެއް ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެދަށުން ލިބެމުންދެއެވެ. މީގެއިތުރުން ގަންނަ ކާޑުގެ ބާވަތްތަކާއި ތެލުގެ ބާވަތްތައް ގަންނަނީ މިފްކޯއިން އެކްސްޕޯޓްކުރާ މަހަށްލިބޭ ފައިސާއިންނެވެ. މީގެތެރެއިން ވެސް ބޮޑުބައެއް ބަޔަކު ގެންދިޔައީ ވަގަށްނަގަމުންނެވެ. މާލެއާއި ރާއްޖެތެރޭގައި ހެދިފައިވާ އިންފްރާސްޓްރަކްޗަރ ގެ ބޮޑުބައެއް ހަދާފައިވަނީ ހިލޭ އެހީގެދަށުން ނުވަތަ ލޯނު ނަގައިގެންނެވެ. 2004ގެ ސުނާމީ އަށް އެހީގެގޮތުން ލިބުނު ގިނައަދަދެއްގެ ފައިސާ އަށްވަނީ ވީނުވީއެއް ނޭގިފައެވެ. މިއަދު އެއާ ވަރަށްތަފާތެވެ. ލަންކާހަގުރާމަ ވަނީ ނިމި އެގައުމުގައި ޓޫރިޒަމް މަތިވާންފަށާފައެވެ. މުޅިދުނިޔެވަނީ އިޤްތިސާދީ ހީނަރުކަމެއްގެތެރޭގައެވެ. މައުމޫނު މިއަދު ރައީސްކަމުގައި ހުންނެވިނަމަ ގެންދާނީ ދަތިނުވާވަރަށް ދިވެހިނޫޓު ޖަހަމުންނެވެ. ބޭރުފައިސާ ހޯދުމަށް އިތުރުލޯނުތައް ވެސް ނަގަމުންނެވެ. ނަތީޖާއަކަށްވާނީ މިކަހަލަ ދުނިޔޭގެ އިޤްތިސާދު ދަށަށް ދާ ވަގުތެއްގައި ދިވެހިރުފިޔާގެއަގު ޑޮލަރަކަށް އެތައް ރުފިޔާއަކަށް ވެއްޓުމެވެ.

ވީމާ ރައީސްކަމަށް ކުފޫ ހަމަނުވަނީ ކާކުބާވައެވެ. މިހާރު ލޯނުނަގަނީޙާލަތުހުރި ގޮތުން މަޖުބޫރުވެގެންނެވެ. ވޭތުވެދިޔަ ދިގު 30 އަހަރު ރާއްޖެޔަށް ގިނައަދަދަކަށް ބޭރުފައިސާ ވަނެވެ. ނަމަވެސް އެއިންކޮށްދިންކަމަކީ ވަކިބަޔަކު މިލިޔަނަރުންނަށް ހަދާދިނުމެވެ. ޅިޔަނުންނާއި ކޮއްކޮއިންނަކީ އާމްދަނީ ހޯދުމަށް ކޮން މަސައްކަތެއް ކުރި ބައެއްތޯއެވެ. ކުރީ ކޮންވިޔަފާރިއެއްތޯއެވެ. ނަމަވެސް މިއަދު އެމީހުންގެ ގެދޮރު ދުނިޔޭގެ އެތަންމިތަނުގައި އެބަހުއްޓެވެ. ބޭންކުތަކުގައި މިލިޔަނުން ޑޮލަރު އެބަހުއްޓެވެ.

ރައީސް ނަޝީދު އެގެންދަވަނީ ލިބޭއެއްޗަކުން ދެކޮޅުޖެއްސޭތޯ ބައްލަވަމުންނެވެ. އުސޫލަކީ މީނޫންތޯއެވެ. ދަރަންޏަށް ނަގާފައިސާއިން އަރާމުގައި އުޅުމަކީ ވަރަށް ހަޑި ހުތުރު އަދި ލަދުވެސް ކަމެކެވެ. ވަރަށްވެސް ބޮޑުތެދެކެވެ. ރައީސް ނަޝީދަކީ ސަޢޫދީ ރަސްގެފާނު އުޅުއްވާފަދަ އިއްޒަތުގައި އުޅުއްވާހިތްޕުޅުވާބޭފުޅެއްނޫނެވެ. އަދި ކޮންމެ މަހަކުއެއްފަހަރު ރަތްދޫލައެއްގެމަތީ ހިންގަވަންބޭނުންފުޅުވަބޭފުލެއްވެސް ނޫނެވެ. އަދި ރަނުން އަތްކަން އަޅާފައިވާ ލަގްޒަރީ ޔޮޓަކާއި މިލިޔަންޑޮލަރުގެ ބްލެޓްޕްރޫފް މާސިޑީޒް ކާރެއް ބޭނުންފުޅުވާ ނޭފުޅެއްވެސް ނުމެނޫންމެއެވެ. ހަމަމިޔާއެކު ކޮންމެމީހަކު އެބޭފުޅާގެ ކުރިމަތީ ސަޖިދަ ކުރުމަށްވެސް ބޭނުންފުޅުވާބޭފުޅެއްވެސް ނޫނެވެ. އަދި ފަރިއްކުޅުއްވުމަށް ސީދާ އޮސްޓްރޭލިޔާއިން މޮޅު މޭވާ އެއާޕްރެއިޓުން ގެންނަންބޭނުންފުޅުވާ ބޭފުޅެއްވެސް ނޫނެވެ. ވީމާ ދެންނެވޭނީ ރައީސް ނަޝީދަކީ ކުރީގެ ވެރިކަން ފަދަވެރިކަމަކަށް އެއްގޮތަކަށްވެސް ކުފޫހަމަވާ ބޭފުޅެއްނޫން ކަމުގައެވެ.

އަޅުގަނޑު ސާބިތުކަމާއެކު މިދަންނަވަނީ މައުމޫނު މިޤައުމު އަނދަވަޅެއްގެ ތުންފަތް މައްޗަށް ލާފައިވާ ކަމުގައެވެ. ކިތަންމެކުޑަ ޙަރަކާތަކުންވެސް އެތެރެއަށް ވެއްޓޭފަދަގޮތަކަށެވެ. އަދި މިޙާލަތުގައި ޤައުމުއޮއްވާވެސް ވެރިކަމުގެ ދަހިވެތިކަމުގައި ހުރެގެން ޑީއާރްޕީ ލައްވާ އެ ގެންދަނީ ކުރެވުނުހާ ޖެއްސުމެއްކުރަމުންނެވެ. ރައީސް ނަޝީދަކީ ޤައުމުދެކެ ލޯބިވާ ރައްޔިތުންނަށް އޯގާތެރި ހިތްތިރި ރައީސެކެވެ. އަދި ނަޝީދުގެ ސިޔާސަތުވެސް ކިތަންމެހާވެސް ރަގަޅެވެ. މިކަން އެގޭނީ ދުވަސްތަކެއްފަހުންނެވެ. ސިޔާސީ ބޭފުޅުންގެ ތެރޭގައި ރައީސް ނަޝީދަށްވުރެ ވެރިކަމަށް ކުފޫ ހަމަވާ ބޭފުޅަކު ހުރިކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރާނަމެވެ.


އެމް.ޑީ.ޕީ ގެ އޮފިޝަލް ވެބްސައިޓުން ނަގާފައި.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-08-28 18:59:07 | Report this Comment
ޖަންގިޔާ:

އިންފްރާސްޓްރަކްޗަރް ވާހަކަ ދައްކަވާއިރު މައުމޫނަށް އިންފްރާސްޓްރަކްޗަރ އެއް ބިނާ ކުރެވުނުތޯއެވެ. ނޫނެކެވެ. އިންފްރާސްޓްރަކްޗަރ މި ކިޔާނީ ޤައުމަކަށް ބޭނުންވާ މައި ވަސީލަތްތަކަށެވެ. ކަރަންޓް ފެން ނަރުދަމާ ދަތުރުފަތުރު މި އިން އެއްވެސް ކަމެއް ޤައުމުގެ ފެންވަރުގައި ސަރުކާރަށް ރައްޔިތުންނަށް ދެވުނު ތޯއެވެ. ނަރުދަމާއެއް ނެތެވެ. ކަރަންޓު ރައްޔިތުންގެ ކަރަންޓެވެ. ދަތުރު ފަތުރުގެ ޚިދުމަތުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. އެނެމެ ކުޑަ މިނުން ކައްކާ ގޭސް ފުޅި ގަނޑެއް ހާ ހިސާބުވެސް ލިބޭނެ ފަދައެއް ނެތެވެ. މާލޭގައި ތި ހުރިހާއެއްޗެއް އެބައޮތެވެ. އެކަމަކު އެއީ މުޅިޤައުމެއް ނޫނެވެ. މި ނޫނީ ދުނިޔޭގައި އިންފްރާސްޓްރަކްޗަރ އެއް ނެތް ޤައުމެއް އޮންނާނެހެން ހިއެއްނުވޭ... ނަޝީދަށް މިޖެހެނީ ފުރަތަމަވެސް މިތަން ޤުއުމަކަށް ހަދަން... އެވަރުންވެސް 30 އަހަރު ލިބުނުހާ އެއްޗެއް އެބައެއްގެ ޖީބަށް އެޅި މީހުން މި އުޅެނީ މޭކަރާ ވަރުން ، ރާއްޖޭތެރޭ އާދައިގެ ރައްޔިތުން އެ މީހުން ދިއްކުރާ 500 ރުފިޔާ ފަހަތަން ނުދުވެ ފުދިގެން އުޅޭ ދިރިއުޅުމެއް އުޅެފާނެކަމަށް ބިރަށް ..

Posted on 2010-09-05 09:54:29 | Report this Comment
މޭކަރާ:

ތިޔައީ ތެދު ހަޤީޤީ ވާހަކަ ތަކެއް، މައުމޫނަކީ ކަންނުވެ ނަންވެގެން އުޅޭ ގޮޅައެއް............

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.