ނައިންޓެ

  • ޝާއިޢުކުރި ތާރީޚް: 10 08 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 1625

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ދިވެހި ގައުމުގެ ކޮންޑަލީޒާ ރައިސް އައިޝަތު ވެލެޒިނީގެ ހިއްވަރަށް އައްސަރިބަހާ ސާބަސް.

ރާއްޖޭގެ ތާރީޚަށް ބަލާލާއިރުވެސް ޤައުމީ ކަންކަމުގައި އަންހެން ބޭފުޅުންގެ ދައުރު ގެނެސްދެވިފައިވަނީ ނުހަނު ފަނޑުކޮށެވެ. ސަބަބެއްކަމުގައި ބެލެވެނީ ސިޔާސީގޮތުން އެކަނބަލުންނަށް ޙަރަކާތްތެރިވުމަށް ލިބިފައިވާ ފުރުސަތުތައް މަދުކަމެވެ. ހަމައެއާއެކު އެފަދަ ޚިދުމަތްތަކެއް ހުރިނަމަވެސް މާބޮޑަށް ފާހަގަކޮށް ހެދުމަކީ ރަނގަޅު ވިސްނުމެއް ކަމުގައި ކުރިން ބެލެވިފައި ނެތީއެވެ.
އަންހެނުން، ކަމެއްގައި މާބޮޑަށް ތެދުވެ އަޑުއުފުލާނަމަ މުޖުތަމަޢު ގިނަފަހަރަށް އެއަންހެނަކާމެދު ދެކޭގޮތްވެސް ތަފާތެވެ. އެފަރާތެއްގެ މަސައްކަތް ވަޅުޖައްސާލައި ފަސްލުމާއެކު އެފަރާތަކަށް މަލާމާތުގެ އިނގިލި ދިއްކުރުމަކީ ރާއްޖޭގައި އޮތް ޖިންސީތަފާތުކުރުމުގެ އަލިގަދަ ހެއްކެކެވެ.
ފަހުގެ ދުވަސްތަކަށް ބަލާއިރު ފާޅުކަން ބޮޑުގޮތެއްގައި ސިޔާސީކަންކަމުގައި އަންހެން ބޭފުޅުން ވަރަށް ފުރިހަމަ އެހާމެ މުހިންމު ދައުރެއް އަދާކުރަން ފަށާފައިވެއެވެ. އެގޮތުން ޝަރަފްވެރި ބައިނަލްއަޤްވާމީ އެވޯޑެއް ކަމަށްވާ “ވިމެން އޮފް ކަރޭޖް” ގެ އެވޯޑް ޙާސިލްކުރައްވާފައިވާ، އެމްޑީޕީގެ މިހާރުގެ ޗެއަރ ޕާރސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީއަކީ ވަރަށްބޮޑަށް ފާހަގަކުރެވުނު އެހާމެ މަޤްބޫލު، ސިޔާސީ ޝަޚްސިއްޔަތެކެވެ. މައުމޫނުގެ ސަރުކާރުގެ ސިޔާސަތާ އިދިކޮޅަށް ދިވެހި އަންހެނުން ރޭވި ޤައުމީ މުޒާހަރާގައި ފިސާރި ކެރިވަޑައިގެން ދިދައުފުއްލެވި ޖަޑިބެއްގެ ގޮތުގައި މާރިޔާ އެނުކުންނެވި ނުކުންނެވުމަކީ އެކަމަނާގެ ފަހަތްޕުޅުން އެތައް އަންހެނުންނެއް ސިޔާސީ ވެއްޓަށް ނުކުންނަން ފެއްޓެވި ކަމެކެވެ.
ސިޔާސީގޮތުން ނޫންނަމަވެސް ތިމާޔާ ޙަވާލުވެފައިވާ ޤައުމީ މަސައްކަތްތަކުގައި ފާޅުގައި އަޑުއުފުލައި އެކަންކަން ހަމަމަގަށް އެޅުވުމަށް މަސައްކަތް ކުރަންކެރޭ މީހުންނަކީ މިއަދުވެސް އަޅުގަނޑުމެންގެ ތެރޭގައި މާގިނަ ބަޔެކޭ ދެންނެވޭކަށް ނެތެވެ. ނަމަވެސް ތިމާގެ އަމިއްލަ މަސްލަޙަތެއް ދިފާޢުކުރުމުގެ ގޮތުން ކަމެއް ކޮންމެގޮތަކަށް އޮތްނަމަވެސް ތިމާބުނާ ބަހެއް ހިފަހައްޓާ ޤާނޫނާއި ޤަވާޢިދުތަކަށް އަދި، ޢާންމު ރައްޔިތުންގެ މަސްލަޙަތަށް ބަލާލުމެއްނެތި ފާޅުގައި ގޮންޖަހަމުން ގެންދާ ފަރާތްތަކަކީ މިއަދަކު މިޤައުމުގައި މަދުބަޔެކޭ ދެންނެވޭކަށް ނެތެވެ.
އައިޝަތު ވެލެޒިނީގެ ނަންފުޅު މިއަދު އަޅުގަނޑު މިފާހަގަކޮށްލަނީ އެކަމަނާގެ ހިއްވަރުގަދަކަމާއި، އިސްނެންގެވުމާ ތެދުވެރިކަމާ ނުގުޑާފަދަ އަޒުމުގެ ސަބަބުންނެވެ. ނޫސްވެރިކަމުގެ ދާއިރާއިން، ޚާއްސަކޮށް އައްޑުވަހުގެ އެޑިޓަރުގެ ހައިސިއްޔަތުން މަދުބަޔަކަށް ދަސްވި ވެލެޒިނީގެ ނަންފުޅަކީ މިއަދު މިޤައުމުގެ އެންމެހާ ރައްޔިތުންގެ ދުލުކުރީގައި ލިޔެވިފައިވާ ދުލަށް ފަރިތަ ނަމަކަށް މިވަނީ ވެފައެވެ.
ޖޭ އެސް ސީ އަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި މެންބަރެއްގެ ޙައިސިއްޔަތުން ވެލެޒިނީ މަސައްކަތް ފެއްޓެވި ނަމަވެސް ޖޭއެސް ސީ އަކީ ފެށުނީއްސުރެ ހަފަރާތުން ސީލްކުރެވިގެން އެކޮމިޝަންގެ އެއްވެސް މަސައްކަތެއް ޢާންމުންނަށް އެނގި ހާމަވެގެން ނުދާގޮތަކަށް މަސައްކަތް ހިންގަމުން ގެންދިޔަ މުއައްސަސާ އެއްކަމުން ރައްޔިތުން ތިބީ އެކޮމިޝަންގެ މަސައްކަތުގެ މައްޗަށް ޣާފިލްވެފައެވެ. ނަމަވެސް މުޅިޤައުމުގެ މަސްލަޙަތު އެކަމަކާ ގުޅިފައިވާ ޢަދުލު އިންސާފުގެ ކަންކަން ވިލަރެސް ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަން ޙަވާލުކޮށްފައިވާ މިކޮމިޝަން ސިޔާސީ ނުފޫޒުގައިޖެހި ކޮމިޝަންގެ ބައެއް މެންބަރުންގެ ޒާތީ މަސްލަޙަތާ އެއްގޮތަށް ބޭނުންގޮތަކަށް ކަންކުރަމުން ދިޔައިރު މިކަމާ ވިސްނާ ފިކުރުކުރާކަށް އެއްވެސް މީހަކަށް ނޭނގުނެވެ. އިންތިޤާލީ މަރުޙަލާ ނިމޭއިރު އެކޮމިޝަނުން ކުރަންޖެހޭ ކަންކަން ޤާނޫނީ އިމުގެ ތެރެއިން އޮމާންކޮށް ކުރުމަށް ހަދަންޖެހޭ ޤާނޫނުތައް ހެދުމަށް ކަނޑައެޅިގެން ފަރުވާ ކުޑަކޮށް އެޤާނޫނުތައް ނުހެދި ހުރުމުގެ ފައިދާ ނާޖާއިޒުގޮތުގައިނަގައި އެކޮމިޝަންގެ މުސްތަޤިއްލުކަމަކީ ކޮމިޝަންގެ ރައީސް ހިތުހުރި ގޮތަކަށް ކަންކަން ކުރުންކަމުގައި ހަދައި ރާއްޖޭގެ އަދުލު އިންސާފު ޤާއިމު ކުރުމުގެ ބާރަކީވެސް ރައްޔިތުންގެ މަޖިލީހެކޭ އެއްގޮތަށް ވެރިކަން ހިންގާބާރުގެ ވައިނޮޅީގައި ތާށިކުރާ ދައްޗެއްގެ ގޮތުގައި ފަރުމާ ކުރުމަށް ދިޔައީ މަސައްކަތް ކުރަމުންނެވެ.
އިންތިޤާލީ މަރުޙަލާގެ ސްޕްރީމް ކޯޓަށް އައްޔަންކުރެވިފައިވާ ވަޤުތީ ފަނޑިޔާރުންގެ ބެންޗަކީ ދާއިމީ ބެންޗަކަށް ސްޕްރީމް ކޯޓުން އަމިއްލަޔަށް ރޫލިންގ ނެރެމިކަން ޙަޤީޤަތަކަށް ހެދޭނީ ޖެއެސްސީގެ ބާރާ ނުފޫޒު ބޭނުންކޮށްގެން ކަމުގައި ބަލައި ރާއްޖޭގެ ޤާނޫނަކަށް ޤަވާޢިދަކަށް ބައިނަލް އަޤްވާމީ ދުނިޔޭގެ އިލްތިމާސްއަކަށް، އަދި ޢާންމުރައްޔިތުންގެ ކަންބޮޑުވުމަކަށް” ކަހެރުވަކެކޭވެސް” ހީނުކޮށް ކަންކުރަމުން ގެންދިޔަ ނުލަފާ ރޭވުންތައް ތޮށިގަނޑު ފަޅާލައި ބޭރުކޮށް ޢާންމުންނާއި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ވެލެޒިނީ އެކުރެއްވި މަސައްކަތްޕުޅަކީ އެކަމަނާގެ ނުގުޑާފަދަ އަޒުމާ ހަރުދަނާކަމުގެ އިތުރުން އެކަމަނާގެ ތެދުވެރިކަން ހާމަވެގެން ދިޔަ ކަމެކެވެ. ތިމާޔާ ޙަވާލުވެފައިވާ މަސްއޫލިއްޔަތު އަދާކުރުމަކީ މުސާރަ ޖީބަށްލައިގެން އަރާމުގައި ހިހޫތަނުން ކާލައިގެން ހުރުންނޫންކަން ވެލެޒިނީ ފިސާރި ރަނގަޅަށް ސާބިތުކޮށްދެއްވައިފިއެވެ. ސާބިތުކަމާއެކު ރައްޔިތުންގެ މެދަށް ނުކުންނަވައި ތިމާގެ ވާޖިބަކީ ކޮބައިކަން ދެނެހުންނަވައި އެވާޖިބު އަދާ ކުރައްވައިފިއެވެ. ޖޭއެސްސީގެ ރައީސްގެ މަކަރުވެރި ރޭވުންތަކާއެކު މުޅި ޤައުމުގެ އަދުލްއިންސާފު ޤާއިމް ކުރުމުގެ ދާއިރާ ނުވަތަ، ބާރު ގޮއްވާލުމަށް ހަރުކުރި ބޮމުގެ ކައުންޓްޑައުން ނުނިމެނީސް ޑިފިޔުޒް ކޮށްލެއްވިއްޔޭ ބައެއްމީހުން އެބުނާގޮތަށް އެރޭވުންތައް ރައްޔިތުންގެ ސަމާލުކަމަށް ގެނެސްދެއްވުމުގައި ވެލިޒިނީ އެކުރެއްވި ހިއްވަރުގަދަ މަސައްކަތްޕުޅު ފާހަގަ ކުރެވިގެން ހިނގައްޖެއެވެ. ނޫންނަމަ އިންތިޤާލީ މަރުޙަލާ ނިމޭއިރަށް އިދިކޮޅު ފަރާތްތަކުން އެދޭގޮތަށް ސަރުކާރުގެ ލޭހިނގުން ހުއްޓުވާލައި ނޭވާހޮޅި ބުރިކޮށްލުމުގެ މަސައްކަތް ރޭވުންތެރިކަމާއި ސިއްރުވެރި ކަމުގައި އެކޮމިޝަނުން ކޮށް ނިންމާލީހެވެ.
ވެލެޒިނީގެ ބުރަމަސައްކަތްޕުޅުން ވަޤުތުގެ ކުރީން މިކަން ރައްޔިތުންނާއި ސަރުކާރުގެ ސަމާލުކަމަށް ގެނެސްދެއްވުމަށް އެވެވަޑައިގެންނެވި ޤުރުބާނީއާއި ކުރެއްވި ގިނަގުނަ މަސައްކަތް ތަކަކީ ރާއްޖޭގެ އަންހެން ކަނބަލުންގެ ތެރެއިން އެފަދަ ކިތަންމެ ވެލެޒިނީއެއް އުފަންވުމަށް ކޮށްޓަވާދެއްވި މަގެއްކަން ގައިމެވެ. ދިވެހި އަންހެން ކަނބަލުން ޚާއްސަކޮށް ޤައުމަށްޓަކައި ހެޔޮއެދޭ ޤައުމުގެ ކުރިމަގާމެދު ވިސްނާ ކިތަންމެ އަންހެން ބޭފުޅުންނެއް ވެލެޒިނީ މިދައްކަވައިދެއްވި ނަމޫނާއިން ބާރުލިބިގެން ފަޚުރުވެރިކަމާއެކު އިސްއުފުލާލައްވާނެކަން ކަށަވަރެވެ.
މިފުރުސަތުގައި ދިވެހި ގައުމުގެ ކޮންޑަލީޒާ ރައިސް ކަމަށް ގިނަބަޔަކުދެކޭ ވެލެޒިނީއަށް އިންތިހާޔަށް ޝުކުރުވެރިވެ ތިޔަގޮތުގައި ދެމިހުންނެވުމަށް ގޮވާލަމެވެ. އަދި ތިކުރެއްވި މަސައްކަތްޕުޅަށް އައްސަރިބަހާ ސާބަސް ދަންނަވަމެވެ. ހަމައެކަނި އަޅުގަނޑުގެ ނަމަކު ނޫނެވެ. އެމްޑީޕީގެ އެންމެހާ މެންބަރުންނާއި ގައުމަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކުގެ ނަމުގައެވެ.

އެމް.ޑީ.ޕީ ގެ އޮފިޝަލް ވެބްސައިޓްއިން ނަގާފައި.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-08-10 12:12:38 | Report this Comment
އަނގަގަދަމިތުރު:

[މިފުރުސަތުގައި ދިވެހި ގައުމުގެ ކޮންޑަލީޒާ ރައިސް ކަމަށް ގިނަބަޔަކުދެކޭ ވެލެޒިނީއަށް] ގިނަމީހުންނޭ... ކޮންތާކު؟ މިރާއްޖޭގެ ގިނަބަޔަކު ތިބީ އެރޭ ވެލެޒިނީ މޮޔަ ބައްޅަގަނޑެއްހެން އެޖެއްސި ވައްތަރަށް ލަދުން. މީހެއްގެ ވިއްޔާ ގޮތެއް ހުންނަންވާނެ. ހުރިހާ މީޑިއާގެ ކުރިމަތީ އެޖެއްސި ވައްތަރަކުން ދިވެހިން ތިބީ ލޮލުންކަރުނަހިލިފަ. ލަދުން ގޮސް ކަންކަނަށް ވަދެ ފިލާދަރަޖައިގައި. ތިމާމެންގެ އަމިއްލަ ސައިޓުގައި ބޭނުން އެއްޗެއް ލިޔެވިދާނެ. ލަދުން ބޯހަލާކު....

Posted on 2010-08-10 12:29:02 | Report this Comment
އަބުޅަ:

ވަކިފަރާތަކަށް ޖެހި ނިމިފަ..... ހަޤީގަތާ ކުރިމަތިލާން ދަތިހެން ހީވަނީ، އެންމެ ކުޑަމިނުން މިކަމަނާގެ މިހާރުގެ އަސްލު ސިފައިގަ ފޮޓޯއެއްވެސް ޖަހާލަން ނުކެރި، މީހާގެ މިހާރުގެ ޙަޤީގަތާ ސިފަވެސް އޮޅޭފަދަ ގޮތަކަށް ފޮޓޯޖަހާ ޙަބަރު ޝާޢިރުކޮއްފައިވާތީ ޙައިރާންވޭ!!!!!!!!

Posted on 2010-08-10 16:52:44 | Report this Comment
ދުންމާރި:

ބަލަ އެއީ ހަޔާތްކުޑަ މުޅި ދިވެހި އަންހެނުންނަށް ހުތުރު އެރުވި އަންހެނެއް.....

Posted on 2010-08-11 00:59:51 | Report this Comment
ކުބޯ:

ރާއްޖޭގައި މިހާތަނަށް ބިންގާ އެޅިފައިއޮތް ޝަރުއީނިޒާމު ވެއްޔާމޮޑެލާހަދަން ވެލާޒިނީއަކީ ކާކުހެއޔެވެ.ދިވެހި އަންހެނުންނަށް ހުތުރުއަރުވާ އެއްވެސްފޮތަކުން މާނަދޭހަކުރަންނޭންގޭ ނަމެއްކިޔައިގެން ދެމިއަކަނުން ސޮނިބާލަމުން އެތެޅިއަރުވަނީ ކޯޗެއްއެންގޭތީހެއްޔެވެ. ދިވެހިރާއްޖޭގެ ރައްޔިތުން އެއްވެސް ޓީވީ ޗެނެލަކުން ފެންނުވަރާހުރި ވެލައެއްގެ މޫނުބަލާކަށް ބޭނުމެއްނުވެއެވެ.ކިއުންތެރިންނޭ މިލާޒިނީ ޝަރުއީކޯޓުތަކަށް ފަނޑިޔާރުން ހުވާކުރި ރަސްމިއްޔާތުގައި ގޮވަމުންދިޔަބަނދިވަރު އަޅުގަނޑަށް ތަސައްވުރުކުރެވުނީ ފިރިއަކުދެކެ ވަރށްލޯބިވާ އަންހެނަކު ފިރިމީހާ ވަރިކުރަން އުލުމުން ފިރިމީހާގެ ދެފައިގާހިފާ ހެޔޮނުވާނޭ ހޮޔޮނުވާނޭ އަހަރެން ވަރިނުކުރާށޭ މިތިބަ ތިންކުދިންނަށްޓަކާވެސް ވަރިނުކުރާށޭ، އަޅުގަނޑަށްމާނަކުރެވުނީ މިހެނެވެ. ދެންއޮތްބައި ކިއުންތެރިންނަށް ދޫކޮއްލީއެވެ.

Posted on 2010-08-11 11:50:25 | Report this Comment
މުހައްމަދު އަސްރަފް:

ކޮންޑޮޑިލާ ރައިސް އަކީ އަހަރެމެން ދިވެހިން ފަޚުރުވެރިވާ ސަޙްސިއްޔަތެއް ނޫނެވެ! އަދި ކިއެއްތަ އިސްލާމީ އުއްމަތުގެ ނަފްރަތާއި މަލާމާތް ރައްދުވަމުން ދާ މީހެކެވެ! ވެލެޒިނީގެ އަމަލުތަކުން ދޭހަވީ، އޭނަގެ އަހުލާޤެއް، ސުލޫކެއް، ލަދުވެތި ކަމެއް ނެތް ކަމެވެ. ހަމައާއި އިންސާފަން ލޯބިކުރާ އެއްވެސް މީހަކު އެފަދަ ދެވަނަ އަންހެނަކު މި ދިވެހި ފަސްގަނޑުން ނުކުންނާކަން ނޭދޭނެކަން ކަށަވަރެވެ

Posted on 2010-08-12 00:26:35 | Report this Comment
ޕާޓޭ:

އެ ދާއްބަ ހުރީ ވަރަށް ބޮޑަށް ކިކު ޖެހިފަ

Posted on 2010-08-12 08:13:22 | Report this Comment
ގަދަކަލޭ:

އާނ، މުޖުތާޒް ފަހުމީ ރީތި ހެދުން އަޅާފަ ރައްޔިތުންގެ ހައްގަށް އަރައިގަތުން އޯކޭ، އެކަމު ވެލެޒިނީ ބޯ ޑައި ކޮށްފަ، ތެދަށް ވާހަކަދެއްކީމަ ސަކަރާތް ދޯ. މި ރާއްޖޭގަ "މިހާތަނަށްބިންގާއެޅިފައި" އޮތީ ވަރަށް ފީކަޅާ އެއްވެސް ކަހަލަ ހަމައެއްނެތް ޝަރުޢީ ނިޒާމެއް. ޤާނޫނީ ގޮތުން މަތީ ތަޢްލީމް ޙާސިލްކޮށްގެން ތިބީ މަދު ޤާޟީއެއް. ގިނަ މީހުންނަކީ ސަނަދުގަނޑެއްގެ ބާރުން މަސައްކަތް ކުރާ މީހުން. ފެންވަރު ނެތް ގިނަ މީހުންނަށް ފެކަލްޓީގައިވެސް "ކިޔަވައިދިނީ" ނަމެއްގަ، ޤާނޫނީ ވާޖިބުކުރާތީ އަމާބުނީތީ ފަރަށްދާގޮތަށް. ކިތައް ރައްޔިތުންނަށްތޯ ކޯޓަށްގޮސްގެން ޢަދުލު އިންސާފު ހޯދިފައިތިބީ؟ ކިތަށް ރައްޔިތުންނަށްތޯ ނުލިބުނީ؟ އެއްފަހަރު ކަނޑި މަނާކުރާނެ، އަނެއްފަހަރު ހުއްދަ ކުރާނެ، އަނެއްފަހަރު މީހުން ދަންވަރު އެހެން މީސްމީހުންގެ ގޭގެއަށް ވަދެފަ "ތިމަންނައަށް ވަދެވުނީ ނިދާފަހުރެގެންނޭ" ބުނީމަ އޯކޭ ވާނެ، އަނެއްފަހަރު ހަނު ހުރުމަކީ ޔޫރިންވެސް ނުދިނުން ކަމުގައި ނިންމާނެ... ކުޑަކުއްޖަކަށް އަނިޔާ ކުރީމަ 200 ރުފިޔާގެ "ފައިން" އެއް ދެއްކީމަ އޯކޭ ވާނެ، ދެން ކޮންމެހެން ޕީނަލް ކޯޑުގެ މައްޗަށް ބިންދާކަށް ނުޖެހޭ، އެއަށްވުރެ ބޮޑެތި އަދަބުތައް ދެވެން ހުންނައިރު. ގާޒީން ގަމާރު، އަދި ކޮރަޕްޓް. ގިނަފަހަރަށް ކުށްވެރިންގެ ދިފާޢުގަ އަންނަ ލޯޔަރަށްވުރެ ގާޒީގެ ފެންވަރު ދަށްވެފަ މި އޮންނަނީ. ނުވަތަ ކުށްވެރިންގެ ޖީބުގައި ގާޒީ. ދެން ކޮން ޝަރުޢީ ދާއިރާއެއް.

Posted on 2010-08-12 14:39:32 | Report this Comment
އެޑިޓް:

ކޮން މޮޔަ އެއްތަ!

Posted on 2010-08-13 01:55:39 | Report this Comment
ނައިންޓެ:

އަޅުގަނޑު ހުރިހާ ކިޔުންތެރިންގެ ކިބައިން ވަރަށް އާދޭހާއެކު މި ދަންނަވަނީ ކޮމެންޓް ކުރައްވާއިރު އަހުލާޤީ މިންގަނޑު ހިފެހެއްޓުމަށް. އެއްވެސް މީހެއްގެ އަބުރާ އިއްޒަތަށް އަރައިނުގަނެ ކޮމެންޓްކުރެއްވުމަށް. ހަޑިހުތުރުބަހުން ކޮމެންޓް ނުކުރުއްވުމަށް. ކުރާ ކޮމެންޓް އެޕްރޫވްކުރެވޭނެ މިންގަނޑެއްގަ ހިފެހެއްޓެވުންއެދެން.

Posted on 2010-08-13 18:14:50 | Report this Comment
ސާބަސް:

ނައިންޓެ! ކަލޭމެނަށް ރަތްކުލަ ދެއްކިޔަސް ބުނާނީ ތީ ރީންދޫކުލައޭ! ތީދެން ތަންކޮޅެއް ބޮޑުވަރު.

Posted on 2010-08-14 16:34:48 | Report this Comment
ޝާއި:

ވެލެޒިނީ އެކުރީ ހަމަ ބަރާބަރު ކަމެއް..ހަމަ ސާބަސް....ތީ ހިތްވަރުގަދަ ފަހުލަވާނެއް.........

Posted on 2010-08-15 09:49:54 | Report this Comment
ޝާހީ:

އެއީ ހިތްވަރުގަދަ ވުމެއްނޫން. އެއީ އަޚްލާގެއް އަދަބެއް އިޚްތިރާމް ކުރަން ނޭގުނުކަން.

Posted on 2010-08-16 10:14:24 | Report this Comment
ރީދޫ ރަޖާ:

މިފަދަ ދެވަނަ ފަހުލަވާނަކީ ކެރަފާ އަމްޝޫދާ. އޭނައާ ބެހޭގޮތުން ލިޔުންތެރިޔާގެ ބަލާޣާތްތެރި ލިޔުމެއް އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދިނުމަކީ ވަރަށް އެދޭ ކަމެއް.

Posted on 2010-08-16 11:26:11 | Report this Comment
ދޮންކަލޯ:

ތެދެއް އާޒިމާ ޝުކޫރު(ކުރީ ދައުލަތުގެ ކިރުމައި ކަމަނާ) އޯކޭ މައުމޫން ކުރިމަތީގަ އޮރިޔާމުން ނެށިއަސް! ރައްޔިތުންނަށް ވެލެޒިނީ ހަޤީގަތެއް ހާމަކޮށްދިނީމަދޯ ގޯހީ!

Posted on 2010-08-16 16:15:37 | Report this Comment
ކެސްއައްޔަ:

މިއަދު ވެލެޒިނީ މާދަން އެހެން މީހެއް މިގައުމުން އެބަޖެހޭ ހިޔާނާޔްތެރިން ނާއި ވަގުން ހުސް ކުރަން އެއީ ކޮއްމެ ދިވެއްސެއްގެ ވާޖިބެން.. އޭރަކު ތިބޭ ބަޔަކު ކުރަން ޖެހޭނެ ކަމެޢްއެއީ.. ވަކިމީހަކު ނިކަމެތި ކޮށް ވަކިމީހުން ކުށްވެރި ވާހެނެށް ނޫން އޮށް ނަން ވާނީ.. އެހެންވެ އަދުލު އިންސާފު ގާއިމު ނުކުރެވެނީ.. ކޮންމެ ގޮތެއް ވިޔަސް ސަރުކާރެށް އޮންނަން ވާނީ ރަށްޔިތުން ނަން ހިދުމަތް ކޮށްދޭން.. ސަރުކާރުން ރައްޔިތުން ނަން ދޭ ހިދުމައް ދިނުމައް ހުރަސް އެޅުމަކީ ޒިއްމާދާރު ކަމެށްނޫން... އެހެން ނޫނަސް ރައްޔިތުންގެ އަޑު އެހި ސަރުކާރެށްނަމަ އެމީހުން ބާލުވާކަށް ނުޖެހުނީސް... ދެން ކޮންމެހެން މާހެޔޮ އެދޭބަޔަކަށެ ވާނެ ކަމެށެ ނެން.. ދެނެށް މީހުން އެމަޅިޔަކު ނުޖެހޭނެ.. އަޅުގަނޑު އެދެނީ މިޔައްވުރެ މާފާގަތި މާދަމަ އެށް ދިވެހިން ނަން ލިބުނެ..

Posted on 2010-08-18 16:34:05 | Report this Comment
ައެޑިޓް:

ވެރޭޒިނީ...މޮޔައެއް....ހެހެހެހެ

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.