ޙުސައިން
ލިޔުންތެތެރިޔާ
  • ޝާއިޢުކުރި ތާރީޚް: 01 07 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 360

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ވެރިއެއްގެ ޒަޢާމަތު



ކަންކަމަށް ޤާބިލްނޫން މީހުން މަޤާމުތަކަށް އައުމުން ހަމަނުޖެހުން ހިނގާނެއެވެ. މިއަދު މިގައުމަށް ޖެހިފައިވާ ޙާލަތަކީއެއީއެވެ. ގ. ކެނެރީގޭ މުހާއްމަދު ނަޝީދު ވެރިކަމަށް އައުމަށް ދިވެހިންގެ ތެރެއިން ގިނަ މީހުން ވޯޓްދިނީ އޭރުއޮތް ހުދުމުހުތާރުވެރިކަމުން މިންޖުވުމަށްޓަކައެވެ. ނަމަވެސް އޭރުގެ ޙުދުމުހުތާރުކަން ހަދާންނެތޭ ދަރަޖަޔަށް މިއަދު މިވަނީ މިމުހައްމަދު ނަޝީދުގެ އަނިޔަޥެރިކަން އިންތިހާ ދަރަޖަޔަށް ގޮސްފައެވެ.

ގައުމުގައި ހަމަނުޖެހުން ހިނގާއިރު މުލިޔާގެ ގަނޑުވަރުކޮޅުގައި އަރާމު ގޮނޑީގައި ފަރިއްކުޅުވައިގެން އަރާމް ސާލުތަކުގައި އަވަހާރަފުޅުލައްޕަވައިގެން އޮންނަވަނީއެވެ. ރައްޔިތުންނަށް ވެފައިވާ ވަޢުދުގެ މަތިން ހަދާންނެއްނެތެވެ. ރަށްރަށުގައި އަޅައިދޭންބުނި ފުލެޓްތަކާއި އާރޓްކޮލެޖުގެމަތިން ހަދާނެއްނެތެވެ. ދިވެހިންނަށްވީ ވަޢުދުގެ ކުރިއަށް ބޭރުމީހުންނަށްވެފައިވާ ވަޢުދުތައް ފުއްދުމަށް ހޭބޯނަރާ މަސައްކަތްކުރަމުންގެންދަނީއެވެ.

ގައުމުގެ ހަޔާތުގައި ހާލަތުގޯސްނުވާވަރަށް މިއަދުވަނީ ހާލަތުގޯސްވެފައެވެ. ހުދު ނަޝީދުއާއި ވާދަކުރަންތިބި ސިޔާސީ ލީޑަރުން ހައްޔަރުކޮށްގެން ޝަރީޢަތައް ގެބންދަނީއެވެ. ބަހަނާޔަކަށްދެއްކީ ހިޔާނާތުގެ މައްސަލައެއްކަމުގައެވެ. ޑިމޮކުރަސީއާއި ހިލާފަށެވެ. ހިޔާނާތްތެރިވާނަމަ އެންމެ ފުރަތަމަ ގެެންގޮސް ޖަލުގެ ތޭރިތަކުގެ ތެރެއަށް ލާންވިމީހަކީ ނަށީދުގެ އަރިހުގައި ވަށާޖެހިގެން އުޅުއްވާ ކުރީގެ މަޝްހޫރު ފިލްމީބަޑި ރީކޯ މޫސާމަނިކެވެ.

ނިކަން ހިފާހައްޔަރުކޮށްބަލާށެވެ. ކައުންސިލް އިންތިހާބު ކުރިމަތިވާއިރަށް ކެމްޕޭނަށް ތަޅާލާނެ ލާރިގަނޑެއް ހޯދުމަށްޓަކައި ދިވެހިގެ ތަރިކަ މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓްވެސްވިއްކާލީއެވެ. އަދިވެސް ގަސްތުކޮށްގެން ހުރީ ދިވެހިން ގަޅަހެއްދުމަށްތޯއެވެ. ............އިންޒާރުކުރަމެވެ. ހުދުމުހުތާރުކަންދައްކާ މުލައްދަނޑީގެ ގަދަކަން ދައްކަން ނޫލޭށެވެ. މާދަމާ، ޤިޔާމަތްދުވަހު އަނިޔާވެރި ޖައްބާރުވެރިންނަށް ހުރި އަޒާބުގެ ހިތި ރަހައިން އިންޒާރުކުރަމެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-07-03 10:53:19 | Report this Comment
އ.ކ:

ސާބަހޭ ހުސޭނާ

Posted on 2010-07-03 13:00:44 | Report this Comment
އަހުމަދު:

ދިމާވެގެން އުޅެނީ އެންމެ މައްސަލައެއް އެއަރޕޯޓް ވިއްކާލިމުގައި ފޮރުވިފައިވާ ސިއްރުތަކާ ކޮރަޕްސަނުގެ އަމަލުތަކާ، އެމް.ޑީ.ޕީން ނެގި 17$ މިލިއަން ޑޮލަރު ކަންތަން އިދިކޮޅު ގުޅިފައިވާ އިއްތިހާދަ ކުން ގުޅިގެން މަސައްކަތް ކުރާތަން ފެނުން. އެކަން ހުއްޓުމަކަށް ވަގުތީ ގޮތުން އައުން. އެހެންވެ އެކަމުގައި މަސައްކަތް ކުރަން ނިކުމެތިބި މީހުން އެމީހުންގެ މަސައްކަތާގެން އުޅެނުދިނުމަށްޓަކައި ރިސްވަތޭ، މާލިއްޔަތު ޤާނޫނޭ، ވަޒީރުންނޭ، މަސްވެރި ސަބްސިޑީއޭ މިހެން ގޮސް ތަފާތު ބަހަނާ ދައްކާ ކަމުގެ ހަޤީޤީ ސަބަބުކަމުގައިވާ އެއަރޕޯޓްގެ މައްސަލާގައި އިދިކޮޅަށް ނުކުމެތިބި ސިޔާސީ ލީޑަރުނެގެ މަސައްކަތަށް ހުރަސް އަޅައި އެބޭފުޅުންނަށް ބިރުދަށްކާ އިތުބާރުގެއްލުވަށް ހިންގަމުންދާ ހުދުމުހުތާރު އަނިޔާވެރި ކެހިވެރި ސިޔާސީ ހަރަކާތްތަކެށް. މާލިއްޔަތުގެ ޤާނޫނުގައި މައްސަލަތަކެށް އުޅޭނަމަ ކަންކުރަން ވިގޮތް ޤާނޫނު އަސާސީން ވަރަށްވެސް ސާފު. ތަސްދީގުކުރުނުގެ ބަދަލުގައި އަބުރާ ދެވަނަ ވިސްނުމަކަށް މަޖިލީސް އަށް ފޮނުވާވެސްލެވޭނެ. ދެންވެސް ހަމައެގޮތަށް ފާސްކޮށްފިނަމަ ދާންވީ ސްޕްރީމް ކޯޓަށް. ފުރަތަމާންވެސް ތިކަހަލަ ތަސައްރަފް ނުފުދޭ ޤައުމު ހަލަބޮލިކުރުވަން ކުޅުވާ ސިޔާސީ ޑްރާމާތަކެށް ނޫން ޖައްސަންވީ. ޤާނޫން އަސާސީން ލިބިދޭ ކަންތަށް ތަކުގެ ބޭނުން ހިފަންވީ. އެއީ ޤާނޫނު އަސާސީ ނެގެ ހެއްޓުމަކީ. މިހާރު މުޅިންވެސްތި ކުޅެނީ ޕާޓީގެ މަގުމަތީ ހަރަކާތް ތެރިން ނަށް ކަންކަން އޮޅުވާލުން. ސުކުރިއްޔާ.

Posted on 2010-07-03 23:28:57 | Report this Comment
ގުއިކުލަ ރިނދޫކުލަ:

މި ބައިގަނޑުގެ މަންޒިލާކީ މަގުމަތި އެހެންކަމުން ވެރިކަމުގެ ދާންމަތީގައި ތިބެންޖެހުމުން ފޫހިވެގެން އެއުޅެނީ ވައްކަންކުރަން އާދަވެފައިހުރިމީހެއްވެސް ވައްކަމެއްނުކުރެވިގެންރޭގަނޑު ނުނިދިގެން މޫދައްފުއްމާލައިގެން ގަލެއްނަގައިގެން އައިސް ނިދިހެން މިތެޅެނީ

Posted on 2010-07-04 03:15:21 | Report this Comment
ރައްޔިތު ބެއްޔާ:

ބަލަންގެޖޭނީ ފެންނަން ހުރި ކަންތައް ތަކަށް،،، މަޖިލިހުން ކަންކުރާގޮއި ތިޔަ ފަރާތަށްވެސް އެގިލައްވާނެ،،،، ރައީސް ހުށަހަޅުއްވާ އެއްވެސް ބިލެއް ފާސްވާގޮއި ވަނީ ނުވެފައި، ކޮންމެ ފަރާތަކުންވެސްބަލަނީއެބައެއްގެ ކޮޅު ކުރި އެރުވޭތޯ،،،،، ރައްޔިތުންނާމެދު ވިސްނާނުމުގެ ބަހަނާގައި،،،މީ އަނިޔާވެރި ސާރުކާރަކަށްވިއަސް އިހުގައި ހިގައި ދިޔަ އަނީޔާ ވެރި ވެރިކަން ދެކުނު މީހަކު މި ސަރުކާރުގެ އަނިޔާ ވެރިޔޭ ކިޔާ ނުގޮވާނެ ކަން ކަށަވަރު،،،، ބަޔަކަށް ހީވެދާނެ،، ސާބިތު ހެކި ނެތިއްޔާ ނުކުރާ ކަމަށް،،،، އަނިޔާވެރިން ކަޑައެޅޭދުވަހު ހާޒިރީން ދެކޭނެ ކަން ކަށަވަރު ،،،،އަނިޔާވެރީ ކުރީގެ ދިވެހި ރާއްޖެތޯ.... ނޫނީ އަނެއް ދިވެހި ރާއްޖެތޯ... ބެއްޔާގެ ތަޖުރިބާ އަށް ބަލާ އިރު ބުނެވޭނީ ކުރީ ގެ ދުވަސް ތަކަކީ ވަކިބަޔަށް ބިރު ވެރިކަމާ ނައަމާން ކަމުގެ ލާމަސީލު ދުވަސް ތަކެކޭ،،، އެއިރު މީހަކު މިކަހަލަ ވާހަކަ އެއް ބުނެފިނަމަ ބުނާނެ ތިވާނީ ކޮންމެސް ކުށެއް ކުރި ކަމަށެވެ. ނުވަތަ ގައުމު ސަލާމަތާއި ކަރާމާތް ދެމެ ހެއްޓުމަށެވެ،،ހަމަ ވަޅަށް ބަކަރި ގާނޫނު،،، ހެޔޮ ނިޔަތުގައި ލިޔާނަމަ ފަސާދަ އަށް ތިޔަކަހަލަ ލިޔުންތަށް ތާރީޙްގެ ތެރެއަށް ވަދެގެން ނުދިޔަ އީސް ކަން ކަށަވަރު......

Posted on 2010-07-04 12:00:06 | Report this Comment
ރީދޫ ރަޖާ:

މާލިއްޔަތު ޤާނޫނެއް ވިޔަސް އަދި އެހެން ޤާނޫނެއް ވިޔަސް މަޖިލިހުން ފާސްކޮށްގެން ނަޝީދު ކަހިރުވަކެކޭ ހިތަކަށް ނާރާނެ. މަޖިލީހުން އެންޓި ކޮރަޕްޝަނަށް ހޮވާފައިވާ މެންބަރަކުވެސް އެބަހުރި އޭނަ ބޭނުންނުވާތީ މަޤާމު ނުދީފަ. ވީމާ ބިލެއް ފާސްކުރިއަސް ޢަމަލު ކުރާނީ އޭނަ ބޭނުމިއްޔާ. އެހެންކަމުން އެބައެނގޭ މިއުޅެނީ މާލިއްޔަތުގެ ޤާނޫނުގެ މައްސަލައެއް ނުވަތަ ކޮރަޕްޝަން ތުހުމަތެއްވެސް ނޫންކަން. މާ ނުސީދާ ގޮތަކަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތޭ ކޮންމެވެސް ވަރަކަށް ކިޔާ ހަދާއިރު ސަރުކާރު ވައްޓާލުމަށް ކުރީ ނުވަތަ ކުރަން އުޅުނީ ކޮން ކަމެއްކަން ބުނެދޭކަށް ނުކެރޭ. މިއުޅެނީ ސަރުކާރު ވައްޓާލުމަށްޓަކާ މަޖިލީހުގައި ވޯޓެއް ނަގާފާނެކަމުގެ ބިރު ހީވެގެން. އެވާހަކަ ފާޅުގަ ސާފު ބަހުން ބުނަން ނުކެރިގެން ސަރުކާރަށް އުޅެނީ. ރައްޔިތުން ހޮވާފައިވާ މަޖިލިހަކުން ނަގާ ވޯޓަކުން ސަރުކާރުގެ ވެރިޔާ މަޤާމުން ދުރު ކުރުމަށް ނިންމައިފިނަމަ އެއީ ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ބަޣާވާތަކުން ވައްޓާލިއޭ ބުނެވޭނެ ޖާގަ އޮތް ކަމެއް ނޫން. ކާކަށް އޮޅުވާލަން ކަމަށްތަ ތިއުޅެނީ.

Posted on 2010-07-05 00:37:21 | Report this Comment
އިބްރާމްބޭބެ:

ރޭޑިއޯތަކާ ޓީވީ ޗެނެލްތަކުން ވަގުތުގަނެގެން ތިޔަކުރައްވަނީ ހުސްބޭކާރު ހަރަދުތަކެއް ތިކަމުން އިތުރައް ރައްޔިތުންނަށް އިނގެމުން ދަނީ ނަސީދުގެ ސަރުކާރުގެ ނާގާބިލުކަން، ވަގުންއަރާ އެހެންމީގުންނަށް ވަގައްގޮވާ ހެދީމަ ކިހާތާހިރުދިރިއުޅުމެއް ރައްޔިތުމީހާއަށް ތިދައްކާދެވެނީ، ރައްޔިތުންނެއް ދެނެއްތިދޮގުތަކެއް އަޑެއްނާހާނެ، ދެންވެސް އެންމެ ރަނގަޅުވާނީ ތިމާޔަށް ވޮޓުދިން 25،000 ވަރަކައް މީހުންވެސް ތާއީދުލިބޭތޯ ހިމޭނުންހުރެ އެމީހުން ގާތައް ތިއިސްތިއުފާދިން މަރުމޯލުންތައް ފޮނުވައިގެން އެމީހުންނަށް ކޮންމެވެސް އެއްޗެއް ދޭނަމޭބުނެ ހައްދައިގެން 2013 ވަނަ އަހަރުގެ ވޯޓާހަމަޔަށް ބޭތިއްބޭތޯމަސައްކަތެއް ފެށިއްޔާ..........

Posted on 2010-07-05 05:59:44 | Report this Comment
މާރާދަ:

ޒާލިމުން އަނިޔާކުރާއިރު ބައްލަވަން މިރުސާދުގައި ޚާލިޤުލްކައުނައިންވާކަން ނޭގެނީތަ ޢަޖައިބެކޭ

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.