މިއަދު މުޅި ދުނިޔޭގައި އެއްއަޑަކުން ގޮވަމުންދަނީ ޙައްޤުތަކުގެ ވާހަކަޔާއި ހަމަހަމަކަމުގެ ވާހަކައެވެ. އަންހެނުންގެ ޙައްޤުތަކާއި، ކުޑަކުދިންގެ ޙައްޤުތަކުގެ ތަކާއި، ކުށްވެރިންނާއި ޤައިދީންގެ ޙައްޤުތަކުގެ ވާހަކަޔާއި ސިޔާސީ ކުއްވެރިންނާއި ހަނގުރާމައިގައި ހިފެވޭ އަސީރުންގެ ޙައްޤުތަކުގެ ވާހަކަވެސް ވަރަށް ބާރަށް ދެކެވެމުންދެއެވެ. އަދި ނުވިތާކަށް ޖަނަވާރުންގެ ޙައްޤުތަކުގެ ވާހަކަވެސް ދެކެވެއެވެ. މިއެންމެންގެ ޙައްޤުތައް ހިމާޔަތްކުރުމަށްޓަކައި ތަފާތު ކޮމިޝަންތަކާއި ޖަމްޢިއްޔާ ޖަމާއަތްތައް ވަނީ އުފައްދާފައެވެ. އަދި މިއެންމެންގެ ޙައްޤުތަކުގައި ކޮންމެ އަހަރަކު ޚާއްޞަދުވަސްތަކެއް ދަނީ ފާހަނގަކުރެވެމުންނެވެ. ވޯރލްޑް ވެމޭންސްޑޭގެ ނަމުގަޔާއި، ވޯރލްޑް ޗިއުލްޑްރަންސް ޑޭ، ވޯލްޑްސް ޕުރިސަނަރސް ޑޭ ނަމުގައި ކޮންމެ އަހަރަކު ޚާއްޞަ ދުވަހެއް ފާހަނގަކުރަމުން ދާއިރު، ޙައްޤުތަކުގެ ނަމުގައި ވާހަކަ ދައްކަމުންދާ ފަރާތްތަކުން ވަނީ ފިރިހެނުންގެ ޙައްޤުތަކާއިމެދު އިޙްމާލްވެފައެވެ. ނުވަތަ އެބައިމީހުންނަށް ހީވެފައި އޮންނަނީ ފިރިހެނުންނަކީ ހުރިހާ ޙައްޤުތަކެއް ފުރިހަމަވެފައިވާ ބައެއްގެ ގޮތުގައެވެ.
ނަމަވެސް ޚަޤީގަތަކީ ވަރަށް ގިނަ ފިރިހެނުންގެ ޙައްޤުތައްވެސް ވަނީ ގެއްލިފައެވެ. ބައެއްފަހަރު އަބިންގެ ފަރާތުންނެވެ. އަދި ދަރިންނާއި އާއިލާގެ ފަރާތުންނާއި މުޖުތަމައުގައި އުޅޭ އެހެން ފަރާތްތަކުގެ ސަބަބުންނެވެ. ނަމަވެސް ޙައްޤުތަކުގެ ނަމުގައި ވާހަކަދައްކާ ފަރާތްތަކުން އެހެންމީހުންގެ ފުށުން، ފިރިހެނުންގެ ޙައްޤުތައް ގެއްލިގެން، މިޙައްޤުތައް ހޯދުމަށް ވާހަކަދައްކާ ތަނެއް ނުފެނެއެވެ.
ފިރިހެނުންގެ ޙައްޤުތަކުގެ ވާހަކަތައް ނުދެއްކުމަކީ ހަމަހަމަ ކަމުގެ މިންގަނޑުތަކާއި ޑިމޮކުރަސީގެ ޢާއްމު އުޞޫލާއި، ޢަދުލްއިންސާފުގެ އުޞޫލުތަކާވެސް ތަޢާރުޒުވާކަމެކެވެ. ޙައްޤުތަކުގެ ނަމުގައި މަސައްކަތްކުރާ ޖަމްޢިއްޔާތަކާއި ޕާޓީތަކުންވެސް އަދި ރައްޔިތުންގެ މަޖިލީހާއި ޤާނޫނު ހަދާމަޖިލިސްތަކުގައި، ފާސްކުރެވޭ ޤަރާރުތަކާއި، ޤާނޫނުތައްވެސް ތަންފީޒުކުރެވެނީ އަންހެނުންގެ ޙައްޤުތައް ހޯދައިދިނުމަށެވެ. ހައިރާންވާން ޖެހޭ ކަމަކީ ރައްޔިތުންގެ މަޖިލީހާއި ޤާނޫނު ހަދާ މަޖިލިސްތަކުގައި ޙައްޤުތައް ގެއްލިފައިވާ ފިރިހެނުން ތިބިއިރުވެސް އެބައިމީހުންވެސް، ޙައްޤުތަކުގެ ވާހަކަ ދެކެވޭ ދަނޑިވަޅެއްގައި ފިރިހެނުންގެ ޙައްޤުތަކުގެ ވާހަކަ ދެކެވޭތަނެއް ނާދެއެވެ. އެބައިމީހުންވެސް ނިޒާމީ ނުކުތާގެ ބޭނުންކޮށްގެން އެފަދަ ދަނޑިވަޅެއްގައި ދައްކަނީ ޙައްޤުގެއްލިފައިވާ އަންހެނުންގެ ޙައްޤުތަކުގެ ވާހަކައެވެ.
ފިރިހެނުންނަކީ އެބައިމީހުން ދިރިއުޅެން ތަހަންމަލު ކުރަން ޖެހޭގޮތުން ވަރަށް ގިނަ ޙައްޤުތައް ގެއްލެއެވެ. ބުރަ މަސައްކަތްތަކުގައި އުޅެންޖެހުމާއި، ރެއާދުވާލު ކަނޑުމަތިގަޔާއި، ކޮންކުރީޓް ގަށާ މެށިންތަކުގެ ދަށުގައިވެސް ބުރަކޮށް ޚަރަކާތްތެރިވާން ޖެހުމާއި، 50 ކިލޯގެ ބަރުދަން ހުންނަ ސިންމެތި ބަސަތާޔާއި ހިލަ، ހިލަވެލި ބަސްތާތައް ކޮނޑުންނާއި ބުރަށިން އުފުލަން ޖެހުމުން، ޖިސްމާނީ ގޮތުން ފިރިހެނުންގެ ޙައްޤުތައް ގެއްލިގެން ދެއެވެ.
ފިރިހެނުންގެ ޙައްޤުތައްވެސް ގެއްލިފައިވުމުން، އެޙައްޤުތައް ހޯދައިދިނިމަށްޓަކައި، ޚާއްޞަދުވަހެއް ފާހަނގަކުރުމަކީ ވަރަށްވެސް މުޙިއްމު ބޭނުންތެރިކަމެކެވެ. އެހެންކަމުން ވޯރލްޑްސް މޭންސް ޑޭގެ ގޮތުގައި އަހަރީކަލަންޑަރުގައި ރަންއަކުރުން ދުވަހެއް ފާހަނގަކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ.
www.hussaenh.blogspot.com
Posted on 2010-05-30 22:27:44 |
Report this Comment
Posted on 2010-05-30 23:46:04 |
Report this Comment
Posted on 2010-05-31 19:56:43 |
Report this Comment