އިބްނު ޢަލީ

  • ޝާއިޢުކުރި ތާރީޚް: 01 05 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 173
  • މޯބައިލް ލިންކު: m.muraasil.com/6876

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

މީހުން ވަގަށްނެގުމުގައި ދިވެހިރާއްޖެ ދުނިޔޭގެ އެއްވަނަ

ދުނިޔޭގެ ތަފާތު ޤައުމުތަކުގައި މީހުން ވަގަށްނެގުންވަނީ އާއްމުކަމަކަށް ވެފައެވެ. ތަފާތު ބޭނުންތަކުގައެވެ. އިންސާނާގެ ގުނަވަންތައް ވިއްކުމަށް އެއްބަޔަކު މީހުންވަގަށް ނަގާއިރު ފައިސާހޯދުމުގެ ބޭނުމުގައި އަނެއްބަޔަކު އެކަން ކުރެއެވެ. އަދި ފާހިޝްކަންތައް ކުރުވުމަށްވެސް ބައެއްމީހުން މީހުން ވަގަށް ނަގައެވެ. މިކަމަކީ މިހާރކަށްއައިސް މުޅިދުނިޔެއަށް ކުރިމަތި ވެފައިވާ ވަރަށްބޮޑު ބިރެކެވެ.

ދިވެހިރާއްޖޭގައި މީހުން ވަގަށްނަގަނީ ތަފާތު ގޮތަކަށެވެ. އެމީހުނަށްނޭގި ސިޔާސީޕާޓީތަކަށް ވައްދަނީއެވެ. ދުވަހަކު ސިޔާސީޕާޓީއަކަށް ސޮއި ކޮށްފައިނުވާ މީހަކުވެސް ޗެކްކޮށްލާއިރު އޮންނަނީ ކޮންމެވެސް ޕާޓީއެއްގެ ރަޖިސްޓްރީގައި ޖައްސާފައެވެ. އެހެންގޮތަކަށް ދަންނަވާނަމަ އެމީހާ އޮންނަނީ ކޮންމެވެސް ޕާޓިއަކުން ވަގަށް ނަގާފައެވެ. ސަރުކާރުން ސިޔާސީޕާޓީތަކަށް ފައިސާދެނީ މެމްބަރުންގެ ނިސްބަތުން ކަމަށްވާއިރު މީހުންވަގަށް ނަގައިގެން ބައިގިނަކޮށްގެން ހޯދާފައިސާ އެއީ ހަލާލުގޮތުގައި ލިބޭއެއްޗެއްތޯ އެފަދަ ޕާޓިތަކުން އެއްފަހަރުވެސް ވިސްނާލިބާވައެވެ. ދިވެހިރާއްޖޭގައި ތޭރަ ސިޔާސީޕާތި ރަޖިސްޓްރި ކޮށްފައިވާއިރު އެއިގެ ތެރޭގައި ޞައްގޮތުގައި ތިންހާސް މެމްބަރުން ހަމަކޮށްފައިވަނީ ކިތައް ޕާޓީން ބާވައެވެ. އަދި " ބޮޑު ދެޕާޓީ " ކަމަށްދައުވާކުރާ ދެޕާޓިން ބައިގިނަކޮށްފައިވަނީ މިފަދަ ގޮތަކަށްނޫންބާވައެވެ. ސޮއިކޮށްފައިވާ ޕާޓީގެ ރަޖިސްޓްރީގެ ބަދަލުގައި އެހެން ޕާޓީއެއްގެ ރަޖިސްޓްރީގައި ނަންއޮވެގެން ޝަކުވާކުރާ މީހުން މިހާރަކަށްއައިސް ވަރަށްގިނައެވެ. މިއީ ޤައުމީ މަސްއަލައަކަށް ވަނީ ވެފައެވެ. މީހުން ވަގަށްނެގުމުގައިވެސް ދިވެހިންމިވަނީ ދުނިޔޭގެ އެއްވަނަ ދަރަޖަ ލިބޭހިސާބަށް ގޮސްފައެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-05-02 09:32:03 | Report this Comment
ކޮމެންޓުކުރުންތެރިޔާ:

ރަނގަޅު ވާހަކައެއް..

Posted on 2010-05-02 22:51:50 | Report this Comment
މާތުރަ:

ޕާޓީތަކުގައި،މިވަގުތު ދުނިޔޭގައި ނެތް މީހުންގެ ނަންވެސް އެބަހުރި... އެތައް ހާސް ބަޔަކު އެބަތިބި ވަގަށް ރަޖިސްޓްރީކޮށްފަ.... ޕާޓީތަކުގެ ރަޖިސްޓްރީ އަލުން މުރާޖަޢާކުރަން އިލެކްޝަނަށް ގޮވާލަން..... ހުރިހާ މެންބަރުން ލައްވާ، ފިންގަ ޕްރިންޓާއިއެކު އަލުން ފޯމްތައް ފުރުމަށްފަހު ހުށައެޅުމަށް ޕާޓީތަކަށް އެންގުމަށްވެސް ގޮވާލަން..

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.