މިރާން

  • ޝާއިޢުކުރި ތާރީޚް: 26 03 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 259
  • މޯބައިލް ލިންކު: m.muraasil.com/6270

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ބޮލުން އިސްތަށި ފޭބުމުން ދުރުވުމަށް ކެއުމަށް ސަމާލުވުން

އިންސާނާ ރީތިކޮށް ހުރުމާއި އެމީހެއްގެ ކެއުމުގެ އާދަތަކާ ގުޅުމެއްވެ އެވެ. އެއީ މޫނުގެ ހަންގަނޑުގެ ރީތިކަން ނުވަތަ އިސްތަށިގަނޑުގެ ރީތިކަމަށް ވިޔަސްމެ އެވެ. އިސްތަށި ފޭބުމަކީ ގިނަ މީހުންގެ ކަންބޮޑުވުމެކެވެ. އިސްތަށި ފޭބުމާއި ކެވޭ އެއްޗެއްސާ ވަރަށް ބޮޑަށް ވަނީ ގުޅިފަ އެވެ. ގިނައިން ލޮނު ބޭނުންކުރުން ފަދަ ކަންތަކުން އިސްތަށި ފޭބުމަށް ބާރުއަޅަ އެވެ.

ވިޓަމިން އޭ އާއި ޕްރޮޓީން ހިމެނޭ ކާނާ އަކީ އިސްތަށިގަނޑު ވަރުގަދަކުރުމަށް ވަރަށް މުހިއްމު ދެ މާއްދާ އެވެ. އޭގެ ތެރެއިން ވެސް ޕްރޮޓީން އަކީ ވަރަށް މުހިއްމު މާއްދާއެކެވެ. އިސްތަށި ފޭބުމުން ސަލާމަތް ވުމަށް ޕްރޮޓީން ގިނައިން ހިމެނޭ ކާއެއްޗެހި ކަމަށްވާ ބިހާއި ޗީޒާއި ޕީނަޓް ބަޓަރާއި ގްރެއިނީ އަދި ޔޯގަޓާއި، ބަދަން ނުވަތަ ތަފާތު ނަޓްސް ފަދަ މާއްދާތައް ބޭނުން ކުރެވިދާނެ އެވެ.

ހަށިގަނޑުގައި ދަގަނޑުގެ ބައި މަދުވިޔަސް ބޮލުން އިސްތަށި ފައިބާނެ އެވެ. ވުމާއެކު ހަށިގަނޑުގައި ދަގަނޑުގެ ބައި މަދުވުމުން ދުރުވުމަށް މަހާއި އޭގެ މެ އާއި ޑިނގާ އާއި ސޯޔާ ބީންސް އާއި ގޮދަނާއި ފެހިކުލަ ގަދަ ތަރުކާރީ ފަދަ އެއްޗެހި ކެއުމުގައި ހިމަނާށެވެ. ވިޓަމިން ސީ ބޭނުން ކުރުމުން ވެސް ހަށިގަނޑުގައި އަޔަންގެ ބައި އިތުރުވެ އެވެ.

އިސްތަށިގަނޑު ދެ ކަފިވެ ބުރިވުން ފަދަ މައްސަލަތައް ވެސް ދިމާވެ އެވެ. އެ މައްސަލައިން ސަލާމަތްވުމަށް ސްލިކާ ކިޔާ މިނަރަލްއެއް ވަރަށް މުހިއްމު ދައުރެއް ކުޅެ އެވެ. ބަދަނުގައި ގިނަ މިންވަރަކަށް ސްލިކާ ހިމެނެ އެވެ. އިސްތަށިގަނޑަށް ދިމާވާ އެފަދަ މައްސަލަތަކުން ސަލާމަތްވުމަށް ސްޓޯބެރީ އާއި ކެބެޖާއި ބޮޑުމިރުސް ބޭނުން ކުރުން ވެސް ރަނގަޅެވެ. ވިޓަމިން އޭ އާއި ސީން ވެސް އިސްތަށި ފޭބުމުން ދުރުކޮށްދެ އެވެ. ބީންސް އާއި ސަންފްލާވާ ސީޑްސް އާއި ނަޓްސް އަދި ފެހިކުލަ ގަދަ ފަތުގައި ވިޓަމިން ބީ ހިމެނެ އެވެ. އަދި ފެހިކުލަ ގަދަ ފަތާއި ނަޓްސް ފަދަ އެއްޗެހީގައި ވިޓަމިން އީ ހިމެނެ އެވެ.

ކެލްސިއަމް އަކީ އިސްތަށިގަނޑު ދިގުވުމުން ނުވަތަ އިތުރަށް އިސްތަށި ފެޅުމަށް މަގުފަހިވާ މާއްދާއެކެވެ. ޗީޒާއި ކިރުގައި ކެލްސިއަމް ހިމެނެ އެވެ. ގެރިމަހާއި ފިޔާ އަދި ލޮނުމެދުގައި ގިނައިން ސަލްފާ ހިމެނެ އެވެ. ހޯދުންތަކުން ދައްކާ ގޮތުން އިސްތަށިގަނޑު ދުޅަހެޔޮކޮށް ހުރުމަށް ސަލްފާ ވެސް ވަރަށް މުހިއްމު ދައުރެއް ކުޅެ އެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.