މައުހަދީ

  • ޝާއިޢުކުރި ތާރީޚް: 19 03 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 227
  • މޯބައިލް ލިންކު: m.muraasil.com/6123

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ބޮއިކަޓް ކުރަންވީ...............

މެކްޑޮނާލްޑް ކެންޓަކީ ޕިއްޒާހަޓް ޑޮމިނޯޕިއްޒާ ހަރޑީޒް .............. މިހެން ގޮސް ވަކި ތަނެއް ކިޔާނެ ކަމެއް ނެތެވެ. ތައްޔާރީ އަވަސް ކާނާއާއި ލުއި ބުއިންތައް އުފައްދާ ބޮޑެތި ފައިދާ ދުނިޔޭގެ އެކިކަން ކޮޅުތަކަކުން ނަގަމުންދާ ބޮޑެތި ކުންފުނި ތަކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ފައިސާ ދަމައި އެއްތަނަކަށް ޖަމާކޮށް އެފައިސާގެ ބޮޑުބައެއް އިޒްރޭލަށް ހަދިޔާ ކުރާ ކުންފުނިތަކެކެވެ.

މީގެ ދުވަސްތަކެއް ކުރީން ފޯވަރޑް މެއިލަކުން އަޅުގަނޑަށްވެސް މިމައުލޫމާތު ލިބުމުން، ކަމުގެ ހަޤީޤަތާމެދު ވިސްނާލީމެވެ. މިއިން ކޮންމެ ވިޔަފާރިއެއްވެސް އާޚިރުގައި ގުޅެނީ އިޒުރޭލޭ މިކިޔާ ޒަޔަނިސްޓު ބައިގަޑާއެވެ. ޞިހުޔޫނީ ޒަޔަނިސްޓުންގެ ތަރައްޤީއަށެވެ. އެމީހުންގެ ދައުލަތް ބިނާކުރުމަށެވެ. ޞިހިޔޫނީންގެ ދައުލަތް ބިނާވުމަކީ މުސްލިމުންގެ ދައުލަތް (ފަލަސްޠީން) ބިމާ ހަމަކުރުމެވެ.

ފޯވަރޑް މެއިލްގައި ގޮވާލާފައި އޮތީ ވަރަށް މަތިވެރި ކަމަކަށެވެ. އަހަރުމެން މުސްލިމުންގެ އެންމެ ނިކަމެތި މީހާއިން ފެށިގެން އެންމެ މުއްސަނދި މީހާއަށްވެސް ކުރެވިދާނެ ކަމަކަށެވެ. ''ބޮއިކަޓް''ކުރުމަށެވެ. އޭގެ ޒާތުގައި ނިކަން ކުޑަކުޑަ ކަމެކެވެ. އެކަމަކު އޭގެ އަސަރު އިންތިހާއަށް ދެމިގެން ދާނެ ކަމެކެވެ. ހުޅަނގުގެ މުއްސަނދިންގެ ބޮޑެތި ބިޔަ ތިޖޫރީތަކުން ފެށިގެން ބިލިއަނުން ގުނާލެވޭ އެމީހުންގެ ބެންކު އެކައުންޓުތަކުގެ ފުނަށް ލޮޅުން އަރުވާލާނެ ފަދަ ކަމެކެވެ.

ލޮޅުން ނާރަންވީ ކީއްވެގެން ހެއްޔެވެ؟ 1.5 ބިލިއަން މީހުން ނުވަތަ ދުނިޔޭގެ އާބާދީގެ 4/1 ބައިގެ މީހުން މަދަނީ ބަސްނޭހުމަކަށް ނިކުތީމަ އަސަރުނުކުރާނެ ތޯއެވެ؟ ނޫނެކެވެ. އަސަރު ކުރިއެވެ. އަދި ކުރިއަށް އޮތީއެވެ. މީގެ ކުރީން ކޭއެފްސީއަށް އަރައި، އެއްޗިހި ނަގައިގެން ޓްރޭއަތަށްލައިގެން މޭޒެއް ހުސްނުވެގެން ހުންނަންޖެހުނު ހަނދާން އަދިވެސް އެބަހުއްޓެވެ. އެކަމަކު އިހަކަށްދުވަހު ކޭއެފްސީ ހުންނަ މަގުން ދިޔައިރު ފެނުނީ މަންޒަރު އެކުއެކީ ބަދަލުވެފައިވާ ތަނެވެ. އެހެންޏާ ކާރުތަކާއިގެން ތޮއްޖެހިފަ އޮންނަ މަގުއޮތީ ހަމހިމޭންކޮށެވެ. އެމަގުގެ ހަމހިމޭންކަމަށްވުރެ ކޭއެފްސީގެ ތެރެ ފެންނަނީ މާ ހަމަހިމޭން ކޮށެވެ. އެޔޮށް ބޮޑު ތަނުގައި ދެތިން ކަސްޓަމަރުންވެސް ނެތެވެ.

ދަންނަވަން މިއުޅެނީ ހުޅަގުން މުސްލިމުނަށް ކުރާ އިހާނާތުގެ ބަދަލު ހޯދާ ވާހަކައެވެ. ދީނަށް ނަޞްރު ދޭވާހަކައެވެ. ރަސޫލާ (ޞ) އަށް ނަޞްރު ދޭވާހަކައެވެ. އެމީހުންގެ ހަތިޔާރުން އެމީހުންނާއި ދިމާކުރާވާހަކައެވެ. އެހެންޏާ އެމެރިކާއާއި ޔޫރަޕުގެ އިއްތިހާދުން ހުއްދަނުދޭ ބަޔަކަށް ޔޫރަޕަށް/އެމެރިކާއަށް ދޮންފަޅޮލެއްވެސް ނުވިއްކެއެވެ. އެމީހުން ހުއްދަދޭބަޔަކަށް އެކަންޏެވެ. ހުއްދަދެނީ އެމީހުންގެ ގޮނޑިކޮށްކޮ ސަރުކާރުތަކަށާއި ކުންފުނިތަކަށެވެ.

އެހެންވީމަ މިއޮތީ އެމީހުންގެ ހަތިޔާރުން އެމީހުންނާއި ދިމާކުރަންވީ ވަގުތު ޖެހިފައެވެ. އެއްޗެއް ގަތުމުގެ ކުރީން ކޮންތާކު އުފެއްދި އެއްޗެއްތޯ ބަލާށެވެ. އިސްލާމީ ގައުމުތަކުން އުފައްދާ އެއްޗިއްސަށް އަހަންމީޔަތުކަންދޭށެވެ.

މަދަނީ ބަސްނޭހުން ކުރިޔަށްގެންދަންވީ ހަމައެކަނި ރާއްޖެއަށް އެތެރެކުރާ ތަކެތި ގަތުމުގައެއް ނޫނެވެ. ދީނަށް ފުރައްސާރަކޮށްފައި ލިޔާ ބޮލޮގްތަކަށް އިސްތިހާރު ދޭ ރެސްޓޯރެންޓުތަކަށް ނާރަންވީއެވެ. އެތަންތަން ބޮއިކަޓް ކުރާށެވެ. ވަކީން ޚައްޞަކޮށް ''ހލްއަތު'' ބްލޮގަށް އިސްތިހާރުދޭ ވިޔަފާރިތަކާއި ވިޔަފާރިވެރީންނެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-03-19 09:35:58 | Report this Comment
އަހުމަދު:

މޮޔަކަމުންގޮސް ކޮޅުންލާފައިވާ ލިއުމެއް. އަދި ވިސްނާލާށެވެ. ބޯއިކޮޓް ކުރަންޏާ ކުރަންވީ މިހާރު ތިޔަލިޔަމުންދާ އިންޓަނެޓް ނޫންތޯއެވޭ؟ އަދި ބޭނުންކުރާ ކޮމްޕިއުޓަރާ. މިހާރު ތިޔަހުރިތަނަކައް ދާން ބޭނުންކުރި މަތިންދާ ބޯޓުވެސް ބޯއިކޮޓް ކުރަންވީ ނޫންތޯ؟؟؟

Posted on 2010-03-19 09:51:55 | Report this Comment
އުމަރު:

މިސަރުކާރުގެ ސައިންސު މިނިސްޓަރު ޑީއޯ ސައްޕެ، ޑީއޯ ގައި ސުވަރުގޭގެ ކާޓޫނު ކުރަހައި ސުވަރުގެއަށް ޖޯކު ޖަހައިފި! މިކަމުގެ ސަބަބުން ޖިބުއެ ބޮލޮގްގައި ސައްޕެ އާއި އެއްޖިންސުން ގުޅުންހިންގުން ޕްރޮމޯޓުކުރާ ހިއްލަތުއާ ދެމީހުނަށް އިންޒާރުދިނުމުން، ރައީސް ނަށީދު މިދެދައްޖާލުން ދިފާއުކުރައްވާ ވާހަކަދައްކައިފި! ރަސޫލާގެ ކާޓޫނު ކުރެހި ޑެންމާކު ބޯއިކޮޓު ކުރިގޮތައް އެމްޑީޕީ ބޯއިކޮޓް ކުރުމަށް ދިވެހި ރާއްޖޭގެ މުސްލިމުންނަށް ގޮވާލަން.

Posted on 2010-03-19 10:31:25 | Report this Comment
މައުހަދީ:

ތިޔެ އެގިދާނެއޭ . މޮޔައީ ލިއުންތޯ ނުވަތަ އެހެން އެއްޗެއްތޯ. އލް ފރެސްކޯ ތަންތަނަށް މީހުން ނުދާން ފެށީމަ
މުހައްމަދު : އަލްފްރެސްކޯއިން ހިލްއަތު ބްލޮގުގައި ޖަހާފައި އިން އިޝްތިހާރު ނުނަގައިފިނަމަ، އެތަނަށް ނުދާން އަޅުގަޑުވެސް ގޮވާލަން. އެކަމަށް ތާއީދު ކުރާނަން.

Posted on 2010-03-19 11:12:13 | Report this Comment
ޚިޔާލު:

ތިޔައީ ވަރަށް ރަނގަޅު ކަމެއް؛ ހިއްލަތަށް ސްޕޮންސާ ދޭތަންތަން ބަލާފަ ތިތަންތަން ބޮއިކޮޓް ކުރުމަށް ހަމަ ތަންކޮޅެއް ފުޅާކޮށް މަސައްކަތް ކުރަންވީ ﷲ ކާމިޔާބުދެއްވާނެ،

Posted on 2010-03-19 13:47:47 | Report this Comment
ހައްލަތު:

ތީވަރަށް ރަގަޅު ލިޔުމެ ތިކަންކުރަން މާލަސްވެސް ވެއްޖެ ސައްޕެ ތީ ކުޑަވެސް މުސްލިމް ވަންތަ ސިފަހުރި މީހެއްނުން މިރާއްޖޭގަ އިސްލާމްދީން ނުން އެހެން ދީނަކަށް ޖާގައޮތް ނަމަ ފުރަތަމަ ކާފަރުކަން އިއުލާންކުރާނެ އެކަކުއެއީ.

Posted on 2010-03-19 16:38:24 | Report this Comment
މައުހަދީ:

މިތާގައި ކޮންމެ މީހަކުވެސް ވިސްނާލަންވީ އެމީހެއްގެ ޢަޤީދާއަށް ފުރައްސާރަކުރަން އެ މީހެއްގެ ޖީބުން ހީލަތަކުން ފައިސާ އަތުލާކަމެވެ. ތިބާއަށް ކާއެއްޗެއްދިއްކޮއްލާފައި ބޮޑު އަގުނަގައިގެން އެފައިސާ ތިބާގެ ޢަޤީދާއަށް ފުރައްސާރަކުރަން ހޭދަ ކުރާކަމެވެ. މިއަށްވުރެ ބޮޑު ފުރައްސާރައެއް ކޮބައިތޯއެވެ؟

Posted on 2010-03-19 19:38:23 | Report this Comment
ހަކީމް:

ތިހާބޮޑައް ދީނައް ފުރައްސާރަ ކުރާމީހެއްނަމަ ދިވެހިރާއްޖޭގެ ޤާނޫނަކުން އޭނާއަށް ފިޔަވަޅު އެޅޭނެ ނޫންތޯ؟ މީހުންގެ އަބުރާ ބެހުމުންވެސް ނޫސްވެރިން ކޯޓައް ގެންގޮސް އެބަ ޖޫރިމަނާކުރޭ.

Posted on 2010-03-19 20:48:02 | Report this Comment
ސައްޕެ:

ޑޯންޓް ބާރކް ، ކްރޭޒީ ޑޯގްސް

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.