ހިއްލަތު ރަށީދު

  • ޝާއިޢުކުރި ތާރީޚް: 09 03 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 179

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް: އަންހެނުންގެ ހައްގުތަކަކީ ކޮބާ؟

ދިވެހިން މުސްލިމުންނަށް ވީ ފަހުން ބައެއް އަންހެނުންގެ ހައްގުތައްވަނީ އެއްކޮށް ނިގުޅައިގަނެވިފައެވެ. މީ ހިތާމަ ކުރަންޖެހޭ ބޮޑު މައްސަލައެކެވެ. މިކަން މިހެން ދިމާވަނީ އިސްލާމްދީނުގެ ސަބަބުންނެވެ. ވަޒީފާތަކަށް ދިއުމުގެ ހައްގު ނިގުޅައިގަނެވުނުތާނގައި މަގެއް މައްޗަށް ނުކުތަސް ފުރައްސާރަ ކުރުން ވަނީ އެހާމެ ބޮޑަށް އާންމުވެފައެވެ. ކަޅު ބުރުގާ އަޅައި ރަނގަޅަށް އައުރަ ނިވާކޮއްފިނަމަ ވަޒީފާގެ ހައްގެއްނެތެވެ. އެފަދަ އަންހެނުން ވަޒީފާއިން ވަކިކުރެއެވެ. އަދި އެމީހުން ގޭގައި ތިބެން މަޖުބޫރުކުރުވައެވެ. މިކަމަށް ހިއުމަން ރައިޓްސުން ނުތެދުވަނީ ކީއްވެގެންބާއެވެ. އަދި ހަމަ މިފަދައިން ކަޅުބުރުގާ އަޅައިގެން މަގެއްގައި ފުރައްސާރަ ނުކުރާނެ ގޮތަކަށް ހިނގާނުލެވެއެވެ. ކަޅުބުރުގާދެކެ ރުޅިއަންނަ މީހުންގެ ހިތަކަށް ކެތެއްނުވެއެވެ. އެމީހުން އަމާން ކަމާއެކު ހިނގާބިނގާވެ އުޅުމުގެ މިނިވަންކަމެއްނެތެވެ. މިމީހުން އުފާހާސިލު ކުރުމަށްޓަކައި ކުރު ހެދުން ނުލައި ނުކުމެއްޖެނަމަ ނިކަން ރުޅިގަދަވާނެއެވެ. މީހަމަ އިސްލާމް ދީނަށް ރަނގަޅަށް އުޅެފިނަމަ ކުރިމަތިވާ ދަތިތަކެވެ. އަދި މުސްލިމް އަންހެނުންގެ ނިގުޅައި ގަނެވިފައިވާ ހައްގުތަކެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-03-10 01:19:02 | Report this Comment
ހެހެހެހެ:

ހިއްލަތޫ ދުނިޔެ ރަންވީތަ ކަލޯ؟

Posted on 2010-03-10 14:24:18 | Report this Comment
މަރީ:

މި އަކުން ޖެހޭނެ ކޮޅެއް ނޭނގުނު. ބުރުގާ އަކީ އަންހެނުންގެ ހުރަގެ ކަމަށް މަށަށް ފެންނަނީ. އެމީހަކު ބޭނުން ހެދުމެއްގައި އުޅެވެން ޖެހޭނެ. އިސްތަށި ގަނޑަށް ހަދަންވީ ގޮތެއް އެނގޭނީ މުއްލާއަކަށް ނޫން. އެއްވެސް އަންހެނަކު ދުވަހަކުވެސް ބުނިތަ ކަލޭމެން ތުނބުޅު ހިންނަންވީ މިވެނިވަރަކަށް ދިގުކޮށްފައޭ. ފައި ކުރި މިވެނި ވަރަކަށޭ. ކަލޭމެންވެސް އަހަރުމެން ގާތު ބުނެގެން ނުވާނެ.
ޖާރިޔާ: އޯކެ އޯކޭ ނުބުނާނަން.. އެކަމު ކައެ ވާނެ އޮރިޔާމުން ނުކުމެލަން. ބިކިނީ ކޮޅެއް ސަޅިވަނެ. ހެހެހެހެހެ

Posted on 2010-03-10 16:52:06 | Report this Comment
އަންހެނާ:

ތިއީ ދޮގެއް ބޮޑު ބުރުގާ އެޅިޔަސް ވަޒީފާއިންނެއް ކަނޑައެއްނުލާ..މޫނު ނިވާ ކުރީމަ ކަނޑާލަނީ...ދެން އޭރުނަ އަސްލު ނޭންގޭނެ އެއްނު ކާކުކަން ވަކި ކުރާކަށް ......
ބަކުރުބެ: ނޫނޭ އަންހެނާ ބައެއް އޮފީސްތަކުން ބަކުރުބެގެ ރައްޓެހިން އެބަހުރި ކެނޑިފަ ކުޑަ ބުރުގާ އަޅަން ބޭނުންވެގެން އެތަނުން އެކަކު އެއީ ޓީވީއެމް ކުއްޖެއް ދެން އުޅުނީ ސިފައިންގެ ކުއްޖެއް. ދެން ކހިނެއްވަނީ ކަޅުބުރުގާ އަޅައިފިއްޔާ. މޫނުބުރުގާ އަޅަނީ ހިލޭ ފިރިހެނުން ކުރިމަތީގައި. އެންމެން ކުރިމަތީގައެއްނޫން. ދެން ވަރަށް ހެއްވާ ކަމެއްތީ ވަކި ނުވުން. އޮފީހަކަށް ޚިދުމަތް ހޯދަން ވަންނަ އެންމެންނަށް ނުޖެހޭދޯ ޑިސްޕްލޭވެގެން ތިބޭކަށް. މޫނު ބުރގާ އެޅުމަކީވެސް އަޅަން ބޭނުން މީހެއްގެ ހައްގެއް.އަދި އެހައްގު ދިނުމަކީ މޫނުބުރުގައި އަޅައިގެން މަސައްކަތް ކުރެވޭ މާހައުލެއް ހެދުން.

Posted on 2010-03-17 14:46:08 | Report this Comment
މުސްލިމް އަންހެނާ:

ހިއްލަތު ކަލޭ މިލިޔުން ލިޔުނު އިރު ހުރީ ހަމަހޭގަތަ؟ ކަލޭ ދެކޮޅަށް ވާހަކަ ތިދައްކަނީ މީހުން ނަށް އޮޅުވާލަންތަ؟ ހައު ޑެއާ ޔޫ! މީގެ ފަހުން ދުވަހަކުވެސް އިސްލާމްދީނުގެ ސަބަބުންނޭ އަންހެނުންގެ ޙައްޤުތަށް ނިގުޅައިގަނެވެނީ ބުނެގެން ނުވާނެ! އަދި އަމުދުން އިސްލާމަކަށް

Posted on 2010-05-30 17:52:08 | Report this Comment
އަލްކަނޑޫދީ:

އަމަލުވާ އެއްޗެއްގެ ބޭނުންކުރެވިގެން ބުނެވުނު ވާހަކައެއްތަތީ!!!!

Posted on 2010-06-23 23:15:21 | Report this Comment
ފިކުރު:

ހިއްލަތު.ކަލޭ ތިހުރީ ދީނުން ބޭރުވެފަ

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.