
ދިވެހިންގެ ލޭ ބޯ ކުންފުނި
ދިވެހިންގެ ދިރިއުޅުން ހިތްދަތި ދިރިއުޅުމެއްގެ ތެރެއަށް ވައްޓާލި ކުންފުންނަކީ ބީ.އެމް.އެލް
ރިބާޔަކީ އިންސާނާ ހަލާކުގެ ތެރެއަށް ވައްޓާލާ އެންމެ ބޮޑު، ވަބާއެވެ. މިޒަމާނުގައި، 'ބޭންކިން' އޭ މިކިޔާ ހިދުމަތައް ރިބާ އަސާސްތައް ވަނީ ވެދެފައެވެ. ރާއްޖޭގައި އެންމެ ފުޅާދާއިރާޔަށް ބޭންކިންގެ ޙިދުމަތް ދެމުން އަންނަ ކުންފުންޏަކީ، ބީ.އެމް. އެލް ނުވަތަ ބޭންކު އޮފް މޯލުޑިވުސްއެވެ. ދިވެހިންނަށް ބޭންކިންގެ ހިދުމަތް ފޯރުކޮށް ދިނުމުގެ ނަމުގައި، ދިވެހި އެތައް ދަރިންތަކެއްގެ، ދިރިއުޅުން ވެއްޔާ މޮޑެލާފައިވާ އެންމެ ބޮޑު ކުންފުންޏަކީވެސް ބޭންކު އޮފް މޯލުޑިވުސްއެވެ.
ދިވެހިން މުއްސަނދި ވުމުގެ ބޭނުމުގައި. ވިޔަފާރި ކުރުމަށްޓަކައި، ލޯނު ނަގައި، އެންމެ ފަހުން އެ ލޯނު ނުދެއްކިގެން، އެތަށް ދިވެހިންނެއް ވަނީ އެއުރެންގެ، ގޯއްޗާއި މުދާ ބޭންކަށް ނެގުމުގެ ސަބަބުން، އަޅުދާސްތު ދިރިއުޅުމެއް ބަރުދާސްތު ކުރަން ޖެހިފައެވެ. އެތައް ބައެއްގެ އުންމީދު ތައްވަނީ، ވެއްޔާއި މޮޑެވިފައެވެ. ކުރަމުން ދިޔަ ވިޔަފާރިތައްވަނީ ބަގުރޫޓުވެފައެވެ. ދިވެހިންގެ ދިރިއުޅުން އަރާސްތު ކުރުމަށް ދުއްވަމުން ދިޔަ ދޯނިފަހަރާއި، ގެދޮރު ޢިމާރާތް ކޮށްފައި ހުރި، ބިންތައްވަނީ، ބާޭންކަށް ނެގިފައެވެ.
ރިބަވީ ބޭންކުގެ މުޢާމަލާތްކުގެ ސަބަބުން ބޭންކުގެ ވިޔަފާރިއަށް ނަފާވަމުން ދިޔަޔަސް، މިމުޢާމަލާތްގެ ސަބަބުން، އެތައްދިވެހިން ނެއްވަނީ، އެބައިމީހުންގެ ހިތްދަތި ދިރިއުޅުމުން ނަޖާ ނުވެވިއެވެ. މިފަދަ ހިތި ގޮތަކަށް ދިވެހިން އިޙުސާސް ކުރަމުން ދާއިރުވެސް، މިކަމަށް ޙައްލު ގެނައުމަކަށް، ގައުމުގެ މާލީ އިދާރާތަކުން ނުވިސްނާކަމީ، ކަންބޮޑު ވާން ޖެހޭކަމެކެވެ. އެހެން ކަމުން، ދިވެހިގެ އެތަށް ބައެއްގެ ދިރިއުޅުން، ވެއްޔާ މޮޑެލާފައިވާ، ކުންފުނި ބަންދުކޮށް، އިސްލާމީ ބޭންކެއްގެ ހިޔާވަހި ކަމުގެ ދަށަށް، ދިވެހިން ގެންގޮސް ދިނުމަށް، ދިވެހި ގައުމުގެ، މާލީ އިދާރާތަކުގެ އެންމެހާ ޒިންމާދާރު ވެރިންނަށް ގޮވާލަމެވެ.
ލިޔުނީ ހުސެން
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.
Posted on 2010-03-09 22:36:55 |
Report this Comment
Posted on 2010-03-10 11:30:18 |
Report this Comment
Posted on 2010-03-10 21:30:52 |
Report this Comment
ނަން:
ވެބްސައިޓް:
ހިޔާލު:
ކެޓަގަރީތައް
ޙުސައިންގެ ލިޔުންތައް
"މުރާސިލްގައި ޝާއިޢު ކުރެވިފައިވާ ލިޔުންތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ހިޔާލާއި ފިކުރެވެ. މިއީ މުރާސިލްގެ ހިޔާލާއި ފިކުރެއް ނޫނެވެ. " މުރާސިލް ބޭނުންކުރުމުގެ އުސޫލުތައް ބައްލަވާ. މުރާސިލް ގެ ކުރިއެރުން ބިނާވެގެންވަނީ ކިޔުންތެރިންގެ ވިސްނުމުގެ މައްޗަށެވެ. އަޅުގަނޑުމެންނާއި ގުޅުއްވާ.
ބައެއް ޙައްގުތަކަކީ މުރާސިލްގެ މިލްކެއް 2009
