ޖިބުއެ!

  • ޝާއިޢުކުރި ތާރީޚް: 02 03 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 369
  • މޯބައިލް ލިންކު: m.muraasil.com/5848

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އައްނިގެ ވެރިކަމުގައި ހައްދުފަހަނައަޅާފައިވާ ބުދުކުޅީންގެ މީހުންނާއި ހައްދުފަހަނައަޅާފައިވާ ބަނގުރަލީންގެ މީހުން

ނޯޓް: މިއީ އިންޑިއާ ދަތުރުގައި ކޮށްފައިވާ ނަހަލާލު ކަންތަކެވެ. އިސްލާމީ ޤައުމެއްގެ ވެރިން ލާއިސްލާމީ ތަންތަނަށްގޮސް އެމީހުންގެ ޣައިރު ދީނުގެ މުޤައްދަސްތަންތަނަށް އެމީހުންނަށް އަޅުކަންއަދާކުރާ ބީދައިން ޒިޔާރަތް ކުރުމަކީ ތާރީޚްގައި ފެންނަން އޮތްކަމެއްނޫން:
މިހިރީ ފެންނާށެވެ! ދިމާއަށް ފެންނާށެވެ. ޖިބުއެ ލިޔަނީ ތޯތޯ ވާހަކައެއް ނޫނެވެ. މީގެ 3 ދުވަސްކުރިން ލިބިފައި ވާ މި ފޮޓޯއަކީ އިންޑިއާގެ ނޫސްވެރިން ޖިބުއެއަށް ފޮނުވައިފާވާ ފޮޓޯއެވެ. ނިކަން ދެކޭށެވެ. ނައިބޫއެވެ! ނައިބޫއަކީ އަޅުގަނޑު ބަންޑާރަ ބޮޑު ޖިބުއެ ވަރަށް އިޙްތިރާމް ކުރަމުން އައި މީހެކަމީމެވެ. މިކަހަލަ ކަންކަން ކުރާއިރު ތިމަންނާ އަކީ ނައިބެއްކަމާއި އަދި ދެން އަންނަ ދައުރުގައި އިސްލާމީ ޤައުމެއްގައި އިސްލާމުރައްޔިތުންގެ ވޯޓް ބޭނުންވާނެކަމާއި އެހީތެރިކަމަކީ ނުހަނު މުހިއްމު ކަމެއްކަން ވިސްނެންޖެހޭނެއެވެ. މިހާރުވެސް މި އުޅެނީ ނައިބޫގެ މަތީފަޑި ކަމު ނުގޮސްގެންނެވެ. ދެން ހުރިމީހާ މިހާރު ތިހުރީ އެހާ އަވަހަށް ބުދުކުޅިއަކަށް ބަދަލުވެފައެވެ. ޑިޕޮލޮމަސީއަކީ ކޮބައިކަން ޖިބުމެންވެސް ދަންނަމެވެ. ތިމާގެ އަމިއްލަ ދީނުގެ ބޯންޑަރީ އޮންނަން ޖެހޭނެއެވެ.
ކޮންމެއަކަސް ވަހީދުގެ ތި ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ. އަދި މީގެ ކުރިން ހަމަ މިދަތުރުގައި ބުދު ފައްޅީގެ ނިޝާން ލިބިގަނެ ފައިވާތީ އޭތި އަލުން އަނބުރާ ރައްދު ކުރުމަށް ހަރުއަޑުން ގޮވާލަމެވެ. އަދި މިކަމުގައި ރައްޔިތުން ކިބައިން މަޢާފް އެދޭށެވެ. އެއްގޮތަކަށްވެސް ހައްދު ފަހަނައަޅައި ނުދާށެވެ.
ނައިބޫއެވެ. އިންޑިއާދެކެ މާ ލޯބިވާ މީހަކަށް ހެދިގެން ދިވެހިންގެ ކުދިން މިހާރު އިސްލާމްދީނުގެ އެހެން ވާޝަންއަކަށް ބަދަލުވަނީ އޭ އެ ވާރޝަން މާ ހަރުކައްޓޭ މަޑުކައްޓޭ ކިޔައިގެން ތިޔަހަރަ ވީދެނީ އިސްލާމްދީނަކީ ތިޔަގޭ ފުރިޖްގައި އާދަނިކާއި އެކު ބޯން ބަހައްޓާފައި ހުރި އިޓަލީގެ ރެޑްވައިންފުޅިއެއް ކަމަށް ހެއްޔެވެ؟ ހުޝިޔާރުއެވެ. މާ ވައްތަރު ވައްތަރު ނުކުރާށެވެ. އަދިއަކު ވަހީދުގެ ފްރިޖް ފޮޓޯއެއް މަށެއް ނުޖަހަމެވެ. ތިޔަ ގޭގައި ހުރިހާ ކުދިންނާއި ބައްޕަމެން ވައިން ބޯކަން ފޮޓޯއާއި އެކު ގެނެސްދިނުމަކީ ސުމެއްގެ ކަމެއްކަން ވަހީދަށް އެގިލައްވަން ވާނެއެވެ. ތިމާމެންގެ ފަސްބައި ތާހިރު ނަމަ ތިޔަކަލަ ފޮނި ދެއްކި ދާނެއެވެ. ނަމަވެސް އިސްލާމްދީނުގައި މާގިނަ ވާޝަންތައް ހުންނަކަމަށް ނުކިޔާށެވެ. މިއީ ގޭމެއް ނޫނެވެ. ނޫނީ ވިސްޑޮސްގެ ސީޑީއެއްނޫނެވެ.

ހައްދު ފަހަނައަޅައިގެން މިއުޅެނީ އިސްލާމުންތޯ ނޫނީ އިސްލާމީ ޤައުމެއްގެ ވެރިކަން އޮޅިގެން ހަވާލުކޮށްފައިވާ ދެމީހުންނާއި އެ ދެމީހުންގެ އައުވާނުންތޯ މިއީ ޙަޤީޤަތުގައިވެސް މިއަދު ސުވާލު އުފެދޭ ކަމެކެވެ. ވަހީދޫއެވެ. ޓޮލޮރެންސް ޕްލީސްއެވެ. މިއީ %100 އިސްލާމީ ޤައުމެކެވެ. ނަމަނަމައެވެ. ހަނދާން ކުރައްވައްޗެވެ.
ކިޔުންތެރިންނަށް ދަންނަވަން އޮތީ އައްނިގެ ވެރިކަމުގައި ސަރުކާރުގައި ގިނައިން ތިބީ ހައްދުފަހަނައަޅާފައިވާ ބުދުކުޅީންގެ މީހުންނާއި ހައްދުފަހަނައަޅާފައިވާ ބަނގުރަލީންގެ މީހުންނެވެ. އެއީ ހައްދު ޤާއިމު ކުރަންވެފައިތިބި ހައްދުފަހަނެޅި މީހުންނެވެ.މިލިޔުން ކިޔާފައި ބުއްދިފަސްވެފައިވާ ބީތާއަކު ފަހަރުގައި ހިތައްއަރާފާނެއެވެ. މިއީ ދެން ކޮން ލިޔުމެއް ހެއްޔެވެ. ވަހީދު ފައްޅީގައި އޭނާ ބޭނުން ގޮތެއް ނޫންހެއްޔެވެ؟ ޖަވާބުގައި ބުނަމެވެ. އަމީނިއްޔާ ކުއްޖަކަށް އެޔުނީފޯމްގައި މަޖީދިއްޔާގެ ކުލާހެއްގައި އިށީދެގެން ކިޔެވޭނެ ހެއްޔެވެ؟ ނޫނީ ދިވެހި ދިދައިގެ ބަދަލުގައި މިތަނުގައި ލަންކާ ދިދަ ނެގޭނެ ހެއްޔެވެ؟ ނުނެކެވެ. އެއީ މިތާނގެ ރަމްޒީ އަދި އުސޫލީ ދުސްތޫރީ ޤަވާޢިދެވެ. އަހަރެމެންގެ ޔުނީފޯމެވެ. އެބަޔަކު ޖެހޭނީ އެބަޔެއްގެ ގޮތް ހިފަހައްޓާށެވެ. ގޮތުގެ އިމުން ބޭރުވެއްޖެނަމަ އެއީ ހައްދު ފަހަނައެޅި މީހެކެވެ. އެމީހާ ޖެހޭނީ ތާލިބާނުންނާއި ޙަވާލު ކުރާށެވެ. އޭރުން ބޯ ކަނޑައިލާނެއެވެ. އަދި ބިންމަތި ތާހިރުވެގެން ދާނެ ކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ.



މުރާސިލުގައި ޖިބުއެގެ ހުރިހާ ލިޔުންތައް

ސެންސަރު ނުކުރާ ޖިބުއެގެ ލިޔުންތަކުގެ އޮރިޖިނަލް

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-03-03 01:06:52 | Report this Comment
ސީދާމަގު:

މިކަން ތަޙުޤީޤު ކުރުމަށް އިސްލާމިކް އެފެޔާޒާއި ފުލުހުންނަށް ގޮވާލަމެވެ! އަނެއްކާ މިކަން އެނގޭބާ މި ދެމުއައްސަސާއަށް؟
ނީމް: ޖިބުއެގެ ތޫނުފިލި ކަމުން ހަމަ ހައިރާންވެއެވެ. ތިއީ މީހުން ކުރާ މިކަހލަ ކަންކަން ގެނެސްދޭ މެޝިނެއް ހެއްޒެވެ. ސާބަހެވެ. އަވަހަށް ވަހީދު އިސްތިއުފާ ދީފައި އެމެރިކާއަށް ނުވަތަ އިންޑިއާގެ ފައްޅިއަކަށް ދާށެވެ..

Posted on 2010-03-03 22:47:51 | Report this Comment
ކިއުއެސް:

މިސަރުކާރަށް ހައްތަކާވެސް ނިސްބަތްވަނީ ތިކަހަލަ މީހުނެވެ.

Posted on 2010-03-04 01:29:13 | Report this Comment
:

ކިހާ ދެރަކަމެއް؛ ޤައުމުގެ ރައީސުންނާއި ނައިބުން އުޅޭ ވައްތަރު މިހުންނަނީ،

Posted on 2010-03-04 13:11:17 | Report this Comment
ޒީރޯ:

އޭ ޖިބުއެ ދި އެފް އެމް ވިޝުއަލް ރޭޑިޔޯ އިން ދައްކާ ބަރަހަނާ މަންޒަރުތައް ހުއްޓުވުމަށް ލިޔުމެއް ލިޔެބަލަ އެހަރަ ދައްކާ ލަވަތަށް ލޯ ދިލުވަލަންނުކެރެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.