
އަހަރުމެން ފަޙުރުވެރިވާ މިބުމުގައި ރަލުގެ ވާހަކަދައްކާއިރު ދައްކަން ޖެހޭ އެތަކެއް ބައިވަރު ވާހަކަތަކެއް އެބަހުއްޓެވެ. އެންމެ ފުރަތަމަ ދިިވެހިރާއްޖޭގައި ރާވިއްކަން ފަށާފައިވަނީ އިބްރާހިމް ނާސިރުގެ ވެރިކަމުގައި ދިވެހިރާއްޖެއަށް ޓުއަރިޒަމް ތަޢާރަފް ކުރުމާއި ވިދިގެންނެވެ. އެފަހަރު އެކަމާއި އިދިކޮޅުއެދީ ދީނީ ޢިލްމުވެރިޔެއްކަމަށް ވާ މަޢުމޫން އަބްދުލް ޤައްޔޫމްއެވެ. މީނާ އޭރުގައި ބުނީ "ރާވިއްކި މީހެކޭ، ބުއިމީހެކޭ ވާނީ އެއްވަރެއް ކަމަށެވެ" މިހެން ބުނުމާއި އެއީ މީނާ ހދ. މަކުނުދޫއަށް އަރުވާލެވުނެވެ. އަދި ދީނަށް ލޯބިކުރާ ދިވެހިން މީނާދެކެވީ އިންތިހާއަށް ލޯތްބެއެވެ. ވީލޯތްބެއްގެ ބޮޑުކަމުން ވެރިކަމަށް ހޮވާ 30 އަހަރުވަންދެން އެތަނުގައި ބެހެއްޓިއެވެ. ބުއިމީހެކޭ ވިއްކާމީހެކޭ އެއްވަރޭ ބުނި ބުނުންމަތިން މީނާ ހަނދާން ނެތިއްޖެއެވެ. ބިދޭސީންނަށް ރާބުއިމުގެ ހުއްދަދީފިއެވެ. މާލޭގައި ރާގަންނަން ލިބެންފަށައިފިއެވެ. އަދި މުޅިރާއްޖޭގައި ބަނގުރަލަކީ އެންމެންނަށް ލިބެން ހުރިއެއްޗަކަށް ވާންފަށައިފިއެވެ. މިނާ ވެރިކަމުން ބޭލުމުން ދެންވެރިޔެއްގެ ގޮތުގައި އައީ ގ.ކެނެރީގެ މުހައްމަދު ނަސީދެކެވެ. ނަސީދުވެރިކަމަށް އައިއިރު 3 ބާރުވަނީ ވަކިކުރެވިފައެވެ. އެއީ ދަޢުލަތް ހިންގުމުގެ ބާރާއި، ޢަދުލް އިންސާފު ގާއިމު ކުރުމުގެ ބާރާއި އަދި ރައްޔިތުންގެ މަޖްލީހެވެ.
މީހުންދިރިއުޅޭ ރަށްރަށުގައި ރާވިއްކުމާއި ބެހޭބިލް ރައްޔިތުންގެ މަޖްލީހަށް ފޮނުވާފައިވަނީ ސަރުކާރުންނެވެ. މިބިލް ފާސްކުރީ ރައްޔިތުންގެ މަޖްލީހުންނެވެ. އަނެއްކާވެސް ބިލް އަނބުރާ ފޮނުވާލެއްވިއެވެ. އެއްވެސް އިސްލާހެއް ނުގެނެސް ބިލް ތަޅުމުން ބޭރުކޮށްލީ ރައްޔިތުންގެ މަޖްލީހުންނެވެ. ވީމާ މިކަމުގައި ޒިންމާ ނަގަންޖެހެނީ ހަމައެކަނި މުހައްމަދު ނަސީދުހެއްޔެވެ. އަހަރެންގެ ހިޔާލުވަރަށް ތަފާތެވެ. ރައްޔިތުންގެ މަޖްލީހުގެ މެންބަރުންނަކީ ވެސް އިސްލާދީން ހިމާޔަތް ކުރުމަށް ހުވައެއް ކޮންގެން ތިބިބައެކެވެ. މިފަދަހުވާ އެއްކޮށްގެން ހުރީ ނަޝީދު އެކަންޏެއް ނޫނެވެ.
މިހެންކަމަށް ވުމުން މިބިލަށް އަމަލުކޮށްފިކަމުގައިވާ ނަމަ މިލިޔާ ހުރިހައި އެންމެން ކުށްވެރިވާން ޖެހޭނެއެވެ.
1.އަލް މަރްހޫމް އިބްރާހިމް ނާސިރު : އެންމެފުރަތަމަ ރާވިއްކަން ހުއްދަދިނުމުން
2.މަޢުމޫން ޢަބްދުލް ޤައްޔޫމް : ބަހާއި އަމަލު ދިމާނުވެ، ބިދޭސީންނަށް ރާބުއިމުގެ ހުއްދަދީ އަދި މީނާގެ ވެރިކަމުގައި ދިވެހިރާއްޖޭގައި ރާއާންމުވެ އެކަންވެސް ނުހުންޓުވުން
3.މުހައްމަދު ނަޝީދު : ރަލަކީ ހަރާމް އެއްޗެއްކަން އެނގިހުރެ އެބިލް މަޖްލީހުން ފާސްކޮށްވެގެން އައުމުން، ބިލް ޑަސްބިނަން ނުލުމުން އަދި އެންމެ ފުރަތަމަ ސަރުކާރުގެ އެންމެ އިސްވެރިޔާގެ ހަޢިސިއްޔަތުން ބިލް މަޖްލީހަށް ފޮނުވުން
4.ރައްޔިތުންގެ މަޖްލީހުގައި ބިލްފާސްކުރުމަށް ވޯޓް ލީއެންމެން : މިއެންމެންނަކީ ވެސް އިސްލާމްދީން ހިމާޔަތް ކުރުމަށް ހުވައެއް ކޮށްގެން ތިބިބަޔަކަށް ވެފައި އެންމެން ﷲ ގެ އަމުރުފުޅާއި ދެކޮޅަށް ބިލްފާސް ކުރުން
5.އާދިލް ސަލީމް : އިކޮނޮމިކް މިނިސްޓްރީގައި ހުރެގެން ﷲ ގެ އަމުރުފުޅާއި ދެކޮޅުވުން
އެހެންވީމާ އެންމެންވެގެން މުހައްމަދު ނަސީދު އާއި ދިމާލަށް އިނގިލި ދިއްނުކޮށް މަތީގައިވާ އެންމެން އަދި ޒިންމާނަގަން ޖެހޭ އިތުރު މީހަކު ހުރިނަމަ އެމެންނާއި ދިމާލަށް ހަޅޭލަވާށެވެ.
Posted on 2010-02-27 14:17:05 |
Report this Comment
Posted on 2010-02-27 17:11:11 |
Report this Comment