އ ލ ޤ
އ ލ ޤ - އިންސާފަށް ލޯބިކުރާ ޤަލަން. އަހަންނަކީ މާމޮޅު ލިޔުންތެރިޔަކީއެއް ނޫނެވެ. ދިވެހި ބިމަށް ފޫޅުކެނޑި ދިވެހި ދަރިޔަކަށްވީތީ، އަހަރެންގެ ހިތުގައި އުފެދޭ ތަފާތު ޙިޔާލުތަކާއި ޝުޢޫރުތައް، މުރާސިލް ގެ ތަރަހަމަތީހުރެ ހިއްސާކޮއްލަން ކަމަށެވެ. އަހަރެންގެ ކޮންމެ ލިޔުމަކަށްވެސް ބިނާކުރަނިވި ފާޑުކިޔުމަކީ، ލިބޭނެ ކުރިއެރުމެކެވެ. އަޙުލާޤީ މިންގަނޑުގެ ތެރޭ، ދީނާއި ޤާނޫނުގެ ހުދޫދުގެ ތެރެއިން، ރިވެތި ބަސް މަގަކުން ކުރެވޭ ކޮއްމެ ކޮމެންޓެއް ބަލައިގަންނާނަމެވެ.
  • ޝާއިޢުކުރި ތާރީޚް: 24 02 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 314
  • މޯބައިލް ލިންކު: m.muraasil.com/5727

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ރާ ވިއްކުން މަނާ ކުރުމުގެ ވާހަކަ.

މިއަދު މުޅި މީޑިއާގައި ގުގުމާލި އަޑަކީ ސަރުކާރުން ރާވިއްކުމުގެ ޤަވާޢިދު އާކޮށް، މީހުން އުޅޭ ރަށް ރަށުގައި ރާވިއްކުން ހުއްދަކުރި ވާހަކައެވެ. އެކަމުގެ ނުރައްކާތެރިކަމުގެ ވާހަކައެވެ. ސަރުކާރުގެ މަސްތުވާތަކެއްޗަށް ހުޅުވުނުދޮރުތަށް ބަންދުކުރުމުގެ ވައުދާއި ފުށުއަރާ ވާހަކައެވެ. ދަންވަރަށް އެޅުނު އިރު މި އިވުނީ، މަދަނީ ޖަމްޢިއްޔާތަކުން، އިކޮނޯމިކް މިނިސްޓަރުގެ އިސްތިއުފާޔަށް ގޮވި އަޑެވެ. ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކުގެ ކާރަކުން 168 ފުޅި ރާ ފެނުނު ވާހަކައެވެ.
މިހިސާބަށް ކަންތައް ދިއުމުން، މަގޭ ހިތް ބުނާ އެއްޗެއްވެސް ހިއްސާ ކޮއްލަން ކަމަށެވެ.

ރަލަކީ ޙަރާމް އެއްޗެކެވެ. ރަލުން ވިޔަފާރި ކުރުންވެސް ޙަރާމެވެ. ކަން މިހެން އޮތް ނަމަވެސް ފާއިތުވި 40 ވަރަކަށް އަހަރުތެރޭ، ރާއްޖޭގައި ރަލުގެ ވިޔަފާރި އަންނަނީ ކުރެވެމުންނެވެ. މިއީ ޙަޤީގަތެވެ. މި ވިޔަފާރިން ފައިސާ ހޯދަމުންނެވެ.

މިއަދު މަސްރަހު ބަދަލުމިވީ، މީހުން ދިރިއުޅޭ ރަށް ތަކުގައި ރާވިއްކުން ހުއްދަކުރުމުންނެވެ. މިކަމުގައި އަޅުގަނޑަށް ފެންނަނީ ތަންކޮޅެއް ތަފާތު މަންޒަރެކެވެ. ރާއްޖޭގައި މިހާރުވެސް ރާބޯ މީހުން މަދެއް ނޫނެވެ. ރާ ބޯން ބޭނުން ވާމީހަކު ރާނުބޮއި ހުންނަން ޖެހޭ ވަރަށް ވުރެ، ގިނައިން ލިބޭކަހަލައެވެ. މިއީ އަކީ ސަރުކާރުން ރާބުއިން ހުއްދަ ކުރުމުންނެއްނޫނެވެ. ސަރުކާރުން ރަޢްޖެ އަށް ރާ އެތެރެކުރުމުގެ ހުއްދަ ދިނުމަށް ފަހު އެކަން ނުބެލެހެއްޓުމުގެ ނަތީޖާއެވެ.
ދެން ބަލަންޖެހެނީ ރާ ވިއްކުމުގެ ހުއްދަ ދިނުމުން ވާގޮތެވެ. ސަރުކާރުން ބުނާގޮތުން މިހާރު މާލޭގައި މިހާރު އެތަކެއް ފަރުދުންނަކަށް ވަނީ ރާއެތެރެކުރުމުގެ ހުއްދަ ދީފައެވެ. މިފަހަރު މިއައި ބަދަލުގެ ސަބަބުން އެ އަދަދު އެއްމެ ދެ ހޮޓަލަށް ތިރިވާނެއެވެ. މިގޮތުން ބަލާއިރު، މިއީ ރަނގަޅު ފިޔަވަޅެކެވެ. ޒިއްމާދާރު ކުރެވޭމިންވަރު ބޮޑު ކުރެވޭނެއެވެ. މި ހައިސިއްޔަތުން ބަލާއިރު އަޅުގަނޑު، މި ގެނެވުނު ބަދަލަށް ފުރިހަމަޔަށް ތާއިދު ކުރަމެވެ. ވަކި 200 ވަރަކަށް ފަރުދުން ބެލެހެއްޓުމަށްވުރެ 2-3 ހޮޓަލެއް މޮނިޓާރ ކުރުން ފަސޭހެކަމަށް ޤަބޫލު ކުރެވޭތީއެވެ.


މައްސަލައިގެ ޙަޤީގީ ހައްލަކީ ރާ އެތެރެ ކުރުން މުޅިން ހުއްޓާ ލުމެވެ. އެހެނަސް ރާއްޖޭގެ ގިނަބަޔަކު މިއުސޫލަށް ތާއިދު ނުކުރާނީ ފަތުރުވެރި ކަމަށް ހީނަރު ކަން އަންނާތީއެވެ. ޒުވާބަކީ މިއީ ނަމަ، ފަތުރުވެރިކަން ކުރި އެރުވުމަށް، މީހުން އުޅޭ ރަށްތަކުގައި ނުވިއްކަންޖެހެ ސަބަބެއް ނެތެވެ. އާނ ދޮގެވެ. އެވެސް ހަރާމެވެ. މިވެސް ހަރާމެވެ. "އެހެން ނަމަވެސް"....."އެހެން ނަމަވެސް.......... ފަތުރުވެރިކަންތާއެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-02-24 03:41:41 | Report this Comment
ކޮމެންޓު:

މީހުން ދިރިއުޅޭ ރަށްރށުގައި ރާވިއްކުމަކުން ރާބޯން ބޭނުންވާ ދިވެއްސަކަށް ފަސޭހިއިން ރާ ލިބޭނެޔެކޭ މަގޭހިތެއް ނުބުނޭ. ރިސޯޓު ތަކުގައި މަސައްކަތްކުރާ ދިވެހިންނަށް އެކަން ފަހިވެފައި ވާވަރަކަށް ރަށްރަށުގައި އުޅޭ މީހުންނަކަށް މިގެނައި ބަދަލަކުން ރާ ލިބުން ފަހިއެއް ނުވާނެ. އެހެންނަމަވެސް މިގަވާއިދުގެ 4 ވަނަ މާއްދާގެ ހ އަދި ށ ގައި ވާގޮތަށް އިގުރާރުވެ ހަވާލުވާމީހުންގެ އިހުމާލުން މާލެއަށް ދާ ރަލުގެ މިންވަރު މަދު ކުރެ ވޭނެ ބާ؟

Posted on 2010-02-24 06:25:03 | Report this Comment
އޫރު:

ރަލާއި ނުލައި އަހަރެމެން ދިވެހިންނަކަށް ދެން އުޅެވޭކަށް ނެތެވެ. އެއީ އަހަރެމެންގެ ްއިޤްތިޞާދު ބިނާވެފައި މިއޮތީ މިކަމުގެ މައްޗަށް ކަމުގައި ވާތީއެވެ. އަދި ދީނީ މިނިވަންކަންވެސް ދޭން ޖެހޭނެއެވެ. އެދުވަސްވެސް ދެން އިރާދަ ކުރެއްވިއްޔާ އޮތީ މާ ދުރުގައެއް ނޫނެވެ. އާމީން.
ކަނޑި: އޯކޭ އޯކޭ. އޫރާއެވެ. އޫރުތައް ޤަތުލުކޮށް ބިންމަތި ސާފުކުރާ ދުވަސް އަންނަނީއެވެ. ﷲގެ ޝަރީއަތާއި އިދިކޮޅު ހަދާމީހުން ޤަތުލުނުކޮށް ދެން ދިވެހިންނަކަށް ނުތިބެވޭނެއެވެ. އެދުވަސްވެސް އަންނަނީއެވެ.
ބޯ: ކަނޑީގެ ވާހަކައިން އެބަ އެނގޭ އިސްލާން ދީން ފެތުރީ ކަނޑީގެ ބާރުންކަން. ރާއްޖޭގައި ތިބި އަމަން އަމާން ސުލްހަވެރި ބުދިސްޓުން މަރާލާ ގަދަކަމުން ދީން ފެތުރިކަން ވަރަށް ގިނަ ބަޔަކަށް އެނގޭ. މިހާ ތަނަށްވެސް ރާއްޖޭގައި ތިބި ހިތް ހެޔޮ މީހުންނަކީ އެދީނަށް ތަބާވެގެން އުޅުނު މީހުންގެ ކިބައި ވާރުތަ ވެގެން އައިސް ތިބި ބައެއް. އިސްލާން ދީނުގެ އަސްލު ގޮތްގަނޑު މި އައީ މި ދިޔަ 5 ވަރަކަށް އަހަރުގެ ތެރޭގައި. މި ކަންތައްގަނޑު ލައިގަތުމާއެކު ބޯ ބުރިކުރަން ކަނޑިތައް މަޅަން އެ ފެށީ. މި ގޮތަށް ކަންތައް ވާން ދޫ ކޮށްފި ނަމަ މި ރާއްޖެއަށް ވުރެން ނުރައްކާ ތަނެއް މި ބިން މައްޗަކު ނުވާނެ.

Posted on 2010-02-24 09:16:44 | Report this Comment
އދ:

ކަލޯ ފަތުރުވެރިކަމުގެ އަޅަކަށް ވާންވީނު؟

Posted on 2010-02-24 09:18:35 | Report this Comment
ހުސޭނު:

މިރާއްޖޭގައި ކޮންމެ ކަމެއް ލައިގެންކަމުގައިވިޔަސް ރައްޔިތުން ނާއިގެން ނިކުމެ މިރާއްޖޭގައި އޮތް އެއްބައެއްވަންތަކަން ނަގާލުމަށް އިސްލާމިކް މިނިސްޓަރުގެ ނާއިބު މަސައްކަތް ކުރެއްވިޔަސް އެކަމަށް ތަރުޙީބު ނުދިނުމަކީ އަދު އަޅުމެން ފުންކޮށް ވިސްނުން ރަގަޅު ކަމެކެވެ. އަސާސީގައި ކަނޑައެޅިގެން އެއޮތީ މިރާއްޖޭގައި އިސްލާމްދީނާއި ޚިލާފު އެއްވެސް ގާނޫނެއް ގަޥާއިދެއްވެސް ނެހެދޭނެކަމަށް އެހެން އޮތްވާ އެކަން ކަނޑައެޅުމަށް ދާންއޮތް މަގު ދޫކޮށް ރައްޔިތުންނާއިގެން ހަގުރާމަށް ނިކުންނަން ނާއިބު މިނިސްޓަރ ގޮވާލަނީ މިރާއްޖޭގައި މިއޮތް ދީނީ އެއްބައެއްވަންތަކަން ނަގާލުމުގެ މަގުސަދު ފިޔަވައި ދެންކޮންކަމެއް އޮވެގެންތޯއެވެ. އެމަގުން ދާން ނުގަބޫލުވަނީ މިރާއްޖޭގައި ރާއްވިއްކުމުގެ ހުއްދަ ބާއްވަން ކަމަށްވާއިރު މިގޮތްވެސް ރަގެޅެވެ. ޑރ މަޖީދު މަޖްލިސްގައި ވިދާޅުވިހެން މަޑުމަޑުން ކުރިއަށް ދާން އެދޭނަމަ މިއީވެސް ގޮތެކެވެ. އެކަމަކު އިސްލާމްދީން އައްޑަނައެއްގެ ގޮތުގައި ނަންގަވައިގެން އަމިއްލަ އެދުން އަންބޮޑީގައި ރައްކާކުރުން ރަގަޅެއް ނޫނެވެ. މަސްތުވާ ހިކި ދިޔާކޮންމެއްޗެއްނަމަ ޚަރާމް ވާނެއެވެ. މިރާއްޖޭގައި ރިވެތި ނަންދީ ފަޅުރަށްރަށުގައި ބޮޑު ޚަރަދު ކޮށް ބިނާކުރަމުން ރަންބިސްއަޅާ ކުކުޅޭ ކިޔާތަންތަނަކީ ޒިނޭ ކާރުޚާނާ ތަކަށް ނުވަނީތޯއެވެ. އެތަނުގައި ތާއަބަދު އަޅުކަންތޯކުރަމުންއެދަނީ ނާއިބު މިނިސްޓަރ ވިދާޅުވެ ބައްލަވާށެވެ. އަމިއްލަ މަސްލަހަތު އެއްކާރީގައި ބޭއްވުމަށްފަހު އިސްލާމްދީނުގައިވާ ގޮތަށް ކުރިއަށްދާނަމަ ހުރިހާކަމެއްވެސް ދީނުގައިވާ ގޮތަށް ކުރިއަށް ގެންދިއުން ބުއްދިވެރިއެވެ. ތިވިދާޅުވާ ގަވާއިދު މިވަތު މިރާއްޖޭގައި ކަންކަން ކުރިއަށްދާގޮތަށް ބަލާނަމަ ވަރަށް ރަގަޅެވެ. މިރާއްޖޭގެ ފަޅުރަތްތަކަށް ހުއްދަދޭކަމަށް ވަންޏާ އެފަދަ މީހުންނަށް ޚާއްސަވެގެން މީހުންއުޅޭ ރަށް ރަށުގައި އިމާރާތް ކުރެވޭތަން ތަނުގައިވެސް އެހުއްދަ ދެވެންވާނެއެވެ. އިސްލާމްދީނުގައި ރާމަނަކުރެއްވީ ހަމައެކަނި މީހުން ދިރިއުޅޭ ރަށްރަށުގައި އެކަންޏެއްނޫނެވެ. ރިސޯޓްތައްވެސް ހިމެނޭނެއެވެ.

Posted on 2010-02-24 12:15:17 | Report this Comment
ފާއިޒު:

ގެޒެޓޭ ޤަވާއިދޭ...ތިއީ ސަރުކާރުން ކުއްލިއަކަށް ހެދި ބޮޑު މަކަރެއް އަދިވެސް ހުއްދަ ދޭނެ. ތިއީ ކޮންބަޔެއް. އިސްލާޙް ކުރަނީއޭ ކުރިން ބުނި. އެކަމަކު ހަމަ އެހުރިގޮތަށް ނެރުނީ. ތިކަން ހައްލުވާނީ ހޮލިޑޭއިންނަށް ބަޔަކުވަދެ ލޫޓުވާ ތިތަނުން ގެސްޓުންނެރެ ހައްޔަރު ކުރީރުން. އަދި ހަކަތައާއި ޔަމަހާ ޝޯރޫމްގައި ރޯކޮށްލީމަ. ސާފުބަހުން ނޭގެންޏާ ދެން ޖެހޭނީ މިހެން ހަދަން. ސަރުކާރަކީ މިކަމަށް ބޮޑުވައްދެއް ވީބަޔެއް. މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތަކޯ. ކިހާ ބޮޑު މުސީބާތެއް..މިހާރު ތިއޮތީ ވައުދާއި ޚިލާފުވެފަ. ދެން ތެދެއް ނުހެދޭނެ. އަހަރެމެން އެއްވެސް ބަހަނާއެއް ޤަބޫލެއް ނުކުރާނަން. އެމީހެއްގެ ސަލާމަތް އެމީހަކު ހޯދާ. ﷲއަކްބަރު! ﷲއަކްބަރު! ﷲއަކްބަރު!
އ ލ ޤ: ފާއިޒު ގެ ކޮމެންޓު ވަގުތުން ޝާޢިއު ނުކުރީ، ބޮޑު އެއްވުމެއް ބޯމަތި ވެފައިވާ ވަގުތެއްގައި، ނުސީދާކޮށް ބަޔަކަށް ގެއްލުން ވާކަމަކަށް ގޮވާލެވޭފަދަ ޢިބާރާތެއް ހުރީމައެވެ. ލަސްކޮށް މި ޝާޢިއުކުރީ، ވަގުތާއި ހާލަތު ބަދަލުވުމުންނެވެ.

Posted on 2010-02-24 12:43:51 | Report this Comment
ސިމް:

ފާއިތުވި 40 އަހަރުގެ ވާހަކަ ނޫންތޯ ތިޔަ ވިދާޅުވީ. ފާއިތުވި ހާހުން އަހަރުތަކުގައި ހަށިވެސް ވިއްކަމުން އަންނަނީ. އަދީ މާ އުނދަގޫވާނެ ކޮނޓރޯލް ކުރަން، ވީމާ ކޮންޓރޯލް ކުރާށޭ ކިޔާ ބޮޑު ހަށިވިއްކާ ތަނެއްވެސް ހަދަންވީ ނޫންތޯ؟ ވިޔަފާރީގައި ހައްދުފަހަނަޅާ ދިޔުމުގައިވެސް ހައްދެއް އޮންނަންވާނެ. ކިހާ ބައިވަރު ފަޅުރައްރަށެއް އެހެރީ ރީތި ހޮޓާތަކާއި އޮރިޔާމުން ބިކިނީ ގައި އުޅެވޭނޭ ގޮތާއި އެނޫންވެސް ކަންކަން ކުރުމަށް އެތަންތަނުގައި މައްސަލައެއްކަމަކަށް ބަޔަކު ދެކިގެން ވާހަކަތަކެއ ނުދައްކާ. އޅުގަނޑުމެންގެ އަނބީ ދަރީންނާއި މުސްކުޅި މައިންބަފައިންނަށް ވެސް ކޮމެވެސް ވަރެއްގެ ގަދަރެއްވެސް ކުރަންވާނެ ނޫންތޯ؟ މާލެއަންނަ ކިތައް ގެސްޓުންތޯ މައްސަލަ ޖައްސާ ހެދީ މާލޭގެ ހޮޓާތަކުން ރާ ނުލިބިގެން. މާދަމާ އަޅާނީ ސަތޭކަ އެނދުގެ ކިތައް ހޮޓާތޯ؟ އަނެއް ދުވހު ފަންސާސް އެނދުގެ ހޮޓާތަކުން މިހުއްދަ ހޯދަން ނުއުޅޭނެތޯ. ޕްރެޝަރު ބޮޑުވެގެންނޭ ކިޔާ ސަރުކާރުން ހުއްދަ ނުދޭނެތޯ. ފަހުން މިއަދަދު ތިރިވެ ހައެނދުން ވެސް ހުއްދަދީ ފަހުން މާލޭގައި ބާރވެސްހުއްދަ ކުރުމެއް ނޫންތޯ ޕްލޭނަކީ؟ ދެން އޮތީ ވިޔަފާރި. ސަތޭކަ އެނދަށް އެކަނި ހުއްދަ ދެނީ ކީއްކުރަންތޯ؟ އެދު ތަކެއްތޯ ރާބޮނީ. ފަންސާސް ހާސް ޓިނު އިސްކުރު ހުރި ހޮޓާތަކަށް ޒިނޭ ހުއްދަދީ ހަ ޓައްޕު ފެހިދަވާދުލީ ތަންތަނަށް ޖުވާ ކުޅެން ހުއްދަދީ ، މިހުންނަނީ، ރއީސު ނަޝީދާއި ، މައުމޫނާއި އަމީނާއި ނާސިރާއި މިތިބަ ރައީސްތައް ބޭނުން ކޮއްގެން އުފައްދާ މަހާ ރައީސަކު ބުންޏަސް ޖޯކު، މޮޔަ ވާހަކަ ތަކެވެ.ބުނެވެން އޮތީ ރައީސް ނަޝީދުއަކީ ބުއްދީގެ ހަމަތަކުން ނެއްޓިފައިހުރި ، ވިޔަފަރިވެރީންގެ ދަށުވެފައި ހުރި ދީނަށ ހުރުމަތެއް ނެތް ވަރށް ނިކަމެތި އާޚިރަތަކަށް މިސރާބު ޖަހާފައިހުރި ކޮހެކޭ. އެންމެ އެނދެއް ހުރެވެސް ހަމަހަމަ އުސޫލަކީ ހުއްދަ ދިނުން؟ ތިޔަ ވިދާޅުވާ ވިޔަފާރީގެ ހަމަހަމަކަމަކީ ކޮބައިތޯއެވެ.

Posted on 2010-02-24 12:52:05 | Report this Comment
އިސްއަފު:

ކަލޯ މެންނަށް ހީވާ ކަހަލަ ދޯ ފަތުރުވެރިންނައްޔާ އަހަރުމެން ތިބޭނީ ބަނޑަށޭ. ބަލަ އަހަރުމެންނަށް ރިޒުގު ދެއްވަނީ ފަތުވެރިންނެއް ނޫނޭ. އެކަމަކާ އެއްވެސް މީހަކަށް ނުބެހެވޭނެ ﷲ ސުބަހާނަހޫ ވަތަޢާލާ އެކަން ނިންމަވާނެ. އެހެންވީމާ އަހަރުމެންނަށް އޮތީ އެކަލާންގެ ރުއްސަވާ ގޮތަށް ފަތުރުވެރިކަންވެސް ތަރަށްޤީ ކުރުން އޭރުން މިއަށްވުރެވެސް ފާގަތި މުސްތަޤު ބަލެއް ދެއްކެވުމަށް އެކަލާންގެ ކުޅަދުންވެ ވޮޑިގެންވޭ. މި މީހުން ރަލާ ޖެހިގެން މޮޔަވެފަ މިތިބީވެސް ވަކި ވަރަކަށް ނޫންވިއްޔަ ފަތުރުވެރިކަމަށް އަޅުކަން ކުރަންވީނު. އިންޑިޔާ މީހުން ފިލުމުސްޓާރުންނަށް އަޅުކަން ކުރާހެން.
މޫސާ: ކަލެއަށް އެބަ ފޮނުވާ މަންނައާއި ސަލްވާ . އަނގަ ހުޅުވައިގެން އުއްޑުން އޮވޭ.

Posted on 2010-02-25 23:04:59 | Report this Comment
ވިސްނާ މީހާ:

ކަލޭމެންނަކީ ލެޔަށް ފެންބޮވާގެންފައި ތިބޭ ބައެއްކަން އަހަރުމެންނަށް އެނގޭ. ކަލޭމެންނަކީ މާތްވެގެންވާ އިސްލާމް ދީނުގެ އަދުއްވުން. އެގޮތަކީ އެދީނުގައި މީހުންމަރާ ލޭ އޮހޮރުވާކަށް ނޯވޭ.
ނޭނގޭ: ތިޔަށް ވުރެން ޖައްބާރު ބަޔަކު މި ބިންމައްޗަކަށް ނުފޮނުއްވާ. ހިޓްލަރވެސް ދީނާހެދިގެން މީހުން ނުމަރާ. އަހަރުމެން މީ އިސްލާމެކޭ ބޭރު މީހެއްގެ ގާތުގައި ބުނަންވެސް ލަދުގަނޭ މި ބައިގަނޑަކު އުޅޭ ގޮތަކުން . ތަނެއްގައި ޖާނު ގޮއްވާލައިގެން މީހުންތަކެއް މަރައްޕޭ ބުނާ އިރަށް އެނގޭނެ މީގެ ކޮންމެވެސް ދައްޖާލަކު އޭގެ ތެރޭގައި ވާނެކަން. މި އާލާތް ގަނޑު ކަނޑު ފައްތާލަން ކެރޭނެ ވެރިޔަކު ރާއްޖެ އަންނާނެ ނަމަ ކޮންފަދަ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.