އިބްނު ޢަލީ

  • ޝާއިޢުކުރި ތާރީޚް: 23 02 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 191
  • މޯބައިލް ލިންކު: m.muraasil.com/5723

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ހުޅަގަށްއޯގާތެރި ސަރުކާރުން އަތްފޯރާފަށަށް ބަނގުރާ ގެނެސްފި.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ކޮޅުފައިން ޖަހާފައި މީހުންދިރިއުޅޭ ރަށްރަށުގައި ބަނގުރާވިއްކުމުގެ ހުއްދަ ދިވެހިސަރުކާރުން ދީފިއެވެ. މުޖުތަމައުގައިހިގާ ފާހިޝް ކަންތައްތައް ހުއްޓުވުމުގައި ބޭނުންކުރާނެ އާތިއަރީއެއް ހޯދުމަށްފަހުގައެވެ. އެއީ އެއްފުރާޅެއްގެ ދަށުން ޚިދުމަތްދިނުމެވެ. އެގޮތުން ރާބޯންބޭނުންވާ އެންމެނަށް އެއްތަނަކުން ލިބެގޮތް ހެދުމަށްޓަކައި ބޮޑުއެއް ހޮޓަލުގައި ބާއެއް ހަދަނިއެވެ. އޭރުން ރާބޯންބެނުންވާ ކޮންމެމީހަކު ދާންޖެހެނީ އެތަނަށެވެ. ރާހޯދަން އެތަންމިތަނަށް ހިގާކަށް ނުޖެހޭނެއެވެ. އަދި ވަގުވިޔަފާރީގައިވާހެން އަގުބޮޑެއްނުވާނެއެވެ. ނިކަމެތި ރައްޔިތުމީހާގެވެސް އަތްފޯރާނެއެވެ. ބޮއެނިމުނީމައި ފުލުހުން އެމީހާ ޗެކުކުރާނީއެވެ. ބޮއެފަހުރިވަރަކާ މަސްތުވި މިންވަރެއް ބަލާނީއެވެ. އަދި އަނގައިގެ ވެސްބަލައި އެމީހަކު ބޮއެފަހުރީ ކޮންބާވަތެއްތޯ ދަނެގަނެވިދާނެއެވެ.

ދިވެހި މުޖުތަމައުގައި އެންމެބޮޑުވެފައި އޮތް އެއްކަމަކީ މަސްތުވާތަކެތީގެ ވަބާއެވެ. އެކަމާއި ގުޅިގެންހިގާ އެތަކެއް ޖަރީމާތައް ކޮންމެދުވަހަކުހެން ދަނީހިންގަމުންނެވެ. ވައްކަމާއިފެރުން، މީހުންމެރުމާއި، ކަޓަރުއެޅުންފަދަ އެތައްކަމެކެވެ. މިކަންތައްތައް ހިގަން މެދުވެރިވާ އެންމެބޮޑު ސަބަބެއްކަމަށް އަޑުއިވެނީ މަސްތުވާތަކެތި ލިބުން ދަތިވުމެވެ. ފައިސާ ނެތިގެންނެވެ. ސަޕްލައި ނެތިގެންވެސް މެއެވެ. އެހެންވީމައި އެއްފުރާޅެއްގެ ދަށަށްގެނެސްގެން މިކަންތައްވެސް ހައްލުކުރެވިދާނެއެވެ. ބިޑަށްލައިގެން އެންމެބޮޑު އަގެއްހުށަހަޅަ ފަރާތަކަށް ދީގެންނެވެ. އެކިއެކިތަންތާގައި ސިއްރުން މަސްތުވާތަކެތި ވިއްކުމުގެ ބަދަލުގައި އެއްތަނަކުން ލިބޭގޮތަ ހަދާނީއެވެ. ބޮޑެތި ލޯގަނޑު ގަނޑުގައި އަލިފާންރޯކޮށްފައި މަސްތުވާތަކެތި އަޅާފައި ބަހައްޓާނީއެވެ. ބެނުންވާ މީހުން އައިސް އެތަނުގައިތިބެ ބޮއެގެންދާނީއެވެ. އޭރުން މަސްތުވާތަކެތީގެ ވަގުވިޔަފާރި ހުއްޓުވިދާނެއެވެ. މައުމޫނުގެ ދައުރުގައި ހަމައެއްލަމައެއްނެތި ކުރަމުންއައި މަސްތުވާތަކެތީގެ ވިޔަފާރި ކޮންޓްރޯލު ކުރެވިދާނެއެވެ. ރަށުތެރޭގައި މަސްތުވާތަކެތި ގެންގުޅޭ މަސްއަލައަށް ހައްލެއްލިބިދާނެއެވެ. ވޭތުވެދިޔަ 30 އަހަރު ކަންހިގަމުންއައި ފަލްސަފާ ބަދަލުވެސް ކޮށްލެވުނީއެވެ. އަގުބޮޑުވެގެން ޚިދުމަތްހޯދަން ދަތިވާފަރާތްތަކަށް ސަބްސިޑީއެއްވެސް ދެވިދާނެއެވެ. ބޭނުންވަނީ މޮޅުގަވާޢިދެއް ކަރުދާހުގައި ލިޔެލާށެވެ.

ދެންއޮތީ މަސަޖުޕާލާތަކާއި ހަށިވިއްކުމުގެ ވިޔަފާރިއެވެ. ހުރިހާ ޕާލާތަކެއް ބަންދުކޮށްފައި ބޮޑުނައިޓް ކްލަބެއް ހުލުވާނީއެވެ. 100 އަންހެން ކުދިން ހަމަވާންޖެހޭނެއެވެ. ހަށިވިއްކަން ނުވަތަ ގަންނަންބޭނުންވާ ކޮންމެމީހަކު ދާނިއެތަނަށެވެ. އެތަންމިތަނުގައި ވަގަށް ހަށިވިއްކުމުގެ ވިޔަފާރި އެއްފަހަރާ ހުއްޓުނީއެވެ. ރަގަޅު ހަރުދަނާ ޤަވާޢިދެއް އޮންނަންވާނެއެވެ. ފުލުހުން ބަލަމުންދާނެއެވެ. ޓްރޭޑް މިނިސްޓްރީން ފާރަވެރިވާނެއެވެ. ޢަދިލް ސަލީމް ސަރުދާރަކަށް ހުންނަވާނެއެވެ. ވަދެނިކުމެވާ އެންމެން ބަލައިފާސްކުރާނީ ފުލުހުންނެވެ. ކުރީސަރުކާރުން ހަމައެއް ލަމައެއްނެތި މަސާޖުޕާލާތަކަށް ދީފައިއޮތް ހުއްދަތައް ބާތިލިކުރާނީއެވެ. ހަމަޖެހޭ ރަގަޅު އުސޫލަކުން ގެންދިއުމަށްޓަކައި ޤަވާޢިދުތައް ހަރުދަނާވާންޖެހޭނެއެވެ. ހުރިހާކޮޓަރިއެއްގައި ސެކިއުރިޓީ ކެމެރާ ހަރުކުރުކޮށްގެން ވަދެނިކުމެވާ އެންމެން ބެލޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރަން ޖެހޭނެއެވެ. ޤަވާޢިދާއި ޚިލާފުވެއްޖިއްޔާ ކްލަބު ބަންދުކުރާނީއެވެ.


މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-02-23 22:14:52 | Report this Comment
ޗާލު:

އާދިލް ސަލީމް އެއުޅުއްވަނީ ރާނުބޮވިގެންނެވެ. އެހެންވީމާ އެފަދަތަންތަން ހުންނަން ބޭނުންވާނެއެވެ. ބަނގުރަލުގެ މިނިސްޓުރީއެވެ. ނިކަންބަލަން ހުންނާށެވެ. އަހުރަމެން މިނިކުންނަނީއެވެ. އާދިލް ސަލީމަށް ނިކަން ރަނގަޅަށް ރާބޯންދޭނަމެވެ.

Posted on 2010-02-24 12:15:27 | Report this Comment
ފާއިޒު:

ގެޒެޓޭ ޤަވާއިދޭ...ތިއީ ސަރުކާރުން ކުއްލިއަކަށް ހެދި ބޮޑު މަކަރެއް އަދިވެސް ހުއްދަ ދޭނެ. ތިއީ ކޮންބަޔެއް. އިސްލާޙް ކުރަނީއޭ ކުރިން ބުނި. އެކަމަކު ހަމަ އެހުރިގޮތަށް ނެރުނީ. ތިކަން ހައްލުވާނީ ހޮލިޑޭއިންނަށް ބަޔަކުވަދެ ލޫޓުވާ ތިތަނުން ގެސްޓުންނެރެ ހައްޔަރު ކުރީރުން. އަދި ހަކަތައާއި ޔަމަހާ ޝޯރޫމްގައި ރޯކޮށްލީމަ. ސާފުބަހުން ނޭގެންޏާ ދެން ޖެހޭނީ މިހެން ހަދަން. ސަރުކާރަކީ މިކަމަށް ބޮޑުވައްދެއް ވީބަޔެއް. މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތަކޯ. ކިހާ ބޮޑު މުސީބާތެއް..މިހާރު ތިއޮތީ ވައުދާއި ޚިލާފުވެފަ. ދެން ތެދެއް ނުހެދޭނެ. އަހަރެމެން އެއްވެސް ބަހަނާއެއް ޤަބޫލެއް ނުކުރާނަން. އެމީހެއްގެ ސަލާމަތް އެމީހަކު ހޯދާ. ﷲއަކްބަރު! ﷲއަކްބަރު! ﷲއަކްބަރު!

Posted on 2010-03-07 12:34:29 | Report this Comment
ހަސަން:

ބަލައިގެން ޒިންމާދާރު ކަމާއިއެކު އެއްޗިހި ލިޔޭ . މިހާރު މިއޮތީ ނުލިބި ގިނަދުވަސްވެފައިވާ މިނިވަންކަން ލިބިފައި . ފާޑު ފާޑެއް ހަމަ ނުކުރެވޭނެ އެއްވެސް މީހަކަށް ، ވަކިމީހެއްނޫން ! ޒިންމާދާރު ކަމާއިއެކު ނުލިޔަންޏާ ވާނެ ގޮތަކީ، މިރާއްޖޭގައި ބޭރުމީހުން ކޮއްފައިވާ ބޮޑެތި އިންވެސްޓްމެންޓް ތަކަށް ޒާތްޒާތުގެ ހަމަލަ އަންނަން ފަށާނީ ދެންއެންމެ ފުރަތަމަވެސް ކަޅިއެއްލާނީ ، 'ހޮލިޑޭއިންނަށް ބަޔަކުވަދެ ލޫޓުވާ ތިތަނުން ގެސްޓުންނެރެ ހައްޔަރު ކުރީރުން. އަދި ހަކަތައާއި ޔަމަހާ ޝޯރޫމްގައި ރޯކޮށްލީމަ. ސާފުބަހުން ނޭގެންޏާ ދެން ޖެހޭނީ މިހެން ހަދަން' ، ފަދަ އެއްޗިހި ލިޔާމީހުންނަށް ، މީ ސަމާސާ އެއްނޫން . ޒިންމާދާރު ކަމާއި އެކީ ރުޅިވެސް އާދެވޭނީ ައދި ކީއްތޯ، ފެލި ވަޑައި ގެންނެވޭނީ ވެސް ! ގައުމު މިހާލަތަށް ގެނައުމުގައި އަޅުގަޑުމެން އެންމެން އިހްމާލު ވޭ . މުޅި ގައުމު މިއޮތީ ސިކު ފިލުވަން ޖެހިފައި . އެހާލަތުގައި ތިއްބާ މިއިވެނީ ، ﷲއަކްބަރު! ﷲއަކްބަރު! ﷲއަކްބަރު! އަޅުގަޑަށް ދެންނެވޭނީ ، ސުބުހާނައްﷲ އޭ !

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.