Muraasil

ހޯދާ

ރ.އަތޮޅު ކައުންސިލަރ ގެ ޒިންމާ އަކީ ޕާޓީ ޕްރޮމޯޓް ކުރުންބާ؟

ރ.އަތޮޅުގެ ވެރިކަން ކުރާ ރަށްކަމުގައިވާ އުނގޫފާހަރަށް އަރައިގެންދާއިރު އަތޮޅު އޮފީހާއި ދިމާލުން ފެންނާނީ މާލޭގައި އިސްލާމީ މަރުކަޒާއި އަދި ސަލްޓަން ޕާކް އާއި ކައިރީގައި ބިނާކޮށްފައިވާ ބިނާއާއި އެއްގޮތައް ހަދަންއުޅެފައިވާ ބިނާއެވެ. ރަށްރަށުގައި މިގޮތައް ބިނާތައް ހެދުމަކީ އެއްވެސް ހާލެއްގައި މައްސަލައެއް ކަމަކަށް ނުދެކެވެ. މިބިނާ އުނގޫފަހަރުގައި އަޅާފައިވަނީ 1430 ވަނަ އަހަރުގެ ބޮޑު އީދާއި ދިމާކޮށެވެ. އާދެ ރ.އަތޮޅުގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ރ.އަތޮޅު ކައުންސިލަރ އަލްފާޟިލް އިބްރާހިމް ރަޝީދު އީދުގެ ތަހުނިޔާ ދެންނެވުމަށެވެ. ވަރަށް ވެސް ރަގަޅު ކަމެކެވެ. އެހާ އުފާވެސް ހުރިކަމެވެ. މައްސަލައަކީ އަކީ އީދު މުބާރިކް ކިޔާފައިވަނީ ޤައުމީ ރޫހުގައި ނޫންކަމުންނެވެ. އާދެ އީދު މުބާރިކް ކިޔާފައިވަނީ ޕާޓީ ރޫޙްގައެވެ. އާދެ އެމްޑީޕީގެ ރޫހްގައެވެ. މިގޮތައް އީދު މުބާރިކް ނުކިޔާ ހުދާއި ފެއްސާއި ރަތުން އީދުމުބާރިކް ކިޔިނަމަ ހުރިހާ ރައްޔިތުންވެސް އެކަން ބަލައިގަންނާނެއެވެ.

އަތޮޅު އޮފީހު ދޮށުގައި ހަދާފައިވާ މިބިނާގައި ހުންނަނީ ހުދުކުލައާއި ރީނދޫކުލައެވެ. ދެން ފެހިކުލައެވެ. ކޮންމެވެސް ކަހަލަ މަޑުނޫކަލެއް ވެސް އެކުލެވިގެންވެއެވެ. އަދި މީގެ އިތުރުން އެމްޑީޕީގެ ފަސްވަޢުދު ރަމްޒުކޮށްދޭން ، އެމްޑީޕީ އެންމެ ލޯބިވާ މަލުގެ ފަސްމާވެސް މިބިނާގައި އެކުލެވިގެންވެއެވެ. އަދި ހަމަ މިއާއި އެކު މިބިނާގައި ވަނީ ފެންއަރުވާ ނިޒާމެއްވެސް ގާއިމުކޮށް ރޭގަނޑު ގަޑީގައި ދިއްލޭގޮތައްވެސް ހައްދަވާފައެވެ. ނަމަވެސް ބިނާ ހެދިތާ މާގިނަދުވަހެއް ނުވެ ފެންއަރުވާ އަދި ދިއްލަން ބޭނުން ކުރާ ކަރަންޓްގެ ނިޒާމްވަނީ އުނގޫފާރު ބަޔަކު ހަލާކުކޮށްލާފައެވެ.

IMG_1030މިބިނާއަކީ ރައްޔިތުންގެ ފައިސާއިން ހަރަދުކޮށްގެން ހަދާފައިވާ ބިނާއެވެ. ވިސްނާލަމާ ހިނގާށެވެ. ރައްޔިތުންގެ ތެރެއިން އެންމެންނަކީ ސަރުކާރަށް ނުވަތަ އެމްޑީޕީއަށް ތާއީދު ކުރާމީހުންނެއް ނޫނެވެ. މިހެންކަމަށް ވުމުން މިފަދަބިނާއެއް އީދު ފަދަ މުނާސަބަތަކާއި ދިމާކޮށް ހުޅުވާއިރު މިކަމުގައި ޕާޓީގެ ކުލަ ނުޖެއްސުމަކީ ރަގަޅުކަމެކެވެ. މިހެން ހެދުމުން އެއްބަޔެއްގެ ނަފްރަތު ކުރިމައްޗެއް ނުވާނެއެވެ. އެއިރުން އެބިނާއެއް ވެގެންދާނީ އަތޮޅުގެ އެންމެހާ މީހުން ބަލައިގަންނަ ބިނާއެއް ކަމަށެވެ. ޕާޓީ ޕްރޮމޯޓް ކުރުމުގެ ބޭނުމުގައި އަތޮޅު ކައުންސިލަރ ބޭކާރު ހަރަދު ނުކުރުމަކީ އެންމެ ރަގަޅު ގޮތެކެވެ.

ހަމަ މިއާއި އެކު ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ދިވެހިކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ހައްޤެކެވެ. ސިވިލްސާވިސްގައި މަސައްކަތް ކުރިޔަކަށް މިމިނިވަންކަމަކަށް އެއްވެސް އުނިކަމެއް ލިބިގެންނެއް ނުވެއެވެ. ޑިމޮކްރަކިޓް ރަގަޅުވެރިޔެއް ނަމަ މިފަދަކަންތައް މަނަލެއް ނުކުރާނެއެވެ. ނަމަވެސް އަތޮޅު ކައުންސިލަރ އިބްރާހިމް ރަޝީދު ވަނީ ރ.އަތޮޅު އޮފީހުގައި ދިޓީވީ ބެލުން މަނާކޮށްފައެވެ. ވުމާއި އެކު އިބްރާހިމް ރަޝީދު ވެފައިވާ ފާޑުކިޔުންތައް ހަޖަމު ނުކުރެވޭ ބޭފުންގެ ލިސްޓުން ޖާގައެއް ހޯދާފައެވެ. މިއީވެސް މައްސަލައެކެވެ. އަޅުގަނޑުމެން ދިވެހިމިޤައުމަށް ޒަމާނީ ޑިމޮކްރަސީއެއް ގެންނަން މަސައްކަތް ކުރާއިރު ތަންތަނުގައި ތިއްބަވާ ވެރިންނަކީ ޑިމޮކްރަޓިކް މީހުންނަން ވާންޖެހެއެވެ. ރަސްރަސްކަލުންހެން "ތިމާއަށް ފެންނަގޮތަކީ އެންމެ ރަގަޅުގޮތް" ކަމަަށް ދެކިގެން އުޅޭ މީހުން ވެރިންގެ ގޮތުގައި ބައިތިއްބައިގެން ދިވެހިރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީ އެއް ނުގެނެވޭނެއެވެ. މިއާއި އެކު ހިތުގައި އުފެދިގެންދާ ސުވާލަކީ އަތޮޅު އޮފީހުގައި މަސައްކަތް ކުރައްވާ ސިިވިލް ސާވިސްގެ މުއައްޒަފުންނަން ލިބިގެންވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަތުމުގެ ހައްޤު އިބްރާހިމް ރަޝީދަށް ލިބިގެންވަނީ ކިހިނަކުންތޯއެވެ. އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވާނަމަ ހިޔާލު ފާޅުކުރުމުގެ މިނިވަން ނުލިބެނީ އެންމެ ހާލަތެއްގައެވެ. އެހާލަތަކީ ޤައުމީ ކުއްލި ނުރައްކާ ކުރިމަތިވާ ހާލަތްތަކުގައެވެ. މިހާލަތު އިޢުލާން ކުރެވޭ ހަމައެކަނި ފަރާތަކީ ރައީސުލް ޖުމްޙުރިއްޔާއެވެ. އަތޮޅު ކައުންސިލަރ އިބްރާހިމް ރަޝީދެއް ނޫނެވެ. ތިޔައުޅުއްވަނީ އަތޮޅު ކައުންސިލަރ އަށް ލިބިގެންވާ ބާރުތަކަކީ ކޮބައިކަން ނޭންގިގެންނެވެ؟ އަތޮޅު ކައުންސިލަރ އިބްރާހިމް ރަޝީދުގެ ޒިންމާއަކީ ޕާޓީ ޕުރޮމޯޓް ކުރުން ކަމަށް ވަންޏާ ތިޔަ ހީވެގެން އުޅެނީ ވަރަށް ބޮޑު ކުށްހީއެކެވެ؟ އަތޮޅު ކައުންސިލަރ ގެ ޒިންމާއަކީ ، އަތޮޅުގެ އެންމެހާ ކަންތައް ހިގާނުހިގާ ގޮތް ބަލާ، އެކަމަށް އަޅަންޖެހޭ ނިންމުންތައް އެންމެ ފުރިހަމަ ގޮތުގައި ނިންމުމެވެ. ރައްޔިތުންނަށް ފައިދާއާއި ލާބައާއި މަންފާލިބޭގޮތައް ކަންކަން ކުރުމެވެ. ރައްޔިތުންނަށް ކަންކަމުގައި ޖަވާބުދާރީވުމެވެ. ޕާޓީ ޕްރޮމޯޓް ކުރަން އުޅުމެއް ނޫނެވެ. ޕާޓީގެ ނަމުގައި އީދު މުބާރިކް ކިޔުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ނިގުޅައިގަންނަށް އުޅުމެއް ނޫނެވެ.


މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-02-20 17:11:32 | Report this Comment
ނަސްރުﷲ ޖަމީލު:

އަތޮޅު ކައުންސިލަރުކަމަކީ ސިޔާސީ މަގާމެކެވެ. އެހެންކަމުން، މި ސަރުކާރުގެ ސިޔާސަތުތައް ފަތުރައި، ސަރުކާރު ނުވަތަ ޕާޓީ ޕްރޮމޯޓުކުރުމަކީ މައްސަލައެއް ނޫނެވެ.
ޖޭ: އެކަންކަން ކުރަނީ ދައުލަތުގެ ވަޞީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކަމަށްވިޔަސް ވަރިހަމަ ހެއްޔެވެ؟

Posted on 2010-02-22 02:45:33 | Report this Comment
ކައުންސެލަރު:

ބަލަ މަށައް މިމަގާމު ދީފަމިހުރީ ޕާރޓީއަށް މީހުން އިތުރުން ކުރަން ކަމާމެދު ކަލޭމެންގެ ހިތްތަކުގައި ސުވާލު އުފެދުނީތީ ހަމަހައިރާންވެއްޖެ ޕާރޓީއަށް މީހުން އިތުރުވާ ޕަސެންޓަށް ބަލާ މުސާރަވެސް އިތުރުވާކަން ކަލޭމެންނަށް ނޭގޭތަ ؟

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.


  • muraasil

    "މުރާސިލްގައި ޝާއިޢު ކުރެވިފައިވާ ލިޔުންތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ހިޔާލާއި ފިކުރެވެ. މިއީ މުރާސިލްގެ ހިޔާލާއި ފިކުރެއް ނޫނެވެ. " މުރާސިލް ބޭނުންކުރުމުގެ އުސޫލުތައް ބައްލަވާ. މުރާސިލް ގެ ކުރިއެރުން ބިނާވެގެންވަނީ ކިޔުންތެރިންގެ ވިސްނުމުގެ މައްޗަށެވެ. އަޅުގަނޑުމެންނާއި ގުޅުއްވާ.


    Back to top ^

    ބައެއް ޙައްގުތަކަކީ މުރާސިލްގެ މިލްކެއް 2009