
ހެލްތް ޕުރޮވިންސް ޑިރެކްޓަރ އަލްފާޟިލް ފައިސަލް އިބްރާހިމް އެންމެ ފަހުން އިނގުރައިދޫ އަށް ވަޑައިގަންފައިވަނީ 15 ޑިސެމްބަރ 2009ގައެވެ. އެދުވަހު އެބޭފުޅާ ދުރުވީ އިނގުރައިދޫ ސިއްޙީ މަރުކަޒުގެ ލެބޯޓްރީއަށް ބޭނުންވާ ބައެއް ސާމާނު ހިފައިގެން ކަމަށް ޙުދް ފައިސަލް އިބްރާހިމް ވަނީ އިނގުރައިދޫލައިވް އަށް މަޢުލޫމާތުދެއްވަމުން ވިދާޅުވެފައެވެ.ފައިސަލް އިބްރާހިމް އެދުވަހު އިނގުރައިދޫލައިވްއަށް ދެއްވި މަޢުލޫމާތު މިލިންކުން ފެނިވަޑައިގަންނަވާނެއެވެ.
އިނގުރައިދޫލައިވްގެ ފަރާތުން މިއަދު މިދިޔަ ފަސްއަހަރުގެ އާބާދީ އާއި މެދު ރިޕޯޓެއް ތައްޔާރު ކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދާލުމަށް އިނގުރައިދޫ ސިއްޙީ މަޒުކަޒަށް ގޮސް ލެބޯޓްރީ ބަލާލުމުން ފެނިގެން ގޮސްފައިވަނީ މުޅިން އެހެން މަންޒަރެކެވެ. އިނގުރައިދޫ ސިއްޙީ މަޒުކަރުގެ ފަރާތުން އިނގުރައިދޫލައިވް އަށް ވަނީ އަބަދުވެސް ވަރަށް ފުރިހަމަ އެއްބާރު ލުމެއް ދެއްވާފައެވެ. އަދި އިނގުރައިދޫލައިވްގައި 15 ޑިސެމްބަރ 2009 ގައި ފައިސަލް އިބްރާހިމް އަށް ހަވާލާދީ ފައިވާ ލިޔުމަށް އިނގުރައިދޫގެ ސިއްޙީ މަރުކަޒުން ވަނީ ވަރަށް ފާޑު ކިޔާފައެވެ. އިނގުރައިދޫލައިވްގެ ފަރާތުން އެކަމަށް މަޢާފަށް އެދެމެވެ. ނަމަވެސް މިކަމުގައި ޒިންމާ ނަގަން ޖެހޭނެ ފަރާތަކީ ފައިސަލް އިބްރާހިމް ކަމުގައި ދަންނަވަމެވެ.
އެއީ ތަނެއްގެ އިސްވެރިޔެއް މަޢުލޫމާތު ދެއްވާއިރު ދެއްވަވަން ޖެހޭނީ މުޅިން ސައްޙަ މަޢުލޫމާތެވެ. މީހުންގެ ބޮލުގައި ކޮތަޅު އެޅުވުމަށް ދޮގު މަޢުލޫމާތު ތަނެއްގެ ވެރިޔެއް ދެއްވުމަކީ ވަރަށް ގޯސް އަމަލެކެވެ. އަދި އިނގުރައިދޫލައިވްގެ ފަރާތުން ފައިސަލްގެ މިއަމަލް ކުށްވެރި ކުރަމެވެ. ހެޔޮ ވެރިކަމުގެ ސަރުކާރު އަދި ދޮގު ނަހަދާ ސަރުކާރުގައި މިފަދަ ބޭބޭފުޅުން އިސްވަޒީފާ ތަކުގައި އުޅުއްވާ ކަމަކީ ދެރަމައްސަލައެވެ.
މަޢާފް ކުރައްވާށެވެ. އަދިވެސް މިއުޅުއްވަނީ މަޢުލޫއާއިގެން ކުރިޔަށް ނުދެވިގެންނެވެ. އަޅުގަނޑު މިއަދު އިނގުރައިދޫގެ ސިއްޙީ މަޒުކަރުގެ ލެބޯޓްރީ އޭ ކިޔުނު ކޮޓަރި ބަލާލި އިރު އެތަނުގައި ހުރީ ހަލާކުވެފައި ހުރި 3 މޭޒާއި 3 އެކްޒެކުޔިޓިން ގޮނޑިއެވެ. މޭޒުތައް ވަނީ ބާވެގެން ގޮސްބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. މޭޒުގެ އެކި ބައިބައި ވަކިން ހުރީ ލެބޯޓްރީ އޭ ކިޔުނު ކޮޓަރި ކޮޅުގައި ބަހައްޓަވާފައެވެ. ޤަބޫލްފުޅު ނުކުރައްވަންޏާ ފޮޓޯ ގަނޑު ރަގަޅަށް ބައްލަވާ ލައްވާށެވެ. ފޮޓޯ ގަނޑުތައް ބޮޑުކޮށް ބައްލަވާލެއްވުމަށް ފޮޓޯގަނޑަށް ފިތާލަށްވާށެވެ. މޭޒުގައި ޖައްސަވާފައިވާ ކަރުދާހެއްގައި ވަނީ މޭޒު ލިބެންވީ ޅ. ނައިފަރު ހޮސްޕިޓަލަށް ކަމަށެވެ. ފަހަރެއްގައި ބާވެގެން ވީރާނާ ވާން ކައިރިވެފައި ހުރި މޭޒުތަކެއް ކަމުން ނައިފަރުން މޭޒުތައް އައިކޮޅަށް ސައްޕު ޖަހާފައި ފޮނުވާލަން އުޅުއްވުމުން އިނގުރައިދޫ ސިއްޙީ މަޒުކަރުގެ ލެބޯޓްރީ ފަޅުފިލުވާލަ ދިނުމަށްޓަކައި އިނގުރައިދޫ ސިއްޙީ މަޒުކަޒު ފައިސަލް އިބްރާހިމްގެ ގޮނޑަކަށް ހައްދަވަން އިނގުރައިދޫއަށް ގެނައީއެވެ. އެހެންނޫނީއްޔާ ގަންނާ ކުރައްވާ ލަދުން ނައިފަރަށް ކުރި ދަތުރެއްގައި ނައިފަރަށް އަރަށް ނުކުރިގެން ކައްޕިތާނު ކައިރީގައި ބުނުއްވައިގެން އިނގުރައިދޫއަށް އައީ އެވެ. އެހެންނޫންނަމަ ލޯންޗުން ޕެޓްރޯލް ހުސްވެގެން އިނގުރައިދޫއަށް ދިމާއަށް ކަނޑުގެ އޮއިވަރު ހުރީމާ ބެހިގެން އިނގުރައިދޫއަށް ލެއްގީއެވެ. މިއީ ހަމަ ހައްތަހާވެސް ވެދާނެ ގޮތް ގޮތެވެ.
އަބަދުވެސް ސަރުކާރުން ދައްކަވަނީ ނޫސްވެރިން ދޮގު މަޢުލޫމާތު ފޯރުކޮށްދެއްވާ ވާހަކައެވެ. އެކަމަކު މިފަހަރު ދޮގު ހަދާ އޮޅުވާލަން އުޅުއްވީ ކާކު ހެއްޔެވެ؟ ޕްރިވިންސްގެ ހެތްދް ދާއިރާގެ އެންމެ އިސްވެރިޔާއެވެ.
ފައިސަލް އިބްރާހިމް އަށް ވަރަށް އަދަބުވެރިކަމާއި ދަންނަވަމެވެ. އިނގުރައިދޫގެ ލެބޯޓްރީގެ ހިދުމަތް އަވަހަށް ލިބިގެން ދިއުމަކީ، މިރަށު އަދި ފައިނު ކިނޮޅަހުގެ ރައްޔިތުން އެކަމަކަށް އިންތިހާއަށް އެދިއެދި ހުރިކަމެކެވެ. ސަބަބުތައް ބައިވަރެވެ. ލޭގެ ކުޑަކުޑަ ޓެސްޓެއް ހަދާލަންދާންޖެހިއްޖެ ހިނދެއްގައި ދާން ޖެހެނީ އުނގޫފަހަރު ހޮސްޕިޓަލަށެވެ. އޭގެ އަގު އެނގިލައްވާތޯއެވެ؟ ކުއްލި ހާލަތެއްގައި ދާނަމަ އަދަދު ގުނަންޖެހޭނީ ހާހުންނެވެ. މިއީ އަމިއްލައަށް ހަދަހަދައިގެން ދެކެވޭ ޔޯޔޯ ވާހަކަ އެއް ނޫނެވެ. އިނގުރައިދޫގެ އެންމެހާ ރައްޔިތުން މިކަމަށް ހެކިވާނެއެވެ. ދެން ތިޔަވިދާޅުވާ ޕްރޮވިންސެއް ހައްދަވައިގެން ލޭގެ ޓެސްޓް ހަދަން ނައިފަރަށް ދާންޖެހޭނަމަ މިއަށް ވުރެ ހަރަދު ދެގުނަ ބޮޑުވާނެއެވެ. ޒައީމް އެދައްކަވާ ހިޔާލީ ފޮލާގެ ދަތުރު ފަތުރުގެ ނިޒާމް ، މީން ޒަމާނެއްގައި ފޯރާނެ ހެނެއް ހިޔެއްނުވެއެވެ. އަދި ދަންނަވަމެވެ. ފާޑުފާޑުގެ ސަޅިބައިސާ ކެނޑުމަށް ވުރެ އަމަލީ ގޮތުން ކަންތައް ފެއްޓެވުން ބުއްދިވެރިވާނެ ކަމަށް އަޅުގަނޑު ދެކެމެވެ.