އިނގުރައިދޫލައިވް

  • ޝާއިޢުކުރި ތާރީޚް: 04 01 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 622

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ޓެލެވިސަން މޯލްޑިވްސްއިން ތިޔަގެނެސްދެއްވާ ޚަބަރުތަކަށް ސަލާމެވެ

ދިވެހި ދައުލަތުގެ މީޑިޔާގެ މައިނާރުކަމަށްވާ ޓީ.ވީ.އެމްގެ ޚަބަރުތަކަށް ނަޒަރެއް ހިންގާލާއިރު އުފެދޭ ސުވާލަކީ ޚަބަރުގަޑިތަކުގައި ގެނެސްދެވޭ ޚަބަރުތަކަކީ ކޮންބަޔަކަށް މުހިއްމު ވެގެން ގެނެސްދޭ ޚަބަރުތަކެއް ބާވައެވެ. މިހެން ދަންނަވަން މިޖެހުނީ ވަރަށް ގިނަ ސަބަބުތަކެއް ހުރުމާއިއެކުއެވެ. އަބަދުވެސް ފެންނާނީ އެއިރެއްގެ ސަރުކާރުން ކުރައްވާ ކަންތައްތައް އެއްމެ ކުރީގައި ކޮންމެ ޚަބަރެއްގައިވެސް ގެނެސްދޭ މަންޒަރެވެ. ދެން ސަރުކާރު ޒިންމާވާ ކުންފުނިތަކުގެ ވިޔަފާރިޔާ ކުޅިވަރު ޚަބަރުތަކެވެ. ދެން ގެނެސްދޭނީ ދިވެހިންނަށް އެއްވެސް ވަރަކަށް މުހިއްމު ނޫން ބޭރުގެ ކޫސަނި ޚަބަރުތަކެވެ. މިގޮތުން ދުނިޔޭގެ އެއްމެ މުސްކުޅި މީހާގެ ވާހަކަޔާއި ކޮންމެސް ޤައުމެއްގެ މީހަކު ދެދުވަސް ވަންދެން ނުކައި ހުރިވާހަކަޔަކާއި ބޮލީވުޑުގެ އެވޯޑްތަކާއި މިހެންގޮސް އެތައް ބޭކާރު ޚަބަރުތަކެކެވެ. ރޭގެ 8ގެ ޚަބަރުގައިވެސް ކޮންމެވެސް ޤައުމެއްގެ ދެމަފިރިޔަކަށް އެއްމާބަނޑު ދެކުދިން ލިބުނުއިރު އެދެކުދިންގެ އުފަންތާރީޚު ތަފާތުވީވާހަކަ ގެނެސްދިނެވެ. ދިވެހިންނަށް މިޔަށްވުރެ މުހިއްމު ކަމެއް ނެތީތޯއެވެ.



މިމަންޒަރު މިހެންފެނައިރު ޓީ.ވީ.އެމްއަށްވުރެ ހުރިހާގޮތަކުންވެސް ބަލިކަށި ދި.ޓީ.ވީ އާއި ވީ.ޓީ.ވީ އިން ދިވެހި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާ ތަފާތު ކަންކަމުގެ ވާހަކަ ނުހަނު ހީވާގި ކަމާއިއެކު ކަވަރު ކުރާކަން އުފަލާއިއެކު ފާހަގަކުރަމެވެ. އެހެންނަމަވެސް މުވައްޒިފުންނާއި ވަސީލަތްތަކާއި ބަޖެޓް އިތުރު ޓީ.ވީ.އެމް ފިރުކޭކަހަލައެވެ.



ދަންނަވަންތޯއެވެ. ޓީ.ވީ.އެމްގެ ޚަބަރުގަޑިޔަށް ރާއްޖެތެރޭގެ ރަށަކުން ކިތަންމެ މުހިއްމު ކަމެއްގެ ވާހަކަ ފޮނުވިޔަސް ގެނެސްދެވޭނީ އެރަށަކީ ރާއްޖޭގެ ރަށްތަކުގެތެރެއިން އާބާދީ ބޮޑު މަޝްހޫރު ރަށެއްނަމައެވެ. ނޫނީ އެޚަބަރަކީ ސަރުކާރަށް ރައްޔިތުންގެ ފަރާތުން ޕޮއިންޓެއް ލިބޭފަދަ ކަމެއް އެކުލެވޭ ޚަބަރެއްނަމައެވެ. އިނގުރައިދޫގެ ކުރީގެ ހުކުރުމިސްކިތް ތެޅުމާއި ވިދިގެން މުޒާހަރާ ކުރިދުވަހާއި އަދި ހަމަ އެދުވަހު އޮފީސް ތެޅި މަންޒަރުގެ ހަބަރު އިނގުރައިދޫލައިވްގެ ފަރާތުން ޓިވީއެމްއަށް ފޮނުވީމެވެ. އަދި ވީޑިޔޯވެސް އަޕްލޯޑް ކޮށްފައި ފޮނުވީމެވެ. ނަމަވެސް ހަބަރެއް ދަބަރެއް ނުވިއެވެ. ފަހަރެއްގައި މުޒާހަރާގެ ވީޑިޔޯގައި ކަތީބާއަދި ކައުންސިލަރ ގެ އިސްތިއުފާއަށް ގޮވަމުން ގޮސްފައިވާތީ ދަށްކަން ބިރުގަތީކަމަށް ވެދާނެއެވެ. އިނގުރައިދޫލައިވް އިން ފޮޓޯ އާއި ވީޑިއޯ ފޮނުވުމުން އެކަމަށް ވަރަށް ޝައުގުވެރިކަމާއި އެކު އިޖާބަ ދިނީ ވީޓީވީ އަދި ދިޓީވީ އިންނެވެ.އަދިވެސް މިފަދަ އެތައްކަމެއް އިނގުރައިދޫއަށް ދިމާވެފައި އެބަހުއްޓެވެ.



ރާއްޖެތެރޭގެ ރަށްތަކުގެ ވާހަކަ ޓީ.ވީ.އެމް ޚަބަރުގަޑީގައި ގެނެސްދޭންވީ ސަރުކާރުގެ ކޮންމެވެސް ބޮޑު ބޭފުޅެއް އެރަށަކަށް ވަޑައިގަތީމާ ހެއްޔެވެ. ނޫނީ އެރަށެއްގައި ސަރުކާރުގެ އިސްބަޔަކު ޒިޔާރަތްކޮށްގެން ކޮންމެވެސް ވޯކްޝޮޕެއް ބޭއްވެވީމާހެއްޔެވެ. ނުވަތަ ޓީ.ވީ.އެމް ބިއުރޯ ހުންނަ އަތޮޅުތަކުގެ ވެރިރަށްތަކުގައި ކަމެއްހިނގީމާ އެކަނިހެއްޔެވެ. މިދެންނެވި ބާވަތުގެ ކަމެއްނެތިއްޔާ މާލޭގައި ހިނގާ ކަންކަން ގެނެސްދިނުމަށްފަހު ވަގުތުފުރަން ބޭރުގެ ޚަބަރު ޗެނަލްތަކުން އުކުނޑިބުކުނޑި އެއްކޮށްފައި ޚަބަރުގަޑި ފުރާލުމުން އެހެރީ “އެންމެ ތާޒާ ޚަބަރާއި މަޢުލޫމާތު ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ” ގެނެސްދެވިފައި ތޯއެވެ.


ކުރީގެ ސަރުކާރުގެ ދުވަސްވަރުގައި ޓީ.ވީ.އެމްއަކީ ސަރުކާރުގެ ޕްރޮޕެގެންޑާ ފަތުރާ މެޝިނެއްކަމަށް ދިވެހި ރައްޔިތުންގެ ގިނަބަޔަކު ޤަބޫލުކުރަމުން އައެވެ. އަދި ސަރުކާރު ބަދަލުވުމުން މިސިފަ ބަދަލުވާނެކަމަށް ވަރަށް ގިނަބަޔަކު އުންމީދު ކުރިޔެވެ. ނަމަވެސް އެއިރެކޭ މިހާރެކޭ މިކަމުގައި އެއްވެސް ތަފާތެއް ނެތެވެ. މީގެންދޭހަވަނީ އަބަދުވެސް ޓީ.ވީ.އެމްގެ އިސްފަރާތްތަކަކީ ވައިހުރި ކޮޅަކަށް ދުއްވާ ބަޔަކުކަމެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-01-04 09:33:09 | Report this Comment
ނާޝިދު:

އިނގުރައިދޫ ލައިވްގެ ތިޔަ ލިޔުމަށް ވަރަށް ތާޢީދުކުރަން. ތިއީ ހަމަ ޙަޤީޤަތުގައިވެސް ވަރަށް ބޮޑު ތެދެއް. އަޅުގަޑުމެން އަތޮޅު ބިއުރޯވެސް ބައެއްފަހަރު ގަދަކަމުން ގެންނަންޖެހޭފަހަރު ގިނައީ. އަމިއްލައަށް ފެނިގެން އެމީހުން ނޫޅޭ ޚަބަރު ހޯދާކަށް.

Posted on 2010-01-04 09:45:03 | Report this Comment
މުހައްމަދު:

ދިޓީވީ ގެ ވާހަކަވެސް ލިޔެލުން މުހިންމުހެން ހީވަނީ... ހަމަ ގައިމުވެސް ހަބަރަކަށް ވާކަހަލަ ހަބަރެއް ކިއާހެން ހިއެއްނުވޭ...
އިހްތިޖާޖް: ދި ޓީވީން ކުރާކަމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން، އެމީހުން ގަބޫލްކުރާގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރެވޭނީ ސަރުކާރާއި ރައްޔިތުން ޖައްސާ ފިތުނަ ފަސާދަކޮށްގެން، އެމީހުންއެކަން ވަރަށް ފުރިހަމައަށްކުރެ

Posted on 2010-01-04 10:55:21 | Report this Comment
އިނގުރައިދޫ:

އަޅުގަނޑަށް ދޭހަވާގޮތުގައި ޓީވީއެމްއިން ގެނެސްދޭ ޚަބަރުތަކުގައި ޖަރނަލިޒަމް ފެންވަރު ރަނގަޅު އެހެން ޗެނަލްތަކަށްވުރެ. މިސާލަކަށް ވަރަށް ގިނައިން ފެންނާނެ ދިޓީވީއިން ގެންނަ ޚަބަރުތަކުގައި އެއްވެސް ރިސަރޗް އެއް ނުކޮށް ހަމައެކަނި މީހަކު ބުނެލޭ ވާހަކައެއް ރިޕޯޓުކޮށްލާތަން. މިއީ ޚަބަރެއް ނޫން، މިއީ ކަންނެތްކަން. ދެން ޤަބޫލުކުރަން ތަމްރީން ނުލިބޭމީހުން ތިބިކަމަށްވެސް. ނަމަވެސް ޚަބަރެއް ގެންނަންޏާ ދެފަރާތުގެ ބަހެއްވެސް ގެންނަންވާނެ. މިއީ ކޮމަން ސެންސް ދޯ

Posted on 2010-01-04 11:41:44 | Report this Comment
ކަކުނި:

މުހަންމަދު ރަނގަޅު ވާހަކަ އެއް!!!!ޑރޕ ގެ ޕްރޮފެގެންޑާ ފަތުރާތަނެއްގެ ގޮތުގަ ބޮޑައް ދިޓީޥީ ސިފަވަނީ...

Posted on 2010-01-04 12:55:51 | Report this Comment
ކަލޯ:

ޓީވީއެމް ގެ ޒިންމާއަކީ ސަރުކާރުން ރައްޔިތުމީހާ ދެއްވާ ޚިދުމަތްތަކުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. ނަމަވެސް މިކަން ކޮށްދޭއިރު ރައްޔިތުންގެ ޝަކުވާ ތަކާއި، އެމީހުންދެކޭގޮތް ހާމަނުކޮށްދެވޭކަން ލިޔުންތެރިޔާއާއި އެއްވަރަށް އެއްބަސް ވަމެވެ. މިދަންނަވާ ދެފުށް، ނުފެންނަކަން ހިތާމައާއި އެކު ފާހަގަ ކުރަމެވެ.
މަސްބެ: ކަލޯ މެން ޓީވީ އެމް ނުބަލާތީ ނޫނީ ގަސްދުގައި ތި އޮޅުވާލަނީ.. ކުރިއަށް މިއޮތް 3 އަހަރުރޭގައި އެނިދާނެ ރައްޔިތުމީހާއޭ އެކިޔަނީ ކީއްވެކަން. ޒައީމު ގެވާހަކަ ތަކުން ހަބަރުތަށް ފުރާ ނުލާތީތޯ މައްސަލަ އަކަށް ވެގެން ތިއުޅެނީ

Posted on 2010-01-04 13:23:29 | Report this Comment
ސަރަނގު:

ރަގަނޅު އެއްވެސް ޓީ ވީ ޗެނަލް އެއް ނެތް. ޓީ ވީ މޯލްޑިވްސްއަށް ޓީ.ވީ މޯލްޑިވްސްގެ ބަދަލު ޓީ.ވީ މާލެ ކިޔަންވީ ކަންނޭގެ. ކޮންމެ ސަރުކާރަކުންވެސް ރައްޔިތުންގެ ލރިގަނޑު ކާލައިގެން މާލެ ތަރައްޤީކުރަން އުޅެނީ . އަހަރުމެން ރާއްޖެތޭރޭ އެއްކުޅަނދު މަދު މީހުން ހަމަ ތިބެން ޖެހެނީ ގެށި ގެށި، ރާއްޖެތެރޭ އެއްމެން އެއްބައެއް ނުވެއެއް މިކަންކަމެއް ރަނގަޅެއް ނުވާނެ
ބެސް: ތިކަލަ ވިސްނުން ހުރިމީސްމީހުން ކިހިނެތް ރަނގަޅު ވާނީ.. އަމިއަލަ އެދުމުންފޯވެފައި. މިސަރކާރިމް މާލރ ތަރައްގީ ކުރަން އުޅެފަ ކޮބާ

Posted on 2010-01-04 13:59:27 | Report this Comment
މާވަށް:

ޕްރައިވެޓް މީޑިއަރ އާއި ސަރުކާރު މީޑިއަރ ތަފާތު ވާންޖެހޭނެ، ސަރުކާރު މީޑިއަރ ބޮޑަށް މިނިވަން ވެފައި ހަމަހަމަ ވާންޖެހޭނެ. މިއުސޫލުން ބަލާއިރު ޓީޥިއެމް އާއި ދިޓީވީގެ ހާސްގުނަ ތަފާތު ބޮޑު. ޓީވީއެމްއަކީ ރައްޔިތުންގެ ފައިސާއިން ހިންގާތަނެއް. ރައްޔިތުންނަށް ކަމުދާ ބޭނުންވާ ގޮތަށް ޚިދުމަތް ދޭންޖެހޭނީވެސް. ނަމަވެސް ކުރިން ވީގޮތް މިވަނީ. 30 އަހަރު ވަންދެން މައުމޫނު ޓީވީއެމް. 1 އަހަރު ވީއިރު ނަސީދު ޓީވީއެމް، ކުރިއަށްވެސް ނަސީދު ޓިވީއެމެ...
ހަމަދު: އެހެންކަމަށްވަންޏާ މިއަހަރުންފެށިގެން ތިބުނާ ޕްރައިވެޓް މީޑިޔާއިންޖެހޭނީ ސަރުކާރު ޕްރޮމޯޓްކުރަންތާ! ޓީވީއެމް މިއަހަރު މިނިވަންވާނެ. ސަބަބަކީ މިފަހަރުގެ ދައުލަތުގެ ބަޖެޓުން އެތައް މިލިއަނެއް ޕްރައިވެޓް މީޑިޔާއަށް ދޭން ނިންމިއިރު ކޮބަ ތިބުނާ ޓީވީއެމް އަށް ދޭން ނިންމިބައި.
ގަސް: ދެން މިހާރު ވާންވީ ޒައީމު ގެ ހަބަރު ތަކުން ފުރާލަންތޯ؟

Posted on 2010-01-04 14:02:46 | Report this Comment
ހަގީގަތް:

އަސްލު ދައުލަތުގެ މީޑިއާ ހަދަން ވީ މުސްތަގިއްލު ރައްޔިތުން މަޖްލިސް އިން މެންބަރު ހަމަޖައްސާ ތަނަކަށް..މިސާލަކަށް އެމް.އެން.ބީސީ ބޯޑަށް ރައްޔިތުން މަޖްލިސް އިން ބޭފުޅުން ހަމަޖެއްސިދާނެ..މިހާރު އަސްލު ވާ ގޮތަކީ ބޯޑުގެ މެންބަރުންގެ މަގާމް ގެއްލިދާނެތީ އެއިރެއްގެ ސަރުކާރުގެ ރަހަށް ހުންނަގޮތަށް ހަބަރު ގެނެސްދެނީ..
އަސްލަމް: ތިޔަހެން ހެދީމަ ކިހިނެއްތަ މުސްތަގިއްލުވާނީ. މަޖުލީހުގައި މެޖޯރިޓީ ތިބޭބައެއްގެ ޕްރޮޕެގެންޑާއެއްނު ކުރިއަށް އޮތް 5 އަހަރަށް ފަތުރާނީ. އަދި މަޖްލިސް މީހުންނަކީ އެކައުންޓަބަލް ބައެއްނޫން. އެހެންވީމާ އެމީހުން ޖަވާބުދާރީ ވާކަށް ނުޖެހޭ ހޮވުމަށް ފަހު. މުސްތަޤިއްލު ކުރާ ގޮތަކީ އެސްސިކިއުޓިވްއާއި ލެޖިކްލޭޓަރ ދެފަރާތުގެ ބަހެއް އޮންނަ ގޮތަށް މީހުން ހޮވުން. މިސާލަކަށް ރައީސް ހޮވާފާ މަޖްލީހުން އެޕްރޫވްކުރުން. އެކަމު ކުންފުންޏެއްގެ ބޯޑު އޮފް ޑައިރެކްޓަރސް މަޖްލީހުން ހޮވުމަކީ ކޮންގައުމެއްގައި ކުރާގޮތެއްބާ

Posted on 2010-01-04 14:43:44 | Report this Comment
އަޙްމަދު:

ދިވެހިންނަށް އެއްމެކަމުދާ ކަބަރަކީ ކޮބައިކަން ލިޔުންތެރިޔާ ޖަޖުކޮށްފައި އޮތްއޮތުން އެއީ އަމިއްލަ އެދުން އޮތްމިންވަރު އަންގައިދޭ ކަމެއް. ހުރިހާ ޓީ.ވި އަކުންވެސް ގެންނަ ބައެއް ކަބަރު ވަރަށް ރަނގަޅު. ހުރިހާ ޓީ.ވީ ތަކަސް ބަލާއިރު ޓ.ވީ.އެމް ޚަބަރު ތަކުގެ ބެލެންސް ހިފަހައްޓާ މިންވަރު ނުވަތަ ދެކޮޅު ދައްކާމިންވަރު އަނެއް ދެޓީ.ވީ އަށް ވުރެ ރަނަގަޅުހެން ހީވަނީ

Posted on 2010-01-05 09:49:20 | Report this Comment
އަލީ :

ތިޔަބުނާ މިސްކިތްތަޅަން އުޅޭތީ ނިކުމެ އުޅުނު މީހުން މސައްކަތްކުރީ ކަންއޮތްގޮތް ނުބަލާ އަދި ޙަޤީގަތްވެސް ޤަބޫލުނުކޮށް ތިމާމީހާގެ ފައިދާއަށް. ޓީވީތަކަށް ދެއްކެން. މަމޮޅުވާން. އެކަހަލަ ޚަބަރު ޓީވީއެމްއަކުން ނުގެންނާނެ. ކަމަކަށް ވާކަހަލަ ކަންތައް ގެންނާނީ. އަދި ޕަބްލިކް ސްޓަންޓް ހަދަން އުޅުނަކަސް އެކަމެއް ނުކުރެވޭނެ. މުއުތަބަރު ފަރާތަކުން ނަން ހާމަ ކުރަން ނުކެރި ދޭ ޚަބަރު ބަލައެއް ނުގަންނާނެ.

Posted on 2010-01-05 11:03:51 | Report this Comment
އަނާ:

ތީތެދުވާހަކައެއް. ޓީވީ މޯލްޑިވްސް އިން ބަލާނީ އަތޮޅު ހަބަރެއް ގެނެސްދޭއިރު ބިއުރޯ ހުންނަ ވެރިކަން ކުރާ ރަށުގެ ހަބަރު ގެނެސްދެވޭތޯ. އަދި ރިޕޯރޓަކަށް ވިޔަސް. އެއީ ޓީވީ އެމްގެ ކަންނެތްކަން. ބަލާބަލަ. ބ.ދަރަވަންދޫގައި އަޅާ އެއާޕޯރޓް. އެއްވެސް ޓީވީއަކުން މިހަބަރު ގެނެސް ދޭތޯ؟ އަދި ހަމަ އެހެންމެ ޓީވީއެމް އިންވެސް މިހަބަރު ގެންނަން ބިރުގަނޭ. އެއީ ކީއްވެގެންތޯ؟ ބަލަ އެއްކަލަ ބިއުރޯ ހުންނަ ރަށަކީ ވެރިކަން ކުރާ ރަށަށްވެފައި އެމީހުން ބޭނުމެއް ނުވޭ އެހެން ރަށެއްގައި މިކަހަލަ ކަމެއް ކުރާ ވާހަކަ މީޑިޔާއަށް ފަތުރާކަށް. އެހެންވެ ޓީވީއެމް ގެ ބިއުރޯވެސް އެކަމާ ފަސް ޖެހެނީ. ވަކި ކޮޅަކަށް ކިރެނީ.، މި އަޅެ ދޮގެއްތަ؟

Posted on 2010-01-05 14:59:28 | Report this Comment
އޭޝް:

ދެކޮޅު ބަލާ ހޯދާ... އެއް ޕާޓީ ކުދިންނަށް ރަނގަޅުވާނީ ޓީ.ވީ.އެމް. އަނެއް ޕާޓީ ކުދިންނަށް ރަނގަޅުވާނީ ދި.ޓީވީ. ދެޓްސް ޕޮލިޓިކް ލައިފް...

Posted on 2010-01-07 10:57:15 | Report this Comment
އައިޝާ:

އަދި ބަޔަކު އެއްޗެއް ފޮނުވާއިރަށް އޭތި އޮންއެއަރ ނުކުރީމަ އެއީކީ އަދި އެސްޓޭޝަނެއް ގެ ފީކަޅާ ނުވަތަ ސަކަރާތްކަމެއްނޫން..ކޮންމެ ތަނެއްގައިވެސް ހުންނާނެ މިންގަނޑުތަކެއް ހަމަ ބަޔަކު ކަމެއްކުރާއިރަކަށް ނުޖެހޭ އޭތި ކިޔާކަށް..ބޭރުގެ ޚަބަރުތައް އަޑުއަހަން ބޭނުންވާ މީހުންތިބޭ. ތިކަހަލަ މީހަކު ބޭނުންނުވެދާނެ އިގެން..އެކަމަކު ދުނިޔޭގެ މަޝްރަހުގައި ހިންގާކަންތައް އެއީ އެގުން މުހިއްމު ކަމެއް..ދެން ތިމިސާލަކަށް ނެގި ކުދިން ވިހޭ ސްޓޯރީއަކީ ހިއުމަން އިންޓްރެސްޓިންގ ސްޓޯރީއެއް..ތިބޭފުޅުންނަށް ހީވަނީ މުޒާހަރާއެއްކޮށްފަ އިސްތިއުފާއަށް ގޮވީމަ އެވާހަކަ ކިޔަން ތިބޭ ބައެއްކަމަށްތަ ޓީވީ ސްޓޭޝަންތަކަކީ..އެހެންނެއް ނޫން އިނގޭތޯ...

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.