www.dharuslive.com

  • ޝާއިޢުކުރި ތާރީޚް: 02 01 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 59

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

މީލާދީން 2010 ފެށުނުއިރު - މުސްލިމުންނާއި ދެކޮޅަށް ކުރާ ހަނގުރާމަތައް ކުރިއަށް

އަލީ އަހްސަން އިހްސާން

2010 ވަނަ އަހަރު އަޅުގަނޑުމެންނަށް މަރުހަބާ ކިޔާފައިވަނީ 2009 އަހަރު އަޅުގަނޑުމެން މުސްލިމުންނަށް ކުރިމަތިވި ބަޔާންނުކުރެވޭހާ ގިނަ ގުނަ ގެއްލުންތަކާއި އެކުގައެވެ. މުސްލިމު ޤައުމުތަކަށް ރަތްލާޖެހި ކާފަރުން ދެމުން ގެންދާ ހަމަލާތަކަށް ކެތް ނުވެގެން އެތައް ހާސް މުސްލިމުންނެތްވަނީ މިދުނިޔެއާއި ވަކިވެފައެވެ.

އަފްޢާނިސްތާން؛
ޔޫއެން އިން ޔަގީންކޮށްދީފައިވާ ގޮތުގައި 2038 އަށްވުރެ ގިނަ އާންމުންވަނީ އަފްޢާނިސްތާނުގައި ޝަހީދުވެފައެވެ. އާންމުން ގިނައިން ޝަހީދުވަމުން ދިޔަވަރަކަށް އެމެރިކާނުންނާއި މެދު އާންމުގެ މެދުގައި ރުޅިވެރިކަން އިތުރުވެ އެމެރީކާނުންނަށް ދެވޭ ހަމަލާތައްދަނީ އިތުރުވެ ވަރުގަދަވަމުންނެވެ. އަދި މީގެ އިތުރުން އެމެރިކާއިންވެސް ދަނީ އެމީހުންގެ ހަމަލާތައް ޒަމާނީ ވަސީލަތްތަކުގެ އެހީގައި ދެމުންނެވެ.

2009 ވަނަ އަހަރު ނިމުނު އިރު އެމެރިކާނުންނަށް އެމީހުންގެ 'ޓާކެޓް'ކަމުގައިބުނާ އުސާމާ ބިން ލާދިން ހޯދިފައެއްނުވެއެވެ. އަދި ތާލިބާނުންގެ ބާރު ކަނޑުވާނުލެވުނުތާގައި ތާލިބާނުންގެ ބާރު އަފްޢާނިސްތާނުގައި ދަނީ އާންމުގެ ތާއިދުލިބި ވަރުގަދަވަމުންނެވެ. އެހެނަސް އެމެރިކާއިން މިހަނގުރާމަ ކައިރިމުސްތަގުބަލެއްގައި ހުއްޓަފާނެކަމާއި މެދު ސުވާލު އުފެދެއެވެ. އެހެނީ އިތުރު ސިފައިން އަފްޢާނިސްތާނަށް ދަނީ ފޮނުވަމުންނެވެ.

ފަލަސްތީން؛
ފަލަސްތީނުގައި ޒަމާނުންސުރެ އެމެރިކާގެ މަދަދާއި އެކު ހިންގަމުންދާ ޖަރީމާގައި ދުވާލެއްގެ މައްޗަށް އެތައް ބަޔަކު ޝަހީދުކުރަމުންދާއިރު ދުވާލެއްގެ މައްޗަށް އެތައް މުސްލިމުންނެއް ދަނީ ހައްޔަރުކޮށް އަދަބުދެމުންނެވެ. މީގެ އިތުރުން ފަލަސްތީނުގެ ބިމުގައި އިޒްރޭލުންދަނީ ވަޒަންވެރިވެ ފަލަސްތީނުގެ މުސްލިމުން ފަހާ ބޭރުކުރަމުންނެވެ. 2009 ވަނަ އަހަރު ނިމި 2010 ވަނަ އަހަރު ފަލަސްތީނީންނަށް ކުރިމަތިލީ ބޮންތައް ބޮލަށް އޮހޭ ހާލުގައެވެ. އިޒްރޭލުގެ އިތުރު ޤަތުލްޢާންމެ އަހަރު ނިމުނު އިރު ފަށާފައިވާއިރު ފަލަސްތީނުގެ މުސްލިމުންނަށްދަނީ އެތަކެއް ގެއްލުމެއް ލިބެމުންނެވެ.

އިރާގް؛
ސެޕްޓެމްބާރ 11 ގެ ހަމަލާއަށްފަހު އިރާގުގައި ގެއްލުންދެނިވި ހަތިޔާރު ހުރިކަމަށްބުނެ ސައްދާމްގެ ވެރިކަން ވައްޓާލުމަށް އެމެރިކާއިން ފެށި މިހަނގުރާމަ ސައްދާމު ދަންޖެއްސިއަށް އެމެރިކާއަށް 'ހިތްހަމަޖެހޭ'ގޮތެއް ނުވިއެވެ. އަދިވެސް ދަނީ އިރާޤު އިސްތިއުމާރުކޮށް އަތްގަދަ ކުރަމުންނެވެ. މިހާރުވެސް އިރާގުގައި ދަނީ ހަމަނުޖެހުން އިތުރުވަމުންނެވެ. އިރާގުގެ ފައުޖު އަދިވެސް އިރާގުގައި ހަރަކާތްތެރިވަމުންދާއިރު އެމެރިކާގެ ސިފައިންގެ އިހުމާލުން އެތަކެއް އިރާގީންނެއް ޝަހީދުވަމުންދާތީ އެކަމާއި އިރާގުގެ ސަރުކާރުންވެސް ދަނީ އެމެރިކާއަށް ފާޑުކިޔަމުންނެވެ.

ޕާކިސްތާން؛
އެމެރިކާގެ އެހީއާއި މަދަދާއި އެކު ޕާކިސްތާނުގެ ސަރުކާރުން ތާލިބާނުން 'ނައްތާލުމަށް' ހިންގަމުންދާ ހަނގުރާމާގައި ތާލިބާނުންގެ ބާރު ކުޑަނުކުރެވުނުތާގައި ޕާކިސްތާނުގެ އެތެރޭގެ ހަމަޖެހުމަށްވަނީ ނުރައްކާވެ ބިރުވެރިކަން އާންމުވެފައެވެ. ޕާކިސްތާނުގެ ސަރުކާރުން ތާލިބާނުންނަށް ދޭ ހަމަލާ ދަނީ ވަރުގަދަކުރަމުންނެވެ. އަދި ތާލިބާނުންގެ ހަމަލާތައްވެސް ދަނީ އިތުރުކުރަމުންނެވެ. މީގެ މެދުގައި ފިތެމުންދަނީ މުސްލިމު އާންމު ރައްޔިތުންނެވެ. އާންމުގެ އެތައް ބަޔަކު ދަނީ ކޮންމެ ދުވަހަކުވެސް ޝަހީދުވަމުންނެވެ. 2009 ވަނަ އަހަރު ނިމުނުއިރު މިހަނގުރާމަވެސް ދަނީ އިތުރަށް ގޯސްވަމުންނެވެ. ކާފަރުންޖެހި އަލިފާނުން މުސްލިމުންނާއި މުސްލިމުންދަނީ ހަނގުރާމަކުރަމުންނެވެ.

ކަޝްމީރު؛
ކަޝްމީރުގެ ހަމަނުޖެހުމަކީ އަޅުގަނޑުމެން ދިވެހިންގެ ކަންފަތުގައި މަދުން ނޫނީ ނީވޭ ޚަބަރުތަކެކެވެ. އެހެނަސް ކަޝްމީރުގައިވެސް އަޅުގަނޑުމެން ފަދަ އެތައް މުސްލިމުން ދަނީ ޝަހީދުވަމުންނެވެ. ޒަމާންވީ 'ކަޝްމީރު' މައްސަލާގައި އިންޑިއާ އާއި ޕާކިސްތާނުން ވަނީ އެކި ފަހަރު މަތިން ކުރިމަތިލުންތައް ހިނގާ އެތައް ބަޔަކު މަރުވެފައެވެ. ސުލްހައިގެ ބައްދަލުވުންތައް ދޭތެރެ ދޭތެރެން ބޭއްވިކަމުގައި ވިޔަސް އެބައްދަލުވުންތަށް ވަނީ 'ބޮޑު ފްލޮޕް'އަކަށްވެ މާޒީއާއި އެކުވެފައެވެ. މިހުރިހާ ހަމަނުޖެހުމެއްގައިވެސް ފިތެމުން ބިކަވަމުން ގޮސްފައިވަނީ ކަޝްމީރުގެ އާންމު މުސްލިމު ރައްޔިތުންނެވެ.

ޔަމަން:
2010 ވަނަ އަހަރާއި އަޅުގަނޑުމެން ކުރިމަތިލީއިރު އެމެރިކާފަދަ މުސްލިމުންގެ އަދުއްވު ޤައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައިވަނީ 'ޔަމަން' އެވެ. އެކަމުގެ ކޮޅުމަތި މިހާރުދަނީ ފެންނަމުންނެވެ. ދާދިފަހުން އެމެރިކާގެ ބޯޓެއް ގޮއްވާލަން އުޅުމުގެ ކުށުގައި ހައްޔަރުކުރި ނައިޖީރިއާގެ މުސްލިމު ޒުވާނާއަށް އެކަން ކުރުމަށް އެހީތެރިވެފައިވަނީ ޔަމަންގައި އުޅޭ އަލްޤައިދާއިންކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި ޔަމަންގައި އަލްޤައިދާ 'ވަރުގަދަވާ ކަމަށާއި އެކަން ހުއްޓުވަންޖެހޭ'ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. އެމެރިކާގެ ބަހުރުވަ ހުންނަ ގޮތުން ޔަމަންއަށް ކައިރި މުސްތަގުބަލެއްގައި ކޮންމެވެސް ގޮތެއް ހަދާނެކަމަށް ހަބަރުތައް ދިރާސާކުރާ މީހުން ލަފާކުރެއެވެ.

އީރާން:
ލިސްޓުގެ ދެން އޮތީ އިރާންއެވެ. ބެލެވޭ ގޮތުގައި އިރާންއަށް ހަމަލާދޭނީ އެމެރިކާގެ ޓޭންކުތަކުންނެއް ނޫނެވެ. އިރާންގެ ރައްޔިތުން މަގުމައްޗަށް ނެރެ އިރާންގެ ރައްޔިތުން އަމިއްލައަށް އެކަން ކުރުމަށް އެމެރިކާއިންދަނީ އެމީހުންނަށް ވާގިވެރިވަމުންނެވެ. 2009 ނިމުނު އިރުވެސް ވަނީ މިހަމަނުޖެހުމުގައި އެތައް ބަޔަކު މަރުވެފައެވެ. އަދިވެސް މިހަމަނުޖެހުން ދަނީ ކުރިއަށެވެ.

މީގެ އިތުރުންވެސް 2009 ވަނަ އަހަރު ނިމި 2010 ވަނަ އަހަރު ކުރިމަތިވީއިރު މުސްލިމު ދުނިޔޭގެ އެތައް މުސްލިމުންނެއް ދަނީ ކުށެއްނެތި ޝަހީދުވަމުންނެވެ. މުސްލިމުންގެ ތެރޭގައިވާ ބައިބައިވުމާއި ތަޅާފޮޅުންތަކުގައި އެއްބަޔަކު ޝަހީދުވަމުންދާއިރު އެމެރިކާ އަދި އިޒްރޭލްފަދަ ޖައްބާރު ގައުމުތަކުގެ ޝިކާރައަކަށްވެ ޝަހީދުވަމުންދާ މުސްލިމުންވެސް ދަނީ އިތުރުވަމުންނެވެ. އަދި ހުޅަނގުގެ 'ގޮނޑިކޮއްކޮ' ސަރުކާރުތަކުން މުސްލިމުންނަށް ކުރާ ގޯނާތަކުގެ ސަބަބުން މުސްލިމު ސަރުކާރުތަކާއި މުސްލިމުންނާއި ދެމެދު ތަފާތު ހަމަލާތައްދަނީ ގައުމުގެ އެތެރޭގައި ދެމުންނެވެ.

ޑެންމާކް، ސްވިޒްލޭންޑް، އޮސްޓްރޭލިޔާ، ފްރާންސް، އިޓަލީ، އިންގްލޭންޑް ފަދަ ޤައުމުތަކުން މުސްލިމުންނަށް ކުރިމަތިވަމުންދާ ޖެއްސުންކުރުންތަކުގައި މުސްލިމުންދަނީ ފިތިބާރުވަމުންނެވެ. ބައެއް ޤައުމުތަކުން މުސްލިމުންނަށް ބަޑިންނާއި ޓޭންކަރުތަކުން ހަމަލާދީ ޝަހީދުކުރަމުންދާއިރު އަނެއްބައި ޤައުމުތަކުން ދަނީ އިސްލާމީ ޝިޔާރުތަކަށް ހަމަލާދީ ޖެއްސުން ކުރަމުންނެވެ.

2010 ވަނަ އަހަރު މުސްލިމުންނަށް ގަދަކަން ދެއްވާ ހައްޤަށް ނަސްރު ދެއްވާންދޭވެ. އާމީން

(ލިޔުމުގައި ކުށެއް ވާނަމަ އިސްލާހް ކޮށްދެއްވުން އެދެން. ލާދީނީ ކޮމެންޓް ޖަހައިދެވޭކަށްނެތް ވާހަކަ އުފަލާޢި އެކު ދަންނަވަން. ޖަޒާކަﷲ ޚައިރަން!)

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-01-02 22:43:28 | Report this Comment
2010:

މުސްލިމުންނަށް ހަމަލަދެނީ ހަމަ އެއްވެސް ސަބަބެއް ނެތި ތޯއެވެ؟
www.click4islam.com: މުސްލިމުންނަށް ޙަމަލާދެނީ ސަބަބަކާ ލައިގެން، އެއީ މުސްލިމުން ދުނިޔެ ކުފުރުގެ ކިލަނބުކަމުން ދޮވެލައި އިސްލާމީ ޝަރީޢަތް ގާއިމުކޮށްފާނެތީ.... އަދި ޢަދުލު އިންސާފު ގާއިމުވެދާނެތީ.. އިސްލާމީ ވެރިކަމެއް އަތުވެއްޖެ ނަމަ މުޅި ދުނިޔެގައިވާ ހުރިހާ ކުއްފާރުންނަށް ޖެހޭނީ މުސްލިމުންނަށް ބޯލަނބަން، އަދި މުސްލިމުންނަށް ޖިޒްޔަދޭން! ﷲ ރައްބުލްޢިއްޒަތް އަޅުގަނޑުމެންނަށް އަންގަވާފައިވަނީ ކުއްފާރުން މުސްލިމުންނަށް ޖިޒްޔަދޭން ޖެހުމަށް ދާންދެން އެބއިމީހުންނާއި ހަނގުރާމަ ކުރާށޭ! ކާފަރުންތަކަށް އޮތީ ހަމަ އެންމެ 2 ޗޮއިސް، އެއީ މުސްލިމަކަށް ވުން، މުސްލިމަކަށް ވާން ބޭނުން ނުވާ ނަމަ، މުސްލިމުންގެ ޙިމާޔަތަށް އެދި ޖިޒްޔަ ދިނުން. އޭރުން ޖިޒްޔަ ދޭމީހުން ތިބޭނީ މުސްލިމުންގެ ފުރިހަމަ ޙިމާޔަތުގައި، ޖިޒްޔަ ނުދޭން ގަދަ ދައްކާ މީހުންނާއި މުޢާމަލާތް ކުރާނީ ﷲ އަންގަވާފައިވާ ގޮތަށް ކަނޑިން..
ހަސަން: ޖިހާދާޢީ ބެހޭ ގޮތުން އިތުބާރު ހުރި އިލްމުވެރިއެއްގެ ބަސް ބައްލަވާ ލައްވާ، http://www.raajjeislam.com/index.php?page=article

Posted on 2010-01-02 23:29:12 | Report this Comment
އަހްމަދު:

ޗެޗްނިޔާގެ ވާހަކަ އިތުރު ކޮށްލިނަމަ ވަރަށް ފުރިހަމަ ވީސް...

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.