އިނގުރައިދޫލައިވް

  • ޝާއިޢުކުރި ތާރީޚް: 26 12 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 506

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ރަނގަޅީ އެމްބީއަކަށް 10ރ ހެއްޔެވެ. ނޫނީ 15ލާރި ހެއްޔެވެ؟

ދިރާގުން ދެއްވާ ކިލޯބައިޓަކަށް އެއްލާރިއޭ ކިޔުއްވާ އިސްތިހާރުގައި ހީވާގޮތުން މިއީ ވަރަށް އަގުހެޔޮ ހިދުމަތެކެވެ. ހިދުމަތުގެ އަސްލު އަގު އެނގެނީ އަގުތައް އެމްބީއިން ހަދާލުމުންނެވެ. ދިރާގުންދެއްވާ ކިލޯބައިޓަކަށް އެއްލާރި އެމްބީއަށް އަގު ބަދަލުކޮށްލުމުން އަގަކީ ކޮންމެ އެމްބީއަކަށް 10ރއެވެ. ވަތަނިއްޔާއިންވެސް ވަނީ ދާދިފަހުން މޯބައިލް ޕެކޭޖްތަކެއް ތަޢާރަފް ކޮށްފައެވެ. ވީމާ ދެފަރާތުން ދެއްވާ ހިދުމަތް އަދި އަގުތަކަށް ބަލާލާނަމެވެ.

ދިރާގުން މޮޑެމް އެއްވިއްކަނީ 1200ރ އަށެވެ. އެއްވެސް މަހުފީއެއް ނުވަތަ ކަނެކްޝަންފީ އެއްދައްކަވާ ކަށް ނުޖެހެއެވެ. ދިރާގުން ހިދުމަތުގެ އަގަށް ނަގަނީ ކިލޯބައިޓަކަށް އެއްލާރިއެވެ. އެހެން އިބާރާތަކުން ނަމަ އެމްބީއަކަށް 10ރއެވެ. ވަތަނިއްޔާއިން ދެވައްތަރެއްގެ މޮޑެމް އެއް ވިއްކައެވެ. އެއް މޮޑެމް 1200ރ އަށް ލިބޭއިރު އަނެއް މޮޑެމްގެ އަގަކީ 2000ރ އެވެ. ކަނެކްޝަން ފީއެއްގެ ގޮތުގައި 500ރ ދައްކަވަން ޖެހެއެވެ. އަދި މިއާއި އެކު ދެޕެކޭޖެއް ހިމެނެއެވެ. އެއީ 2ޖީބީ އަދި 6 ޖީބީގެ ޕެކޭޖްއެވެ. 2 ޖީބީ މަހަކު 250ރ އަށެވެ. 6 ޖީބީ މަހަކު 590ރ އަށެވެ. އެމަހަކަށް ކަނޑައެޅިފައިވާ ވަރަށް ވުރެން އިތުރަށް ބޭނުން ކުރައްވާ ނަމަ އިތުރުވާ ކޮންމެ އެމްބީއަކަށް 15ލާރިއެވެ.

ދެފަރާތުންވެސް ދޫކުރަމުން ގެންދާ މިޕެކޭޖް ބޭނުންކުރާނެ ބަޔަކީ އިންޓަނެޓްގެ ހިދުމަތް ނުލިބޭ ރަށްރަށުގައިއާއި ކަނޑުމަތީގައި އުޅޭ މީހުންނެވެ. ވުމާއި އެކު އަގަށް ބަލާއިރު ރަގަޅީ ވަތަނިއްޔާ ކަމުގައި ދެއްނެވިދާނެއެވެ. އެއީ ދިރާގުން އެމްބީއަކަށް 10ރ ނަގާއިރު ވަތަނިއްޔާ އެމްބީއަކަށް ނަގަނީ 15 ލާރި ކަމުގައި ވާތީއެވެ. ވަތަނިއްޔާ ބޭނުންކުރާ ނަމަ 10ރ އަށް އެންމެ އެމްބީ އެއްގެ ބަދަލުގައި 66.67 އެމްބީ ބޭނުން ކުރެވެއެވެ. ވުމާއި އެކު ދިރާގުން ދިވެހިންނަށް އޮޅުވާލައިގެން ފަތުރަމުން މިގެންދާ “ކިލޯބައިޓަކަށް އެއްލާރި” އޭމިކިޔާ ރޯގާގެ ޝިކާރައަކަށް ނުވެ އެއާއި ދުރުވުމަށް އެންމެހާ ދިވެހިންނަށް ނަސޭހަތްތެރި ވަމެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-12-27 00:38:54 | Report this Comment
ކިއުއެސް:

އިންޓަނެޓް ބޭނުން ކުރާ ކުދިންނަށް ހޭލުން ތެރިކަމެއް ގެނެސް ދޭނެ ވަރަށް ރަނގަޅު ލިއުމެކެވެ. އަސްލު ދިރާގުން ދަނީ އޮޅުވާލައިގެން ރައްޔިތުން ދަރަނިވެރި ކުރުވަމުންނެވެ. އަޅުގަނޑަކީ ވަތަނިޔާގެ މޮޑަމް އެއް ގެންގުޅޭ ފަރާތެއްކަމުން އަޅުގަނޑު ދަންނަވާނީ ދިރާގުގެ އިންޓެނެޓްގެ ޚިދުމަތައްވުރެ ފެންވަރާއި އަގުގެ ގޮތުން ވަތަނިޔާ ރަނގަޅު ކަމުގައެވެ. ގިނަ މީހުނަނަށް 1 ލާރި އޭ ބުނުމުން އެއީ މާ ހެޔޮ އަގެއްކަމުގައި ވެގެން އުޅެވެނީއެވެ. މިވާ ނުވާ އެއް ނޭންގެ އެވެ. ދިރާގުގެ މޮޑަމް އެއް ބޭނުން ކޮށްގެން ފިލްމެއް ޑައުންލޯޑް ކުރެވޭނީ 7 ހާހެއް ހާ ރުފިޔާ އަށެވެ.

Posted on 2009-12-27 09:55:06 | Report this Comment
ހުއްޓޭ:

ސާބަހޭ އިނގުރައިދޫ މިކަހަލަ ކިތައް އޮޅުވާލުން ދިރާގުން އަހަރުމެން ނިކަމެތިންނަށް އޮޅުވާލައިފަ އޮންނާނީ.... ވަތަނިއްޔާ މިހާރު މާ ސަޅި ދޯ..

Posted on 2009-12-27 13:20:01 | Report this Comment
މުހައްމަދު:

ލިޔުންތެރިޔާއަށް ފަށްފަށުން ޝުކުރިއްޔާ.. ތީ އަބަދުވެސް ދިރާގުގެ ހާލު.. ބަލާބަލަ، މައިޓޯންސް އަށް ލާ ލަވައަށް ލިބޭފައިސާއިންވެސް 70% ދަނީ ދިރާގަށް.. އެއީ ހަރަދު ތަކަށޯ.. އަސްލު އެއީ ހަމަ ރާއްޖޭގެ މިއުޒިޝަނުން ތަރައްގީކުރުމަށް ދިރާގުން ކުރާ އިޖުތިމާއީ ހަރަކާތެކޭ ކިޔާއަޑުވެސް އެހިން.. އަހަރުމެންނަށްވާނީ މިވަރު..

Posted on 2009-12-27 18:29:55 | Report this Comment
ނަޢީމް:

މިއީ ވަރަށް ކުރިން ލިޔަންވެފައި އޮތް ލިޔުމެއް.....

Posted on 2009-12-28 00:20:02 | Report this Comment
ޕިކްސް:

މިވަގުތު މިރާއްޖޭގައި އެންމެ ފެންފަރު ރަނގަޅު އަގުހެޔޮ އިންޓަނެޓްގެ ހިދުމަތެއްދެނީ ވަތަނިއްޔާއިން. އެހެންކަމުން ރާއްޖެއަށް އިންޓަނެޓް ހިދުމަތްދިނުމުގެ ތިންވަނަ ލައިސަންސެއް ވަތަނިއްޔާއަށް ދިނުމަށްފެނޭ.

Posted on 2010-02-17 10:03:35 | Report this Comment
އަނެކަކު:

އެކަމު ވަތަނިއްޔާއިން އެދޭ ރޭޓްވެސް އަދިވެސް ހާދަ ބޮޑޭ އިނގޭ..6 ޖީބީ އެއީ ހާދަ ކުޑަ ކުޑަ އެއްޗެކޭ...އިރުކޮޅަކުން އެ އޮންނާނީ ހަމަވެފަ. މި މެލޭޝިއާގަ އަންލިމިޓެޑް ޑައުންލޯޑްސް އެލިބެނީ އެންމެ 88 ރިންގިޓަށް..އެއީ ގާތްގަނޑަކަށް 330 ދިވެހި ރުފިޔާ...

Posted on 2010-02-18 08:28:52 | Report this Comment
ސޮރު:

އަނެކަނު: މެލޭޝިޔާގަ އޮއްނަވަރުގެ މާކެޓެއްރާއްޖޭގަ އޮއްނަނަމަ ފަހަރުގަ އަގު އެހާތިރިވީސްއަތި ސަރުކާރުން މިކަހަލަ ހިދުމަތައް އަމަލީގޮތުން ތަރުހީބުދޭނަމަ. ދިރާގުންދޭހިދުމަތަކީ 3ޖީ އެއްނޫން، މާނަޔަކީ ހިދުމަތުގެ ފެންވަރު މާބޮޑައްވެސް ވަތަނިއްޔާއައްވުރެދައްވާނެ ދުވެލީގެގޮތުން. މޮޑަމް އަކީވެސް ދެފެންވަރެއްގެ މޮޑެމްތަކެއް ވީމާ މިދެހިދުމަތެއް ހަގީގަތުގައަޅަޔެއްނުކިޔޭނެ. މިސާލަކީ ކާރަކާ ބައިސްކަލަކާ އަޅުވާކިޔުންކަހަލަކަމެއް. ދޭތިވެސް ދުއްވާ ދެއުޅަތު އެކަމަކު ހާސްބައިތަފާތު.

Posted on 2010-02-18 12:08:36 | Report this Comment
ހާނީ:

ކަލޯ ސާބަސް! ތިކަހަލަ ލިޔުން ގިނަ ކުރަންވީ. އަޅާލާ ކިޔާލަންޔާ، މިހާރު އަހަރެން މިއުޅޭ ޓެސްމޭނިޔާގަ ވަޔާލަސް ބުރޯޑްބޭންޑް 6ޖީބީ ޕެކޭޖް ގެ އަގަކީ 35 އޭ.ޔޫ.ޑީ އެވެ. މިއީ ދިވެހި ރުފިޔާއިން ގާތްގަނޑަކަށް 400 އެވެ. އެހެންކަމުން އަސްލު ވަތަނިޔްޔާ އެހާ އަގުބޮޑެއްހެނެއް ނުހީވެއެވެ. ވަޔާލަސް ބުރޯޑްބޭންޑް އާއި ގެޔަށް ސީދާ ގުޅާ ކޮނެކްޝަން ގެ އަގު އަޅާ ކިޔާކިޔުމަކީ އެހާ ހަމަޖެހޭ ކަމެއް ނޫނެވެ.

Posted on 2010-05-11 15:18:52 | Report this Comment
dhiraagu:

Haadha dhera kamekey dho. Thivarun Dhiraagu hidhumai beynun nukureema veenu. enmen wataniya ah badhal nuve thithibee key ve tha. Dhiraagah haadha heevey muraasi.com update kuran beynun kuranee dhiraagu connection henn. Dhen slow v ma nubunaathi slow ve ye....

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.