އިނގުރައިދޫލައިވް

  • ޝާއިޢުކުރި ތާރީޚް: 09 12 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 190

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އެއް ޙިދުމަތެއް،އެއް އަގެއް، ނަމަވެސް ހިދުމަތް ދިނުމުގައި ތަފާތުކުރުން ތަކެއް

މާލޭގައި ދިރާގުން ޤާއިމް ކޮށްފައިވާ ވައިފައި ޒޯންތަކުގެ ސްޕީޑް އަވަސް ވާހަކަ އަކީ ގިނަ ބަޔަކު ދައްކަމުންދާ ވާހަކައެކެވެ. ދިރާގުގެ ފަރާތުންވަނީ ރާއްޖެތެރޭގެ ރަށްތަކުގައި ވެސް ވައިފައި ޒޯންތަކެއް ހައްދަވާ އިންޓަނެޓްގެ ހިދުމަތް ލިބޭނެ ގޮތެއް ހައްދަވައި ދެއްވާފައެވެ. މާލޭގައި ވެސް ނަގަނީ އެއްއަގެކެވެ. މިސާލަކަށް ބުނަނީ ނަމަ، ބައިގަޑިއިރުގެ ކާޑެއްގެ އަގަކީ 10ރ އެވެ. ދެގަޑިއިރުނަމަ 30ރ އެވެ. މައްސަލައަކީ އެހެން ކަމެކެވެ. ހިދުމަތުގެ ފެންވަރު ތަފާތުވުމެވެ.

މާލޭގައި އާންމު ގޮތެއްގައި ދިރާގުގެ ވައިފައި ޒޯނެއްގެ ޑައުންލޯޑް ސްޕީޑް 220Kb/s އާއި 250Kb/s އާއި ދެމެދަށް އަރާނެއެވެ. ނަމަވެސް ރާއްޖެތެރޭގެ ރަށްރަށަށް ދޫކޮށްފައި ހުންނަ ވައިފައި ޒޯންތަކުގެ ސްޕީޑް އާންމު ގޮތެއްގައި އުޅޭނީ 27Kb/s ގައެވެ. ވުމާއި އެކު މާލޭގެ ވައިފައި ޒޯންތަކުގެ ސްޕީޑް ރާއްޖެތެރޭގެ ރަށްރަށާއި އަޅާ ކިޔާއިރު ނުވަ ގުނަ އަވަހެވެ. މިހެން ވާންޖެހޭ ސަބަބެއް އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ނުވިސްނުނެވެ. އެއީ ރާއްޖެތެރޭގެ މީހުންވެސް ވައިފައި ކާޑް ގަންނަނީ ހަމަ އެއްއަގެއްގައެވެ. ނަމަވެސް ހިދުމަތް ދިނުމުގައި މިހާބޮޑު ފަރަގެއް އައުމަކީ މައްސަލައެވެ.

މިއީ އަނެއްކާ ރާއްޖެތެރޭގައި ވައިފައި ބޭނުންކުރާ މީހުންނަކީ ކަމުގެ މާބޮޑު މަޢުލޫމާތެއް ލިބިފައިނުވާ ބަޔަކަށްވާތީ ދިރާގުން ކުރާ ކަމެއް ބާއެވެ؟ މިނޫން އެހެން އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުވިސްނުނެވެ. ދިރާގަކީ ފެށުނީއްސުރެން ދިވެހިންނަށް ދުއްތުރާ ކުރުމާއި އުނދަގޫކުރުމުގައި އެއްވަނައެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-12-09 20:08:08 | Report this Comment
1021:ސިސްޓަމް:

ތިޔަވާހަކައަކީ ހެޔޮވާހަކައެއް.... ބައެއްދުވަސްދުވަހު ވައިފައި މައްސަލަލައެއްގައި ގުޅިމަ ބުނާނީ މާހުނުގަދަވީމަ ވާގޮތޭ.. އަނެއްބައިފަހަރު ވަގަދަވީމަ ވާގޮތެކޭ... ދިރާގަކީ ރައްޔިތުން ދިޔަފިލަން ހަދާފައިވާ ކުންފުޏެއްހެންވެސް ހީވޭ..

Posted on 2009-12-09 22:44:57 | Report this Comment
ބެއްޔާ:

ތީ ވަރަށް ބޮޑު ތެދެއް ހަމަ ރައްޔިތުން ފެލަނީ ރާއްޖެތެރޭ މީހުންނަށް ހަދަނީ ހަމަ ހަދާނެ އެއްޗެއް ތިކަންތަށް ވެސް ގައުމުގެ ސަމާލުކަމަށް ގެންނަންވީ މިއޮތް ހުރިހާ ދުވަހު ސްޓެލްކޯއިން ވެސް ކަންތަށް ކުރަމުން އައީ އެގޮތަށް..

Posted on 2009-12-09 23:56:00 | Report this Comment
އެކްސް:

ދިރާގުން ތިކަހަލަ ކިތަންމެ އޮޅުވާލުމެއް އެބަ ގެންގުޅޭ. މިއޮތްހާދުވަހު ރައްޔިތުން ފެލައިގެން ބޮޑު އަގުގައި ޙިދުމަތް ދެމުން އަންނަނީ، އަދިވެސް ވާވަރު ނުވެގެން އެ އޫޅެނީ. ހުރިހާ އެންމެން ވަތަނިޔާއަށް ބަދަލުކުރަންވީ. އެއީ ހައްލަކީ

Posted on 2009-12-10 01:52:15 | Report this Comment
އެމް އައި އަލީ:

ދިރާގަށް ރަނގަޅު ފިލާވަޅެއްދެމާބަހީ.

Posted on 2009-12-27 10:58:47 | Report this Comment
ޒިޔާ:

ޟމީވަރައް ބޮޑު ހަޤީގަތެއް/

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.