އިނގުރައިދޫލައިވް

  • ޝާއިޢުކުރި ތާރީޚް: 23 11 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 152

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ޒިންމާދާރު އިސްވެރިޔާ

ރަށްރަށުގެ އޮފީސްތަކަށް ޒިންމާދާރު އިސްވެރިން ފުއްމާލައިގެން މިއުޅެނީ ކީއްވެގެންކަން، މިއީ ތިޔަބޭފުޅުންގެ ހިތްތަކުގައި ނުއުފެދޭ ސުވާލެއްތޯ؟ ޒިންމާދާރު އިސްވެރިންނަކީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން އިސްކޮށްފައި ތިބިބައެއް ހެއްޔެވެ؟ އެހެންވީއިރު އެއީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ކޮންމާއްދާއަކަށް ހަވާލާދީގެންތޯއެވެ؟ އެގޮތުން އަޅުގަނޑު ދިވެހި ސިވިލްސަރވިސްގެ ޤާނޫނަށް ނަޒަރުކޮށްލުމުން، އެޤާނޫނުގެ 18 ވަނަމާއްދާގެ (ފ) ގައި ބުނެފައި އޮންނަނީ: " ސަރުކާރުގެ މަސްޢޫލުވެ ޒިންމާވާ އޮފީސްތަކުގެ ޒިންމާދާރު އިސްވެރިންނާ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން މިޤާނޫނާއި، ކޯޑްއޮފް ކޮންޑަކްޓާ ޚިލާފަށް ޢަމަލުކުރާކަމަށް ހުށަހެޅޭ މައްސަލަތައް ތަޙްޤީޤް ކޮށް ފިޔަވަޅުއެޅުން" ޙަޤީޤަތުގައި މިމާއްދާއަކީ ދިވެހި ސިވިލް ސަރވިސްގެ މައިގަނޑު މަސްޢޫލިއްޔަތު ބަޔާންކުރާ މާއްދާއެވެ. މިމާއްދާގައި ޒިންމާދާރު އިސްވެރިޔާގެ ވާހަކަ އައިސްފައިވުމުން ދޭހަވަނީ ކޮންމެސް ތަނެއްގައި މި ބުނާ ޒިންމާދާރު އިސްވެރިޔަކު ހުންނަކަމެވެ. އަދި އެތަންތަނަކީ ކޮބައިކަންވެސް ހަމަ އެމާއްދާގައި ބުނެފައި އެބައޮތެވެ. އެއީ ސަރުކާރުގެ މަސްޢޫލުވެ ޒިންމާވާ އޮފީސްތަކުގައި ހުންނަމީހެއްގެ މަސްޢޫލިއްޔަތެކެވެ.

ދެން އުފެދޭ ސުވާލަކީ: މިބުނާ ސަރުކާރުގެ މަސްޢޫލުވެ ޒިންމާވާ އޮފީސްތަކަކީ ކޮބައިތޯއެވެ. މި އޮފީސްތަކުގެ ތެރޭގައި ރަށް ރަށުގެ ރަށުއޮފީސްތަށް ހިމެނޭތޯއެވެ؟ ކުރިޔަށް ޖެހިލަމާ ހިނގާށެވެ. އެގޮތުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 77 ވަނަމާއްދާގެ މާނަކުރުންތަކަށް ބަލާލަމާހިންގާށެވެ. އެގޮތުން،

"ޒިންމާދާރު އިސްވެރިޔާ" މާނަޔަކީ: "ސަރުކާރުގެ މަސްޢޫލު އޮފީސްތަކުގައި މިޤާނޫނުގައިވާ ކަންކަން ހިންގުމަށްޓަކައި ކަނޑައަޅާފައިވާ ވެރިޔާއެވެ." ދެން މިބުނާ މަސްޢޫލު އޮފީސްތަކަކީ ކޮބައިކަން އެނގޭތޯއެވެ؟

"މަސްއޫލު އޮފީސް" މާނައަކީ " މިޤާނޫނުގައި މަސްއޫލު އޮފީސްކަމުގައި ބުނެފައި އެވަނީ މިޤާނޫނުގެ 61 ވަނަމާއްދާގައި ބުނެފައިވާ އޮފީސްތަކެވެ. 61 ވަނަމާއްދާގައި ބުނެފައިވާ އޮފީސްތަކަކީ : އެމާއްދާގެ،

(ހ) ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީތަކާ އެޓަރނީޖެނެރަލްގެ އޮފީސް،
ށ) އިދާރީގޮތުން ވަކިއޮފީހެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އޮފީސްތައް،


މިއިން އެއްވެސް ކެޓަގަރީއަކަށް ރަށްރަށުގައި ހުންނަ ރަށުއޮފީސްތައް ވަދޭތޯ؟

މިމަޢުޟޫ އަށް ލިޔަންމިޖެހުނީ މިހާރު މި "ޒިންމާދާރު އިސްވެރިޔާ" އާއި ހެދި، ދިވެހި ސިވިލް ސަރވިސް އާއި ހޯމް މިނިސްޓްރީ އާއި ދެމެދު ހޫނުގަދަ ބަހުގެ ހަމަލާތަށް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައެވެ. ސިވިލްސަރވިސް އިން ބުނަމުންދަނީ އެއީ ހޯމްމިނިސްޓްރީގެ ޕާރމަނަންޓް ސެކެޓްރީއަށް އެހީތެރިވެދިނުމުގެގޮތުން އައްޔަންކޮށްފައި ތިވޭ "ޒިންމާދާރުވެރިން" ކަމަށެވެ. ހޯމް މިނިސްޓްރީގެ ރަޢުޔަކީ މިގޮތަށް ޒިންމާދާރު ވެރިން އައްޔަން ނުކުރެވޭނެކަމަށެވެ. ޤާނޫނުގައި ބުނެފައި އޮންނަނީ "ޒިންމާދާރު އިސްވެރިންގެ ވާހަކައެވެ. މިހާރު މިމައްސަލަވަނީ ވަޒީފާއާއިބެހޭ ޓްރައިބިއުނަލް އަށް ހުށަހަލާފައެވެ. މީގައި ވަރަށް ބޮޑެތި އިޝޫސްތައް ހުރިކަން ފާހަގަކޮށްލަމެވެ. (ނުނިމޭ)


މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-11-24 10:32:37 | Report this Comment
ޒިންމާދާރު:

ސަރުކާރު މަސްޢޫލްވާ އޮފީސްތަކުގައި ސަރުކާރާ އިދިކޮޅު ޒިންމާދާރު ވެރިންނޭ ކިޔާބަކު ބައިތިއްބައިގެން ކުރާ ކަންކަމުގައި ސަރުކާރު ޒިންމާ ވާނީ ކިހިނެތްތޯ ؟ މި ޒިންމާދާރު ވެރިންނޭ މިކިޔާ ބައިގަނޑަކީ މިހާރު ސިވިލް ސާވަންޓުންނަށް ޖެހިފައިވާ ބޮޑު ވަބާއެއް. އާ ފަހެ ޤާނޫނުގައި ނެތް އިރު ،އަދި ސިވިލްސާރވިސްއަކީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސަތާ އެއްގޮތަށް ކަންކަން ކުރަން އޮންނަ ތަނަކަށް ވާހިދު ސަރުކާރަށް ގޮންޖަހާ އަމިއްލައަށް މަޤާމް އުފައްދާ އެލަވަންސްދީ ސިވިލް ސާރވަންޓުންގެ މުސާރައާ މަޤާމުތަކުގެ އޮނިގަނޑުވެސް އެއްވެސް ހަމައެއް ލަމައެއްނެތި ކަނޑައަޅާ ހިތަށް އެރިގޮތެއް ހަދަމުންއެދަނީ ފަހެ މިއީ ވަކިސަރުކާރެއްތަ؟ ނޫނީ މި ކޮމިޝަނުގައި ތިބި މީހުންގެ ގަމާރުކަމާ އުރައްޕަތެއް ނެތުމުގެ ސަބަބުން ވާނުވާއެއް ހަމަ ނޭގެނީތަ؟ ނޫނީ މުނާފިގުކަމާ ގޮޅާ ލޯބި ބޮޑުކަމުން މާގޮޅާގެ އަމުރަށް ސަރުކާރަށް ޖެއްސުން ކުރަނީތަ؟ އެހެން ވިއްޖެއްޔާ އިސްތިއުފާ ދީފައި ގެއަށްދޭ .

Posted on 2009-11-24 15:20:26 | Report this Comment
ފަޓާނީ:

ގަމާރުކަމުން ރަށު އޮފީސްތަކަކީ އެޤާނޫނުގެ 61ވަނަމާއްދާގައި ބުނެފައިވާ އޮފީސްތަކުގެ ތެޜޭގައި ހިމެނޭ އޮފީހެއްކަން ނޭގޭ އިރު ޤާނޫނީ ވާހަކަ ނުދައްކާށެވެ. ތިޔަބުނާ މާއްދާއެއްގެ ށ.ގައި އެބުނާ "އިދާރީގޮތުން ވަކިއޮފީހެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އޮފީސްތައް" ތެޜެގައި ރަށު އޮފީސްތައް ހިމެނޭކަމެއް ނޭނގޭދޯއެވެ.

Posted on 2009-11-24 15:32:01 | Report this Comment
ކިއުއެސް:

އެހެނަކުން ނޫނެވެ. ހުރިހާވެސް މައްސަލައަކީ ހެޔޮވެރިކަމެއްގެ ބަދަލުގައި ބަލާވެރިކަމެއް ކުރެވޭކަމެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.