Muraasil

ހޯދާ

ދިވެހިރާއްޖެ ވަރަށް ސީރިއަސް ހާލަތަކަށް ވެއްޓުމުގެ ކޮޅުމަތީގައި

"އަޅުގަނޑު ބޭނުން އިސްލާމީ ޝަރީޢަތުގައި އެހެން ދީންތަކަށް އަޅުކަން ކުރުން އޮންނީ ކިހިނެތްތޯ ބަލަން." -ރައީސް ނަޝީދު (ރޭޑިއޯ ޚިތާބުގެ ތެރެއިން)-

ކޮމާ ކޯޅީގައި އެވަނީ ވަރަށް ސީރިއަސް ވާހަކަ ކޮޅެކެވެ. މުޅި ޤައުމު ދާޚިލީ ހަނގުރާމައަކަށް ބަދަލު ކޮއްލާނޭ ނުރައްކާތެރި ކަމެއްގެ ވާހަކައެވެ. މީ ރައްޔިތުން ބޭނުން ވެގެން އުޅޭ ކަމެއްނޫނެވެ.

ދިވެހިރާއްޖެ 100 ޕަސަންޓު މުސްލިމު ޤައުމަކަށްވީ ބަޔަކު ކަނޑިއެއް ބަޑިއެއް ބޭނުން ކޮއްގެނެއް ނޫނެވެ. އޭގެ ފަހުން 800 އަހަރު ފުރިއްޖެއެވެ. މިތާކު އިތުރު ދީނެއްގެ ބަޔަކު ދިރިއެއްނޫޅެއެވެ. ދިވެހިންގެ ތެރޭގައި އެހެން ޤައުމެއްގެ އަދި އެހެން ދީނެއްގެ ބަޔަކު އައިސް ދިރި އުޅެނީއެއް ނޫނެވެ. އަދި ދިވެހިންގެ ބައިގަނޑެއް އެހެން ދީނެއް ޚިޔާރު ކޮއްގެން އެހެން ދީނަކަށް އަޅުކަން ކުރުމަށް ސަރުކާރުގައި އެދިފަ ވާކަމުގެ އެއްވެސް ރެކޯޑެއް ނެތެވެ. ނަމަވެސް މިކަމާއި މިހާރު ސުވާލު އެބަ އުފެދެއެވެ. މިކަމަށް އެދޭ ދިވެހިންތަކެއް ތިބީބާވައޭ އެބަ ހިތަށް އަރައެވެ.

އެހެން ނޫންނަމަ ރައީސް ކިއްކުރަން ހޯދަން އުޅުއްވާ މައުލޫމާތެއްތޯ މީ؟ އެމަނިކުފާނުގެ ދީނީ މައުލޫމާތު މުއްސަނދި ކޮއްލުމައް ކަންނޭންގެއެވެ. ރޭޑިއޯ ޚިތާބުގައި މިސުވާލު ކުރުން މީ ހާދަ ހައިރާންވާ ކަމެކެވެ. ރަލުގެ ބިލުގެ އެއްވެސް ވާހަކައެއް ނުދައްކައެވެ. ވެގެން އުޅޭކަމެއްހެންވެސް ހިޔެއް ނުވެއެވެ.

އިސްލާމް ދީނުގެ އަސްލު މަޤުސަދަކީ ﷲ ފިޔަވާ އެހެން އެއްވެސް ކަލަކަށް އަޅުކަން ނުކުރުމެވެ. އެކަމަކު އިސްލާމީ ޝަރީޢަތުގައި އެހެން ދީންތަކުގެ މީހުން އެމީހުންގެ ދީނަށް އަޅުކަން ކުރުން މަނައެއްނުކުރެއެވެ. އަދި އެހެން ދީންތަކުގެ މީހުން އަޅުކަންކުރާ ތަންތަން ހަލާކު ކުރުމެއްވެސް ނެތެވެ. އެއީ އެކަމަކު އިސްލާމް ދީން އެތަނަކަށް އައިއިރު އެތަނެއްގައި އެހެން ދީނަކަށް އަޅުކަން ކުރާ ބަޔަކު ތިބިނަމައެވެ. މިކަން ރާއްޖޭގައި އޮތީ މިހެންތޯއެވެ.

ދެން އަޅުގަނޑުމެންގެ ރައީސް ކުރައްވަން މިއުޅެނީ ކީއްތޯއެވެ. ރާއްޖެއަށް އެކިއެކި ކަންކަމުގައި އަންނަ ބޭރު މީހުންނަށް އަޅުކަން ކުރެވޭނެ ގޮތެއް ހަދަންތޯއެވެ. ދެން މި ބުނަނީ މުސްލިމުންނަށް އެހެން ކޮންމެ ބޭރު ގައުމެއްގައިވެސް އަޅުކަން ކުރެވޭ ވާހަކައެވެ. މި މީހުންނަކަށް ނޭންގެ އިސްލާމް ދީނަކީ ކޮންމެތަނަކަށްވެސް ފިޓު ދީނެއްކަން. މި ދީނުގެ އަޅުކަން ކުރާކަށް ވަކި ތަނެއް ބޭނުމެއް ނުވެއެވެ. ވީމާ ކޮންމެ ތަނެއްގައިވެސް މުސްލިމުންގެ ވާޖިބު އަދާކުރެވޭނެއެވެ. ދެން މިއުޅޭ ބާކީ ހުރިހާ ދީނަކީ އަޅުކަން ކުރުމަށް ފައްޅިއެއް ބޭނުންވާ ދީން ތަކެކެވެ.

ގައިރު މުސްލިމް ޤައުމުތަކުގައި މުސްލިމުންނަށް އައިސް އަޅުކަން ކޮއްލަން މިސްކިތެއް އަޅާފައި ހުރީ ކޮންތާކު ތޯއެވެ. އެގޮތަށް މުސްލިމް މިސްކިތެއް ހުންނަނީ އެތަނެއްގައި މުސްލިމް އަހުލުވެރިން ތިބޭނަމައެވެ. ވީމާ މިރާއްޖޭގައި މިކުރަން މިއުޅެނީ ކޮންފަދަ ނުބައި ކަމެއްތޯއެވެ. މިޤައުމަށް އަންނަ ބިދޭސީންނަށް ވެލްކަމް ޑުރިންކުން ފެށިގެން ގޮސް އެމީހުންގެ ދީނީ ވާޖިބުތައް އަދާކުރެވޭނެ ގޮތް ހެދުމަކީ ކޮންމެހެން މުހިންމު ކަމެއްތޯއެވެ. އެވަރު އަރުވާ ނުލިއަސް ބޭރު މީހުންވެސް އަންނާނެއެވެ.

ބިދޭސީން އަންނަނީ ރާއްޖޭގައި ފައްޅިތަކުގައި އަޅުކަންކޮށް އިއުތިކާފައް ތިބޭކަށް ނޫނެވެ. މަޖާކޮށް ސަކަރާތް ޖަހާށެވެ. ކަނޑުގެ އަޑިޔާއި މަތި ބަލާށެވެ. އެމީހުންނަށް މެގަޒިންތަކާއި ވެބްސައިޓުތަކުން ދިވެހިރާއްޖެއަކީ 100 ޕަސަންޓު މުސްލިމު ގައުމެއްކަމުގައި އޮންނަނީ މާކުރިން އެނގިފައެވެ. އެމީހުންނަށް ރާއްޖެއަށް ވެދުން މަނާތަކެތި އެނގެއެވެ. އެހެންވެ އެމީހުން އަންނަނީ ބައިބުލްތައް ބަހައްޓާފައެވެ. ދެން އެހެންނޫނަސް އެވެރިންނަކީ މާބޮޑު އަޅުކަންތަކެއް އޮންނަ ބައެއްވެސްނޫނެވެ.


މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-11-22 00:20:22 | Report this Comment
ޔޫބެނާޔޫރައިޓް:

ވަރަށް ފުރިހަމަ ލިޔުމެއް. އަދި ދިވެހި ރާއްޖޭގައި އިސްލާމްދީން ފިޔަވާ އެހެން ދީނަކަށް ފުރުސަތު ދީގެންނުވާނެ.
މުހައްމަދު: މާތް ﷲ ގަންދީ ހުވާކުރަން، ދިވެހިރާއްޖޭގެ މާލޭގައި ކްރިސްޓިއަންދީނަށް އަޅުކަން ކުރަން ފައްޅިއެއް، ކެނެރީގޭ މުހައްމަދު ނަޝީދުގެ ސަރުކާރުން އަޅައިނަމަ އޭނާ މަރާނަން.

Posted on 2009-11-22 00:36:01 | Report this Comment
ހީހީ:

ރައީސް ނަޝީދު އިސްތިއުފާ..............

Posted on 2009-11-22 01:17:33 | Report this Comment
އަޙްމަދު:

ވަރަށް ރަނގަޅު ލިޔުމެއް. ލިޔުމުގައި ފާހަގަ ކޮށްފައިވަނީ ވަރަށް ރަނގަޅު ޙަގީގަތެއް. ނަމަވެސް މިޙަގީގަތާ ދޭތެރޭ ވިސްނަނީ ކާކު؟ ދިވެހި ރައްޔިތުންވަނީ މުޅިން ވާވައްދާ އަވަދިކޮށްފައި. ސިޔާސީ ޕާރޓީ ތަކުންވެސް ދަނީ އެމީހުންގެ އަމިއްލަ އަދި ސިޔާސީ މަޤްސަދުތައް ޙާޞިލުކުރުމަށް ރައްޔިތުން ބޭނުންކުރަމުން. ދީނަށާ ރައްޔިތުންނަށް އިޚްލާޞްތެރި ޕާރޓިއެއް އަދި ސިޔާސީ މީހަކުވެސް ނުފެނޭ. ހިތާމަ ހުރިކަމެއް.

Posted on 2009-11-22 08:40:13 | Report this Comment
އާނި:

މިކަހަލަ ރީތި ހަޤީޤީ ލިޔުން ލިޔާ ކުދިން ވިހެއުން އިތުރު ކުރުމަށް ދިވެހި އަންހެންކުދިންނަށް ގޮވާލަން-

Posted on 2009-11-22 08:56:56 | Report this Comment
ޢިމާދު ބިން ނާޞިރު:

ސަލާމް. ވ.ސަޅި ލިޔުމެއް. އެކަމް ރާއްޖެ އަކީ 100% އިސްލާމީ ޤައުމެއް ނޫން. މިހެން މިދެންނެވީ ރާއްޖޭގައި މުރުތައްދު ވެފައިވާ އެތައް ބަޔަކު ތިބި ކަމަށްޓަކައި. އެކަމް އެހެނޭ ކިޔައިގެން ރާއްޖޭގައި އެހެން ދީނަކަށް އުޅުމުގެ ކުޑަކުޑަ ފުރުސަތެއްވެސް ނުދެވޭނެ. ހަމަ ހިލާ އެކަމެއް ނުކުރެވޭނެ. މުރުތައްދު ވީ މީހުންނަށް އޮތީ ޤަތުލު ކުރުން.

Posted on 2009-11-22 09:23:16 |
ގަބޭ ލަތީފު:

އިސްލާމްދީނުގެ ދިފާޢުގަ ނުވަތަ ރާވިއްކުމާއި ފައްޅި އެޅުމާއި ދެކޮޅަށް ލިޔާ ކޮންމެ ލިޔުމަކަށް ކަނޑައެޅިގެން އިދިކޮޅުހަދާ އެލިޔުންތަކަށް ހަޖޫ މިޖަހަނީ ހަމަ އަންގެ ވަބާ ގައި ޖެހިފައިތިބި ޤާފިލު ދިވެހިންކަން ކަށަވަރެވެ.ނިކަންހުރެ، އަޅުގަނޑު މި ކޮމެންޓް ކުރުމުން މި ވަބާގާ (އަންނިގެ ވަބާ)ޖެހިފައިތިބި ޖާހިލުން ކެކިގަންނނާނެއެވެ.
މުހައްމަދު: މިހާރުން ފެށިގެން ރިސޯޓުތަކުގައި ގޮއްވުންތައް ގޮއްވަންވީ... އެއިރުން ފައްޅިގެ ކުޅިވަރު ހުއްތޭނެ ވަގުތުން... އަދި އަހަރުމެން މަޑުން މިތިބެނީ..

Posted on 2009-11-22 09:28:17 | Report this Comment
ނާއިޒް:

މިއަދުގެ ރައީސް އަދި އިއްޔެގެ ރައީސް ..ދެމީހުންނަކީވެސް އިސްލާމް ދީނުގެ އަދުވުންނެވެ! މިކަން މި ދެމީހުންގެ އަމަލުންނާއި ބަހުން ހެކިވެއެވެ.
ޝުކުރިއްޔާ: ވަރަށް އިންސާފަށް ލޯބިކުރާކަން ފާހަގަކުރަން!
ފ: ރަގަޅު

Posted on 2009-11-22 10:37:43 |
އަހައްމަދު:

ނޭންގޭ މީހުންނަށް އެގޭމީހުން އޮޅުންފިލުވައިދީ ދަސްކޮށްދިނުމަކީ ކުށެއްނޫން. ރައީސް ނަޝީދު އަށް އަދިވެސް އެއްޗެއް އޮޅުންފިލާވަޑައިނުގަންވަނާނަމަ އަވަހަށް އައްސަވާ. ރޭޑިޔޯ ޚީޠާބާ، ދުވަހު ނޫޙާ ، ޓީވީ ލައިވް ސޯތަކުންނާ ޢާންމު ބައްދަލުވުންތަކުން ވިޔަސް އަމަ މަރުޙަބާ. ތިޔައީ ރިޓި ރަގަޅު ސިފައެއް. ތަންދޮރު ނުދަންނަ މީހުން ތިޔަފާދުގެ ކަންތައްތަކާ ތެޅިބާލާނެ. މަނިކުފާނު ހަމަ ތިގެންދަވާ މިޞްރާބުގައި ޤައުމާގެން ކުރިޔަށް ވަޑައިގެން އިޤްތިޞާދީ މުއްސަދި ފޯރުންތެރިކަމެއް ޢާންމު ރައްޔިތުންނަށް ހޯއްދަވައިދެއްވާ. އަޅުގަނދުމެން މިތިބީ މަނިކުފާނުގެ އަރިހުގައި . މިހަރު މީ ފަހަތުގައި ތިބޭ ޒަމާނެއްނޫން. އެޒަމާނަށް އަލްވަދާޢޫ. މިހާރު ތިބޭނީ އަރިހުގައި. ކުރިޔަށް ވަޑައިގަންނަވަ. އަދިވެސް އޮޅުންފިލާވަޑައިނުގެން ކޮންމެކަމެއް އަވަހަށް އައްސަވާ.

Posted on 2009-11-22 11:26:00 | Report this Comment
މުހައްމަދުބެ:

ދަރިންނޭ! ގައުމުމިއޮތީ ޔަހޫދީންނަށް ވިއްކާލާފައި، މިސަރުކާރަކީ ޔަހޫދީންގެ ގޮނޑިކޮއްކޮ ސަރުކާރެއް، އެމީހުންބެނުންވަނީ އެމެރިކާފަދަގައުމަކަށް މިތަންހަދަން، ދުވަސްކޮޅަކުން އޮރިޔާންފިލްމު ކުޅުމުގެ ހުއްދަޔާއި، އެއްޖިންސުގެ ގުޅުން ހިންގުމުގެ ހުއްދަޔާއި އެއްޖިންސުގެކާވެނި ކުރުމުގެ ހުއްދަޔާއި، ނައިޓުކުލަބް ހިންގުމާއި ރުހިގެން ޒިނޭކުރުމުގެހުއްދަވެސް ދީފާނެ ތޯއްޗެ!
ރުޅިނާދޭ: އެފަދަ ކަންތައްތަކަށް ވަރަށް އެދޭ މީހެއް ހެން ހީވޭ..........

Posted on 2009-11-22 12:46:52 | Report this Comment
ކިއުއެސް:

ވިސްނާ ފިކުރު ކުރަން ވެއްޖެ އެވެ. މިދެވެނީ ކޮންދިމާއަކަށްކަން ދެނެގަންނަން ވެއްޖެއެވެ. ރައީސު ނަޝިދުގެ އެވާހަކަ އިން ދޭހަވަނީ ރާއްޖޭގައި އެހެން ދީންތަކުގެ މީހުންނަށް އަޅުކަން ކުރުމުގެ ފުރުސަތު ލިބިގެން ދާނެކަމެވެ. އެކަން ވަރަށް ސާފެވެ. ހޭއަރާށެވެ. މިގެންދަނީ ވަރަށް އުފާ ފާގަތި ދުވަސް ތަކެއް ދެއްކުމަށޭ ބުނެ އަހަރެމެން ވައްޓާ މިލަނީ އަނދަވަޅަކަށެވެ.

Posted on 2009-11-22 12:53:49 | Report this Comment
އަހައްމަދު:

އޭ މުރާސިލުގެ ވެރިން ނަސް ކީއްވެ ތިއުޅޭނީ މީހުންދޭ ކޮމެންތޤސް ޖަހަން ނުކެރިގެން . ހާދަ ބިރެއްނަގައޭ ދޯ. އަނެއްކާ އަހަރެމެން ރޯ އަވަގުރާނަ ލިޔެފަ ކޮމެންޓް ނުކުރާތީތަ. އެއީ އަހަރެމެންގެ ގޮތެއްނޫން. ކޮމެންޓޤ ޖަހަން ނުކެރެންޏާ މި ފުރުޞަތު ބަންދުކޮށްލާފަ ހަމައެކަނި ނޫސް ކިޔާލާށޭ މިކަމަށް ގޮތްފާޑުކިޔާކަށް ނުޖެހޭޔޭ ބުނެލާފަ ބާއްވާ. އެވަރުންވެސް އަހަރެމެންނަށް ފުދޭނެ..
އަތުލިޔުން: ކޮމެްންޓުތައް އެޕްރޫވް ކުރުމަކީ މުރާސިލް ޓީމުގެ މަސައްކަތެއްނޫނެނެވެ. އެއީ ލިޔުންތެރިޔާގެ މަސައްކަތެކެވެ. އަޅުގަނޑަށް އޮންލައިން ވެވުނީމަ ކޮމެނޓްތައް އެޕްރޫވް ކުރަނީ. އަހަންމަދު މެން އަސްލު ކެތްތެރިވާންވީ. މުރާސިލުގެ ޓީމަށް މާފަށް އެދުމަށް ދަންނަވަން.
ސސ: ތަންދޮރު ނޭގި ކޮމެންޓުކުރާތީ ވާގޮތެއްތީ...

Posted on 2009-11-22 13:51:09 | Report this Comment
މުޢާޛު:

"އަޅުގަނޑު ބޭނުން އިސްލާމީ ޝަރީޢަތުގައި އެހެން ދީންތަކަށް އަޅުކަން ކުރުން އޮންނީ ކިހިނެތްތޯ ބަލަން." މާތްﷲގެ ޙަޟްރަތުގައި ދީނަކީ ހަމައެކަނި އިސްލާމްދީން. އިސްލާމީ ޝަރީޢަތުގައި އެހެންދީންތަކަށް އަޅުކަންކުރުމެއް ނޯވޭ. އެވިދާޅުވި އެއްޗެއްގެ ލަފްޒީ މާނައަށް ބަލާއިރު ދޭ އޮތް ޖަވާބަކީ މިއީ. ދެން އޭގެން ނެގެން އޮތީ ދެމާނައެއް. އެއްމާނައަކީ ގައުމަށް ޒިޔާރަތްކުރާ މީހުނަށްޓަކައި އަޅުކަން ކުރެވޭނެގޮތް ހަދައިދިނުމާބެހޭގޮތުން އިސްލާމްދީނުގައި އޮންނަނީ ކިހިނެތްތޯ. އަޅުގަނޑު ދަންނަވާނީ އެއްވެސް ދީނެއްގައި ނޯވޭ ހަމައެކަނި އެތަނަކަށް ޒިޔާރަތްކުރާ މީހުނަށްޓަކައި އަޅުކަންކުރާ ތަންތަން ހަދައިދޭކަށެއް. ދެވަނަ މާނައަކީ މިގައުމުގެ ވަޒަވެރިންގެ ގޮތުގައި ދީން ވަންހަނާކޮށްގެން ތިބި އެހެން ދީނެއްގެ ބަޔަކަށްޓަކައި އަޅުކަން ކުރާނޭ ތަންތަން ހެދުން. އެކަމަކު މިމާނާގައި ކުރެއްވި ސުވާލެއްނަމަ އެންމެ ފުރަތަމަ މިސުވާލުކޮށްގެންވެސް ނުވާނެ. ދިވެހިރާއްޖެއަކީ 0 މުސްލިމު ގައުމެއް. މުސްލިމަކު ދީންބަދަލުކޮށްފިނަމަ އޭނާގެ ޙުކުމަކީ ގަތުލުކުރުން. ކޮންމެއަކަސް ޑިމޮކްރަސީ މިތަނަށް އައިސް ސިޔާސީ ޕާޓީގެ ޒަމާން މިއޮތީ އައިސްފަ. އޭގެ ސަބަބުން ގައުމު ބައިބައިވެފައިވާ މިންވަރު އަޅުގަނޑުމެންނަށް މިއޮތީ ފެންނަން. ދެންމިތަނަށް ދިހަބާރަ ދީން އައިސްފިނަމަ އެއޮތީ ދިވެހިރާއްޖޭގެ ނިމުން އައިސްފަ. ދިވެހިން ދިވެހިންނާ ތަޅައި ފޮޅައި ގިނަ ޢަދަދެއްގެ ބަޔަކު މަރުވެގެން ދާނެ. ބާކީތިބި ދިވެހިންނަށް ވުރެ ބޭރުމީހުންގެ ބާރު މާގަދަވާނެ. އެހިސާބުން މިރާއްޖޭގެ ރަށްވެހިން ކަމުގައި ވާނީ ކޮންމެވެސް އެހެން ނަސްލެއްގެ ބަޔަކު.

Posted on 2009-11-22 14:11:41 | Report this Comment
އަލީ:

ރައީސު ކެރަފާނަޝީދު "އިސްލާމީ ޝަރީޢަތުގައި އެހެން ދީންތަކަށް އަޅުކަން ކުރުން އޮންނީ ކިހިނެތްތޯ ބަލަން" އެކަނި މިކަން ބަލަން އުޅެނީ ކީއް ކުރަންތޯ ؟ ރާވިއްކުމާ ރާ އުފެއްދުމާ އެބުއިމާ މިކަން އޮން ނަގޮތް ވެސް އޮޅުން ފިލިވުން މުހިއްމު. އަޅުގަޑު މެން ނަށްއެގޭ ރައީސު ކެރަފާ ނަޝިދަކީ ދީނުގެ ކަންތައްތައް އެގޭ މީހެއް ނޫން ކަން. ޔަގީނުން ވެސް ބޭނުމަކަށްވާނީ ދިވެހި ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދައި މިގައު ހަލާކުގެ ތެރެއަށް ވައްޓާލުން. އެކަން ކޮށްގެން ވެސް ޔަހޫދީން ނާއި ނަސާރާއިން ރުއްސުން. ހަމަޔަގީނުން މިގައުމުގައި ތިކަން ވިޔަކަ ނުދޭނަން.

Posted on 2009-11-22 15:58:03 | Report this Comment
ދޭސީ:

މިކަމުގައި ރައީސައް ދިވެހި އެންމެހާ ރައްޔިތުން ޝުކުރާއި މަރުހަބާ ދަންނަވަންޖެހޭ. ދީނީ ކަންކަމުގައި ދީނީ އިލްމްވެރިންގެ ލަފައަކަށް އެދިވަޑައިގަތީތީ. ދެން ސުވާލަކީ ދީނީ ބޭފުލުން ދެއްވާ ލަފައާއި އެއްގޮތައް އަމަލު ކުރައްވާނެތޯ؟ އެހިސާބުން އަޅުގަޑުމެން ގޮތެއް ނިންމަވަންޖެހޭނީ. ދީނީ ކަންކަމުގައި ރައްޔިތުން ހޭލުންތެރިވަމުންދާ މިންވަރަކީ މިސަރުކާރުން ދީނީ އިލްމްވެރިންނަށް ދީފައިވާ މިނިވަންކަމުގެ ފޮނިކަން.

Posted on 2009-11-22 16:01:41 | Report this Comment
އަހުމަދު:

ރާއްޖޭގައި ކްރިސްޓިއަންދީނަށް ތަބާވެގެން އުޅޭ ދިވެހިން މީގެ ކުރިންވެސް އުޅޭކަން އަހަރެމެނަށް ވަނީ އެނގިފައެވެ.ނަމަވެސް އެމީހުން އުޅެނީ ސިއްރިޔާތުގައެވެ.

Posted on 2009-11-22 17:40:34 | Report this Comment
އާތަރ:

ރައީސް ވިދާޅުވީ ޝަރީޢަތުގައި އޮތްގޮތަށޭ ކަންކަން ކުރާނީ. މިކަމާ ތިހާ ހާސްވެގެން ތިއުޅެނީ ސިޔާސީ ފައިދާއެއް ނަގަން... ތީ ހަމަ މައުމޫނުވެސް ކަންކުރިގޮތް.... މިއަދިގެ ރައީސްއަކީ ކަމުގެ ދެކޮޅު ބަލާފައި ނިންމުންތައް ނިންމާ ހަރުދަނާ ވެރިއެއް.... މިކޮމެންޓެއް ދެން ނުޖަހާނެ.

Posted on 2009-11-22 20:19:00 | Report this Comment
ޒިޒޫ:

މިއަދު ޤައުމުގެ ހުންގާނުގައި ހުންނެވި ވެރިޔަކީ ސިއްރުން ކަން ކުރައްވާ ބޭފުޅެއް ނޫން.. އެ ބޭފުޅާއަކީ ކުރައްވާ ކަންކަން ފާޅުގައި ކުރައްވާ ކަމެއް.. އެހެން މީހުންގެ ޚިޔާލާއި މަޝްވަރާ އައްސަވާ ބޭފުޅެއް..
ލޯޞި: ޒިޒޫ ސިއްރުން ކަންތައް ނޮކޮށް ދިވެހިން ގާތުން އަހާފަ ފައްޅީ އަޅާކަމުގަ ވާނަމަ ހަމަ ހިލާ އެންމެ ދިވެއްސަކުވެސް ނުހުންނާނެ ތިކަމާ އެއްބަސް ވާނެ. އެގިދާނެތާ ދޯ
ޒިޒޫ: ފައްޅި އަޅާކަށް މިތާކު މީހަކު ނޫޅޭ... އެހެން ނޫނަސް އެކަމެއް ކުރުމުގެ ފުރުޞަތު ދިވެހީން ދޭނެބާ؟؟ އެއިރުން އަހަރެމެން ވެސް ނިކުންނާނަން...އެހެންވީމާ ހަމަ ހޭގައި ތިބޭ.. ހަމަ ތަނަކުން އެއްޗެއް އިވޭ އިރަށް އެ އަޑަކާ ދިމާއަށް ދުވަން ވެއްޖިއްޔާ ދުވެފަ ނުދުވާނެ ކަމެއް ނޯންނާނެ.. މަޑުން ހުންނާނީ ކޮން އިރަކުން؟؟
ހަސަން: ރިޒޫ ތީ ކުށްހީއެއް. ރަލުގެ ކަންތައް ދިޔަގޮތް ވިސްނާލަބަލަ. ބަންދު ދުވަސް ތަކާދިމާކޮށް އިއުލާނު ނެރި ޖެހިގެން އަންނަ އާދިށްތަ ދުވަހު އަމަލު ކުރާގޮތަށް ދެއްތޯ އޮތީ. މިއީތަ ތިބުނާ ފާޅުކަން ބޮޑު ގޮތަކީ...

Posted on 2009-11-22 21:55:32 | Report this Comment
ހައްތާބް:

"އަޅުގަނޑު ބޭނުން އިސްލާމީ ޝަރީޢަތުގައި އެހެން ދީންތަކަށް އަޅުކަން ކުރުން އޮންނީ ކިހިނެތްތޯ ބަލަން' ބޭފުޅާ ލަދެއް ވެސް ނުގަނޭތަ ތިހެން ވިދާޅުވާކަށް އިސްލާމީ ޝަރީއަތާ ހިލާފް ކުފުރުގެ ގާނޫން އަސާސިއެއް ބޯމަށްޗަށް ލައިގެން ރައްޔިތުންގެ މެދުގެއި ތަންފީޒުކުރަމުން....

Posted on 2009-11-23 00:35:56 | Report this Comment
މުރުތައްދު ހަލީމް:

ގަބޭލަތީފު .ކަލެއަކީ މޮޔަ ކަނޑުކޮސް ޖާހިލެއް . މި ހަތަރު އަހަރު އަހަރެމެން ބޭނުން އެއްޗެއް ހަދާނީ. އަހަރެމެންގެ ބާރު ހުރިވަރު ގޫގުލްސް އިން ސާރޗްކޮއްލަބަލަ އަހަރެމެން ހަދާފަހުރި ދީނީ ބްލޮގްތަށް ފެންނާނެ. ހިލްއަތު، އާނިޔާ،މިނިވަން ނިއުސް އެއްޗަކަށްނުވާނެ. ދެން ލަލަލާ.

Posted on 2009-11-23 09:29:20 | Report this Comment
އޭލިއެން..!!:

ކާފަރަކު "މިއީ އިސްލާމެއް" ޖަހާފަ އޮންނަ ފޮއްޓަކަށް ލިޔަކަސް އަދި އިސްލާމަކަށް ނުވާނެ..!!

Posted on 2009-11-23 09:34:44 | Report this Comment
ކަލޯ:

ވާނުވާ ނޭނގޭ ދިވެހިން މި އުޅެނީ. ތާކު ފައްޅިއެއް އެޅިޔަސް ކީއްތަ؟؟؟؟
ދޮނާ: ތާކު ފައްޅިއަޅާވާހަކައެއްނޫން މިދައްކަނީ. މިތާ ފައްޅިއަޅާ ވާހަކަ މިދައްކަނީ. ނޭޅޭނެ ދުވަހަކުވެސް...

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.


  • muraasil

    "މުރާސިލްގައި ޝާއިޢު ކުރެވިފައިވާ ލިޔުންތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ހިޔާލާއި ފިކުރެވެ. މިއީ މުރާސިލްގެ ހިޔާލާއި ފިކުރެއް ނޫނެވެ. " މުރާސިލް ބޭނުންކުރުމުގެ އުސޫލުތައް ބައްލަވާ. މުރާސިލް ގެ ކުރިއެރުން ބިނާވެގެންވަނީ ކިޔުންތެރިންގެ ވިސްނުމުގެ މައްޗަށެވެ. އަޅުގަނޑުމެންނާއި ގުޅުއްވާ.


    Back to top ^

    ބައެއް ޙައްގުތަކަކީ މުރާސިލްގެ މިލްކެއް 2009