ތުނބުޅި އާއި ފައިކުރި އަދި ކަޅުބުރުގާ
ސުރުހީގައި އެވާ ސިފަތަކުން މީހަކު ސިފަ ލިބިގަނެއްޖެނަމަ ދިވެހިންގެ ގިނަ މީހުންދެކެނީ އެއީ އެއްވެސް ކުށެއް ނުކުރެވޭނެ ބަޔެއްކަމަށެވެ. ސަބަބަކީ ކީއްވެ ކަމެއް އަޅުގަނޑު ވިސްނާ ވިސްނާވެސް ސިކުނޑިއަކަށް ނުވަނެވެ. އިސްލާމްދީނަކީ މުޖުތަމައަށް ގެއްލުންވެދާނެ އެންމެހައި ކަންތައްތަކެއް ނަހީ ކުރާ ދީނެވެ. ވީމާ މިދީނަށް ފުރިހަމައަށް ވަދެފި މީހެއްގައިގައި އެފަދަ އެންމެ ސިފައެއްވެސް ހުރެގެން ނުވާނެ ކަމަށް ދިވެހިން ޤަބޫލުކުރަނީ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އިންސާނަކަށް ވެއްޖެއްޔާ ކުއްކުރެވޭނެއެވެ. ދިވެހިންގެތެރޭގައި މި ސިފަ ލިބިފައި ތިބިމީހުންނަށް ބަހުގެ ހަމަލާތަކާއި މީޑިޔާގެ ގޮންޖެހުންތައް އަންނަލެއް ވަރަށް ގިނައެވެ. މިވައްތަރުގެ މީހުންނަށް ދިވެހިން އާންމުކޮށް ކިޔައި އުޅެނީ ވައްހާބީން، މުއްލާއިން، ތޯލިބަނުން އަދި މިފަހަކުން ޖާރިޔާއިންނެވެ. މިފަދަ މީހަކު ކުށެއްކޮއްފިނަމަ ހީވާނީ ފަޔަށް ރަތްހިނި އަރައިގެން އުޅޭހެންނެވެ. ދިވެހިންގެ އާންމު ވިސްނުމަކީ މިގޮތަށް ތުނބުޅިލާފަ ހުންނަމީހަކު ކުށެއްކޮއްފިނަމަ، ދެން ބާކީ އެގޮތަށް ތިބޭ އެންމެންނަކީވެސް އެކުށް ކުރިފަދަ ބަޔެކެވެ. ކުށުގެ ހިއްސާއެއް ލިބޭ ބަޔެކެވެ. އެފަދަ ކުއްކުރާނެ ބަޔެކެވެ. އަޖައިބެއްކަހަލަ ކަމެކެވެ. އެމީހުންނަށް މަގުމައްޗަށް ނުކުމެ އުޅެންވެސް ދަތިވެއެވެ. ތުނބުޅިލާފައި މިތިބެނީ ހުސް މިވައްތަރުގެ އެވައްތަރުގެ ނުބައި މީހުންނޭކިޔައެވެ. މިހެން ދަމުންގޮސް އެންމެ ފަހުން ފާޑުކިޔާ ފުރައްސާރަ ކުރެވިފައި އޮންނަނީ ﷲ އާއި އެކަލާންގެ ރަސޫލާއަށެވެ.
ރާއްޖޭގައި އެންމެ ގިނައިން ކުއްކުރަނީ ތުނބުޅި ބާލައިފަ ތިބޭ މީހުންނެވެ. އެންމެ ގިނަ ކުޑަކުދިންނާއިއެކު ޖިންސީ އުފާ ހާސިލް ކުރީވެސް ތުނބުޅި ބާލައިފައި ހުރިމީހެކެވެ. އަދި ހަށިވިއްކަނިކޮށް ހައްޔަރުކޮއްފައި ތިބީވެސް ބާރުހެދުންލާ ބުރުގާ ނާޅައި އުޅޭ އަންހެނުންނެވެ. ވީމާ މިބުނެވިދިޔަ ކުއްކުރާމީހުންގެ ސިފަ ލިބިފައި ތިބި މީހުންނަކީ ހުސް އެފަދަ ނުބައި ނުލަފާ މީހުންތޯއެވެ. ނޫނީ ތުނބުޅި ބާލާފަ، ބުރުގާނާޅާ، ނަމާދު ނުކޮށް އުޅޭ މެދުމިނުގެ މުސްލިމުންނަކީ ކުއްކުރުމާއި ފަސާދަ ފެތުރުމަށް ލައިސަންސް ލިބިފައި ތިބި ބައެއްތޯއެވެ.
- ތުނބުޅި -
ރަސޫލާވެސް އެކަލޭގެފާނުގެ ތުނބުޅި ދިގުކުރެއްވިއެވެ. އެއީ ތޯލިބާނުން ނުވަތަ މުއްލާއިން ކުރަން ފެށިކަމެއްނޫނެވެ. އެކަމަށް ގޮވާލާ ހިއްވަރުދީ ހަދަނީ އަފްޤާނިސްތާނާއި ޕާކިސްތާނުގައި އުޅޭ އަލްގައިދާގެ ކޮމާންޑަރުންނެއް ނޫނެވެ. އެކަމަށް އަމުރުކޮށް ނަޞޭހަތްތެރިވެފައި ވަނީ ޚުދު ރަސޫލާއެވެ. މިކަން އެނގެނީ މިކަމާއި ގުޅޭ ޞައްޙަ ޙަދީޘްތަކުންނެވެ. އެންމެ ޙަދީޘެއް ނުވަތަ ދެޙަދީޘެއް ނޫނެވެ. އަނެއްކާ މި ޙަދީޘް ތަކަކީ ހޯދަން އުޅެފިނަމަ އެހާމެ ފަސޭހައިން ފެނަނާނެ ޙަދީޘް ތަކެކެވެ.
އިސްލާމްދީނަކީ ތިޔަބޭފުޅުން ތިޔަ ހީކުރާވަރުގެ ގަމާރު އަދި ގޮތްހުސްވެފައިވާ ދީނެއްނޫނެވެ. އެއްޗިހި ނެތިގެން ނުވަތަ ވަސީލަތްތައްނެތިގެން ރަސޫލާއާއި އެކަލޭގެފާނުގެ ސަޙާބީން އެހާ މުޑުދާރު އުޅުމެއް އުޅެފާނެކަމަށް ޤަބޫލުކުރަނީތޯއެވެ. އެޒަމާނުގައި ތުނބުޅި ބާލާނެ އާލާތްތައްވެސް ހުއްޓެވެ. އެކަމަކު އެއާލާތްތަކުން ބާލާ އޮމާން ކުރުމަށް އެންގެވީ އެހެންތަނެކެވެ. އަދި އިސްތަށި ކޮށާނެ އާލާތްތައްވެސް ހުއްޓެވެ. ނަމަވެސް އެއާލާތްކުން ކޮށާ ކުރުކުރަން އެންގެވީ އެހެން ތަނެކެވެ. އަދި އޭރުގައި އިސްތަށި އުފުރާނެ އާލާތްތަކާއި ގޮތްތައްވެސް ހުއްޓެވެ. އެހެންނަމަވެސް އިސްތަށި އުފުރުމަށް އެންގެވީ އެހެންތަނަކުންނެވެ. އަދި ސާފުތާހިރު ކަމަކީ މިކަންކަން ކުރުންކަމުގައި ވެގެންދިޔައެވެ.
ﷲ ތުނބުޅި ދިގުކުރުމުގެ ބަދަލުގައި ތުނބުޅި ބާލާ އޮމާން ކުރަން އެންގެވިނަމަ އެކަލޭގެފާނާއި އަކަލޭގެފާނުގެ ސަހާބީންގެ ދެއަތުން ތުނބުޅީގެ އިސްތަށިއުފުރާ ދަތްދޮޅީގައި ހިލަ ކާއްތައިގެންނަމަވެސް ތުނބުޅި އޮމާންކުރީސް ކަން ކަށަވަރެވެ. އެކަލޭގެފާނުގެ ތުނބުޅިއަކީ އިންޑިޔާގެ ފާދިރީންގެ ތުނބުޅި ހުންނަހެން ގޮއްޖެހިފަ ހުންނަ މުށިކުލައިގެ ނުބައިވަސްދުވާ މުޑުދާރު ތުނބުޅިއެއްނޫނެވެ. ރަސޫލާގެ ތުނބުޅީގައި ތުރުކުރެއްވީ އަތަރާއި ތެލެވެ. ހުންނަނީ ފުނާއަޅުއްވާފައެވެ. ތުނބުޅި ދިގުކޮށް ތިމަންނަ މިއުޅެނީ ސުންތަށޭކިޔާފައި އުޅޭ މުޑުދާރު މީހުންފެނުމުން އެގޮތަށް ރަސޫލާ ސިފަނުކުރައްވާށެވެ. ރަސޫލާގެ ސިފަތައް ހޯދަން މަސައްކަތް ކޮއްލައިފި މީހަކަށް މިމައުލޫމާތުތައް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ލިބޭނެއެވެ. ކިޔުންތެރިންނޭވެ. ކުޑަ މަސައްކަތެއް ކޮއްލާށެވެ.
- ފައިކުރި -
މީ އަނެއް މައްސަލައެވެ. މީހެއްގެ ތުނބުޅި ދިގުވެފައި ހުއްޓާ ފެނިއްޖެނަމަ ދެންއެންމެ އަވަހަށް ދިވެހިންނަށް ބޭއިޚުތިޔާރުގައި ބަލައިލެވެނީ އެމީހެއްގެ ފައިކުރިއަށެވެ. ފައިކުރި ކުރުވެފައި ނުވަތަ އޮޅާ ތަނބިކަށިން މައްޗައް ހިއްލާފަ ހުރެއްޖެނަމަ ތުނބުޅި ގުރޫޕަށް ވަނީއްޔޭ، މަގުމަތީގަ މާ ފެންބޮޑީހޭ ކިޔައިގެން ދިމާކުރާނެއެވެ. ރަސޫލާމެން ފައިކުރި ކުރުކޮއްފައި ތިބީ އެޒަމާނުގައި ގެރިގުޔާއި ޗަކަސް ހެކޭތީ ނުވަތަ ދިގުކޮށް ހެދުންފަހާނެ ފޮތި ނުލިބޭތިއްޔޭ ކިޔައިގެން ރޯބުހުތާނު ދޮގު ވާހަކަދައްކާނެއެވެ. ރަސޫލާގެ ހެދުމުގެ ފައިކުރި ކުރު ކުރައްވާފައި އެކަމާ އަޅާނުލާ ހުއްނެވިނަމަ ތިޔަބޭފުޅުންގެ ތިޔަ ދޮގުވާހަކަ ޤަބޫލުކޮއްލެވުނީހެވެ. ނަމަވެސް އެޔާއި އެކު ފައިކުރި ތަނބިކައްޓައްވުރެ މައްޗައް ހިއްލާ އެ ކުރުކުރުމަށް ވަނީ އަމުރުވެސް ކުރައްވަފައެވެ. އެފަދަ މީހުންނަކީ ބިންމަތީގައި ބޮޑާ އަދި ކިބުރުވެރި މީހުންކަމާއި ޤިޔާމަތް ދުވަހުގައި ﷲ އެމީހުންނާއި ބަސް ވަހީ ނުކުރައްވާނެކަމުގައި އެކަލޭގެފާނު ވަނީ ބަޔާން ކުރައްވަފައެވެ. މި ވާހަކަ މީހަކަށް އިވި އެއީ ޙަޤީގަތް ކަމާއި ތެދުކަން ޤަބޫލުކުރެވޭއިރަށް ތިމަންނަގެ ހިތުގައި ބޮޑާކަމެއްނެތޭ ބުނެއެވެ. ސަބަބަކީ އެގުރޫޕަށް ވަދެފިއްޔާ ތިމަންނަ ކުރިން އެމީހުންނާއި ފުރައްސާރަކޮށް ދިމާކުރިފަދައިން ތިމަންނައާވެސް މީހުންތައް ޖައްސާލާ ދިމާކުރަން ފަށާނެތީއެވެ. ބޭފުޅުންނޭވެ! ބޮޑާކަމަކީ އެއީއެވެ. ﷲ އާއި ރަސޫލާގެ އަމުރަށް ފުރަގަސްދިނުމެވެ. އެއާއި ޚިލާފުވުމެވެ.
- ކަޅުބުރުގާ -
ކަޅުބުރުގާ އަޅާ އެންމެންނަކީ ބުރުގާދަށުގައި އެއްޗިހި ފޮރުވައިގެން ވައްކަން ކުރާ އަދި މަސްތުވާ ތަކެތި ވިއްކާ މީހުންކަމުގައި ވަންޏާމު ބުރުގަނާޅާ ބާރުހެދުންލާފައި މިތިބެނީ ހުސް ހަށިވިއްކާ ކަސްބީ އަންހެނުންނެވެ. އެންމެ ގިނައިން ނަހަލާލަށް ބަނޑުބޮޑުވެ ދަރިން ވައްޓަމުންދަނީވެސް ބޮޑު ބުރުގާނާޅާ ބާރުހެދުންލައި އުޅޭ އަންހެން ކުދިންނެވެ. އަދި މީގެތެރޭގައި 16 އަހަރާއި 18 އަހަރާއި ދެމެދުގެ ތުއްތު ތުއްތު ކުދިން ވަރަށް ގިނައެވެ. ރާއްޖޭގައި އެންމެ ގިނައިން ހުރިހާ ވައްތަރެއްގެ ކުއްކުރަނީ ބުރުގާނާޅައި އުޅޭ އަންހެނުންނެވެ. އުސޫލަކީ ކުއްކުރާމީހާ ހުންނަގޮތަށް ހުންނަ އަނެއްމީހާއަކީވެސް އެކުށުގައި ހިއްސާވާ މީހެއްކަމުގައިވަނީނަމަ، ދުނިޔޭގައި އުޅޭނީ ހުސް ކުއްވެރިންނެވެ. ވީމާ އަވަހަށް ބުރުގާއަޅައި ނިވައިވެގެން އެންމެމަދުން ކުއްކުރާ މީހުންގެ ތެރެއަށްވަދެ އެސިފައިން ސިފަ ލިބިގަންނާށެވެ. އެހެނީ އައުރަ ނިވާ ކުރުމަކީ ﷲ އަމުރު ކުރައްވާފައިވާ ކަމެކެވެ. ވަކި ކުލައަކުން ހެދުންލާކަށް ނާންގަވައެވެ. އެމީހަކު ބޭނުންކުލައެއްލެވިދާނެއެވެ. ކަޅުކުލަޔަސް ހުދު ކުލަޔަސް ފެހިކުލަޔަސް ވަރިހަމައެވެ. ވާޖިބުވެގެންވަނީ ވަނާތައް ފާޅުނުވާ ގޮތަކަށް ހެދުން އަޅާ ނިވާ ވުމެވެ.
1980 ގެ ފަހުކޮޅާއި ހަމައަށްވެސް ޔޫރަޕާއި އެމެރިކާގައި އަދި މުޅި ދުނިޔޭގައިވެސް ތަހުޒީބީ އަންހެނަކަށް ވަނީ ހަށިގަނޑު ރަނގަޅަށް ނިވައިވާ ބޮޑެތި އަދި ދިގު ހެދުންލުމުންނެވެ. މިކަން ކުރީޒަމާނުގެ ދިރިއުޅުން ދައްކުވައިދޭ ފިލުމުތަކުން ނިކަން ރަނގަޅަށް ފެނެއެވެ. އަދި އެޒަމާނުގައި ކުދިކުދި ފޮތިކޮޅުކޮޅުންނާއި ގަސްގަހުގެ ފަތުން އޮރިޔާން ނިވައިކޮއްލައިގެން އުޅުނީ ނާތަހުޒީބު އެންމެ ދަށުދަރަޖައިގެ ޖަންގަލީ މީހުންނެވެ. ނަމަވެސް މިހާރު އޭގެ އިދިކޮޅެވެ. އައުރަ ނިވައިކޮށް ބޮޑެތިހެދުން ލައިފިނަމަ ވަނީ ނާތަހުޒީބު ދަށުދަރަޖައިގެ އަޅުވެތި އަންހެނަކަށެވެ. އަދި އޭގެ ބަދަލުގައި އޮރިޔާން ބޮޑަށް ފެންނަހެދުން ލަނީ ވަރަށް ޒަމާނީ ކުރިއަރާފަތިބި މިނިވަން އަންހެނުންނެވެ. ކޮންމެ ފިރިހެނަކަށްވެސް ބޭނުން ގޮތެއް ހަދާލެވޭ ގޮތަށް ތައްޔާރީ ހާލަތުގައި ތިބޭ އަންހެނުންނަކީ މީހުން ގަދަރުކުރާ ވަރަށް މަތިވެރި ބަޔެކެވެ. މީ ޒަމާން ބަދަލުވި ވަރެވެ.
ކަޅު ބުރުގާ އަޅައިގެން މަސައްކަތެއް ނުކޮށް ގޭގައި ތިބެނީޔޭ މިމީހުން ކިޔާއިރު އެގޮތަށް ހެދުން އަޅައިފި މީހަކަށް ވަޒީފާއެއް ނުވެސް ލިބެއެވެ. ހެދުން އެޅުމަކީ އަމިއްލަ މިނިވަންކަމަކަށް ވާއިރު އެގޮތަށް ހެދުން އަޅައިފިނަމަ ވަޒީފާއިން ވަކި ކުރެއެވެ. ބާރު ކުރުހެދުންލާ ބުރުގާ ނާޅައި ތިބޭ އާ ކުދިން އެވަޒީފާތަކަށް ވައްދައެވެ. ކަޅުބުރުގާ އަޅައިފިނަމަ ވަޒީފާ އަދައެއް ނުކުރެޔޭ ބުނަންވާނީ އެފަދަ އަންހެނުންނަށް ވަޒީފާ އަދާކުރެވޭނެ ގޮތް ހެދުމަށްފަހުގައި އެމީހުން ވަޒީފާ އަދާކުރަން ނުނުކުމެއްޖެނަމައެވެ. މީގެ ބަދަލުގައި މިވާގޮތަކީ ކުދި ބުރުގާވެސް ނޭޅޭ ގޮތަށް އޮންނަނީ ޤަވައިދުތައް ހަދާ ނިންމާފައެވެ. ވީމާ ޙައްޤުތައް ނިގުޅައިގަނެގެން މިއުޅެނީ ކޮންބަޔެއްހެއްޔެވެ. އިސްލާމްދީންހެއްޔެވެ؟
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.
Posted on 2009-11-14 15:21:53 |
Report this Comment
Posted on 2009-11-14 15:52:10 |
Report this Comment
Posted on 2009-11-14 15:58:47 |
Report this Comment
Posted on 2009-11-14 16:30:40 |
Report this Comment
Posted on 2009-11-14 20:02:25 |
Report this Comment
Posted on 2009-11-15 02:10:23 |
Report this Comment
Posted on 2009-11-15 12:53:33 |
Report this Comment
Posted on 2009-11-15 17:05:06 |
Report this Comment
ނަން:
ވެބްސައިޓް:
ހިޔާލު:
ކެޓަގަރީތައް
އަތުލިޔުންގެ ލިޔުންތައް
"މުރާސިލްގައި ޝާއިޢު ކުރެވިފައިވާ ލިޔުންތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ހިޔާލާއި ފިކުރެވެ. މިއީ މުރާސިލްގެ ހިޔާލާއި ފިކުރެއް ނޫނެވެ. " މުރާސިލް ބޭނުންކުރުމުގެ އުސޫލުތައް ބައްލަވާ. މުރާސިލް ގެ ކުރިއެރުން ބިނާވެގެންވަނީ ކިޔުންތެރިންގެ ވިސްނުމުގެ މައްޗަށެވެ. އަޅުގަނޑުމެންނާއި ގުޅުއްވާ.
ބައެއް ޙައްގުތަކަކީ މުރާސިލްގެ މިލްކެއް 2009
