އިނގުރައިދޫލައިވް

  • ޝާއިޢުކުރި ތާރީޚް: 11 11 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 314

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

24 ގަޑިއިރު ހަމަހޭގައި ހުންނަނީ ވަރަށް މަދު މީހަކު

24 ގަޑިއރު ހަމަހޭގައި ހުންނާކަށް ނުޖެހެއޭ ތަކުރާރުކޮށް އަޅުގަނޑުމެންގެ އަދުގެ ޒައީމްވަނީ ބުނުއްވާފައެވެ. މިބަސް މިގޮތަށް ބުނުމުން ވަރަށް ގިނަމީހުން މިކަމާއި ހިންހަމަ ނުޖެހި އެކިޒާތްޒާތުގެ ސުއޫރުފާޅުކޮށް ވާހަކަ ދެއްކިއެވެ. ފަހަރުގައި އެގޮތަށް އެސުޢޫރު ފާޅުކުރި ބޭފުޅުން އެގޮތަށް އެވާހަކަދެއްކީ، މަސްތުވާތަކެތީގެ ވަބާއާއި ބެހޭގޮތުން ވާހަކަ ދެއްކި ދެއްކުމެއްގައި އެމަނިކުފާނު އެގޮތަށް ބުނުމުން، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ހިތްވަރު ލިބޭނެ ބަހެއްގެ ސިފަކުރެވޭތީ ކަމުގައި ވެދާނެއެވެ. މި ބަހުގެ މާނަ ތިބޭފުޅުން ނަންގަވާ ގޮތަކަށް ނަންގަވާށެވެ.

24 ގަޑިރު ހަމަހޭގައި ހުންނަ މީހަކު އަޅުގަނޑުމެންގެ ތެރޭން ވަރަށްމަދުވާނެޔޭ އަޅުގަނޑު މިބުނާގޮތް ފަހަރުގައި ތިބޭފުޅުން ހީކުރާގޮތާއި ތަފާތުވެދާނެއެވެ. ތަފާތުތަށް ބަލާލަން އަދި އިތުރަށް މިލިޔުމުގައި މިލިޔާ އެއްޗެހިތަށް ކިޔަމުން އަންނާށެވެ. ހިޔާލުތަފާތުވިޔަސް އަޅުގަނޑުދެކެ ރުޅިނައުން އެދެމެވެ.

ފުރަތަމަ ތިމާ މީހާ 24 ގަޑިއިރު ހަމަހޭގައި ހުރެވޭތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލަބަލާށެވެ. 24 ގަޑިއިރު ހަމަހޭގައި ހުރެވޭހެއްޔެވެ. 24 ގަޑިއިރު ހަމަހޭގައި ހުންނަން ވަރަށް އުނދަގޫދޯއެވެ. 24 ގަޑިއިރަކީ ހަމަހޭގައި ހުންނަން ހާދަހާވާ ގިނައިރެކޭ ދޯ، އެހެންވިއްޔާ 12 ގަޑިއިރަށް ހަމަހޭގައި ހުންނަން ޖެހޭވަގުތު ކުޑަކޮށްލަން ހިނގާށެވެ. 12 ގަޑިއިރުގެ ތެރޭގައިވެސް ހަމަހޭގައި ހުންނަން ވަރަށް އުނދަގޫދޯއެވެ. މިހިރީ ހައްތަހާވެސް ހިތުގައި އުފެދޭ ސުވާލެއެވެ. ހަމަ ޔަޤީނުންވެސް އަޅުގަނޑަށް ބައެއްފަހަރު 24 ގަޑިއިރު ކީއްކުރަން 12 ގަޑިއިރު ހަމަހޭގައި ހުންނަން ވަރަށް ދައްޗެވެ. އަދި ތިބޭފުޅުންނަށްވެސް ވަރަށް ދަތިވާނެކަން އަޅުގަނޑަށް ޤަބޫލުކުރެވެއެވެ.

24 ގަޑިއިރުގެ ތެރޭގައި ހަމަހޭގައި ހުންނަ ހެޔޮލަފާ ދީންވެރި ޒާހިދު އަޅުންވެސް، މި ދުނިޔޭގައި ވަރަށް މަދުވާނެއެވެ. 24 ގަޑިއިރުގެ ތެރޭގައި 01 މިނެޓް ނަމަވެސް ނިދައިފިނަމަ އެ ނިދި ވަގުތު އެބެލެވެނީ ހަމައިގައި ނުހުންނަ ވަގުތަށެވެ. ކޮންމެއަކަސް އެ ނިދި ވަގުތު ކޮންމެވެސްވަރަކަށް ތިމާއަށް ވާނުވާ ނޭންގޭނެއެވެ.

24 ގަޑިއިރު ހަމަހޭގައި ހުންނަ މީހުންނަށް ނުވަތަ މީހާއަށް ގިނައިން ކުރެވޭނީ ހަމަހޭގައި ނުހުންނަ މީހުން ކުރާ ޒާތުގެ ކަންތައްތަކެވެ. 24 ގަޑިއިރު ހަމަހޭގައި ހުންނަން ނުނިދާ ހުރެބަލާށެވެ. އެކަމުގެ ވޭންވަރު ހުންނަ ވަރެއް އެނގިދާނެއެވެ. ނުނިދާ ހުރިއްޔާ އެމީހެއްގެ މޫނުމަތިން މާޔޫސްކަމާއި މޮޅިވެރިކަން ފެންނާނެއެވެ. ރަނގަޅަށް ލޯހުޅުވޭ ވަގުތެއް މަދުވާނެއެވެ. އަދި ތަނެއްގައި އިށިއިނދެގެން އިނިއްޔާ އިންނާނީ ފާޑަކަށް ނިދިއައިސްގެން ކަކުލުގައި ބޯޖެހޭ ވަރަށް ކުރިއަށް ބެންޑުވެފައެވެ. ބައެއްފަހަރު ދެއްކޭ ނުދެއްކޭ ވާހަކައެއްވެސް ނޭންގޭނެއެވެ. އަތުގައި އޮންނަ މޯބައިލްފޯނެއް އަދި އެނޫންއެހެންވެސް އެއްޗެއް މީހަކު އަތުލިޔަސް އަދި މީހަކަށް ދެވުނަސް ނޭންގޭނެއެވެ. މަސްތުވާތަކެތި ބޭނުންކޮށްގެން އަމަލުވެފައި ހުންނަ މީހަކު ކުރާކަންތައްތަކަށް ދޫނުކުރާ ކަހަލަ ކަންތައްތައްވެސް 24 ގަޑިރުގެ ތެރޭގައި ނުނިދާ ހުންނަ މީހަކުގެ ފަރާތުން ބައެއްފަހަރު ފެނިފައި އެބަހުއްޓެވެ. އެހެން ވީމާ 24 ގަޑިއިރު ހަމަހޭގައި ހުންނަން ވެއްޖެއްޔާ ހާދަހާބޮޑު ތަކުލީފުތަކެއް އެބަކުރިމަތިވެއެވެ.

24 ގަޑިއިރު ހަމައިގައި ހުންނަމީހުން ވަރަށް މަދުވާނެކަމަށާއި އަދި 24 ގަޑިއިރު ހަމައިގައި ހުންނަން ޖެހުމަކީ ވަރަށް އުނދަގޫކަމެއްގެ ގޮތުގައި އަޅުގަނޑު މި ބަލާލީ "ނިދި" އާއި ބެހޭގޮތުންނެވެ. ފަހަރެއްގައިވެސް މަސްތުވާތަކެތި ބޭނުންކޮށް ނުވަތަ ރާބޮއެ ހަމަބުއްދި ފިލައިގެންގޮސްފައި ތިބޭ މީހުންނަށް، އެކަންކުރުމަށް ހިތްވަރުދީ އެކަމަށް ސަޕޯރޓްކުރާ މައުނައެއްގައެއް ނޫނެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-11-11 14:04:01 | Report this Comment
ޝީ:

އޮޅުވާލަންވެސް ވަރަށް މޮޅު

Posted on 2009-11-11 15:55:29 | Report this Comment
އިނގިލި:

ބަލައޮޅުވާލަން ފާޑުފާޑުގެ އެއްޗެތި ލިޔުމުގެ ބޭނުމެއް ނެތެވެ. "ގަންޖާބޯ" މިލަގަބު ދެވިފައި ވަނީ ސަބަބއެއް ނެތި އެއް ނޫނެވެ.

Posted on 2009-11-11 19:08:00 | Report this Comment
ޒޑ:

މީގެމާނައެއްނޫން މަސްތުވާތަކެތި ބޭނުންކުރަން ބޭނުންވާ މީހުން އޭގެ ތެރެއިން ބޭރުވެއެކޭ..އެހެންނޫނަސް މަސްތުވުމަކީ މައްސަލައެއްނޫނެއްނު މިހާރު! މައްސަލައަކަށް ވާނީ މަސްތުނުވުން. މަސްތުވާތަކެތި ހަރާމޭ ބުނުން.. އެއީ ހައްދުފަހަނަ އެޅުން. މަސްތުވާތަކެތި ބޭނުންކުރާ މީހުންނަކީ "ބަލިކުދިން" އެމީހުންނަށް މަސްތުވެވޭނޭ ގޮތް ނެތިއްޔާ މަރުވެދާނެ..... އެހެންވީމާ އެހައްގު ހޯދައިދޭން ޖެހޭނެ. ގަނެވޭގޮތްނެތިއްޔާ ތަނަކަށްގެންގޮސް ހިލޭ ބޯންދޭންވެސް ޖެހޭނެ. މިއީ ނޫންތޯ ހެޔޮ ރަނގަޅު ގޮތަކީ!
އަހުމަދު: އޭރުނެއްނު އެއްމެންގެ ހައްގު ފުރިހަމަޔަށް އަދާކުރެވޭނީ

Posted on 2009-11-11 19:17:41 | Report this Comment
ކަސީދާ:

ވާހަކަ ދައްކާ އިރު ދެކެވޭ ވާހަކަ ދެކެވުނީ ކޮން ބަހަކުން ކަމާ އެބަސް ރަނގަޅަށް އެނގެން ޖެހެއެވެ. އަދި ދެކެވުނު ވާހަކަ ދެކެވުނީ ކޮން މުނާސަބަތަކާ ގުޅިގެންކަމާއި، ވާހަކައިގެ މުރާދު ވެސް ދެނެގަންނަން ޖެހެއެވެ. 24 ގަޑި އިރު ހަމަ ހޭގައި ހުންނާކަށް ގިނަ މީހުން ބޭނުމެއް ނުވާނޭ ރައީސް ބުނެފައި އޮތީ ކޮން މާނައެއްގައިކަން އޮޅޭނީ މިކަހަލަ ކަންކަން ނޭނގޭ ގަމާރުންނަށެވެ. ދިވެހި ބަހުން ވާހަކަ ދައްކާއިރު ބޯކޮށުމޭ ކިޔަނީ ބޮލުގައި ހުންނަ އިސްތަށި ކޮށުމަށެވެ. އަދި ބޯބޭލުމޭ ކިޔަނީ ބޮލުގެ އިސްތަށި ބޭލުމަށެވެ. މޮޅު އައިޑިއާއެއް ދެންހެއްޔެވެ؟ ބޯކޮށުމުގެ މާނަ ދިވެހިންނަށް އަލުން ބުނެދޭން މިކަހަލަ ދެއުޅިއެއްނުވާ "ދިރާސާއެއް" ތައްޔާރުކޮށްލާށެވެ.
އަހުމަދު: ކަސީދާ ތިއުޅެނީ މޮޔަވެގެންތަ؟ މިއީ އަނެއްދިވެހިރާއްޖެއޭ
އަލްހާން: ކަސީދާ އެނެއް ދިވެހިރާއްޖޭގަ މަސްތުވުވަ ތަކެއްޗަކީ ހަކުރު(ބުރައުން ޝުގާ)އެވެ،،ތެޔޮ،ރާ މީ މަސްތުވާ އެއްޗެއްނޫނެވެ..ގައުމު މި ދަނީ އެނެއް ދިވެހި ރާއްޖެއަށް..އަހަރަމެން ސަލާމް..

Posted on 2009-11-11 23:23:58 | Report this Comment
ހިނިމުރާ:

ސީރިއަސް ކޮށް ހަމަހޭގަ ނުހުރެވޭ. ގަންޖާބޯ އޭ ކިޔަނީ ކޫލްވީމަ.

Posted on 2009-11-12 00:02:03 | Report this Comment
ޖާރިޔާ:

ދެންބޯށޭ ބުނެފިނަމަ ދިވެހިންމާނަކޮއްއުޅެނީ ކިހިނަކުންބާ؟ހަމަޔަގީނުންވެސް އެއްވެސްމީހަކުނުބުނާނެއެބުނީ ލޮލީބޯށެކޭ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.