މިރާއްޖޭގެ މިހާރުގެ ރައީސުލް ޖުމުހޫރިއްޔާ މުޙައްމަދު ނަޝީދު މިރާއްޖޭގެ ތިމާވެށީގެ ނާޒުކުކަން ލާމެހިފައިވާ މިދުނިޔޭގެ ކުދިބޮޑު އެންމެހާ ޤައުމުތަކާއި ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ބައިނަލް އަޤުވާމީ އެންމެހާ ޖަމުއިއްޔާ ތަކާއި ޖަމާއަތްތަކުގެ ސަމާލުކަން ހޯއްދަވައި ދެއްވުމަށް ތިކުރައްވާ މަސައްކަތަށް ފުރިހަމައަށް ތާއީދުކުރަމެވެ. އަދި މިރާއްޖޭގެ ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރޭން މިވަގުތު ދުނިޔޭގައި ހުންނެވި އަލްއުޡްތާޛު މަޢުމޫން ޢަބްދުލް ޤައްޔޫމްވެސް ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަން ދުނިޔެއަށް ހާމަކޮށްދީ ދުނިޔޭގެ ސަމާލުކަމަށް ތިމާވެށީގެ ކަންތައްތައް ގެނައުމަށް ކުރެއްވި އިޚުލާސްތެރި މަސައްކަތްތަށް ފާހަޤަ ކުރަމެވެ.
ކޮންމެ ގޮތަކުން ކޮންމެ ސިފައެއްގައި ބެލިނަމަވެސް ތިމާވެށީގެ މައްސަލަތަށް ދުނިޔޭގެ ލީޑަރުންގެ ސަމާލުކަމަށް ގެނައުމަށް އެންމެ ފުރަތަމަ މަސައްކަތްކުރި ބަޔަކީ އަޅުގަނޑުމެން ދިވެހިންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އަދި ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ އެހެން ޤައުމުތަކާއި އަދި އެނޫންވެސް އެހެން ފަރާތްތަކަށް ބުނެވޭ ބަދުބަހަކަށްވެސް ނުވާނެއެވެ. އަޅުގަނޑުމެން އެންމެން އެންމެ އަޑުހަރުކޮށް މިކިޔާ އުޅޭ " އެއްކަލަ 30 އަހަރު" ގެ ވެރިކަމުގައިވެސް ތިމާވެށީގެ މައްސަލަތަށް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ކުރީގެ ރައީސް ދެއްވާފައިވާ ޚިތާބުތަކުން އެކަން ކަށަވަރުވެއެވެ. އަދި އަޅުގަނޑުގެ މަޢުލޫމާތު ކުށަކަށްނުވާނަމަ ތިމާވެށީގެ ނާޒުކަމާއި ތިމާވެށި ހިމާޔަތް ކުރުމުގެ މުހިންމުކަމާއި ބެހޭގޮތުން އެމަނިކުފާނު ދެއްވާފައިވާ ތަގުރީރުތަށް ހިމެނޭ ފޮތެއްވެސްވަނީ ބޭރުގެ ޖަމުއިއްޔާއަކުން ސާއިރުކޮށް ނެރެފައެވެ. އެހެންކަމުން ކުރީގެ ރައީސްއަކީ ތިމާވެށީގެ "ބޮޑު ބައްޕަ" އޭވެސް ބުނެވިދާނެއެވެ. މިހެންބުނުމުން މީ ކުރީގެ ރައީސްއަށް ކުރެވޭ ކުޑާމީސްބަހަކަށް ނުވާނެކަމަށް އަޅުގަނޑު ދެކެމެވެ.
ޅަފަތުގެ ދައުރުގައި މިއޮތް " އޯގާތެރި ހެޔޮވެރިކަމަށްބުނާ " ސަރުކާރުގައިވެސް ތިމާވެށީގެ މައްސަލަތަކާއި ރާއްޖޭގެ ތިމާވެށީގެ ނާޒުކަން ހާމަކޮށްދިނުމަށްކުރާ މަސައްކަތްވެސް ވަނީ ކުރިއެކޭ އެއްގޮތަށް "މެކުހަށް: ޖަހާފައި ކަމާއިމެދު އިތުރު ބަހުޝަކަށް ދާކަށް ނުޖެހެއެވެ. އެކަން އަޅުގަނޑުމެންނަށް މިދަނީ ފެންނަމުންނެވެ. އަދި އެގޮތުގެ މަތިން ބޭއްވި މޫދު އަޑީގެ ކެބިނެޓްގެ މީޓިންގް ނަމޫނާއަކަށް ބަލައި މިސަރަހައްދުގެ ޤައުމެއްކަމަށްވާ ނޭޕާލްއިން ތިމާވެށީގެ ނާޒުކުކަން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އެޤައުމުގެ، ޤައުމީ ސަރަފެއްކަމުގައިބަލާ ދުނިޔޭގެ އެންމެ އުސްފަރުބަދަ އާދެ " މައުންޓް އެވަރެސްޓް" ގެ އެންމެ މަތީގައި އެޤައުމުގެ ކެބިނެޓްގެ ބައްދަލުވުމެއް ބާއްވަން ދަނީ ތައްޔާރުވަމުންނެވެ. މި ކަމުންވެސް އެނގެނީ ރާއްޖޭން ކުރާކަންތައްތަކުންވެސް އިބުރަތެއް ހާސިލުކޮށްގެން އެގޮތްތަށް ނަމޫނާއަކަށް ބަލައިގެން ކުރިއައްދާން އުޅޭ މީހުން އުޅޭކަމެވެ. އެހެންކަމުން ތިމާވެށީގެ " ކުޑަ ބައްޕަ " އަކީ އަޅުގަނޑުމެންގެ މިހާރުގެ ރައީސްއޭ ބުނުމުން މީ އަދުގެ ރައީސްއަށްވެސް ކުރެވޭ ކުޑާމީސްބަހަކަށް ނުވާނެކަމަށް އަޅުގަނޑު ދެކެމެވެ.
މިލިޔުމުގެ މައިގަނޑު ނަމުގެ ދަށުން އަޅުގަނޑު މިލިޔާ ލިޔުން ކިޔާ ބޭފުޅުންނަށް ފަހަރުގައި އަޅުގަނޑު މަޢުޞޫއިން ބޭރުގައިހުރެގެން ކޮސް ހާސަރުތަކެއް ދެމީހެން ހީފުޅު ވެދާނެއެވެ. އެހެންކަމަށްވާނަމަ ވަރަށް ބޮޑަށް މަޢާފުކުރައްވާށެވެ. މަޢުޞޫއަށް އިންސާފުކުރުމުގެ ކުރީން ހަޤީޤަތުގެ މަށްޗަށް ބުރަވެ ހުރެ، އަޅުގަނޑަށް އެނގިފައިވާ އެއްޗެހިތަކެއް ތިއެންމެހާ ކިޔުންތެރިންނަށް ޙިއްސާކޮށްލީއެވެ. އަޅުގަނޑުމެންނަށް މިހާރު މުޅިންކަހަލަ ގޮތަކަށް މިއަޑު އިވެނީ މީހުންކޮށްފައިވާ ގޯސްކަންތަށް ތަކުގެ ވާހަކަ އާއި ނުކުރެވިފައި ހުންނަ ކަންތަކުގެ ވާހަކައެވެ. އެހެންކަމުން މީހަކު ނުވަތަ ބަޔަކު ކުރާ ރަނގަޅުކަންތަށް ފާހަޤަ ކޮށްލުމުގެ ގޮތުން، ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން މި ޤައުމުގެ ކުރީގެ ރައީސް އާއި އަދި މިހާރުގެ ރައީސްކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ދެ ތިން ކަމެއް ފާހަޤަ ކޮށްލީއެވެ.
އެނގިލައްވާތޯއެވެ. މި ލިޔުމުގެ މައިގަނޑު ނަމުގައިއެވާ " ޖުމުހޫރީ ޕާރކުގައި ތައްޔާރުކޮށްފައިވާ " ކުލައިމެޓް ވެލިޔުނަރަބަލް ފޯރަމް" ގެ ޑެކަރޭޝަނުންވެސް ތިމާވެއްޓަށްވަނީ ގެއްލުންވެފައެވެ. މިކަން ޖުމުހޫރީ މައިދާނަށްގޮސް ލޮލުން ރަނގަޅަށް ބަލާލައިފިއްޔާ ވަރަށް ރަނގަޅަށް އެނގޭނެއެވެ. ތިމާވެއްޓާއި ބެހޭގޮތުން ބާއްވާ ސަމިޓަކުން، ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރަން ކުރާ މަސައްކަތަކުން ތިމާވެއްޓަށް ގެއްލުންވާގޮތަށް ކަންތައްތައް ކުރުމަކީ ވަރަށްވެސް ބޮޑު ބޭއިންސާފެއްކަމުގައި އަޅުގަނޑު ދެކެމެވެ. މިގޮތުން އެތަން ޒީނަތްތެރި ކުރުމަށް އަޅާފައިވާ ދޮންވެލިތަކަކީ ކޮންތަނަކުން ނަގާފައިވާ ކޮންގޮތަކުން ގެނެސްފައިވާ އެއްޗެއްތޯ ބަލަންޖެހެއެވެ. ހަމަ ޔަޤީނުންވެސް އެ ދޮންވެލިތަކަކީ ރާއްޖޭގެ ކޮންމެވެސް ތިލަފަޅަކުން ނުވަތަ ފިނޮޅަކުން ނަގައިގެން ގެނެސްފައިވާ ދޮންވެއްޔެވެ. އެތަނުގައި ޑެކަރޭޝަނަށް އަޅާފައިވާ ރޯފަންތަކާއި ޖަހާފައިވާ ރޯފަންތަކަކީވެސް ދިވެހި ރާއްޖޭގައި ހެދިފައިވާ ދިވެހި އާރޯ ރުއްތަކަކުން ކަނޑާފައިވާ ރޯފަންތަކަކެވެ. ފިނޮޅުތަކާއި ތިލަފަޅުތަކުން ދޮންވެލި ނެގުމާއި ރުއްތަކުން ރޯފަން ކެނޑުމަކީ ތިމާވެއްޓަށް ލިބޭ ގެއްލުމެއް ނޫންތޯއެވެ. ތިމާވެށި ހިމާޔަތްކުރާށޭ ކިޔާފައި އަބަދާއި އަބަދު މިދައްކާ ވާހަކަތަށް އާޚިރުގައިގޮސް މިޖެހެނީ ކޮންތާކަށް ބާވައެވެ. ހުސްފުޅިން ކްރާފްޓެއް ތައްޔާރުކުރިހެން މިފަހަރުވެސް ފިނޮޅުތަކުންނާއި ތިލަފަޅުތަކުން
ދޮންވެލި ނެގުމުގެ ބަދަލުގައި އަދި ރުއްރުކުން ރޯފަން ކެނޑުމުގެ ބަދަލުގައި ތިމާވެއްޓާއި ރައްޓެހި ގޮތަކަށް އުކާލެވޭ ކުނިބުނި ބޭނުންކޮށްގެން ކަންތައްކުރިނަމަ ރަނގަޅުވީހެވެ.
މިފަހަރު މިކަމުގައި އަޅުގަނޑުމެންގެ ވިސްނުން ބަދަލުކުރެވޭކަށް ނެތެވެ. ދެން ތިނެގި ދޮންވެލިތަށް އަދި ކޮންމެތަނަކުން ކޮންމެ ގޮތަކުން ގެނެސްފައި ހުރިނަމަވެސް ތިކަން ނިމުމުން ގެއެއް އިމާރާތްކުރާ ފަރާތަކަށް ނުވަތަ އެޅިގާއަޅާ ފަރާތަކަށް ވިއްކާލާށެވެ. އޭރުން ތި ވެލިން 02 ކަމެއް ކުރެވި ލާރިކޮޅެއްވެސް ލިބުނީއެވެ. އަދި ރޯފަންތަށްވެސް ތިކަންނިމުމުން ހިއްކާލާފައި ފަންގި ވިންނަ މީހަކަށް ވިއްކާލާށެވެ. އޭރުން ތިފަނުންވެސް ފައިދާއެއް ވީއެން ނޫންތޯއެވެ. ވީމާ މިދެންނެވި ގޮތަށް މިފަހަރު ތިބޭފުޅުން (ސަރުކާރުން) ވިސްނުން ބަދަލުކޮށްލާށެވެ. ތިމާވެއްޓަށް ގެއްލުން ނުވާގޮތަށް މިފަދަ ކަންކަން ކުރަން ވިސްނުންފުޅު ބަހައްޓަވާށެވެ. ދެން ކުރާނެ ކަމެއްނެތެވެ. މިފަހަރު ތިއޮތީ ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން ޖެއްސުންކުރެވިފައެވެ.
Posted on 2009-11-10 08:37:35 |
Report this Comment
Posted on 2009-11-10 09:29:14 |
Report this Comment
Posted on 2009-11-10 10:52:49 |
Report this Comment
Posted on 2009-11-10 11:32:32 |
Report this Comment
Posted on 2009-11-10 14:42:55 |
Report this Comment
Posted on 2009-11-10 15:37:15 |
Report this Comment
Posted on 2009-11-10 19:14:54 |
Report this Comment
Posted on 2009-11-10 19:23:50 |
Report this Comment
Posted on 2009-11-10 21:50:08 |
Report this Comment
Posted on 2009-11-11 00:41:43 |
Report this Comment
Posted on 2009-11-11 00:51:35 |
Report this Comment
Posted on 2009-11-11 01:09:45 |
Report this Comment
Posted on 2009-11-11 01:21:52 |
Report this Comment